ނަޝީދު: ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، ބަނޑުބޮޑުވި މައްސަލައިގައި އިހުމާލުވާ އިދާރާތަކަށް ވެސް ފިޔަވަޅު އަޅަން އެމަނިކުފާނު ވަނީ ގޮވާލައްވާފައި. --ފޮޓޯ/މިހާރު
23 ނޮވެމްބަރ 2019 - 17:01
ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ތެރެއިން ކައިވެނީގެ ނަމުގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހަދައި ބަނޑުބޮޑުވި އިރު އިހުމާލުވި އިދާރާތަކާއި އެ އިހުމާލުގައި ހިތްވަރު ދިން އެންމެންނަށް ހައްގު އަދަބު ލިބެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކައިވެނި ސައްހަ ނުވާ އުމުރުގެ ކުއްޖަކު ބަލިވެ އިން ކަން ފަޅާއެރީ، ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު، 26، ދޯންޏެއްގެ ތެރޭގައި މަރާލަން އުޅުނު މައްސަލައިންނެވެ. ހަރުކަށި ފިކުރުގެ އެ ގްރޫޕްގައި ހިމެނޭ މީހުންގެ ތެރެއިން އަންހެން ކުއްޖާއާ ގާނޫނާ ޚިލާފަށް ކައިވެނި ކޮށްގެން އުޅުނީ ހައްމާދު ކަމަށް ތުހުމަތު ކުރެ އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 13 އަހަރުގެ ކުއްޖާގެ ނާޖާއިޒު ބޭނުން ހިފައި، ޖިންސީ ގޯނާކޮށް އޭނާގެ ނަތީޖާ އިން ބަލިވެ އިނދެ ލިބުނު އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އެކަމުގައި އިދާރާތަކެއްގެ އިހުމާލު އޮތް ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ. އެ އިދާރާތަކުގެ އިތުރުން، އެ ކުއްޖާއާ މެދު އެ ނުބައި އަމަލު ހިންގަން ހިތްވަރު ދިން ހުރިހާ އެންމެންނަށް ހައްގު އަދަބު ދޭން އެމަނިކުފާނު ގޮވާލެއްވި އެވެ.
13 aharuge kuda anhen kujjehge naajaaiz beynun hifaa, jinsee goanakoh, eyge natheejaa in e kujjaa balive indhe e kujja ah mi dhin aniyaa emme harukashi ibaaraathun kuvverikuran. Mi kamugai ihumaaluvi idhaaraa thakaai hivvaru dhin faraiythakah haqqu adhab libenjehey
— Mohamed Nasheed (@MohamedNasheed) November 23, 2019
ނަޝީދުގެ ޓުވީޓް.
ކުޑަކުދިންނާ ކައިވެނި ކުރުމަކީ ގާނޫނާ ޚިލާފު އަމަލެކެވެ. އަމުދުން ކޯޓުން ބޭރުގައި ވަގު ސެޓްފިކެޓަކުން ހަރުކަށި ފިކުރުގެ "ޝިކާރައަކަށް" އެ ކުއްޖާ ހަދައި ބަލިވެ އިނުން، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ މީހުން މާނަ ކުރަނީ "ރޭޕްކުރުން" ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ 13 އަހަރުގެ ކުއްޖާގެ ބަލިވެ އިން ކަމުގެ ރިޕޯޓް ލިބުމާ އެކު އެކަމުގައި ބައިވެރިވީ ބޮޑުންނަށް ފިޔަވަޅު އަޅައިދޭން އެދިފައިވާ ކަމަށެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން ނަމަ 16 އަހަރު ފުރިއްޖެ ނަމަ، ޖެންޑާ މިނިސްޓްރީން އެސެސްމެންޓެއް ހަދައި އާއިލާގެ އިއުތިރާޒެއް ނެތް ނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ކޯޓުން ކައިވެނިކޮށްދެ އެވެ. އެކަމަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގައި، ކައިވެނިކޮށްދޭ އުމުރު، ވަނީ 18 އަހަރަށް މަތިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
25 November 2019
ދީނާ އެއްކޮޅަށް ނޫނީ ދިނައް ފުރައްސާރަ ކުރާ މީހުނާ ދެކޮޅަށް މީނަ އަށް އެއްވެސް ވާހަކަ އެއް ނުދެއްކެއެވެ . ވިސްނާ ބަޔަކަށް ވާނުވާ އެނގޭނެ އެވެ.
_____
24 November 2019
ހުރިހާ ރައްޔިތުން ހޭލުންތެރިކުރަން ސަރުކާރުން ރަސްމީ ކެމްޕޭނެއް ފެށިއްޔާ ކީއްތޯވާނީ ދީނުގެ ނަމުގައި ބަޔަކު ކުރަމުންދާ ހައްދުފަހަނައެޅި ކަންކަން އެންމެންގެ ސަމާލުކަމަށް ގެނައުމަށް؟ ދީނީ އިލްމުވެރިން ކުރާ ދީނީ ރަގަޅު ކަންކަން ހުއްޓުވަން ނޫޅެ އެމީހުންގެ އަގުވައްޓާނުލާ، ހައްދުފަހަނައެޅޭކަން ކަނޑައެޅޭ ހިސާބެއް ސާފުކޮށްދޭންވީނޫންތޯ އެންމެންނަށް؟ އިލްމުވެރިންނާ ޖައްސާނުލާ އަސްލު ދީނީ މައްސަލަތައް އުފެދޭ ހިސާބުން އެކަންކަން ހައްލުކުރަން އުޅެންވީނޫންތޯ؟
އަނގަ ލައްޕާ!
24 November 2019
އަނގަ ހުޅުވޭކަށްނެތް! ހޯރައިއްބެ ދޫކޮށްލި ހިސާބުން ތީވެސް ކުޑަކުދިންނަށް އަނިޔާދޭ ލިސްޓްގެ ނަމެއް!
އާދަނު2
24 November 2019
ހޯރައިއްބެ އިދެގެންއުޅެނީއެކުއްޖާއާ
ހެނދުނު
24 November 2019
ނަޝީދު ލައިލާއާ އިނީ ކޮން އުމުރެއްގައި ހެއްޔެވެ. އޭނާގެ ބައްޕަ އޭނާގެ މަންމައާ އިނީ ކޮން އުމުރެއްގައިތޯ ބަލައިލަމާ ހިނގާށެވެ. ހަގެއް ނޫން ހެއްޔެވެ؟
ތުއްތުނާ
24 November 2019
ކޯޓުން ބޭރުގައި ވަގު ސެޓްފިކެޓަކުން ކައިވެނި ކުރުންވެސް ގޯސް......... އެކަމަކުވެސް 13 އަހަރު ވީމަ އެކަނި މައްސަލަ އަކަށް މިވަނީ....... މި މުޖުތަމަޢުގައި ކިތަށް މީހުން ކާވެނީގެ ބޭރުން ދަރިން ހޯދާފައިވަނީ....... އެކަކު ވެސް އެއީ ބޮޑު ކަމަކަށް ނުދެކޭ..... ކައިވެނީގެ ބޭރުން ދަރިން ވިހައި އެދަރިފުޅު އަނެއްކާ ކައިވެނީގެ ބޭރުން ދަރިން ހޯދައި ނަސްލު އޮޅޭގޮތަށް މަންޒަރު އެބަފެނޭ........ މިއީ ގަބޫލު ކުރަން ދަތި އެކަމަކުވެސް ހަމަ ހަގީގަތް.......
ކޯކްފުޅި ސައުދު
23 November 2019
ވަކި ކަހަލަ ވާހަކައެއް ވެއްޖިއްޔާ މަނިކުފާނު ލެޓިނުން ލިޔުއްވަނީ ކީއްވެތޯ. ބޭރުބަޔަކު ކިޔާފާނެތީތޯ
ކަރީމުއްދީން ބާޝާ
23 November 2019
ހޯރައިއްބެ މިނިވަންވިހިސާބުން އެފަދަމީހުންނަށް ލިބިގެންދިޔައީ އާދަޔާޚިލާފުހިތްވަރެއް....... ރޫހާނީ މިކަމުގެ ޒިންމާނަގަންނުޖެހޭނެބާ؟ އިބޫ ޒިންމާނަގާންނުޖެހޭނެބާ؟ އިމްރާނު ޒިންމާނަގާންނުޖެހޭނެބާ؟ ޒިންމާނަގަންޖެހެންޏާ ޒިންމާނަގާނީ ކާކުބާ؟
އެންދެރި
23 November 2019
އެމްޑީއެން އުވާލާށެވެ.
ސަމްސު
23 November 2019
އެމްޑީޕީވެސް.
ގޮއިދޫހަސަނު
23 November 2019
ތިކަމަކީ ރަނގަޅުކަމެކޭ ނުބުނާނަމެވެ. އެކަމަކު މިކަމާއިމެދު މިއަދު ރައީސް ނަޝީދު އެއްޗެކޭވިދާޅުވުމަށްވުރެ ރަނގަޅުވާނީ އެއްޗެކޭވިދާޅުނުވިއްޔާ. އެކަމަކު އަނގަގަދަމިތުރުވެގެން ތިއޮތީ އެއްޗެކޭވިދާޅުވެފަތާއެވެ. މީސްމީހުންގެ ކޮމެންޓު ބައްލަވާށެވެ. ތިފަދަފިކުރަށް ރައީސް ނަޝީދު ދޫދެއްވިކަމަކީ މިދެންނެވި އެއްޗެކޭވިދާޅުވުން ރަނގަޅުނުވާނެ އެއްސަބަބެވެ.
ކުޑޭ
23 November 2019
މިގައުމުގަ އެންމެ ފުރަތަމަ ފިޔަވަޅު އަޅަންޖެހޭ މީހަކީތީ!