10 އޮކްޓޯބަރ 2019 - 21:29
ނ. ކެނދިކުޅުދޫގައި ސައިކަލަކުން ވެއްޓި ލިބުނު އަނިޔާއެއްގެ ސަބަބުން އަންހެނަކު މިރޭ މަރުވެއްޖެ އެވެ.
އިރުއޮއްސުނު އިރު ހިނގި އެކްސިޑެންޓުގައި މަރުވީ އެ ރަށު ސަމްސިއްޔާ ޔޫސުފް 40، އެވެ.
އޭނާ އެކްސިޑެންޓްވީ ހައެއް ޖަހާކަންހާއިރު ކެނދިކޮޅު އަވަށުން ކުޅުދޫ އަވަށަށް ސައިކަލުގައި ބާރަށް ދުއްވާފައި ދަނިކޮށް ކަހާލައިގެން ވެއްޓިގެން ކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުންޏެވެ. އެވަގުތު ސައިކަލުގައި އިނީ ޝަމްސިއްޔާ އެކަންޏެވެ.
އޭނާ ވެއްޓުނީ އެ ރަށު ސިއްހީ މަރުކަޒު ކައިރިއަށެވެ.
ކައުންސިލްގެ ރައީސް އަލީ ޝަމީމް ވިދާޅުވީ، ޝަމްސިއްޔާ މަރުވީ ވެލިގަނޑުގައި ބޯ ޖެހި ލިބުނު ގެއްލުންތަކަށް ފަރުވާ ދެނިކޮށް މިރޭ 7:55 ގައި ކަމަށެވެ.
"އަނގަ އާއި ނޭފަތާއި ކަންފަތުން ވަރަށް ގަދަޔަށް ލޭ އައި. ލޭ މަނާ ނުވެގެން ހާލު ދަށަވަމުން ގޮސް ނިޔާވީ،" ޝަމީމް ވިދާޅުވި އެވެ.
"ބޮޑަށް ހީވަނީ ސިކުނޑި އަށް ލިބުނު އަނިޔާއަކުންހެން ނިޔާވީ."
ސަމްސިއްޔާގެ ފިރިއަކާއި ކުޑަ ދެ ކުދިން ތިބެ އެވެ. އެއީ، އުމުރުން ހަ އަހަރާއި 10 އަހަރުގެ ދެ ކުދިންނެވެ. ޝަމްސިއްޔާގެ ފިރިމީހާ ވެސް ދިރިއުޅެނީ ކެނދިކުޅުދޫގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭޒުސްޓާފް
12 October 2019
انا لله وانا اليه راجعون - اللهم اغفر لها وارحمها وادخلها في الجنة آمين ޝަމްސިއްޔާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. ޝަމްސިއްޔާގެ 2 ކުދިން ދުނިޔެމަތީ ބިކަ ނުކުރައްވާށި. އާމީން!
ހަސަބު
11 October 2019
انا لله وانا اليه راجعون - اللهم اغفر لها وارحمها وادخلها في الجنة آمين
K H A DE E J A TH
11 October 2019
ދަރިއެއް ހުރީމަ ވަރަށް ދެރަ. ސުވަރުގޭގެ ދާއި މީ ނި އު މަތް ލައްވާޝި. އާ މީން
ސާދާސީދާ
11 October 2019
انا لله وانا اليه راجعون މަރުޙޫމާގެ އާއިލާއަށް ކެތްތެރިކަމަށް އެދެން
ާިއިއްބެ
11 October 2019
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ރީތި މޫސަ
11 October 2019
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
އަލީ!
11 October 2019
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ގިނަ އަންހެންވެރިން ފިރިމީހާއަށް މަޖުބޫރުކޮށްގެން ސައިކަލުގަނުވާ.
ޑެކްސްޓަރ
11 October 2019
ކިޔަން ރަގަޅު އެއްޗެއް ނެތިއްޔާ ކޮސް ނުގޮވާ. ތި އަރަބި ލަފުޒުތަކުން ނިންމާލެވެން އޮތް ކޮމެންޓެއް.
ޟަމްސީއާ
11 October 2019
ގިނަ ފިރިން ހުރިހާ ވަގުތެއްގައި ގޭގާ ނޫޅޭ ބޭނުންވާ ޒަރޫރީ ތަންތަނަ ދިއުމަށް ، އެހެންވެ އަންހެންވެރިން ސައިކަލުވެސް ބޭނުންކުރަން ޖެހެނީ . ޙާދިސާ މެދުވެރިވަނީ ވަކި އަންހެނަކަަަށް ވީމަށްއެއް ނޫން ، ވީމާ އަންހެނުންނަށް ތިހާ އިހުތިރާމް ކުނޑަ ނުކުރޭ
އައިސަ
11 October 2019
ޢަލީ. ގިނަ އަންހެންވެރިން ސައިކަލް ދުއްވަން ޖެހެނީ، ފިރިމީހާ ތަންތަނަށް ގެންގޮސް ނުދޭތީ!. އޮފީސް ނިމޭ ގަޑިއަށް ބަލާދާނީ، ނިމިގެން ކޮޅަށް ހުންނަތާ 30 މިނިޓް ފަހުން. މިހެންވާތީ، މަޖުބޫރު ވެގެން އެމީހުން ސައިކަލް ދުއްވަން ފެށީ. އެގިއްޖެތަ؟!
ވާވު
11 October 2019
ތިޔަ ބުނީ ވަރަށް ބޮޑު ތެދެއް. މަގޭ އަންހެނުންވެސް އެންމެފަހުން ވަރިފަށަށް އަރާ ހިސާބަށް ދިއމުން ސައިކަލު ގަނެދިނީ. މިހާރު އޭނާ އުޅޭ ނޫޅޭ ތަނެއްވެސް އިނގެނީކީ ނޫން!
ނަޖާހް
10 October 2019
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ކަރުކެހި
10 October 2019
އިންނާލިﷲ ވައިންނާ އިލައިހި ރާޖީއޫން އާއިލާއައް ކެއްތެރިކަން ދެއްވާށި.... ސައިކަލު ދުއްވަންޖެހޭނެ އެކަމަކު ތިމާއައްސައިކަލު ކޮންޓޮރޯލްކުރެވޭ ވަރައްދުއްވުމަކީ މިކަހަލަ ނުރައްކާތެރިކަން ކަމުން ސަލާމަތްވާކަމެއް މަޑުންދުއްވިޔަސް ދާންބޭނުންވާތަަނަކައް ދެވޭނެ
ޢޭދަފުށި މުހަންމަދުބެ
10 October 2019
انا لله وانا اليه راجعون މަރުޙޫމާގެ އާއިލާއަށް ކެތްތެރިކަމަށް އެދެން