މަޖިލީހުގެ ޖަލްސާގައި ޖާބިރު ވާހަކަ ދައްކަވަނީ: އަވަސް އިންތިޚާބަކަށް ގޮވާލާ ގަރާރެއް އޭނާ ވަނީ މަޖިލީހަށް ހުށަހަޅުއްވާފައި.
20 ނޮވެމްބަރ 2019 - 00:38
ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ރިޔާސީ އިންތިޚާބު އަލުން ބާއްވަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމްކުރާ ގަރާރެއް، ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ފޮނުއްވައިފި އެވެ.
އެ ގަރާރުގައި އޭނާ ވިދާޅުވީ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުތަކަކީ ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ވާދަކުރެއްވޭ މިނިވަން އިންތިޚާބަކަށް ވާން ޖެހޭ ކަމަށެވެ. އެކަމަކު އެ ފުރުސަތު ނުލިބި 2018 ގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހޮވިވަޑައިގެންނެވި އިންތިޚާބު ބޭއްވީ ގާނޫނުއަސާސީއާ ޚިލާފަށް ކަަމަށް ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ހުރިހާ ޕާޓީތަކުގެ ލީޑަރުންނަށް ފުރުސަތު ލިބިވަޑައިގަންނަވާ އިންތިޚާބެއް ބޭއްވުމުގެ އިންތިޒާމްތައް ވަގުތުން ހަމަޖައްސަން ޖެހެ އެވެ.
މި ވެރިކަން ގެނައުމުގައި މަސައްކަތް ކުރެއްވި ޖާބިރު މިހާރު ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެކަމަކު ވެރިކަމުގެ ކުރީކޮޅު، ޖާބިރު ވަނީ ރައީސަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި އެމަނިކުފާނުގެ ފަހަތްޕުޅުގައި ދެ ގޮތެއް ނުވެ ހުންނަވާނެ ކަމަށް އެކި ފަހަރު މަތިން ވިދާޅުވެފަ އެވެ.
އަވަސް އިންތިޚާބަކަށް ގޮވާލައި ގަރާރެއް ޖާބިރު ހުށަހެޅުއްވި އިރު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބަރުލަމާނީ ނިޒާމެއް ގެނައުމާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ސަރުކާރު ހިންގުމާ ހަވާލުވެ ވަޑައިގަތުމަށް ހުށަހަޅުއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު.
21 November 2019
ޖާބިރު މީގެ 2 ދުވަހެއް ކުރިން ދެއްކެވީ ޑިކޯނުހަދާ މީހުންގެ ވާހަކަ. މިއަދު ތިދައްކަވަނީ އަވަސް އިންތިހާބެއްގެ ވާހަކަ. އަޅުގަނޑަށް ފެންނަނީ ޖާބިރުވެސް ކޮންމެ ދުވަހަކު ޑިކޯ ހައްދަވައިގެން މަޖިލިހަށް ވަޑައިގަތުން، މަޖިލިހަށް ވަޑައިގަންނަވާއިރު ހުންނަނީ ހަމަޔަކު ނޫނޭ ދަންނަވާކަށް ނެތިން. ނަމަވެސް ބައެއް ދުވަސް ދުވަހު ޑިކޯ ނުހައްދަވާ ހުންނަހެން ހީވާތީ މިކަން ހަދާންކޮށްލަދިނީ .
ރަށުމީހާ
20 November 2019
ބަލަޖާބިރޫ ތިހިރީހަމައިގަތޯ ސުވާލުއެބަ އުފެދޭ. އަޅިގަޑު ވަރަށްބޮޑައް އެބައެދެން މި ޖާބިރު ހަމަތޯ ބަލަން.މަޖިލީހުން ގާރާރެއް ފާސްކުރުން.
މުޙުއްމާ
20 November 2019
ކަލޯ ޤަރާރެއް ހުށަހަޅާ އަބިގޮއްޔެއަށް އުއްތަމަ ފަޑިޔާރުކަން ދިނުމަށާއި ކަލޯއަށް ރައީސްކަން ދިނުމަށް ފާސް ކުރަން. މިސޮރު ހިޔެއްނުވޭ ސިކުޑި ހަމަޖެހޭހެނެއް. ގުރާދޫއަށް ފޮނުވާލަންވީ
ބޮނޑަގޭ ދޮންއަލިއެ
20 November 2019
މަޖިލީހުގެ ތަޅަމުގައި ކަންކަން ހިގާގޮތަށް ބަލާއިރު ސީދާ ރިޔާސަތުން ބެނުންވެގެން ޖާބިރު ބޭނުންކޮށްގެން ކުރާ ކަންކަން މިއީ. މަޖިލީސް ރައީސް މިހާރު ހީފުޅުކުރައްވަނީ ތިމަންނާ ނޫނީ ދެން ތިބީ މޮޔައިން ކަމަށް . ވާނުވާ ނޭގޭ މީހުންކަމަށް. އެއްމެ ޔަހޫދީ މީހުން ކަންތައް ކުރާގޮތަށް ފަހަތުގައި ހުރިހާ ކަމެއް ރާވާންހުރެ މީހުންލައްވާ ކުރުވާފަ މީހުން ކުރިމަތީ ތިމަންނާއަކީ މާ މައުސޫމު މީހެއްކަމަށް ދެއްކޭން އުޅޭނެ ކަމެއް ނެތް
ޔާނާދީދި
20 November 2019
ހޯހޯހޯ އިންކަމްޓެކުހާއިއެކު އެކިމީސްމީހުންގެފަޔަށް ހިނިއަރަންފަށަނީބާވައެވެ؟ ދިވެހި ރަޢިއްޔަތުން ރައީސް ޞާލިޙު އިންތިޚާބުކޮށްފައިއެހުރިމުއްދަތު ސާފެވެ. އޭނަގެ ސަރުކާރަށް މިފުރުނީ އެންމެއަހަރެކެވެ. އަނެއްކާ ރައްޔިތުންގެބޮލުގައި ކޮންފަދަބުރައެއް އަޅުވަންހެއްޔެވެ. މިއަންނައަހަރު ނިމެންދެން ކެތްކޮށްބަލާށެވެ! ކުރިމަތިލާން ބޭނުމީހެއްޔެވެ. ކުރިމަތިލީނަމަވެސް ނުހޮވޭނެއެވެ! ގުޑްބާއި!
ޔާސްމީން
20 November 2019
ޖާބިރު މޮޔަފުޅު ވީތޯ؟ އިންތިހާބަކީ ސިޔާސީވެރިން ހިތުހުރި ގޮތަކަށް ބޭނުންހާ ދުވަހަކު ބާއްވަން އޮންނަ އެއްޗެއް ނޫންކަން ނޭނގެނީތޯ؟ މިއުޅެނީ މީނަ ބޭނުންހާ ގޮތަކަށް ކަންތައްތައް ނުވާތީ ހެން ހީވަނީ. އަދި އެބައޮތް 4 އަހަރު. ކެއްކޮއްލާ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
20 November 2019
" އެޒާތު " ކަން ކަން ބޮލުގައި ހުންނަ އެންމެނަކު ( ގުރައިދޫ ) ގައި ތިބެން ނުޖެހޭނެ ކަމާއި އެންމެނެށް 24 ގަޑިއިރު ހަމައިގައި ތިބެން ބޭނުން ނޫންކަން ތިޔަ ކަށަވަރުވެ އިގި ތިޔަ ދިޔައީ ތިޔަ ބިލުންތޯއެވެ.؟
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
20 November 2019
އަވަސް ކިހާ އަވަހެއްތޯ ؟ 2018 ގައި ( ކަޕުލްސް ) ލޯފަރމް ލޯފަން ކޮށްތޯ ؟އެއް އަހަރު ފަހުން ތިޔަ ފިރިކަލުންނަށް ތިޔޮށް ބޮޑު ގާނޫނާ ޚިލާފު އިންތިޚާބްއެށް ބާއްވާ 60 މިލިއަނަށްވުރެ ރުފިޔާ ދައުލަތުން ހޭދަކޮށް ރައީސް އިބްރާހިމް މުހަށްމަދު ސޯލިހް ހުވާކުރެއްވި އިރުވެސް ތިޔަ ގާނޫނީ ލޯ ހަމަ ފަން ކޮށްތޯ ؟ ދެއިރު ދެ ދަޅަޔަށް ރައްޔިތުން ގާތު އެހިޔަސް ހަމަ ރައްޔިތުން ބުނާނީ ( އިބްރާހިމް މުހައްމަދު ސޯލިހް ) ޑީ.އާރް.ޕީ ގެ ޒައޯމޭތޯ ލީޑަރޭތޯ ބުނަންވީ އާޗާ ؟
ހުނނ
20 November 2019
ތިކަން އަވަހަ ކުރަންވީ
ރައީސް ނަޝީދު
20 November 2019
އަވަސް އިންތިހާބެއް ބާއްވާނެކަމެއް ނެތް! ބަރުލަމާނީއަކަށް ބަދަލު ކުރައްވާ!
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
20 November 2019
ރައީސް ނަޝީދު ނޫން ނަމަ އަސްލު ރައީސް ނަޝީދު ތިޔަ ނަމުގައި އާއްމުކުރެވިފައި މިވާ ވުން މުރާޖިއާ ކޮށްލަން ފެނެ. ރައީސް ނަޝީދު ތިޔަވަރު ( ގ ) ރޯނެއްގައި ޖެހިވަޑައި ނުގަންނަވާނެ ކަން ކަށަވަރު ތިޔަަ ގޮތަކަށް.