މަގެއްގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ: ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހިފެހެއްޓޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވަނީ އެކުލަވާލާފައި -- ފޮޓޯ/މިހާރު
27 އޮކްޓޯބަރ 2019 - 20:02
ނުރައްކާތެރިކޮށް ނުވަތަ ބާރަށް ދުއްވާ އުޅަނދުތަކާއި ލައިސަންސް ނެތި ދުއްވާ އުޅަނދުތައް ވަކި މުއްދަތެއް ވަންދެން ހިފެހެއްޓޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައީސް އޮފީހަށް ފޮނުވައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައިވަނީ އެ ބިލް އެކުލަވާލުމުގެ ބޭނުމަކީ އެއްގަމު އުޅަނދުތައް ދުއްވުމުގައި ހިނގާ ނުރައްކާތެރި އަދި ގާނޫނާ ޚިލާފް އަމަލުތައް ހުއްޓުވުމާއި މަގުތައް ރައްކާތެރި ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ފަރުވާ ކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތަކާއި ލައިސަންސް ނެތި ދުއްވާ އުޅަނދުތަކުގެ އިތުރުން ރަޖިސްޓްރީ ނަމްބަރު ނުވަތަ އިންޖީނު ނަމްބަރު ފަދަ މައުލޫމާތު އޮޅުވާލައިގެން ދުއްވާ އުޅަނދުތައް ވަކި މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަންޖެހޭ ގޮތަށް އެ ބިލްގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާތަކާ މެދު މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ގޮތް ހެދުމާއި ސަރުކާރުން އެހެން ގައުމެއްގެ ލައިސަންސް އޮންނަ މީހުންނަށް ރާއްޖޭގައި އިތުރު އިމްތިހާނެއް ހެދުމެއް ނެތި ލައިސަންސް ލިބޭ ގޮތް ހެދުމާއި ޓެކްސީގެ ޚިދުމަތް ދިނުމުގެ އުސޫލަށް ބަދަލު ގެނައުމުގެ އިތުރުން ޕްރައިވެޓް ހަޔާގެ ޚިދުމަތް ދިނުމުގެ އުސޫލުތައް ވެސް އެ ބިލުގައި ހިމެނޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ގަވާއިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކާ މެދު އަމަލުކުރާ އުސޫލަށް ބަދަލު ގެނައުމާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތަކާ މެދު އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން ނުރައްކާތެރި ގޮތްގޮތަކަށް މީހުންނާއި މުދާ އުފުލުން ހުއްޓުވުމާއި ތިމާވެށްޓާ ރަށްޓެހި ބައިސްކަލުތައް ރަޖިސްޓްރީ ކުރަން ނުޖެހޭ ގޮތް ހެދުމުގެ އިތުރުން އެއްގަމު އިންޖީނުލީ އުޅަނދުން ނަގާ ފީތަކަށް ބަދަލު ގެނައުން ވެސް އެ ބިލުގައި ހިމެނޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރާ
27 November 2019
މިހާރުވެސް ޒާތަކަށް ކުރޭ. 'ނުރައްކާތެރި' ކޮށް ދުއްވާ މީހުންގެ ލައިސެންސް ސަސްޕެންޑުކޮށް އަތުލާފަ ޖޫރިމަނާވެސް ކުރޭ. ނުރައްކާތެރިކޮށް ދުއްވުމާއި އެހެން މީހުންނަށް ނުރައްކަލެއް ކުރިމަތިވާގޮތަށް އުޅުމަކީ ޖިނާއީ ކުށެއް ކަމަށް ވާން ޖެހޭ. އަދި މިކަމުގެ ސަބަބުން މީހަކަށް ގެއްލުމެއް ނުވަތަ މަރުވެއްޖެއްނަމަ ޒިންމާ ނަގަން ޖެހޭނީ އެ އުޅަނދެއް ދުއްވާފަ ދިޔަ މީހާ. އެހެންވީމަ ޖިިނާޢީ ދައުވާވެސް އެމީހަކާ ދެކޮޅަށް އުފުލަން ޤާނޫނުގަ ހިމެނިފަ އޮންނަން ވާނެ.
ހާސަރު
28 October 2019
ގަވާއިދާ ޚިލާފަށް ފާރކް ކުރީމަ ސްޓިކަރޖެހުމުގެ ބަދަލުގައި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ހަދާހެން ފުރޮޅު ތަޅުލަން ފަށަންވީ، ޖޫރިމަނާ ދެއްކީމަ ތަޅުހުޅުވޭނީ އޭރުން މަތިމައްޗައް ސްޓިކަރޖަހާ ހާހުން ލައްކައިން ނާރާނެ. ހަމަ އެއާއި އެކު މި މާލޭސަރަހައްދުގައި ރަޖިސްޓރީ ކޮށްފަ ހުރި އުޅަދުތައް ޕާރކް ކުރެވޭނެ ބިލްޑިންގ ވެސް ހެދެން ޖެހޭ. ހައްދެއް ނެތި ރަޖިސްޓްރީ ކޮށްދީފަ ޕާރކް ކުރެވޭނެ ގޮތެއް ނެތި ޖޫރިމަނާ ކުރުން އެއީ ފޭރުން.
މަހުދީ
28 October 2019
ވަރަށް ރަނގަޅު ކަމެއް، ނުރައްކާކޮށްދުއްވުމަކީ މާލޭގައި އާމުކަމެއް. އަދި ފުލުހުން އެކަމަށް އަޅައެއްނުލާ. އަސްލު ބުނަންޏާ ނުރައްކާކޮށްދުއްވުމަކީ ޓެރެރިޒަމް.
އިބިރިހިންބެއްޔާ
28 October 2019
ބަރާބަރު. އިންޖީނުލީ އެއްގަމު އުޅަދުގެ ފީކަޑައެޅުމުގެ އިޚްތިޔާރު "ދިވެހި ދައުލަތުން" ކަޑައަޅާ މިންގަޑެއްގެތެރެއިން ކައުންސިލްތަކަށް ދިނުންވެސް ރަގަޅު. ތޮއްޖެހި ފިތިފައި އޮތް ކުޑަކުޑަ މާލޭގައި ޕްރައިވޭޓް ކާރަށް މަހަކަށް 3،000ރ ވަރުވެސް ރަގަޅު. ބިންބޮޑު އައްޑޫ އަދި ލާމުއަތޮޅުފަދަ ތަންތަނަށް މަހަކު 200-400 ވަރުރަގަޅު. ޓެކުސީ އާއި ކުލީ ޕިކަޕް 100-200 ވަރު. އަދި މިހާރުނަގާ %100 އިމްޕޯޓް ޓެކްސް، އައު ވެހިކަލުން ނެގުން ހުއްޓާލަންވީ.
އިސްލާހު
28 October 2019
މިހާރުން މިހާރަށް ކުރަން ޖެހޭކަމެއް !!!!! ހަރުކަށި އަދަބު ދޭންޖެހޭ ކަމެއް....
ކަޅުކަޅު.
28 October 2019
ތިކަން ކުރުން މާލަސްވެއްޖެ. ހާދަހާ ބޮޑު އުނދަގުލަކަށް ވެފައި އޮތްކަމެކޭ ތީ . ތަންކޮލެއް ހަނިގޯޅި ކީއްކުރަން އާދައިގެ މަގުތަކުން ހިނގާފަ ދާއިރު ބިރުން ފިއްކެނޑޭ ވަރުވޭ. އެފަދަ މީހުނަށް 5 އަހަރު ވަންދެން އެއްވެސް އެއްޗެއް ދުއްވުމުގެ ލައިސަންސް ނުދޭންވީ.
ފިނރުޓޭ
28 October 2019
ވަނރަން ފައްކާ ކަމެއްތީ! މި އުޅެ ގައުމުގެ ނޯޖަވާނުންތައް ކަންފަތުގަ މުނދިލައިގެން ބޯނދިގުކޮށްގެން ހީވަނނީ އެހެންފަދަ ކަމެއްހެން މަގު ކުޑަކޮށްފަ އަރިހުރަހަށް ދުއްވާ ނަނގާ އިރު! ހަމަ ހިފަހައްޓަންވީ! އެނގިއްޖެ!
ރޮބަޓް
28 October 2019
މިތަނުން މީހުން މަދުވާނެ ގޮތެއް ހަދާބަލަ މާ މޮޅެތި ވާހަކަ ނުދައްކާ. އަދިވެސް މަތި މައްޗަށް އިމާރާތް ކުރަން ހުއްދަ ދީ، ހައްދެއް ނެތް މިންވަރަށް އުނޅަދު އެތެރެ ކުރެވޭ ގޮތް ހަދާފަ މޮޅެތި ވާހަކަ މި ދައްކަނީ.
ޝާހިދު
28 October 2019
ލައިސަންސް ވެސް 3 މަސް, 6 މަސް, ނުވަތަ 12 މަހަށް ހިފަހައްޓާ އަދި ލައިސަންސްނެތް މީހުން ދުއްވައިފިނަމަ 6 މަސްދުވަހަށް ޖަލަށް ހުކުމްކޮށް ހިލޭ ސާބަހަށް ކޮންމެވެސް ސައިހޮޓަލެއްގެ ވެއިޓަރ ކަން ކުރަންޖެހޭ ގޮތަށް ތި ގާނޫނުގައި ނެތްނަމަ ހައްލުނުވާނެ. އަދި ބަންޕަރ އަކީ ނަގަންޖެހޭ އެއްޗެއް. ގަދަކަމުން ކަންކުރުމުގެ ބަދަލުގައި ގަވާއިދު ޒީރޯ ޓޮލަރެންސަށް ބަދަލުކޮށްލާ.
ނަލަ އުމަރު
28 October 2019
ސާހިދު ތިބުނީ ތިކަން ކުރަންވީގޮތް! ފުލުހުންގެ ބެލުމުގެ ދަށައް ވެހިކަލު ގެންގޮސް އަގުބޮޑު މުދަލާކާ ހަވާލު ވާނެކަމެއްނެއް! ލައިސަންސް ހިފައްޓާ ލައިސަންސް ނެތި ދުއްވުމަކީ ޖިނާއީ ކުށަކައްހަދާ! އަޅުގަނޑުމީ ދުނިއޭގެ އެންމެ ޓުރެފިކު ހަރުދަނާ ގައުމެއްގެ ލައިސަންސުގަ އެގައުމުގަ ދުއްމީހެއް މަގުތަކުގަ އެންމެ ބަންޕަރެއްވެސް ނުހުރޭ ހުއްދަ ކުރާވައްވުރެ ބާރުވެއްޖެއާ ޕޮއެއްޓު ކަނޑާފަ ބޮޑުޖޫރިމާނާކުރަނީ އަދި ވަކިވަރަކައް ވުރެބާރުވީމަ ލައިސަންސް ހިފަހައްޓަނީ
ގުރައިދޫ
28 October 2019
ސަރުކާރަކުން ދިރާސާއެއްކޮށް މިފަހަކުން ނިންމި އެންމެ ރަނގަޅު ނިންމުން. މީގެ ނަތީޖާ ހަމަ ޔަގީނުން ބޮޑުތަނުން ފެންނާނެ