ހާމިދު، ޓެކްނޮލޮޖީ މިނިސްޓަރު މަލީހާ އެކު. އޭނާ އަކީ އެ މަގާމަށް ގާބިލް ބޭފުޅެއް ކަމަށް މަލީހް ވިދާޅުވި.
ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށް ހާމިދު ޝަފީއު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.
އޭނާ އަކީ ކުރީގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝަފީއު އާއި އޭސީސީގެ ކުރީގެ ރައީސް މުހައްމަދު ޝަފީއުގެ ކޮއްކޮ އެވެ.
ހާމިދަކީ އިނގިރޭސިވިލާތުން ކޮމްޕިއުޓާ ސައިންސްގެ ރޮނގުން ބެޗެލާ އޮފް ސައިންސް ޑިގްރީއެއް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ނުޓަނިކްސް ސަޕޯޓް ސްޕެޝަލިސްޓެއްގެ އިތުރުން ސިސްކޯ މެރާކީ ސަޕޯޓް ސްޕެޝަލިސްޓެކެވެ.
Creation of the role of Chief Technology Officer & appointment of the most capable person for the job is good news. It would fill the leadership vacuum of NCIT after the departure of Chief Executive Mr.Faig Umar & facilitate needed reforms. Congratulations @shafeeu.
— Mohamed Maleeh Jamal (@maleehjamal) November 28, 2019
މަލީހުގެ ޓުވީޓް.
ހާމިދު އެ މަގާމަށް އައްޔަން ކުރެއްވުމުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ކުރެއްވި ޓްވީޓެއްގައި ވަނީ އެ މަގާމު އުފައްދަވައި، އެ މަގާމަށް އެންމެ ގާބިލް މީހާ އައްޔަން ކުރެއްވުމަކީ އުފާވެރި ޚަބަރެއް ކަމަށެވެ.
ހާމިދު ކުރިން ވަނީ 1998 އިން ފެށިގެން 2007 އާ ހަމައަށް ރައީސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓުގައި މަސައްކަތް ކުރައްވައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
Ziyaad
30 November 2019
ކުރިން ފެނިފަވަނީ ފަރުވާކުޑަ މީހެއްގެ ގޮތުގަ
އީސާ މަސީހު
30 November 2019
ހާމިދުއަކީ ތިމަގާމައް އެކަށީގެން ވާމީހެއްނޫން އިލްމެއް ނެއްތަނުގަ އަހުލާގެއްވެސް ނުހުންނާނެ ބަލާ އެސޮރު ހުރިގޮތް ވަޒީފާ ދޭންހަމަޖެއްސީ ރައީސުއޮފީހުން ކުރީގަ ވީއޭގަ މަސައްކަތްކުރީ ގައުމުގެ ހާލަތުދޯ
މިއަދު
30 November 2019
ނާގާބިލް ފަޑިޔާރުންނަށް ހަދިޔާދީ އެއްމެހިތްރުހޭމީހާއަށް ނަހައްގުން ހުކުމެއްކުރެވުމަކީ ލިބުނުކާމިޔާބެއނޫންތަ
ހިންނޭ
30 November 2019
ކުރީގަ އޮފީހަށްދިޔައިރުގެ ހާޒިރީ ބަލާބަލަ. މައުމޫންގެ ސިއްރުތައް ފަޅާއެރުވި މީހާ ތީ އިތުބާރު ނުކުރާތި އިބޫ
ހޫރު
30 November 2019
އެމްޑީޕީގެ އެކްޓިވެސްޓެއް. އަސްމާ ޝަފީއުގެ ބޭބެ.
މަރީނާ އިބްރާހީމް
29 November 2019
ތީ ބިރުވެރިކަމެއްގެ ފެށުން
މޮސް
29 November 2019
ކަމަކުނުދޭ..ސަބަބަކީ މިކަހަލަ ކަންކަމަށް ލާންޖެހޭނީ އޯޕަންސޯސް މީހުން..ސަރުކާރުގެ ހަރަދު ބޮޑުވުމަށްކޮށޭ އިތުރުމަގެއް...މޮސް ވިޝާހް
ލޮސް
30 November 2019
މޮސް އިން މިހާތަނަށް ހެދި އޯޕަންސޯސް ސޮފްޓްވެއާއެއްގެ ނަން ބުނެލަދީބަލަ؟
ބަބުރޭ
29 November 2019
" އޭނާއަކީ ނުޓަނިކްސް ސަޕޯޓް ސްޕެޝަލިސްޓެއްގެ އިތުރުން ސިސްކޯ މެރާކީ ސަޕޯޓް ސްޕެޝަލިސްޓެކެވެ." ވަކިބައެއްގެ ރައުޓަރ ގަނެ އެރައުޓަރތަކައް ސްޕެސަލައިޒްވުމަކީ އެއް ހަފްތާއިން ވެވޭކަމެއް. ޗީފް ޓެކްނޮލޮޖީ އޮފިސަރއަކީ އައިޓީގެ އިތުރުން ހާޑްވެއަރ އުފައްދާފަހުންނަގޮތާ އެތަކެތީގެ މަރާމާތުގެ މައުލޫމާތުވެސް އެގެންޖެހޭ މީހެއް. ހަމައެކަނި މުރަގަގަސްދޮށު މާލިމީންނައް ވުމަކީ ދެރަކަމެއް.
ހާމިއްޓެ
29 November 2019
ކޮބާހޭ އިންޓަރނެޓް އަގުހެޔޮކުރަން ބުނި ވައުދު. އޭއްޗެކޭ މީއްޗެކޭ ކިޔާގެން މަގާމު އުފެއްދޭތޯބަލާ!!!
ދިވެހިދަރި
29 November 2019
ހާމިދުއަށް މަރުހަބާ. ތިއީ ތިމަޤާމަށް ހަމަ ޤާބިލް ބޭފުޅެއް. މަޤާމުގެ ފުރިހަމަ މަސްއޫލިއްތަރު ހެޔޮގޮތުގައި ފުރިހަމަ ކުރާނެކަމުގެ ފުރިހަމަ އުންމީދު އެބައޮތް....އަދި ރާއްޖޭގެ ޓެކްނޮލޮޖީ ކުރިއަރުވަން މަސައްކަތް ކުރާނެ ކަ މަށް އުން މީދުކުރަން. ވެލްޑަން ބްރޯ. ޕްރައުޑް އޮފް ޔޫ