ޚަބަރު / ކުށްކުރުން

ބައިއަތު ނުހިފުމުން މަރުގެ ހުކުމް، ރޭވީ އާދައިގެ ކަމެއް ނޫން!

ހައްމާދު ފަރުވާ އަށް، ސިފައިންގެ އެހީތެރިކަމާ އެކު ކޯސްޓް ގާޑުގައި މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދަން އެމްބިއުލާންސަށް އަރުވަނީ.---ފޮޓޯ: އެމްއެންޑީއެފް

ލަނޑާ ނަގަން ނުކުތް ދޯނި ތެރޭގައި ތިބެ އިސްމާއިލް ހައްމާދަށް އިއްވީ، މައުލޫމާތު ލިބޭ ގޮތުގައި، މަރުގެ ހުކުމެވެ! އެ ހުކުމާ އެކު ތޫނު އެއްޗަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީ ޒަހަމްކޮށްލީ އެވެ. ދެ އަތުގެ ވެސް ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިއްޔާ ދެމެދު ފުން ޒަހަމްތަކެއް ހުއްޓެވެ. އޭނާ އަށް މަރުން ސަލާމަތްވެވުނީ މޫދަށް ފުންމާލުމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ފަތާފައި، ރ. މަޑުއްވަރީ، ފެހިއަލި، ހައްމާދު، 26 އެރީ، އއ. މާޅޮހަށެވެ. ދަންވަރު ތިނެއް ޖެހިއިރު، "އިންސާނެކޭ ސަލާމަތްކޮށްދޭށޭ" އެދި ގޮވަމުން ދަނިކޮށް އެންމެ ފުރަތަމަ ބައްދަލުވި ދެ މީހުން ގާތު އޭނާ ބުނީ ދޯނީގެ ފަޅުވެރިންނާ ބައިއަތު ނުހިފުމުން ޒަހަމްކޮށްލީ ކަމަށެވެ. އޭގެ ފަހުން ހަމައެކަނި އޭނާއަށް އެދެވޭ ގޮތްވީ ފުރާނަ ސަލާމަތްކޮށްދިނުމަށެވެ. އިތުރަށް އެންމެ ޖުމްލައެއް ބުނެވޭވަރަށް ވުރެން ވެސް ހާލު ދެރަ އެވެ.

މާޅޮހުން "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ސްކޫލް ކައިރީގައި ހުންނަ ގޭގެ ދެ ޒުވާނަކާ އެ ވަގުތު ހައްމާދާ ދިމާވުމަކީ ވެސް ނަސީބެކެވެ. މަރު ނުވާކަން ޔަގީންވުމުން ފަހަތުން އޭނާ ހޯދަން، ތުހުމަތުކުރެވޭ ދެ ފަޅުވެރިއަކު މާޅޮހަށް ވެސް އެރީ އެވެ.

ހައްމާދު ގައިން އޮހެރެމުން ދިޔަ ލޭތައް ފެނިފައި ބިރުން ތިބެ ނަމަވެސް މާޅޮހުގެ ދެ ޒުވާނުން ސިއްހީ މަރުކަޒާ ހަމައަށް އޭނާ ގެންގޮސް، ވެރިންނަށް ގުޅައި އެތަން ހުޅުވައިދިނެވެ.

ސިއްހީ މަރުކަޒުގައި ހައްމާދަށް ފަރުވާ ދެމުން ދަނިކޮށް، އޭނާ އަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ބައްތިން އަލިކުރަމުން ސިއްހީ މަރުކަޒާ ހަމައަށް ވެސް ދިޔަ އެވެ. އެ މީހުން އުޅުނު ގޮތުން ޝައްކުވެގެން، އެ ރަށަށް މީހަކު ފަތާފައި އެރި ވާހަކަ ނުބުނީ އެވެ.

"ބައްތި ހިފައިގެން މުޅި ރަށް ހޯދަމުން ހޯދަމުން އައިސް ސިއްހީ މަރުކަޒު ކައިރީ ތިއްބާ އަހަނީ ކީއްވެހޭ މިތާ ތި ތިބީ؟ އެ މީހުން މިއުޅެނީ ދޯނީގެ ފަޅުވެރިއެއް ގެއްލިގެން ކަމަށް [ބުނި]. އޭނާ އަށް ފަރުވާ ދޭ ވާހަކަ ނުބުނީ،" މައުލޫމާތު އެނގޭ، މާޅޮހުން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ކިޔައިދިނެވެ.

ހައްމާދުގެ އުޅުން ދަންނަ މީހުން ފަރާތުން އެނގުނު ގޮތުގައި އޭނާ އެއްބަސް ނުވީ އާދައިގެ ކަމަކަށް ނޫނެވެ! މިހާތަނަށް ސާފުނުވަނީ އެއީ ކޮން ކަމެއް ކަމެވެ. އޭނާ ލަނޑާ ނަގަން އެރޭ ގޮސް އުޅުނީ ދީނީ ގޮތުން ހައްދުފަހަނާޅާފައިވާ ފިކުރުގެ މީހުންނާ އެކުގަ އެވެ.

ހައްމާދު މަރުން ސަލާމަތްވި ކަން އެނގުމާ އެކު ހަމަ އެ ދަންވަރު އާއިލާ އަށް ވެސް އެ މީހުންގެ ފަރާތުން އިންޒާރު ލިބުނު ކަމަށް ވެ އެވެ.

ސިއްހީ މަރުކަޒަށް ގެންދިއުމާ އެކު ލެއާ އެކު ވަރަށް ގިނައިން ހައްމާދު ހޮޑުލި އެވެ. ދެން ހޭނެތުނީ އެވެ.

"ބޮލުގެ ފުއްކިބާގައި 12 ސްޓިޗް ޖަހަން ޖެހުނު. މޫނުގައި ވެސް، ދެ އަތުގައި ވެސް، ފުންކޮށް ޒަހަމްތަކެއް ހުރި. ހާލު ސީރިއަސްވުމުން ސީ އެމްބިއުލާންސްގައި ވަގުތުން މާލެ ފޮނުވާލީ،" މާޅޮހުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

ހައްމާދަށް މިހާރު އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެތަނަށް ގެންދިޔަ ވަރަށް ވުރެ ހާލު ރަނގަޅުހެން ހީވާ ކަމަށް އާއިލާ އިން މިއަދު ބުންޏެވެ.

ހަރުކަށި ފިކުރާ ހައްމާދު ގުޅުނީ ޖަލުގައި!

މައުލޫމާތު އެނގޭ މީހުން ކިޔައިދިން ގޮތުގައި، ކުށުގެ ރެކޯޑު އޮންނަ ހައްމާދުގެ އުޅުމަށް ބޮޑު ބަދަލެއް އައީ ޖަލު ތެރެއިންނެވެ. އެމްޑީޕީގެ ވެރިކަން 2012 ގައި ވެއްޓި، އެ ޕާޓީން އޭރު ކުރި ބޮޑެތި މުޒާހަރާތަކުގެ ތެރެއިން އެއް މުޒާހަރާގައި، ވީޓީވީ އަށް ގާ އުކި މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލައި އޭނާ ފަސް އަހަރަށް ޖަލަށް ލި އެވެ. އޭނާ ޖަލުން ސަލާމަތްވިތާ އަދި ވާނީ ދޮޅު އަހަރެވެ.

ޖަލުން ނުކުމެ ރަށަށް ގޮސް ފުރަތަމަ ކޮޅުގައި ނަމާދުކުރީ ޖަމާއަތުގަ އެވެ. އެކަމަކު ދުވަސްކޮޅެއް ފަހުން، މިސްކިތަށް ނަމާދަށް އަރަން ފެށީ ވަކިން ޖަމާތް ހަދައިގެންނެވެ.

"އެ މީހުން ބޭނުމެއް ނުވޭ އިމާމު ފަހަތުގައި ނަމާދުކުރާކަށް. ޖަމާއަތް ނިމުނީމަ ވަކިން އަރާނީ، މި ގްރޫޕްގައި ފުދޭވަރަކަށް މީހުން އުޅޭ. މި މީހުންގެ ގާތަށް އެކި ރަށްރަށުން މީހުން ވެސް އާދޭ،" މަޑުއްވަރީ މީހަކު ބުންޏެވެ.

ހަރުކަށި ފިކުރަސް އާއްމުންނަށް އުނދަގޫވާ ގޮތަށް އެ މީހުންގެ ހަރަކާތްތައް ކުރިއަކަށް ނުގެންދެ އެވެ. އެކަމަކު އީދު ކުޅިވަރު މަޑުއްވަރީގައި ނުބާއްވަން މި ގްރޫޕުން އިންޒާރު ދިން ކަމަށް ވެ އެވެ.

ރ. މަޑުއްވަރީ ބަނދަރުމަތި: އެ ރަށުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ ހަރުކަށި ފިކުރުގެ ބަޔަކު އެބަތިބި.

އެންމެން ކަހަލަ ގޮތަކަށް އާމްދަނީ ހޯދަނީ ދޯނިފަހަރު ކުއްޔަށް ހިފައި ލަނޑާ ނަގައިގެންނެވެ. އާއްމުކޮށް، ދޯނި ކުއްޔަށް ހިފައިދޭ މީހާ މަސައްކަތަށް ނުދިޔައަސް ހައްމާދަށް ހަމަލާދިން ރޭ އޭނާ ވެސް ދޯނީގައި ހުރި ކަމަށް ވެ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި، ހައްމާދާ އެކު ދޯނީގައި ތިބީ ޖުމްލަ ތިން މީހުންނެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި، އަދަދު އެ އަށް ވުރެ ގިނަ އެވެ.

ހައްމާދަށް ހަމަލާ މިދިނީ، ހަރުކަށި ފިކުރާ ދެކޮޅަށް ޓެރަރިޒަމްގެ ގާނޫނު ފާސްކޮށް، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ވެސް އެ ފިކުރުގެ ބައިވެރިވުން އޮތް މިންވަރު ހާމަކޮށްފައި ވަނިކޮށެވެ. ހައްމާދު ހިމެނޭ ގްރޫޕުން އެރޭ ރޭވީ ކޮން ކަމެއް ކަމެއް ކަށަވަރެއް ނުވެ އެވެ. ނަމަވެސް އެ ހިންގަން އުޅުނު ކަމަކާ ހައްމާދު ދެކޮޅު ހެދީ ކަމަށްވެ އެވެ.

"ވައްކަމާއި ފޭރުމުގައި ވެސް ކުރިން ހިމެނޭ، ވަކިން ޖަމާއަތް ހަދައި ނަމާދުކުރާ އެ މީހުންގެ ރޭވުން ނޭނގުނަސް އާދައިގެ ކަމަކަށް ހެން ހިއެއް ނުވޭ އެރޭ އެއްބަސްނުވީ،" މަޑުއްވަރީން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހައްމާދަށް ހަމަލާދިން ކަމުގެ ތުހުމަތަށް ބަޔަކު ހައްޔަރުކޮށްފައިވީ ނަމަވެސް އަދަދެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހައްމާދު، ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރި އެވެ. އެއީ، ޅ. ނައިފަރުން ތިޖޫރިއެއް ވަގަށް ނެގި މައްސަލައިގަ އެވެ. އިތުރު ބަޔަކާ އެކު އޭނާ އެކަން ކުރީ، އެނގިފައިވާ ގޮތުގައި، ހުއްދަ ނުހޯދައި އާއިލާގެ މީހެއްގެ ލޯންޗެއްގައި ގޮހެވެ.

ތަހުގީގަށް ބަންދުކޮށްފައި ބެހެއްޓުމަށް ފަހު ފުލުހުން އޭނާ ދޫކޮށްލީ އެވެ.

މަޑުއްވަރީގައި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކެއް!

ހަރުކަށި ފިކުރު ފަތުރާ މީހުންނާއި ރަށްތައް ދެނެގަނެވިފައިވާ ކަން ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން 2017 ގައި ވަނީ ބުނެފަ އެވެ. އެކަމަކު އޭގެތެރޭގައި، މަޑުއްވަރީ ހިމެނޭ ކަން އެތަނުން އާއްމެއް ނުކުރެ އެވެ.

އޭރު ބުނެފައި ވަނީ، ބައެއް ރަށްރަށުގައި ދީނުގެ ނަމުގައި ހަރުކަށި މެސެޖްތަކާއި ނުބައި މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އެ ފިކުރު ކުރިއަރުވަނީ، ދީނުގެ ކަންކަމުގަ އާއި ހިލާފު އުފެދޭ ނުވަތަ ދެބަސްވެވޭ ކަންކަމުގައި ރުޅިވެރިކަމާއި ޖައްބާރުކަން އިސްކުރުމަށެވެ. އޭގެ ޝިކާރައަކަށް ޒުވާނުންވެ، ހަނގުރާމައަށް ދިއުމުގެ ވިސްނުމާއި ހިޔާލު ގެންގުޅޭ ކަން ކައުންޓަ ޓެރަރިޒަމް ސެންޓަރުން ބުނެފައިވެ އެވެ.

އެކަމަކު އެ ރަށުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުން ހުޓުވުމަށާއި އެ މީހުންގެ ފިކުރު ބަދަލުކުރަން ކުރި މަސައްކަތެއް ރަސްމީ އިދާރާއަކުން ހާމައެއް ނުކުރެ އެވެ. މިފަދަ ފިޔަވަޅެއް އެޅި ކަމަކަށް ކައުންސިލުން ވެސް ނުބުނެ އެވެ.

ހައްމާދަށް ދިން ހަމަލާ އިން ތިލަވި އެއް ކަމަކީ މަޑުއްވަރީގެ ހާލަތެވެ! އެ ރަށުގައި ދީނީ ގޮތުން ހަރުކަށި ފިކުރު ވަކި ހިއްޕާލާފައި އޮތް މިންވަރެވެ.

ހައްމާދަށް ހަމަލާދިން ގްރޫޕްގެ މީހުން ކުޑަކުދިންނާ ސައްހަ ނޫން ކައިވެނިތަކެއް ކޮށްގެން އުޅޭ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.

"އެހެންވެ ކޯޓުން ބޭރުގައި އަމިއްލަ އަށް ސެޓްފިކެޓް ހަދައިގެން ކައިވެނިކުރަނީ،" އެކަކު ބުންޏެވެ.

ހައްމާދު ވެސް 13 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުގައި ސައްހަ ނޫން ކައިވެންޏެއް ކޮށްގެން އުޅޭ ކަމަށް ތުހުމަތު ކުރެ އެވެ. އެކަމަކު މިކަން އޭނާގެ އާއިލާ އަށް އެނގިފައެއް ނުވެ އެވެ. ރަސްމީ އިދާރާއަކުން ވެސް ކަށަވަރެއް ނުކޮށްދެ އެވެ.

އުމުރުން 13 އަހަރުގެ ކުދިންނާ ކައިވެނިކުރުމަކީ ގާނޫނާ ޚިލާފު އަމަލެކެވެ. ރާއްޖޭގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން ނަމަ 16 އަހަރު ފުރިއްޖެ ނަމަ، ޖެންޑާ މިނިސްޓްރީން އެސެސްމެންޓެއް ހަދައި އާއިލާގެ އިއުތިރާޒެއް ނެތް ނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ކޯޓުން ކައިވެނިކޮށްދެ އެވެ. އެކަމަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގައި، ކައިވެނިކޮށްދޭ އުމުރު ވަނީ 18 އަހަރަށް މަތިކޮށްފަ އެވެ.

140 ކޮމެންޓް, 324 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 18%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސީމާއު

25 November 2019

ތިހުރިހާ ކަމެއް ތިރަށުގައި ހިގާއިރު މަޑުއްވަރީ ކައުންސިލްކޮބާ؟މުސާރަ ކައިގެންތިބެނީދޯ.ތިކަން ކަމާބެހޭ ފަރާފަރާތްތަކަށް އަންގައިގެން ހުއްޓުވެންވާނެ.

The name is already taken The name is available. Register?

މޮހޮނު123

24 November 2019

އެހާ ކުޑަކުޑަ ރަށެއްގައި ތިފަދަ ޢަމަލުތަކެއް ކުރަމުންދާއިރު، އެއްވެސް ބަޔަކަށް ނޭގި ނުހުންނާނެ. ކައުންސިލަށާއި، ފުލުހުންނާއި، މުދިމުންނާއި، މެޖިސްޓްރޭޓުންނަށްވެސް އެގޭނެ. މަޑުއްވަރީއަކީ ކުޑަކުޑަ ރަށެއް.

The name is already taken The name is available. Register?

ޖިހާދު

24 November 2019

މީގެ ކިތައް މީހުން ރާއްޖޭގެ އެކި ރަށްތަކުގައި އެބައުޅެޔޭ... އެމީހުން އަންނަނީ އެމީހުންގެ ތުއްތު ކުދިންނަށް ހަނގުރާމަކުރާނެ ގޮތްތައް ދަސްކޮށްދެމުން... ކަލޭމެން އަޖާބުވާނެ މިމީހުން ކަންތައް އޮތް ގޮތް ފެނިފަ

The name is already taken The name is available. Register?

ސައި

24 November 2019

13 އަހަހ ހަރުގެ ކުއްޖާގެ މައިންބަފައިން ކޮބާތޯ ކޯޓުން ބޭރުގައިވެސް ކައިވެނި ކުރެވޭނީ ބައްޕަގެ ވަލީލިބިގެން މިވަރުގެ ބޮޑުކަމެއް މައިންބަފައިންނަށްނޭގިއެއް ނުކުރެވޭނެ ހައްޔަރު ކުރަންވީ ކުޑަކުއްޖާގެ ބެލެނިވެރިން

The name is already taken The name is available. Register?

ޖިހާދު

24 November 2019

މި ގްރޫޕް މީހުބްގެނަޒަރުގަ ކޯޓުގަެ ގާޒީ ކޮށްދޭ ކައިވެނި ހަލާލެއް ނޫން. މިމީހުން ފޮލޯކުރާ ވަކި އިމާމެއް ހުރޭ. ޢެފަދަ މީހަކު ލައްވާ ކައިވެނި ކުރީމަ އެމީހުންގެ ނަޒަރުގަ ކައިވެނި ކިރެވުނީ. ކޮންމެހެން ވަލީއެއް ބޭނުމެއް ނުވޭ. މީ އަލަކަށް ކުރާ ކަމެއް ނޫން. މިކަމެއް ހިނގަނީ ކިތަންމެ ޒަމާނެއް...

The name is already taken The name is available. Register?

ބޯވަ

24 November 2019

އިސްލާމީ ބައެެއް އެހެން ގައުމުތަކުން އެ ފެންނަމުންދާ ވީރާނެވެފައިވާ އިމާރާތްތަކާއި ކާބޯތެކެތި ހޯދަން ތިބޭ ދިގު ކިޔޫތަކާއި ބޯހިޔާ ވަހިކަމެއް ނެތި ޗަކަހެދިފައި ބިންމަތީގައި ކުޑަކުދިންތައް ކުޅެން އުޅޭ މަންޒަރުތައް ފެނުމުގެ ކުރިން މި ގައުމު ސަލާމަތްކުރުމުގެ ޒިންމާ ނަގާނީ ކޮން ބައެއް ހެއްޔެވެ. ރަގަޅު މަގުގައި އިސްލާމީ ތައުލީމް ލިބިފައި ތިބި އިލްމް ވެރިން ހެއްޔެވެ؟؟ ނުވަތަ ސިޔާސީ ވެރިން ހެއްޔެވެ؟ އަހަރެމެންނަށް މިހެންވާންވީ ކީއްވެހެއްޔެވެ؟

The name is already taken The name is available. Register?

ނަޖްވާ

24 November 2019

މި ހަރުކަށި ފިކުރުގެ މީހުންތައްވީ ހަމަ މުލުންލުހެލަން! ނާ އެހެންޏާ ފަހެ ރާއްޖޭގައި އިސްލާން ދީނަށް މީޙުން އުޅޭތާ މިހާރު 861 އަހަރުވީ! ނުޖެހޭ ވަކި ބަޔަކަު އައިސް އިސްލާންދީން ކިޔަވާދޭކަށް!

The name is already taken The name is available. Register?

އަހަރެންގެ ދީނަކީ އިސްލާމްދީން

24 November 2019

އަހަންނަށް އެނގޭހާވެސް އެޗަކީ. މާތްﷲ ފިޔަވާ އެހެން ކަލަކުނުވޭ. އެކަލާނގެއީ އެއްްކައުވަންތަ އިލާހް. އީމާންވޭ, ތަޢުބާވޭ. މަރުވުމަށްފަހު އަހަރުމެންނަށް ޝަފާޢަތް ތެރިވާނެ އެން ރަސޫލަކު އަދި ނަބީއްޔަކު މުޙަައްމަދުން ޞައްލައްﷲ ޢަލައިހި ވަސައްލަމް ފިޔަވާއި ނެތް. އަދިވެސް ތަޢުހީދަކީ ކޯއްޗެއްކަން ނޭނގޭމީހުން ވަރަށް ގިނަ. ވީމާ ތަޢުހީދު ގެ އަސްލު މުރާދު ދެނެގަތުން ވަރަށް މުހިންމު.

The name is already taken The name is available. Register?

ގަމާރުމީހާ

24 November 2019

އަބުދުލް ވައްހާބޭ ކިޔުނު މީހަކު ވެސް މީ ހުން މެރީ ތި ހެން ކިޔާފަ

The name is already taken The name is available. Register?

އަހަރެންގެ ދީނަކީ އިސްލާމްދީން

24 November 2019

އަ އަހަރެން ވެސް ޤަބޫލުކުރަން ދީނުގެ ނަމުގައި އައިއެސް ޖަމާއަތަށް ދާމީހުން ތިބިކަން. އެއީ ދިީން ރަނގަޅަށް ނޭނގޭ މީހުން.. އިންސްލާމދިނުގައި އެއްވެސް މީހަކު ކުށަކާއި ނުލައި މެރުމަކަށް ނޯވޭ. އެއިީ އެންމެ މާތް ދިން. ތިޔަ އުޅެނީ މީހުންނަށް އޮޅުވާލަން. ތިޔައީ މުސްލިމުންކުރާ ކަންތަކެއް ނޫން. އަޙުންނޭ ވިސްނާ މުސްލިމުން މީހުން ނުމަރާނެ. އަބަދުވެސް ހުޅަގުގެ މީހުން މުސްލިމިުން ޓެރަރސްޓުންނަށް ހަދަނީ.

The name is already taken The name is available. Register?

ދީންދަސް ކުރާ މީހަ

24 November 2019

ކަންގޮތް ނޭގޭތި ކޮއްލެ ކޮމެއްޓެއް! އިސްލާމް ދީނުގަމީހުނާ އިދެވޭއުމުރަކީ ކޮބައި؟ ހައިލު ނުވަތަ ބާލިގު ވީމަތޯ!ބައެއްކުދިން ނުވައަހަރުގަ އަނެބައި ކުދިން 13 އަހަރުގަވެސް ހައިލުވެދާނެ؟ ދީނުގަ މިގޮތައް އޮތްކަމުގަ ވިއަސް އެކަމަކީރަގަޅު ކަމެއް ނޫކަމައް ދެކުމަކީ ދީގޮތުންކޮންކަހަލަ ކަމެއްތޯ؟ ދީނުގަ މެހެން އޮވެއްޖެ ނަމަ ސަތޭކަ ޕަސެއްޓު މުސްލިމުގަ އުމެއްގަމިގޮތައް ކަނުކުރަނީކީތްވެ؟؟ދީނުގަ އޮނާނެތަ ކުރަންނުވާވަރު ހަޑިކަމެއް ގޯސްކަމެއް؟؟އެގޭބޭފުޅަކުބުނެދީބަލަ

The name is already taken The name is available. Register?

ދީނުގައި

24 November 2019

ދެން އިތުރު ކުރޭ ދީނުގައި މައުސޫމު މުސްލިމަކަސް ކާފަރަކަސް މެރުމަކީ ކޮން ކަހަލަ ކަމެއްކަން. އެފަދަ އަމަލު ކުރާ މީހާ މުސްލިމަކުގެ ގޮތުގަ ހުރެއެއް ނުން އެކަން އެކުރަނީ. އަދި އިތުރު ކުރޭ ވެރިޔާ އަށް ކިޔަމަން ވުން. ވެރިޔާ ދީނާ ޙިލާފުވާ ކަމެއް ނޫން ކަމަކަށް އަމުރު ކޮށްފިއްޔާ ކުރުން މަޖުބޫރު. އެހެނީ ރަސޫލާގެ ޒަމާނުގައިވެސް މުސްލިމް ވެރިން ނެތް ގައުމު ތަކުގައި މުސްލިމުން އުޅުނު. އެމީހުން ހަމަނުޖެހުން ހިންގަން ގޮވާލައްވާފައި ނުވޭ.

The name is already taken The name is available. Register?

ޕަންޕު

24 November 2019

ކޮބާ އެމްޑީއެން އަވަހަށް އުވާލާ ހާދަ ނުރައްކާ ބަޔެކޭ އެއީ ބޭން އެމްޑީއެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454