ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓެއް ގައި ޒުވާނަކަށް އަނިޔާތަކެއް ވެ، ސީރިއަސް ހާލަތަކަށް ހިނގައްޖެ އެވެ.


ފުލުހުން ބުނީ، މި އެކްސިޑެންޓުގައި އަނިޔާވެފައިވާ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ފަރުވާ ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫ ގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެ މީހާ އަދިވެސް ހޭނާރާ ކަމަށާއި އިތުރު ފަރުވާ އަށް މާލެ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.

އޭނާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދިއެއް ނުލިބެ އެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ހިނގީ ފުވައްމުލަކު ސްޓޭޑިއަމް ކައިރިން ބާރަށް ސައިކަލު ދުއްވާފައި ދަނިކޮށް، ސްޕީޑް ބްރޭކަރެއްގައި ޖެހި، ސައިކަލު ކޮންޓްރޯލުން ނެއްޓި، ވެއްޓުމުންނެވެ. އެކްސިޑެންޓުވި އިރު ސައިކަލް ދުއްވަން އިނީ އޭނާ އެކަންޏެވެ.