ޗއިނާ ޓޫރިސްޓުންގެ ރައްކާތެރިކަމާ ބެހޭ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ
31 އޮކްޓޯބަރ 2019 - 16:56
ޗައިނާ އިން ރާއްްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ރައްކާތެރިކަމާ ބެހޭ ގޮތުން މަޝްވަރާކުރަން ދެ ގައުުމުން ބާއްވަމުން އަންނަ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ތިން ވަނަ ބައްދަލުވުން މިއަދު ފަށައިިފި އެވެ.
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އާއި ފޮރިން މިނިސްޓްރީ އަދި ޓޫރިޒަމް މިިނިސްޓްރީ ގުޅިގެން އިންތިޒާމްކުރި އެ ބައްދަލުވުުން މިއަދު ފެށީ ޝެރެޓަން މޯލްޑިވްސްގަ އެވެ. ބައްދަލުވުން ފައްޓަވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާ އިން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވުމަށް ފަހު މިހާރު އަނެއްކާ ވެސް އިތުރުވާން ފަށާފައިވާ ކަމަށެވެ.
ޗައިނާ އަކީ އެއް ގައުމަކުން ރާއްްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ޗައިނާ އިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދުން ރަމްޒުކޮށްދެނީ ހަަމަ އެކަނި އެގައުމުގެ ރައްޔިތުން ރާއްޖެ ދެކެ ވާ ލޯތްބާއި އިހުތިރާމެއް ނޫނެވެ، އެއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ވަރުގަދަ ކަމުގެ ރަމްޒެއް ކަމަށް ވިދާޅުވި އެވެ.
ޗައިނާ ޓޫރިސްޓުންގެ ރައްކާތެރިކަމާ ބެހޭ ބައްދަލުވުން ޝެރެޓަންގައި ކުރިއަށްދަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ
"މީހުންނާ މީހުން އޮންނަ ގުޅުމަކީ އަޅުގަނޑުމެންގެ [ދެގައުމުގެ]ގުޅުމުގެ އެންމެ މުހިއްމު އެއް ބައި،" ޝާހިދު ވިދާޅުވި އެވެ.
ޗައިނާ ސަފީރު ޒާން ލިއޮންނާއި ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ޗައިނާ ސަފީރު ޒާން ވިދާޅުވީ ޗައިނާ އިން ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ރައްކާތެރި މާހައުލެއް އުފައްދައިދޭން އެގައުމާ ގުޅިގެން ދިވެހި ސަރުކާރުން ކުރާ މަަސައްކަތަށްް ޝުކުރު އަދާކުރައްވާ ކަމަށެވެ. ޗައިނާ ޓޫރިސްޓުންނާ ގުޅޭ ކަންތައްތައް ހަަމަޖެއްސުމުގެ ނިޒާމު މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ވަރުގަދަ ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
01 November 2019
އެއީ ކީއްވެގެން ހަމައެކަނި ޗައިނާގެ ޓޫރިސްޓުން؟ ރާއްޖެއަށް އަންނަ ހުރިހަިއ ޓޫރިސްޓުންގެ ރައްކާތެރިކަންވެސް ވަރަށް މުހިންމު