ޔާމީންގެ ޝަރީއަތް ލައިވްކޮށް ޓީވީން ދައްކަނީ: ޝަރީއަތްތައް ލައިވް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލަން ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
14 ނޮވެމްބަރ 2019 - 12:27
ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ޓީވީން ލައިވްކޮށް ދެއްކުމާ ބެހޭ އުސޫލު މުރާޖައާކޮށް ނިމެންދެން ޝަރީއަތްތައް ޓީވީން ދެއްކުން މަޑުޖައްސާލަން އެ ކޯޓުން ނިންމައިފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރީއަތްތައް ލައިވްކޮށް ޓީވީން ދައްކަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުންނެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުމުގައި ވަނީ މިހާރު އެކަމަށް އެކުލަވާލާފައިވާ އުސޫލު އޮތްގޮތުން އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ ޝަރީއަތްތައް ލައިވްކޮށް ދެއްކޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި ބައެއް މައްސަލަތައް އެގޮތަށް ދެއްކުމުން އާންމު ރައުޔަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އޭގެ ސަބަބުން ފިތުނަ އުފެދުމަށް ޖާގަ ހުޅުވުމާއި އަދުލު އިންސާފާ މެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެދޭ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
މީގެ އިތުރުން ބައެއް މައްސަލަތަކުގެ ތަހުގީގު ހިނގަމުން ދަނިކޮށް، ޝަރީއަތްތައް ލައިވް ކުރުމުން ތަހުގީގަށް ނޭދެވޭ އަސަރު ކުރުމާއި ހެކިވެރިން އަޑުއެހުންތަކަށް ނުވެއްދުމުގެ ބޭނުން ކެނޑި، ހެކިބަސް އެއްގޮތަކަށް ދޭން މަސައްކަތް ކުރުމުގެ ފުރުސަތު އޮތުމުން އިންސާފަށް ހުރަސް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ. އެހެންވެ، އެކަމާ ބެހޭ އުސޫލު އަލުން މުރާޖައާ ކޮށްގެން ނޫނީ ޝަރީއަތްތައް ޓީވީން ނުދައްކަން ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެކަމަކު މިހާރު ޓީވީން ދައްކަމުންދާ ޔާމީންގެ ޝަރީއަތުގެ ދެން އޮންނަ އަޑުއެހުމެއްގައި އެކަމާ މެދު ދެ ފަރާތުގެ ބަސް ހޯދުމަށް ފަހު އެކަމާ މެދު ގޮތެއް ނިންމުމަށް ވެސް ނިންމާފައިވާ އެ ނިންމުމުގައިވެ އެވެ.
ޝަރީއަތްތައް ލައިވްކޮށް ދެއްކުން މަޑުޖައްސާލަން ކްރިމިނަލް ކޯޓުން ނިންމިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތްތައް ވެސް ލައިވްކުރަން ދައުލަތުން އޮތީ ކޯޓުގައި އެދިފަ އެވެ. އެކަމާ މެދު ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމަން ކުރިން އޮތީ ހަމަޖައްސައިފަ އެވެ.
ކުރީގެ ރައީސް ޔާމީން ޔާމީންގެ ޝަރީއަތް ޓީވީން ލައިވްކޮށް ދެއްކުމާ ބެހޭގޮތުން އަލުން ގޮތެއް ނިންމަން ހަމަޖެއްސިއިރު، އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މިހާރު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި އެ މައްސަލަ ބަލަން ފަސް ފަނޑިޔާރުންގެ ބެންޗެއް މިހާރު ވަނީ އެކުލަވާލައި، އެ މައްސަލާގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބާއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލަގޮވާ
14 November 2019
ލައިވް ކުރުމަކީ ބޭކާރުކަމެއް
ހާމިދު ޝާހިދު
14 November 2019
އަދީބުގެ ސީރީޒް އިން ފަލީހަތްވާނެ ގިނަ ބަޔަކު މި ސަރުކާތުގައިއވެސް ތިބުމާ ގުޅިގެން އަހަވަހަށް އުސޫލު ބަދަލުކުރީ. ޔާމީން ގެ ޝަރީއަތް ލައިވްކޮށް ދެއްކިކަމަށްޓަކާ ޝުކުރު އަދާކުރަން. އެކަމުން އެމަނިކުފާނަށް ލިބުނު ތައުރީފާއި ކުރިއެރުން ބޮޑު. މަގުބޫލުކަން ބޮޑުވީ. އެމަނިކުފާނުގެ އިނޮސެންސް އިތުރަށް ފާޅުވެގެން ދިޔައީ. އެހެންވެސް، އެޅުނު ޅައެތީގެ މަތިން ހަދާންވެ، އަވަސް އުސޫލު ބަދަލުކޮށްލަނީ. ޖުޑީޝަރީގެ އިތުރުބާރު ގެއްލިއްޖެ މުޅިން.
ގާބިލް
14 November 2019
ޝަރީއަތެއް ލައިވްކޮށް ގެންދަން ކެރޭނެ ވަރުގެ މީހެއް މިހާރު ތި ކޯޓުގައި ނެތް. އަދި މުޅި ޖުޑިޝަރީއަށް ބެލިޔަސް ލައިވް ކޮށް ގެންދަން ކެރޭނެ ފަޑިޔާރުން އަތުން ގުނާލެވޭހާ މަދުވާނެ. އެއީ ކޮންމެ ކޮންމެ މީހަކަށް ކުރަން ކެރޭނެ ކަމެއްނޫން. އެކަމަށްޓަކައި ތައުލީމާ، ގާބިލްކަމާއި، ކެރުން ހުންނަންޖެހޭ. ގިނަ ފަޑިޔާރުންނަކީ ފިލާތިބެ ޝަރީއަތްކުރަން ބޭނުންވާ މީހުން.
ބައިރޯ
14 November 2019
ތި ބޮޑު ގޯހެއް
ސަމަންތާ
14 November 2019
ލައިވްކޮށްގެން ޝަރީޢަތް ކުރިއަށް ގެންދިއުމުގެ ޤާބިލުކަންހުރި އެކަކުވެސް މިހާެރު ތިތަނުގައެއް ނެތް. އެކަން ހައިލަމް ކުރިހެން ތިމަންނަމެންނަށް ނުކުރެވޭނެކަން ތިބެންޗުގަ ތިބި ހުރިހާ އެންމެންނަށްވެސް އެނގޭ. ލައިވްކޮށްފިނަމަ ސޯޓު ބޭލިދާނެތީ އެއްޗެކޭ ބުނެލީ
ބޮސްގެ ބޮސް
14 November 2019
ތިކަން އެނގިތިބެ މީގެ ކުރިންވެސް ކުރީ.....ކުޑަކުދިން ކުރާ ކަަހަލަ ކަންތައް މިކުރަނީ ......
އަޅެ
14 November 2019
ޔާމީން ސީރީޒް ނިންމާލީތަ ކުރުކޮށްލާފަ؟ އަދީބު ސީރީޒް ފެއްޓެންއުޅޭތީ އެ ބަލަން ތައްޔާރުވެގެން ގޭގެ ސޯފާ އާކުރަން އުޅުނީ.
ގަރުބަޗޯފް
14 November 2019
ލައިވް ކޮއްގެންނޫނީ ތިޔަ މައްސަލަ ކުރިއަށް ގެންދެވިގެނެއް ނުވާނެކަމަށް ދެކެން. މަމެން ރައްޔިތުންގެ ޓެކްސް ފައިސާ އަށް ވީގޮތެއް ޙިޔާނާތް ތެރިވީ ކޮންކޮން ބައެއްކަން ރައްޔިތުންނަށް އެނގެން ބޭނުން. ތިމާމެންނަށް ލިބިދާނެ ނަފާ އަށްޓަކައި ތިކަން ނުކުރުމަށް ރައްޔިތުން މި ސަރުކާރަށާއި ޖުޑިޝަރީ އަށް އަދި ކޯޓު ތަކަށް ގޮވާލަނމު. ރައްޔިތުން ވޯޓު ދިނީ މިހިރަ މިހިރަ ކަންކަން އިސްލާޙު ކުރަން.
ގޮހޮރޭ
14 November 2019
ލައިވުކުރީމަ އެމްޑީޕީގެ މަތީފަންތީގެ ގިނަވަގުން ބޭޒާރުވާނެ އެހެންވީމަ ލަދުން ލައިވުކުރަން ނުކެރުނީ އަދީބު ވައްކަންކޮއްފަ ހޯދިފައިސާ ނުލިބޭ ސިޔާސީ މީހަކުމަދުވާނެ ޖަމީލުބޭރުކުރަން މެންބަރުންނައް ހަރަދުކުރީ އެވަގުފައިސާ އެމްޑީޕީ މެންބަރުންވީ ފައިސާ އަތުލާފަ ވަކިހިސާބަކުން އަދީބު ބަޔާންނެރެ ގޮވާނެ ބޮޑުވަގު ވައްކަންކުރީމަ ސަރުކާރާ ވަގާ ހެދީޑީލެއް އޭގެދަށުން އެސޮރުގޭގަ ބަންދުގެ މުއްދައް 20 އަހަރުނުވާނެ ކަމައްވަނީ!!
ތުރާކުނުމީހާ
14 November 2019
ރައީސް ޔާމީންގެ ޝަރީއަތައް ސަރުކާރުން ބޭނުންވާކަހަލަ ހުކުމެއް ނާއްނާނެހެން ހީވީމަ އެކަމާ ގުޅިގެން ގެނައި ބަދަލެއްތީ! މިހާރު ތިއުޅެނީ އޮޅުވާލައިގެން ހުކުމްކުރަންވެގެން. ރަޢިސް ޔާމީންގެ ޝަރީއަތް ގެންދަންވާނީ އާންމުކޮށް ހުޅުވާލައިގެން. ރައްޔިތުން ބޭނުން ޔާމީންގެ ޝަރިއަތް ކުރިއަށް ދާގޮތް ބަލަން!