ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު. އެމްއެމްޕީއާރުސީ މައްސަލައިގައި ފުލުހުން ވަނީ އޭނާއާ ސުވާލުކޮށްފައި. ފައިލް ފޮޓޯ/މިހާރު
02 ނޮވެމްބަރ 2019 - 20:50
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ލިސްޓުގައި ހިމެނޭ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ޕޮލިހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
މިނިސްޓަރު ޒަހާ ވަހީދު "މިހާރު" އަށް މިރޭ ވިދާޅުވީ ފުލުސް އޮޮފީހަށް ހާޒިރު ވެވަޑައިގަތީ ބުރާސްފަތި ދުވަހުގެ ރޭ ކަމަށާއި ފުލުހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައިވާނެ ކަަމަށެވެ.
"މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަޅުގަނޑު ފުލުސް އޮފީހަށް ހާޒިރުވުުމުން ފުލުުހުން ސާފުކުރަން ބޭނުންވި މައުލޫމާތުތަކަށް ޖަވާބު ވާނީ ދީފައި،" ޒަހާ ވިދާޅުވި އެވެ.
އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.
ފުލުހުން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައި ގައި އެކި މީހުންނާ ސުވާލުކޮށް މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށާއި ނަމަވެސް ހާޒިރުކުރެވޭ މީހުންގެ ނަންތައް މި ވަގުތު ހާމަ ކުރެވެން ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަށް މިދަނޑިވަޅުގައި ހާޒިރުކުރާ މީހުންގެ ނަންތައް ހާމަކުރެވޭކަށް ނެތް. ނަމަވެސް އެމްއެމްޕީއާރުސީގެ މައްސަލައިގައި މިދުވަސްކޮޅު އެކި މީހުންނާ ސުވާލުކޮށް މައުލޫމާތު ސާފުކުރަމުން ދަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
- ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން
- ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
- މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
- ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން.
- މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުން
- ފަސް ފަނޑިޔާރުން (އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ)
- ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން
ލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރިން ވިދާޅުވީ ޚިޔާނާތުގެ ތަހުގީގަށް މިހާތަނަށް 100 އަށް ވުރެން ގިނަ މީހުންނާ ސުވާލުކޮށްފައިވާ ކަމަށެވެ. މިހާތަނަށް ހޯދުނު ހޯދުންތަކުން، ސުވާލުކޮށް ބަޔާން ނަގަން ޖެހޭ އަދަދު ދެ ގުނަ ބޮޑުވެފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ތަހުގީގު މިހާރަށް ވުރެން ވެސް ފުޅާކުރާނެ ކަމަށް ވެސް އޭނާ އޭރު ވިދާޅުވި އެވެ.
ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ކަމަށް ތުހުމަތުވާ ބޭފުޅުންތަކެއް ތިބި ނަމަވެސް އެއީ، ސީދާ ޚިޔާނާތުގެ ބައިވެރިން ކަމަށް ބުނަން އަދި އަވަސް ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިޔާދު ފިޝަރީސް
03 November 2019
ޒަހާ އިސްތިއުފާ
އެކެބަނޑުބެއްޔާ
03 November 2019
ޒަހާ އަކީ ކޮރަޕްޓް މީހެއްނޫން. ޒީރޯ ޓޮލަރެންސް ގެ މީހެއް. ވަކިކުރަންނާ ވަކިކުރަންވީ. އެމް.ޑީ.ޕީ. އެކްޓިވިސްޓުންނަށް އިނގޭނީ މިނިިސްޓަރުން ވަކިކުރަން.
ޒުހުރީ
03 November 2019
ކޮންއިރަކުންހޭ . ރޮޒޭނާ. ހާޟިރުކޮށް.ސުވާލުކުރަނީ
މަތިމަސް ކެޔޮޅު
03 November 2019
ޔާމީނުގެ ސްޓެޓް މިނިސްޓރަކަސް ޒަހާ ހުރި ދުވަސްވަރު އޭނ ބެހެއްޓީ ނަމެއްގަ. ފަހުން ޔާމީނު ކައިރީ ބުނެގެން ޝައިނީ އޭނާ ޑިމޯޓްކުރީ. ޒހާއަކީ ދުވަހުކުވެސް ކޮރަޕްޓް މީހެއްނޫން. ފިޝރީޒް މިނިސްޓްރީ ގައި ކުރިން ހުރި ކޮރަޕްޓް ކަންކަމުގެ ކަށިގަނޑު ފުމެ އަދި އެފާރްތައް އިންސާފުގެ ކުރިަމއްޗަށް ގެނެވުނީ ޒހާގެ ސަބަބުން. މިކަން ވަރަށް ރަނގަޅާސް އިނގޭތީ މިދަންވަާލި. ތުހަުމަތުކޯށްގެން ކޮންމެ މީހަކުވެސް ގެންދެވިދާނެ. ސާބިތުވީމާ ހަމަ އެއްޗެކޭ ބުނެވޭނީ.
ލަނޑާ
03 November 2019
މޕިޔޯނަކައް ބަހައްޓަން ވެސް ކަ މުދާ މީހެއް ނޫން މ
މަތިކަރާ
03 November 2019
މިހާރު ހުންނާނޭ ޝައިނީ ހީހީ! ބޮޑު ހިޔާނާތުގައި ސުވާލު ކުރަންވީ މީހަކީ ޝައިނީ - އަދީބުގެ އޮޕަ ދުވަސްވަރު ޢޭނާއަށް އެންމެ ހިއްވަރުދީ އުޅުނު ވަޒީރަކީ ޝައިނީ އާއި އޭޖީ އަނިލް!
ޒީރޯ މައި އޭސް
03 November 2019
ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ނަމަ ދައުލަތުގެ މަގާމުތަކުގަ ތިބި މިފަދަ މީހުންގެ ނަންތައް ހާމަކުރީސް. މައްސަލަ ބަލައި ނިމެންދެން އެކަހެރި ކުރީސް. މިހާރު ދެން އެންމެންވެސް ކޮރަޕްޓް. ހުރިހާ މިނިސްޓަރުން. ހުރިހާ މެންބަރުން. ހުރިހާ ގާޒީން. އެފަދަ ކަންކަން ވަންހަނާ ކޮށްގެން ތިބޭނީ އެކަންކަމަށް ހިތްވަރުދޭ މީހުން. އެކަކަށްވެސް އިތުބާރެއް ނެތް. ޕަބްލިކް އޮފިޝަލުންނަކީ ރައްޔިތުންކުރިމަތީ ޖަވާބުދާރީ ވާންޖެހޭ ބައެއް. މިއީތޯ ޒީރޯ ޓޮލެރެންސްއަކީ.
ޝައްފަ
03 November 2019
މައުމޫނު އާއި އިބޫ އަކީ ވަރަށް ގާތް ދެރަހުމަތް ތެރިން. ވީމާ މައުމޫނުގެ ބައްޕަ އަށް މުނިކާފަ ކިޔާ، ޒަހާ މަގާމުން ވަތްކެއް ނުކުރާނެ. ސިފައިން ސުވާލު ކުރީމާ، "މަ ކުރި ކަމެއް ނޫނޭ"، ޒަހާ ބުނެލީމާ މަައްސަލަ ނިމުނީ. އެއްވެސް މީހަކު މިފަދަ ކަމެއް ކޮށްފައި އަމިއްލަ އަށް މަ ކުރިކަމެކޭ ބުނާނެތަ ؟
ޖަވާޒާ
03 November 2019
މައުމޫނުގެބައްޕަ އަބްދުލްގައްޔޫމްސީދީއަށް މުނި ކާފަކިޔާ މީހެކޭކިޔާފަ ނުޖެހޭނެ ޔާމިނުކައިރި ސްޓޭޓްމިނިސްޓަރކަންކޮށް ޕާރފޯރމަންސްއެއް ނުދެއްކުނުމީހަކަށް މިނިސްޓަރކަން ދޭކަށް.
ނަތާޝާ
03 November 2019
ވީމާ މުސާރަ ހައްގެއް ނުވާނެ. ހައްގެއް ނުވާނެ.
ފަހީމް އަހްމަދު
03 November 2019
މަގާމު ހައްގެއް ނުވާނެ. މުސާރަ ހައްގެއް ނުވާނެ.
ބުރެކެޓު
02 November 2019
ރާއްޖެއަކީ ހަމަހަމަކަން އޮތްގައުމެއްނޫން، ޖަލުގަ ދެހާހެއްހާ ފިރިހެނުން ބަންދުކޮށްގެން ގެންގުޅޭއިރު ދޮޅަހަކަށް އަންހެނުން ޖަލަށްލާފަ ތިބީ. އަމުދުން މަތީ މަގާމެއްގަ އުޅެފަހުރި އަންހެނަކު ޖަލަށްލާފައެއްނެތް. އެހެންވީމަ މަތިއޮމާންކުރަން އުޅޭނެކަމެއްނެތް ކޮންމެހެން.
ނުޙީ
02 November 2019
އެމްޑީޕީ ނޫން އެއްވެސް ބަޔަކު މިސަރުކާރުގައި ހަމަޖެހިގެން ތިބިޔަކަ ނުދޭނެ ސާފުކޮށް އެމަންޒަރު އެބަފެނޭ
އާދަން
03 November 2019
އެމީހުންނަކަށްވެސް ނުތިބެވޭނެ.
ގެޓަގުލް
03 November 2019
ހަމަޖެހިގެ ން ތިބެވޭ ނެ ފައިސާގަ ނުޖެހިވަ ންޏާ
މޫސާފުޅު
02 November 2019
ކިހާވަރެއްތަ ލިބުނީ، ލިބުނު އެއްޗެއް ހަރަދު ކުރީ ކޮންބަޔަކަށް ބާ؟ ހާދަ ކަޑަކަމެކޭ ތީ...
ޑާޑާ
03 November 2019
ތިޔަބުނާ ކަޑަކަންތައް ކުރި މީހުންގެތެރޭގަ ޔާމީނުވެސް ހިމެނޭ ނޫންބާ!؟ ކޮންކަމަކަށް ކޮންބަޔަކަށްބާ ޚަރަދުކުރީ!؟ ފެންނަންހުރީ މައްޗަށް އަރަމުންދާ ބޮޑު ބިލްޑިންގ، އެވެސް ބައިކުޅަބައި މުސާރަ ނަންގަވައިގެން ކަމަށްވަނީ..........