ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީއަތަށް ކޯޓަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ: އެމަނިކުފާނުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް ވަނީ ފަށާފައި -- މިހާރު ފޮޓޯ/ނިޝާން އަލީ
28 ނޮވެމްބަރ 2019 - 17:46
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ބުނެފި އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އަބްދުﷲ ޝިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ ޔާމީންގެ މައްޗަށް ކުރީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި އިންސާނީ ބުއްދީގެ ހަމަތަކާ ވެސް ޚިލާފް ހުކުމެއް ކަމަށް ދެކޭތީ އެ ހުކުމް އިސްތިއުނާފް ކުރަން ކުރަންޖެހޭ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމުން އަދަބު ކަނޑައެޅުމުގެ މަރުހަލާ އެހެން ދުވަހެއްގައި ކުރިއަށް ގެންދަން ޔާމީންގެ ވަކީލުން އެދިވަޑައިގަތަސް، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އެކަން ފަސްކުރެވެން ނެތް ކަމަށެވެ. ޖަލަށްލާން ހުކުމް ކުރުމާ އެކު، މިއަދު އެމަނިކުފާނު ޖަލަށް ގެންދާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންދުނިޔެއެއް
29 November 2019
ރަނަގަޅުކަމެއް. ޖަލުގޮޅީގަ، ހަރު ދާނުގަ އޮށޯތުމުގެ ކުރިން، ޝަރީއަތް ކުރުމުގަ އަދި ޙުކުން ކުރުމުގަ އެއްވެސް ގޯހެއް ހިނގާފަވޭތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމަކީ، ޤާނޫނީ ޙައްޤެއް އަޅުގަނޑުގެ އުއްމީދަކީ، ރައްޔިތުންގެ ފައިސާގަ ޖެހިފަ ތިބި އަދި މިހާރު ޖެހެމުންދާ އަދި ކުރިމަގުގައި ޖެހިދާނެ މީހުން މިކަމުން ޢިްބރަތް ޙާޞިލުކުރުން. ނުޙައްޤުން ހޯދާ މުއްސަނދިކަމާ ބާރަކުން ޙަޤީޤީ އުފަލެއް ނެތްކަން ސާބިތު މިވަނީ. ވިސްނުން ހުރި
ޒިކްރާ
29 November 2019
އިސްތިއުނާފުން ހުކުމްގެ މުއްދަތު ރިހާކުރުފުޅި ވަގަށްނެގި މީހާއަށްވުރެ އިތުރުކޮށް 7 އަހަރަށް ބަދަލު ކޮށްދިނުމަށް އެދުން އިންސާފަކީ. 3 ބިލިއަން ވަގަށްނެގި އިރު ތީކުޑަވަރެއް
ބޮޑުމީހާ
28 November 2019
ހުކުމް ސިޔާސީ ވިޔަސް ނުވިޔަސް ޔާމިން ވެރިކަމުގައި ޔާމިންވެސް ހިމެނޭގޮތަށް ދައުލަތުން 3.2 ބިލިއަން ވަގަށް ނެގި. އިބޫ ވެސް މިއަދު ވިސްނާލަންވީ ދަައުލަތުން ހިތުހުރިގޮތަކަށް ބަދަލު ދެމުން ތިދަނީ، މާދަމާ ހަމައެގޮޅިއަށް ދާންޖެހިދާނެ
ނަޖުދާ
29 November 2019
ޖެހިދާނޭ؟ ރޯމާދުވާލު ވައްކަން ކުރާއިރު ތިބުނަނީ "ޖެހިދާނޭ"ތަ؟
އޮނަރަބްލް އަފީފު ދީދީ
28 November 2019
އަދުލުވެރިޝަރީއަތެއްލިބުމަށް ޔާމީން ކަމުގައިވިޔަސް، ރަޙީމްބެއާއި މުއިއްޒު، އާޒިމާ، ނަވީން އަދި ޝިޔާމާއި، އަނިލް ކަމުގައިވިޔަސް "ތަފާތުކުރުމެއްނެތި" އެންމެނަށްހަމަހަމަފުރުސަތު ހުރަހެއްނެތިބަރާބަރަށްދޭންވާނެ. # އަހަރުމެންނޭދެން ފަޓާސްބަރިއެއްހެން "ރައީސް އަންގަވާގޮތަކަށް" ބަންޑާރަނައިބާއި ޕީޖީ އެދޭކޮންމެގޮތެއްހެޔޮކަމަށް ކޯޓުތަކުގެފަނޑިޔާރުންކުރާހުކުމްތަކެއް. # އިންސާފުލިބުނުކަމާއިމެދުޝައްކުކުރައްވާނަމަ ޔާމީނަށް ނެދަލެންޑް ދަހޭގަށްވެސްދެވެންވާނެ.
ފާތުމަހޮއްކޮ
28 November 2019
ރައްޔިތުންނަށް ދައްކަން ހުކުމް ކުރި މީހާއަށް ހުކުމް އެ ކުރީ. ޢަދަދު ކަނޑައަޅާފަ އޮންނަނީ ޤާނޫނު އަސާސީގައި. އެންމެ ކުޑަ ޢަދަދަކީ އެއީ.އިންސާފުވެރިތޯ ބަލަނީ ލިބުނު ހެކިތަކުގެ މައްޗަށް ނިންމާ ނިންމުން.ކޮންމެ ނަމެއް ކިޔާ މީހަކަސްވެސް !
އަދުލު
29 November 2019
ފާތުމަހޮއްކޮ އެވެ. ގާނޫނު އަސާސީއަކު އެއްވެސް އަދަބެއް ނޯންނާނެއެވެ.
ރަބަރު
28 November 2019
އިސްތިއުނާފުކުރަން ކުރެވިދާނެ. އިން ޝާއަ ﷲ ހުކުމަށް ލޮޅުމެއް ނައަރާނެ. މަގޭ ދުޢާ އަކީ 5 އަހަރު އަރާމުކުރުން. ޖަލުގެ ކޮޓަރިއެއް ގައި.
ހައްގުބަސް
28 November 2019
މިވާގޮތުން ރައިސް ޔާމިންގެ ތާއީދު ރައްއިތުންގެ ކުރިމަތީގަ އިތުރު ވާނީ.
ޝޮކްތެރަޕީ
28 November 2019
އިންސާފުވެރި ޝަރިއަތެއްނުންކަން އެގޭ. ކޮއްލި ޖުރިމަނާއައް ބަލާލީމަވެސް. 77 މިލިޔަން ރުފިޔާއަކީ ވަރައް ބޮޑު އަދަދެ. 2ލައަކަ ރުފިޔާއަ ކުރިނަމަވެސް ރައްއިތުންނަ އެގުނީސް އިންސާފުވެރި ޝަރިއަތެއްކަން. މީތި ކަޑަ.
ފާތުމަތު
28 November 2019
2 ދުވަސް ވާނީ ބަލިވެގެން ގެ އަށް ބަދަލު ކުރާނެ
އޭޑީ
28 November 2019
ޔާމީނާއި، އޭނާގެ ވަކީލުން މިއަދު މިދައްކަނީ ކުރީން މިމީހުން ދެއްކި ޒާތުގެ ވާހަކަތަކެއްނޫނެވެ. 5 ފަނޑިޔާރުންގެ ބެންޗަކުން، އިއްތިފާގުން ހުކުމެއްކުރީމާ، އެހުކުމަށް ފާޑުނުކިޔާ، އޮންނަ އުސޫލުން އިސްތިއުނާފުކުރުމަކީ ނެތްކަމެއްނޫނެވެ. އަވަހަށް އިސްތިއުނާފުކުރަންވީއެވެ. ނަމަވެސް ޔާމީނުގެ ޝަރީއަތުގައި ރައްޔިތުންނަށް އިނގުނު އެއްޗަކީ، ޔާމީނަކީ ހަމަ ހަގީގަތުގައިވެސް ކުއްވެރިއެއްކަމެވެ. ބޮޑު ކުއްވެރިއެކެވެ
ޒިކްރާ
29 November 2019
އެންމެނަށް އެނގުނީ ކުށްވެރި ނުވާކަން. ކަލޭ އެކަނި "ރައްޔިތުންނަށް" ވީގޮތެއް ކިޔައިދީ.