ފުލުހުން މަސައްކަތުގައި. ޓެރަރިޒަމަށް ހިތްވަރުދިން މީހަކު މިރޭ ވަނީ ހައްޔަރުކޮށްފައި
12 އޮކްޓޯބަރ 2019 - 23:57
މީހުންގެ ފުރާނަަ އަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވައިލި ކަމުގެ ތުހުމަތުގައި ފުލުހުން މިރޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނަަ އަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރަމުން ދާތީ ހައްޔަރުކުރީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މީހުންގެ ފުރާނަ އަށް ގެއްލުން ދިނުމަށާއި އަނިޔާވެެރި އަމަލުތައް ހިންގަން ގޮވައިލުމުގެ އިތުރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔެކިއުންތައް ވެސް އޭނާ ސޯޝަލް މީޑިއާގައި ޕޯސްޓްކުރަމުން ދިޔަ ކަަމަށް ބުންޏެވެ.
އެކަމަކު އޭނާ ހައްޔަރު ކުރީ މާލެއިން ނުވަތަ އެހެން ރަށަކުން ކަމެއް ފުލުހުން ނުބުނެ އެވެ. އަދި އެ މައްސަލައިގެ އިތުރު ތަފްސީލެއް ވެސް ނުދެ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
13 October 2019
އެކަމަކު ނުކެރޭނެ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހަކު ހައްޔަރުކުރާކަށް. މިމީމުނަށް ހީވަނީތަ މިމީހުން ޖަވާބުދާރީ ވާން ޖެހޭނީ ހުޅހަގަށް ނުވަތަ ނަޝީދުއަށްހެން. ﷲގެ ޙަޡްރަތުގަ ޖަވާބުދާރީވާން ތައްޔާރަށް ތިބޭ.
ޅަސޮރު
13 October 2019
އިސްލާމްދީނަށް ފުރައްސާރަކުރި މީހަކު މިފަހުންވެސް ހައްޔަރު ކުރި ދޯ ތިނަދޫއިން؟
ރާއްޖެތެރޭއިބުރޭ
13 October 2019
ކޮންމެ ގޮތެއް ހަދާފަ ވިޔަސް އެމީހުން ރުޅިއައީ ފުލުހުންގެ އިދާރާ އިން ބަލަނީ ބަލަނީ ކިޔާތީ އެވެ. ދީނަށް ފުރައްސާރަ ކުރާމީހާ ނަފްސާނީ ޓެސްޓް ކުރާ ދެން މުޖުތަމައު އަށް ނުރައްކާނުވާ ކަމަށް ބަލާ އަދި ދީނީ ގޮތުން ހައްދުފަހަނަ އަޅާ ދާ މިހާ ހައްޔަރު ކޮށް އަދަބު ދޭ ގައުމެއް މީ ނޫނީ ނެތެވެ.
މަމެންގެ
13 October 2019
މާތްﷲ އާއި އެއިލާހުގަ ރަސޫލާ ސލއވ މަލާމާތް ކުރި މީހުން ހައްޔަރު ކޮށް ޓެރަރިޒަމްގެ ދައުވާ ކުރުން މާ އައުލާ ކަން ބޮޑު
އިބްރޯ
13 October 2019
ކޮބާހޭ ޝަހެންދާ..
ބިސްބުރު
13 October 2019
އޭނާ ވާހަކަ ދައްކާ ބަހުގެ ގޮތުން ހީވި ގޮތް ކަމަށް ތިވާނީ..
ހޯދާ
13 October 2019
ތިހެންވިއްޔާ ނަޝީދުވެސް ދައްކަނީމުޅިންވެސް ތިވާހަކަ ކުރަނީވެސް ތިކަން ހައްޔަރެއްނުކުރެވެ.
ދޮންމަނިކެ
13 October 2019
ކޮބާ ތި ހައްޔަރު ކުރިމީހާގެ ސިކުނޑީގެ ޓެސްޓެއް ހަދަން ވީނު.. ދީނަށް ފުރައްސާރައެއްކޮށްފިތަ އެވީ ސިކުނޑި ހަމަނުޖެހޭ މީހަކަށް
ދޮންތި
13 October 2019
ބަލަ ދީނަށް ފުރައްސާރަކުރުމަކީ ކުޑަ ކުށެއްތޯ އެވެރިންނާ މެދު ފިޔަވަޅެއް އަޅަން ނުކރިގެން ތިޔަ އުޅެނީ
ދޮންތި
13 October 2019
މިއޮއް ފެށުނީ ކުޅިގަނޑު.. ހަދާން ވަނީ މީހުން މަރަން ދަންޖަސަން ގޮވަމުން މުޒާހަރާކުރި ހަނދާން.. އޭރުވެސް އެފަދަ އަމަލުތަކަށް ފިޔަވަޅު އެޅޭނެ ޖާގަ ތިލަވެފަ އޮތީ
ޢާދަނުބެ
13 October 2019
ސާބހޭ ދިވެހި ފުލުހުން ކަލޭ މެންނަށް ގިޔާމަތްދުވަހުން ސިފާއަތްތެރި ވާންހުރި ކައުސާހިބާޔަށް އިހާނަތްތެރިކޮށް ހިތި މީހާ ރާއްޖެއިން ބޭރަށް ފުރުވާލާފަ އެތްވެސް ކަމެތް ކުރަންނުކެރުނު ބައެތްތީ ކަލޭމެން އަބަދުވެސް ފުޓުބޯޅަ މުބާރާތްތަށް ކުޅެންވީ
ކަލޭ އަމާ
13 October 2019
ބަލަގަ ތިކިޔާ މީހާ ފުރައިގެން ދިޔަ ފަހުން ތި ރިޕޯޓެއްގެ ކަންތައް އާންމުވީވެސް. ދެން ކީއްކުރަން ފުލުހުން ގޯސް ކުރަންވީ؟