އޭޑީކޭގައި މީހަކު ހިތުގެ ބައްޔަށް ފަރުވާ ހޯދަނީ: ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަނީ ހިތުގެ ބަލިތަކުގައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 ސެޕްޓެމްބަރ 2016 - 14:10
ރާއްޖޭގައި އަދިވެސް އެންމެ ގިނަ މީހުން މަރުވަނީ ހިތުގެ ބަލީގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ހިތުގެ ބަލީގެ ދުވަހުގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހިތުގެ ބަލީގެ ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 36-65 އަހަރުގެ މީހުންނެވެ. އަދި މި ބަލީގައި ރާއްޖޭން މީހުން މަރުވާ އަދަދު، ވޭތުވެދިޔަ އަހަރުތަކާ އަޅާ ބަލާއިރު މަދު ނުވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެޗްޕީއޭ އިން ބުނީ އެ ބަލީގައި މަރުވާ މީހުންގެ އަދަދު ގިނަ ނަމަވެސް ދުރާލާ ފަރުވާކޮށް، ރައްކާތެރިވެއްޖެ ނަމަ ހިތުގެ ބަލީގެ 80 ޕަސެންޓް ބަލިތަކުން ސަލާމަތް ވެވިދާނެ އެވެ.
މީގެ ތިން އަހަރު އޭޑީކޭގައި ހުޅުވި ހިތުގެ ބަލިތަކަށް ފަރުވާ ދޭ ކާޑިއަކް ސެންޓަރުގެ މައުލޫމާތުތަކާ ހަވާލާ ދެއްވައި، މެނެޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ރާއްޖޭގައި އެ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ދަށްވި ކަން ފާހަގަވެފައި ނުވާ ކަމަށެވެ.
އޭޑީކޭގެ ކާޑިއެކް ސެންޓަރުގައި ޑޮކްޓަރަކު ބަލި މީހަކަށް މިއަދު ފަރުވާ ދެނީ: ހިތުގެ ބަލި މީހުންގެ އަދަދު އަދިވެސް ރާއްޖޭގައި ދަށެއް ނުވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ހިތުގެ ބަލީގެ 20 މީހުން އެ ސެންޓަރުން ފަރުވާ ހޯދާ ކަމަށެވެ. އަދި އެކޯކާޑިއޮލޮޖީ ހަދަން ދުވާލަކު 20-25 މީހުން ދާއިރު، އަށެއްކަ މީހުން ޓްރެޑްމިލް ޓެސްޓު ހަދާ ކަމަށް ވިދާޅުވި އެވެ.
އަދި މި ފަހުން އެތަނުން ދޭން ފެށި، ސީޓީއެންޖިއޮގްރަފީގެ ހިދުމަތް ވެސް މީހުން ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިއާ އަޅާބަލާއިރު ހިތުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު ދަށަކަށް ނުދޭ. އަޅުގަނޑުމެން ހިތުގެ ދުވަސް ފާހަގަ ކުރާއިރު ކޮންމެ މީހަކު ވެސް ރަނގަޅު ހިތެއްގެ ވެރިއަކަށް ވާން ޖެހޭ،" އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް އިންވެސްޓް ކުރުމުގެ ބަދަލުގައި ބޮޑަށް ބަލަންވީ އެ ބަލިން ރައްކާތެރިވެވޭނެ ގޮތް ހޯދަން ކަމަށެވެ. އަދި އެއީ މަސައްކަތް ކުރެވިއްޖެ ނަމަ ނުވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެން ފައިލޭރިއާ ކަހަލަ ބަލިތައް ވެސް ރާއްޖޭން ނައްތާލީ. އެހެންވީމައި، ހިތުގެ ބަލިން ރައްކާތެރިވާނެ ގޮތާ މެދު ވީހާ ވެސް ގިނަ ބަޔަކު ހޭލުންތެރިކޮށްގެން މި ބަލި ޖެހޭ މީހުންގެ އަދަދު މަދުކުރެވިދާނެ،" އަފްއާލް ވިދާޅުވި އެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ގިނަ މީހުންނަށް ހިތުގެ ބަލިތައް ޖެހެނީ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުންނެވެ. އެގޮތުން ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ގިނައިން ސަރުބީ އާއި ހަކުރާއި ލޮނު އެކުލެވޭ ކާނާ ބޭނުން ކުރުމާއި ހެލިފެލިވެ އުޅޭ މިންވަރު މަދުވުމާއި ލޭމައްޗަށް ދިޔުން ހިމެނެ އެވެ.
މީގެ ތެރެއިން ވެސް މި ބަލި ޖެހުމަށް އެންމެ ފުރުސަތު ބޮޑީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށެވެ. އޭގެ އިތުރުން އާއިލާގައި ހިތުގެ ބަލިޖެހިފައިވާ މީހެއް ހުންނަ ނަމަ އެ ބަލި ވާރުތަ ކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.
އަފްއާލް ވިދާޅުވީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވެ، ކޮންމެ މީހަކު ވެސް ކަސްރަތުކުރަން އިސްކަން ދޭން ޖެހޭ ކަމަށެވެ. އަދި ހިތުގެ ބަލިތަކަށް ފުރުސަތު ބޮޑު، އުމުރަށް ދިޔުމުން ސްކްރީން ޓެސްޓުތައް ހެދުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސީ
29 September 2016
ހޮސްޕިޓަލްތަކަކީ ޝޮޕިންއާ ދާ އުސޫލުން ޒިޔާރަތް ކުރަންޖެހޭ ތަންތަނެއް ނޫން. ދިރިއުޅުން ހަމަޔަކަށް އެޅުވުމުން ސިއްހަތުވެސް ހުންނާނީ ރަގަޅަށް. ސިއްހަތު ފަހާ ދުވާކަށް ނުޖެހޭނެ. މޮބައިލް ފޯނާ ސިގިރޭޓަށް އަޅުކަން ކުރުން ހުއްޓާލާއިރަށް ބޮޑު ބައި ހަމަޖެހޭނެ. ދީނީ މީހުން އެބަބުނޭ މާއްދީއްޔަތު ފަހާ ނުދުވާށޭ. މިޒަމާނުގެ އެންމެ ބޮޑު މާއްދީ ހަމަލާ އަރަނީ ސިކުނޑިއަށް. އެއީ ބޭކާރު މައުލޫމާތު ސިކުނޑިއަށް އެޅުމުން. ބައެއް މީހުން ސިޔާސީ ޙަބަރު 6 ފަހަރު ބަލަން އެބަޖެހޭ.
ކްރިޓިކަލް ތިންކިންގ
29 September 2016
ބަލި މީހުން މަދުވިޔަކަ ނުދޭނެ، ތިޔަ މެޝިންތައް ގެންނަ މީހުން. އެމީހުންގެ ވިޔަފާރި ބަނގުރޫޓް ވެދާނެތީ. ފަރުވާ އޮތީ އަމިއްލަ އަތުގައި. އަމިއްލައަށް އުނގެނޭ. ފަސޭހަގޮތަކީ އެންމެ ރަގަނޅުގޮތް ކަމުގައި ނުވެދާނެ.
ހާސަރު
29 September 2016
ތިޔަކަން ތިހެން އޮތް އިރު ހިތުގެ ބަލިމީހަކު ބަލާ އަންނަ އެމްބިއުލޭންސެއްގައި އަވަސް ފަރުވާދެވޭނެ ގޮތް މިހާރުވެސް ނެތް! އަންނަނީ ހަމަ އެމްބިޔުލޭންސް ޖެހި ވޭނެއް!
އުދާސް
29 September 2016
އަޅުގަނޑު ވެސް 'ޖަމަލު' އާ އެއްބަހެވެ. އަޅުގަނޑަކީ އެއްވެސް އިރެއްގައި ދުންފަތުގެ އިސްތިޢުމާލުކުރި މީހެއް ނޫނެވެ. އަދި ދިރިއުޅޭ ތަނުގައިވެސް އެފަދަ މީހަކު ނޫޅެއެވެ. ނަމަވެސް ގެ ހުންނަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގައި ބުރުޒުމަގުގަ އެވެ. ދުވާލު ދެއިރުބޯ ބޭހެއްހެން ތިލަފުށިން އަރާ ދުންތައް އެބަ ބޮވެއެވެ. ދުންވަސް ގަދަކަމުން ބައެއްފަހަރު ހީވަނީ ގޭތެރޭގައި އެއްޗެއް އަންދާހެންނެވެ. މިގޮތަށް ދިރިއުޅެން މަޖުބޫރުވެފައި ވާތީ އެއްޗެއް ނުބޯމީހުންނަށް ވެސް ހިތާއި ފުއްޕާމޭގެ ބަލިތައް ނުޖެހިއެއް ނުހުންނާނެ އެވެ. މިކުނި ދުމުގެ ތެރޭގައި މާލޭގެ ވަރަށްގިނަ ބަޔަކު ދިރިއުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. ބައެއްފަހަރު ނޫސްތަކުން މިވާހަކަ ގެނެސްދީފައި ހުއްޓާ ދެކެމެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކަށް ކަހެރުވަކެކޭވެސް ހީނުވާކަހަލައެވެ. މޮޅަށް ރިޕޯރޓުތައް ނެރުމާއި ފައިދާހުރިގޮތުގައި ކާންވީ ގޮތާއި، ކަސްރަތުގެ ވާހަކައެވެ. ނަމަވެސް އިޚުތިޔާރަކާނުލާ ރައްޔިތުންނަށް ބޯންޖެހިފައި މިވާ ކުނިދުންތަކުން ރައްކާތެރި ކޮށެއް ނުދެވުނެވެ. އަޅުގަނޑުގެ ހިތުގެ އުދާސްތައް ހާމަކޮށް މިލެވުނީ ހަމަ ހިތުގެ ދުޅަހެޔޮކަމާއިމެދު އޮތް ކަންބޮޑުވުމުގެ ސަބަބުންނެވެ.
މުރާގަބާ
29 September 2016
ހިތުގެ ބަލިތަކަކީ އާއިލީ މައްސަލަތަކުގެ އާލާމާތެއް. މިޒަމާނުގަ ހައްލު ކުރަން ވަރަށް އުދަގޫ މައްސަލައެއް. މީހުން ދިރިއުޅެނީ ވަރަށް ސްޓްރެސްގަ. އެއް ސަބަބަކީ ރާއްޖޭގެ ސްކޫލްގެ ނިޒާމް. އެތަނަށް ދަރި ގޮވައިގެން 3 ފަހަރު 3 ވައްތަރުގެ ޔުނިފޯމް ލައްވައިގެން ދުވަން އެބަޖެހޭ. ރޭގަޑު 10 ޖަހާ އިރު ވެސް އެތަނަކުން ސަލާމަތް ނުވޭ. ބަޔަކަށް ކުޅަދާނަ ވާ ވަރުގެ ކަމެއް ނޫން. އިންސާނާ 24 ގަޑި އިރު ތެރެއިން 1 ގަޑި އިރު އެއްވެސް ކަމަކާ ނުވިސްނާ ހަމައެކަނި ހެއްދެވި ފަރާތް ހަދުމަ ކުރުމަކީ މުހިއްމު ކަމެއް.
ފެމިލީ
29 September 2016
ފެމިލީ ކޯޓުން ވަރީގެ ރެކޯޑްތައް ބަލާ، އޭރުން މައްސަލަ ސާފުވީ
ހުއްބުލްވަޠަން
29 September 2016
ދިވެހިންގެ ހިސާބުތަކުން ދައްކާނީ ގިނަވިކަން ނުވަތަ މަދުވިކަން. ކީއްވެގެންތޯ ދިރާސާ ނުކުރެވެނީ. ހިތުގެ ބަލި ހުރި މީހުންގެ ތެރެއިން މިތައް ޕަސެންޓޭޖް އަކީ ރާއްޖެތެރޭގެ ނަލަ ހިތްގައިމު މާހައުލު އުޅެފައިވާ މީހުންތޯ ނުވަތަ މާލޭގެ ތޮއްޖެހިފައިވާ ސިޓީ ތަކުގައި އުޅެފައިވާ މީހުންތޯ ނުވަތަ ނަރުދަމާ އެޅިފައިވާ ރަތްތަކުގެ މީހުންތޯ ނުވަތަ ރާއްޖޭގެ ވަކި ހިސާބެއްގައި ގިނަތޯ. މިކަހަލަ ކަންތައް ބަލާގެން ނޫންތޯ ހަރުދަނާ ސިއްޙީ ނިޒާމެއް ޤާއިމް ކުރެވޭނީ. އެކަން ރާއްޖޭގެ ހެލްތް ނިޒާމަކީ ދުނިޔޭގައި އެންމެ ބޭކާރު ޚަރަދު ބޮޑު ނިޒާމަށް ވާނެކަމަށް އަހަރެން ޝައްކެތްވެސް ނުކުރަން.
މެންޓަލިސްޓް
29 September 2016
މަރުވާ މީހުންގެ އަދަދު މަދުކުރެވޭނެ އެއްވެސް ގޮތެއްނޯންނާނެ ، ހިތުގެ ބަލިމަދުކުރާއިރަށް އެހެން ބައްޔެއް އޮންނާނެ ، ދުނިޔެ ޑިޒައިންވެ އެންބުރެއްދާގޮތަށް ކަންކަން ހިނގަމުންދާނީ ،، މަރަކީ އެއްވެސް މީހަކަށް ސަލާމަތްވެވޭނެ ކަމެށްނޫން ،،، މަރަކީ އަނެއްދުނިޔެއަށް ދިއުމަށް ޓްރާންސިޓްވުމަށް ކިޔާނަމެށް ،،،
ޖަަމަލު
29 September 2016
މަތި ވާ ބައެއް ސަބަބުތަށް. ތިލަފުށިން އަރުވާ ވިހަ ދުންތަށް. ރެގިއުލޭޓް ނުކުރާތީވެ ވެހިކަލތަކުން އަރުވާ ވިހަ ދުން. ކެއުމުގާ ބޭނުން ކުރާތަކެތި އަދި ސިއްހީ ނުރަނގަޅު އާދަތަކާ ދުންފަތް.
ހާސަރު
29 September 2016
ހުޅަގު މޫސުމްގައި ކިރިޔާވެސް ވައިރޯޅިއެއް ޖެހޭނަމަ މާލެ މިއޮންނަނީ ތިލަފުށީދުމުން އެއްވަސްވެފަ! މިކަމަކަށް އަވަސް ހައްލެއްނެތް ! ދުންފަތުގެ އިސްތިއުމާލް ކުރުންމަނާކޮށް ބޮޑެތި ޖޫރިމަނާ ކުރާއިރު ސިއްހަތައް ގެއްލުންވާ ދުންތަކުން ރައްޔިތުން ސަލާމަތް ކުރުމެއް ނެތް! އަދި ދުންފަތުގެ އިސްތިއުމާލް ކުރުން ރެސްޓޯރެންޓް ތަކުގައި މަނާކުރީމަ ކުދިދަރިން ގޮވައިގެން ހިގާ ދުވާރު މަތީގައި އެތިބެނީ ދުންއަރުވަން !