ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އިންތިހާބުގައި ނަޝީދަށް ވާދަކުރެވޭނެ ކަން ޔަގީންވެއްޖެ: އިބޫ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ސީމެގުން ހުށަހެޅި ކަންކަމުގެ ނަތީޖާ އަކަށް ވާނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ފުރުސަތު ލިބުން ކަމަށް އިބޫ ދެކެވަޑައިގަންނަވާ. --ފޮޓޯ: އެމްޑީޕީ

ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމަަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގު)ގެ އެޖެންޑާގައި ރާއްޖެ ހިމެނުމަކީ ކަންކަން ރަނގަޅު ކުރަން ސަރުކާރަށް ދިން ފަހު އިންޒާރުގެ ގޮތުގައި ސިފަކުރައްވައި އިބޫ ވިދާޅުވީ އެ ނިންމުމާއެކު ބައިނަލްއަގުވާމީ ފަރާތްތައް ގުޅިގެން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ސަރުކާރު ހަމަ މަގަށް އަޅުވާނެ ކަމަށެވެ. އިސްލާހުކުރަން ސީމެގުން ހުށަހަޅާފައިވާ ކަންކަމުގެ ނަތީޖާ އަކަށް ވާނީ، ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ ޖާގަ ބައިނަލްއަގުވާމީ ފަރާތްތަކުން ހޯދައިދިނުން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"މިއަދު އެބަ ޔަގީންކުރެވޭ މިނިވަން އިންސާފުވެރި އިންިތިހާބެއް ހޯދައިދޭން ކޮމަންވެލްތުންނާއި އދ. އާއި އެހެން ވެސް ބައިނަލްއަގުވާމީ ޖަމާއަތްތަކުން އެހީތެރިވެ ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަން،" އިބޫ ވިދާޅުވި އެވެ.

"އެހެންވީމަ އެމްޑީޕީގެ ކެންޑިޑޭޓޭއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ނަޝީދަށް ލިބޭނެ ކަން ކަށަވަރުވެގެން މިދިޔައީ."

ނަޝީދުގެ އިތުރުން ޓެރަރިޒަމް ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވެސް މިނިވަންކަމާ އެކު ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ ފުރުސަތު ލިބޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ މިހެން ވިދާޅުވި ނަމަވެސް ނަޝީދާއި ނާޒިމަށް ވެސް، ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން މިހާރު ވަނީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ އިއްވި 13 އަހަރުގެ ޖަލު ހުކުމާއި ފިސްތޯލައިގެ މައްސަލާގައި ނާޒިމަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެވަޑައިގަންނަން ދެ ބޭފުޅުންނަށް ވެސް އޮތް އެންމެ ފަހުގެ އުއްމީދަކީ ސުޕްރީމް ކޯޓެވެ.

އެކަމަކު ދެ ބޭފުޅުންނަށް ވެސް ދަށު ކޯޓުން އިއްވި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ. ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އިންތިހާބުގައި ވާދަކުރެވޭނީ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މައާފުކުރިތާ ތިން އަހަރު ވެފައިވާ ނަމަ އެވެ. މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އެ ދެ ބޭފުޅުންނަށް ރައީސް މާފު ދެއްވި ނަމަވެސް 2018 ގެ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ސަބަބަކީ ގާނޫނު އަސާސީގައި ބުނާ މުއްދަތު ދެ ބޭފުޅުންނަކަށް ނުލިބޭނެތީ އެވެ.

އިބޫ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއާ ހިލާފުވެ، އިންސާފުން ބޭރުން ހުކުމްތައް ކޮށްފައިވިއަސް ސީމެގުގެ ނިންމުންތަކާ އެއްގޮތަށް ކަންކަން އިސްލާހުކުރަން ދިވެހި ސަރުކާރަށް މަޖުބޫރުވާނެ އެވެ. އެހެން ނޫން ނަމަ، ސީމެގުގެ އެޖެންޑާގައި ރާއްޖެ ހިމަނައި އޭގެ ނުރައްކާ ރާއްޖެ އަށް ކުރިމަތިވާނެ ކަމަށާއި އެކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ޝަރުއީ ދާއިރާ އަދި ރައްޔިތުން ވެސް [ސީމެގުގެ ހުށަހެޅުންތަކާ މެދު] ވިސްނަން ވެއްޖެ. އިސްލާހުތައް ނުގެންނަ ނަމަ، މިކަމާ ވިސްނައި، ގައުމު ސަލާމަތްކުރަން ބޭނުން ނަމަ އޮންނަ ގޮތެއްގެ މަތިން މި ވެރިކަން އެބަޖެހޭ ބަދަލުކުރަން، " އިބޫ ވިދާޅުވި އެވެ.

ރާއްޖެއާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމަށް ފަހު ސީމެގުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިދިޔަ ފެބްރުއަރީ މަހާއި އޭޕްރީލް މަހު ބައްދަލުވުމުގައި ރާއްޖެއަށް ހުށަހެޅި ކަންތައްތައް އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ. ކަންކަން އިސްލާހު ނުކުރާ ނަމަ، އަންނަ އަހަރުގެ މާާޗް މަހު ބާއްވާ ބައްދަލުވުމުގައި، ރާއްޖެއާ މެދު އެޅޭނެ ފިޔަވަޅުތަކާ މެދު ވިސްނެވުމަށް ސީމެގްގައި ހިމެނޭ ގައުމުތަކުގެ މިނިސްޓަރުން އެއްބަސްވެވަޑައިގަތް ކަމަށް ބަޔާނުގައިވެ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ކޮމަންވެލްތުން ސަސްޕެންޑް ކުރުން ވެސް ހިމެނެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ބޭއްވި ސީމެގުގެ ބައްދަލުވުމަށް ފަހު، ހަ ކަމެއް އިސްލާހު ކުރަން ސީމެގުން ރާއްޖެ އަށް އެންގި އެވެ. އޭގެ ތެރޭގައި ސިޔާސީ ހުރިހާ ފަރާތްތަކަށް ބައިވެރިވޭ ގޮތަށް، ވަކި މަގުސަދުތަކަކާއި ވަގުތުތަކެއް ކަނޑައަޅައިގެން މަޝްވަރާތައް އަލުން ފެށުމާއި ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންނަށް އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެންނެވޭނެ ގޮތަށް ދޫކޮށްލުމާއި ސިޔާސީ ބޭނުންތަކަށް ޓެރަރިޒަމް ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓާލުމާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމާއި މަދަނީ ޖަމިއްޔާތަކަށް ހަރަކާތްތެރިވެވޭނެ ފަދަ މިނިވަން މާހައުލެއް ގާއިމުކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން، ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް އޮތުން ކަށަވަރުކޮށްދޭން ވެސް ސަރުކާރަށް އެންގި އެވެ.

47 ކޮމެންޓް, 101 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 3%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިހާދު

27 September 2016

ޔަޤީން

The name is already taken The name is available. Register?

ހިތި ހަގީގަތް

26 September 2016

ކޮމެންޓުލައިނުން ވޯޓެއް ބަދަލެއް ނުކުރެވޭނެ... މިހާރު ކުރިމަތިލިޔަސް ސަލަމަތްކަން ހޯދަންޖެހޭނީ ކޯޓުން.. ކުޑަ ކާފު ބޮޑު ކާފު ސްޓޯރީ ޖަހަން ޖެހޭނީ އެހެންނޫނީ...

The name is already taken The name is available. Register?

ބަރަބޯ

26 September 2016

ކަލޯ މީހަމަ މޮޔަގޮވާ މީހުން ލިބުނީމަ އިސްތިއުފާ އަނެއްކާ ދޭށޯ.. ދެންވެސް ވާނީ ހަމަ އެހެން ނަޝީދު މިގައުމު މަތިން ހަނދާން ނައްތާލާ.. އިންޑިޔާ މީހުނާ ވާހަކަ ދައްކައިގެ ލެކެޑިވްސްގެ ވެރިކަން ހޯދަން އުލޭ..

The name is already taken The name is available. Register?

ދޮގެއްތަ؟

26 September 2016

އަނެއްކާ އަނެއް ޖާޑި. މަތި ނެގީމަ އެނގޭނީ އެތެރޭގަ އެއްޗެއް އޮތްތޯ ނޫންތޯ؟ ކެކެކެކެކެ މަ ދެރަވޭ ރީނދޫތަކުންނަށް މިމީހުން ޖައްސާ ހާލުން.

The name is already taken The name is available. Register?

މަަަައިކޮށް

26 September 2016

އަޅުގަނޑު އުފަވަނީ

The name is already taken The name is available. Register?

އިބިރިހިން ތައްކާނު

26 September 2016

ޑިމޮކްރެސީއަކީ ކެނެރީގޭ ނަޝީދުއަށް ވެރިކަން ދިނުންހެން މިހާރު ހީވެއްޖެ. 2013 އިންތިޚާބުގައި ނަޝީދުއަށް ވޯޓްނުދިން ދިވެހިން ވާނީ އަންޑިމޮކްރެޓިކް ބަޔަކަށް. 2018 ގައި ނަޝީދު ނުހޮވައިފިނަމަ ދިވެހިން ކުއްވެރިވާނެހެންވެސް އެބަހީވޭ. ދެނޯ؟

The name is already taken The name is available. Register?

މުރާސިލް

25 September 2016

ދެން ތިކަމުގެ ހުވަފެނުގައި ތިބޭށެވެ. އެކަމަކު ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއް ތިޔަކަމަކަށް ތަނެއް ނުދެެެވެ.

The name is already taken The name is available. Register?

ކޮމެންޓު ބޭނުން

25 September 2016

އެމް.ޑި.ޕީ ގެ މި ބަހާއިމެދު މިދަންނަވާ ބޭފުޅުންގެ ބަސް 'މިހާރު" ނޫހުން ގެނެސް ދިނުން އެދެން. ރައީސް ނަޝީދު، ކުރީގެ ވީ.ޕީ ޖަމީލު (އިންތިގާލީ ހިޔަނި ރައީސް)، ގާސިމް އިބްރާހިމް، ރީކޯ މޫސާ މަނިކު، އަދާލަތު ޕާޓީ، މައުމޫން އަބްދުލް ގައްޔޫމް، ދުންޔާ ގައްޔޫމް، މަލީހު ޖަމާލް.

The name is already taken The name is available. Register?

ކުލްކަރުނީ

25 September 2016

އިސްލާހުކުރަން ސީމެގުން ހުށަހަޅާފައިވާ ކަންކަމުގެ ނަތީޖާ އަކަށް ވާންވާނީ، ޖަލުގައިތިބި އެންމެހާ ކުށްވެރިން މިނިވަންކޮށް އެއީ ކުށެއްނުކުރާ ބަޔަކުކަމުގައި ނިންމުމާއި ވެރިކަން ކުރާބާރުން އަންގާ އެންގުމްށް ކިޔަމަންނުވާ ގާޒީން ހައްޔަރުކޮށް ހިފާލުއްކިޖެހުމާއި ކޯޓުތަކުގައި ތަޅުއެޅުވުމުގެ ބާރު ޗާޓުންބޭރުން ވެރިކަންކުރާ ވެރިންނަށް ހުއްދަވުން.

The name is already taken The name is available. Register?

ހުއްބުލްވްތަން

25 September 2016

އެވިދާޅުވާ އެއްޗެއް ފަހުމުނުވާ ބަޔަކު ތިބީވިއްޔާ ޑިއޭގޯގާސިއާގެ ރައްޔަތުންނަށް ޖެއްސިހާލަށް ވިސްނާ. ދެން ގަބޫލުކުރެވިދާނެ އިންތިޚާބުގަވެސް ބައިވެރިވެވޭނެކަމާއި އަދި ނުހޮވުނަސް ވެރިކަން ލިބޭނެކަންވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454