ޚަބަރު / މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް

އެމްޑީއެންގެ ރިޕޯޓުގެ ވާހަކަ ނުދައްކަން އެމްއެންޔޫގެ ލެކްޗަރާއިންނަށް އަންގައިފި

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އިލްމުވެރިންތަކެއް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ހުރި ކަންކަމާ ގުޅޭ ވާހަކަ ނުދައްކަން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންނަށް އަންގައިފި އެވެ.

އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު، މުވައްޒަފުންނަށް ފޮނުއްވި ސާކިއުލާއެއްގައި ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ބައެއް ލެކްޗަރާ އިން، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި މުޖުތަމައު ހަލަބޮލިވާ ގޮތަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރަމުންދާކަން ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ސަރުކާރަށް ލިބެމުންދާ ކަމަށް އެ ސާކިއުލާގައި ވެ އެވެ.

އެމްޑީއެންގެ ރިޕޯޓުން އިލްމުވެރިން ފާހަގަ ކުރެއްވި ކަންބޮޑުވުން:

- އިސްލާމް ދީނާ މެދު ސުވާލު އުފައްދައި ދީނުގެ އަސްލުތަކާ މެދު އިންކާރު ކޮށްފައި ވުން.

- ގުރުއާނުގައި ބަޔާން ކޮށްފައިވާ ކަންކަން ސައިންޓިފިކް ހެކިތަކުން ސާބިތުނުވާ ކަމަށް ބުނެ އެއީ ފްލޯކް ވާހަކަތަކަށް ހެދުމަށް މަސައްކަތް ކުރުން.

- ގުރުއާންގެ ބައެއް އާޔަތްތަކުން ގެވެށި އަނިޔާއަށް ހިތްވަރު ދޭކަމަށް ބުނުން.

- ރަސޫލާ ދެކެ ލޯބިވާން އަންގަވާފައިވުމަކީ އެކަލޭގެފާނަށް ކުޑަ ކަލާނގެއެއްކަމުގެ ލަގަބު ދިނުން ކަމަށް ބުނެފައިވުން.

- ރަސޫލާގެ ބައެއް ހަދީސްތަކުން ހައްދުފަހަނާޅަދާން ހިތްވަރު ލިބޭ ކަމަށް ބުނުން.

- ޔަހޫދީންގެ ނުބައި ވާހަކަ ބަޔާން ކޮށްފައިވުމަކީ ހައްދު ފަހަނާޅައިި ދިއުން ކަމަށް ބުނުން.

އެމްއެންޔޫގައި މަސައްކަތްކުރާ ލެކްޗަރާއިންނަކީ ރާއްޖޭގެ އެތަކެއް ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށް ވާއިރު، އެ ބޭފުޅުންގެ ފަރާތުން އެފަދަ އަމަލުތައް ތަކުރާރުވާ ނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަން ޑރ. ހަސަން ވިދާޅުވެފައި ވެ އެވެ.

"އެހެންކަމުން، މި މުއައްސަސާގައި މަސައްކަތް ކުރައްވާ އެއްވެސް ބޭފުޅަކު، މި މުޖުތަމައުގައި ބައިބައިވުން އުފައްދައި، އެއްބަޔަކު އަނެއް ބަޔަކާ މެދު ރުޅިވެރިކަން އުފެދޭނެ ފަދަ ވާހަކަތައް މީސްމީޑިޔާ އާއި އެނޫން ވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ޔުނިވާސިޓީގައި އެދިވަޑައިގެންފައި ވެ އެވެ،" ސާކިއުލާގައި ވެ އެވެ.

"ވީމާ ދަންނަވަމެވެ. ޔުނިވާސިޓީގެ ހުރިހާ މުވައްޒަފުން ވެސް މުވައްޒަފުންގެ އަހުލާގީ ކޯޑްގައިވާ ހަމަތަކާއި ގާނޫނުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ."

އެމްޑީއެންގެ ރިޕޯޓާ ގުޅޭ ވާހަކަ ނުދައްކަން އެންގިއިރު، އެ ޖަމިއްޔާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި އެންމެ ގިނައިން ވާހަކަ ދައްކަވަމުން އަންނަ ދެ ބޭފުޅުންނަކީ އެ ޔުނިވާސިޓީގެ އިސް ދެ ބޭފުޅުންނެވެ. އެއީ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. އިޔާޒް އަބްދުލް ލަތީފާއި ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރާއަކަށް ހުންނެވި އަލީ ޒައިދެވެ. އެ ދެ ބޭފުޅުން އަންނަނީ އެމްޑީއެން އުވާލުމަށް ގޮވާލައި ކެމްޕެއިން ވެސް ކުރައްވަމުންނެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. އޭގައި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ.

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓު ލިޔުނު މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލާނެ ކަމަށް މި ސަރުކާރުގެ ކަމާ ގުޅޭ އިސްވެރިން ވިދާޅުވިޔަސް އެ ލިޔުނު އެއްވެސް މީހަކު ރާއްޖެ އަކު ނެތެވެ. މި ރިޕޯޓުގެ މައްސަލަ ބޮޑުވި އިރު، އެމްޑީއެންގައި އިސްކޮށް އުޅުއްވި ޝަހިންދާ އިސްމާއިލް ހުންނެވީ ޖަރުމަނުގަ އެވެ. އެ ޖަމިއްޔާގައި، މި ރިޕޯޓް ލިއުމުގައި ދެން އުޅުނު ބައެއް މީހުން ވެސް މިހާރު ރާއްޖޭގައި ނެތެވެ.

158 ކޮމެންޓް, 347 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 2%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަހަރޯ

17 October 2019

ތިޔަ ބުނާ ރިޕޯޓެއް ލިޔުނު ބައެއްގެ މަޤްޞަދު ކިތަންމެހާވެސް ފުރިހަމައަށް ޙާޞިލުވެއްޖެ. އެއީ މަޝްހޫރުކަން ހޯދުން. މިހާރު މިރާއްޖޭގައި އެމީހުންނަށްވުރެ މަޝްހޫރުބަޔަކު ނެތް. ޖާހިލުކަމުން މަޝްހޫރުކަން ހޯދާ މީހުންވެސް އުޅޭކަން މިއެނގުނީ.

The name is already taken The name is available. Register?

ހުސް ތަކުރު

17 October 2019

ރިޕޯޓު ލިޔުނު ބަޔަކަށް ކީރިތި ޤުރުއާނާއި ސުންނަތާއި އަރަބި ކަލްޗަރ ވަކި ކުރަން ނޭގޭނެ. އެމީހުންނަކީ ބޭރުގަ ބޮޑުވި ދީނީ ހޭލުންތެރިކަމެއް ނެތް ބަޔެއް. މިބުނަނީ އެމީހުން ލިޔުނު އެއްޗެއް ލިޔުނީ އެގި ތިބެ ފުރައްސާރަ ކުރަން ނޫނެކޭއެއްވެސް ނޫން. އެމީހުން ދީނަށް ޖާހިލު ވާނެ މިންވަރު ބުނެލީ. ދީނީ ކަންފުޅެއް ނޭގޭ ބަޔަކު ސައިންސޭ ކިޔައިގެން ފަތަރާސީ އަނގަ ފުޅާކުރާއިރު އެމީހުންނަކީ އެއްވެސް ޕްރޮފެޝަނަލް ކޮލިޓީއެއް ނެތް ބަޔެއްކަންވެސް މިރިޕޯޓު ހެކިދޭ

The name is already taken The name is available. Register?

ސާދާސީދާ

16 October 2019

މުސާރަ ނަގައިގެން ކިޔަވައިދޭން ހަމަޖެހިފައިވާ ފިލާވަޅުގެ ބަދަލުގައި ބޭކާރު ވާހަކަދައްކާ މުސާރަނަގާ މީހުންގެ މުސާރަ އެމީހުންގެ އަނބިދަރިންނަށް ކާންދިނުން ޙަރާމްވާނެ.

The name is already taken The name is available. Register?

އެހެންނު

17 October 2019

މިސާލަކަށް ބޭރު ގައުމަކުން މެރިޓައިމް ސުޓަޑީޒް ހަދައިގެން އައިސް ޕޯޑިއަމް ތަކުގައި ދީނީ ވައުޒު ބުނުންކަހަލަ ކަންތައް.

The name is already taken The name is available. Register?

Muhusina

16 October 2019

އަޅުގަނޑު މެންނަކީ މުސްލިމުން. ދީން ދިފާއު ކޮށް ވާހަކަ ދައްކާނަން. އަދި ދީނަށް ފުރައްސާރަ ކުރާ މީހުނާ ދެކޮޅަށް ވެސް ވާހަކަ ދައްކާނަން. ދުނިޔެ ހިންގާހާ ދުވަހަކު މިކަން އޮންނާނީ މިހެން. އެއްބައެއްގެ އަނގަ ބަންދުކުރާއިރު އެއައްވުރެ ގިނަ މީހުން މި ޖިހާދަށް ނިކުންނާނެ. މިއީ މި ނިކަމެތި އިންސާނުން ގެ ރޭވުމެއްނޫން. އެންމެ ގަދަ ފަދަ ކީރިތިވަންތަ ﷲ ގެ ރޭއްވެވުން. ބައްޔެއް ނުކުރެވޭނެ.

The name is already taken The name is available. Register?

ދާބެގެ

16 October 2019

ދީނީފޮތެއް ކިޔާލިޔަސް ތިމާގެ ސިކުނޑި ގެންގުޅެންޖެހޭ ހިސާބު ނޭނގޭންޏާ އެއީ އިލްމުވެރިއެއް ނޫން. ތި އެންޑީއެން އެއް މީހުނަށް އެނގުނީވެސް ތިބަޔަކު އެރިޕޯޓެއް ޕްރޮމޯޓް ކުރިފަހުން. އ

The name is already taken The name is available. Register?

އެހެންނު

17 October 2019

ދާބެގެ ކޮމެންޓުން ދޭހަވީ ދާބެގެއަކީ އަދިވެސް ދުނިޔެއަށް ލޯހުޅުވިފައި ނުވާ މީހެއްކަން.

The name is already taken The name is available. Register?

ގާސިމު

16 October 2019

ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން މި ސަރުކާރުން ހިފަހައްޓައިފި. ދެން މިދިޔަ ސަރުކާރުގަ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިފެހެއްޓީއޭ ކިޔާފަ އަނގަމަތީގަ ޓޭޕް އަޅައިގެން މުޒާހަރާ ކުރިހަނދާން އެބަހުރިތަ.

The name is already taken The name is available. Register?

ކަކުނިބޯ

16 October 2019

ހިތުގެ އަޑިން ޝުކުރިއްޔާ ހަސަން ހަމީދަށް. ސަރކިޔުލާއަކުން ދެންނެވުމުން އިގޭ ތިޔަކަން ކުރީ ޕްރެޝަރުންކަން

The name is already taken The name is available. Register?

ބޮޑުބޯ

16 October 2019

ހަސަނަކީ އެފަހަރަކު ހިތައްއެރި ގޮތަކައް ކަންތައްކުރާމީހެއް. ހަސަނު ސާރކިއުލާ ފޮނުވަނީ މީހަކުބުނެގެން ކަމަކައް ގަބޫލެއް ނުކުރެވޭ. އަދިކިރިޔާ އަސްލު ސޫރަތި ފެންނަން ފެށީ.

The name is already taken The name is available. Register?

ކަކުނިބޯ

17 October 2019

ހަސަން އަކީ އަޅުގަޑުގެ ޓީޗަރެއް މަޖީދިއްޔާގައި އެބޭފުޅާއާއި މިހާރު މިއުޅޭ ޕީއެޗްޑީ ތަކާ ގާތްވެސްނުވާނެ އެއީ ޕްރޮފޮޝަނަލް މީހުންނާއި ގުޅޭ މޮޅު މީހެއް ޖޭވެގެން ވާހަކަދެއްކީމާ ޤަބޫލުކުރާނީ ހަޤީޤަތް ނޭންގޭމީހުން

The name is already taken The name is available. Register?

ޔުނި

16 October 2019

މިހާރު ޔުނިވަރސިޓިގެ ޗަންސެލަރތޯ މުވައްޒަފުންނަށް އެއްޗެހި އަންގާ ޔުނިވަރސިޓީ ހިންގުމުގެ ކަންތައްކުރަނީ. ސިޔާސީ މަސައްކަތްނުކުރާންތިބޭ ބޭފުޅުންވެސް ހާދަސިޔާސީ އޭމިހާރުދޯ؟ މީހަމަ ޤައުމަށް ހެޔޮއެދިގެން އަންގާ އެއްގުންބާ؟

The name is already taken The name is available. Register?

މުކި

16 October 2019

ދީނީ އިލްމުވެރިންނަކީ ޤައުމުފަސާދަކުރާބައެއް

The name is already taken The name is available. Register?

ރާއްޖެތެރޭއިބުރޭ

16 October 2019

މި ޖަމިއްޔާ އަހަރެމެން ރައްޔިތުން ނިކުމެ އުވާލަން ވީ

The name is already taken The name is available. Register?

ކަތީބު3

16 October 2019

ނުކެރޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454