ލޯންޗަކަށް ހޮނު އޮޅައި، ގެއްލުންތަކެއް ލިބިއްޖެ

މަސް ބާނަން ނިކުމެ އުޅުނު ލޯންޗަކަށް ހޮނު އަޅައި، މިއަދު ގެއްލުންތަކެއް ލިބިއްޖެ އެވެ.


ފުލުހުން ބުނީ ހޮޅު އެޅީ ކ. ކުޑަވިލިނގިއްޔާ ދިމާލުން ބޭރަށް މަސްވެރިކަން ކުރަން މިއަދު މެންދުރު ނުކުމެ އުޅުނު ލޯންޗަކަށް ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެކަމަކު އެ ލޯންޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެ ހާދިސާގެ މައުލޫމާތު ތުލުސްދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާ އެކު، އެ ލޯންޗް ކަފު ޖަހައިގެން ވަނީ ތުލުސްދު އަށް ގެންގޮސްފަ އެވެ.