އިދިކޮޅު ބައެއް މެމްބަރުން މިއަދު މަޖިލިހުގައި އިހްތިޖާޖު ކުރަނީ.
03 ޑިސެމްބަރ 2019 - 14:56
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގައި އަޑުގަދަކޮށް އިހުތިޖާޖް ކުރެއްވި އިދިކޮޅު ހަތަރު މެމްބަރެއްގެ ނަން އިއްވައި މިއަދު ބޭރުކޮށްފި އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ދޫކޮށްލަން ގޮވާލައި މަޖިލިހުގައި އިހުތިޖާޖް ކުރެއްވި މެމްބަރުންގެ ތެރެއިން ނަން އިއްވާ، ބޭރުކުރެއްވީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ރިޔާސަތުން މެމްބަރެއްގެ ނަން އިއްވައިފި ނަމަ، އެ މެމްބަރަކު މަޖިލިހުގެ ތަޅުމުން ވަގުތުން ނުކުންނަވަން ޖެހެ އެވެ. އަދި އެ ދުވަހުގެ ޖަލްސާއެއްގެ ބާކީ އޮތް ބައިގައި އެ މެމްބަރަކަށް ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު މަޖިލިހުގެ ގަވައިދަކުން ނުދެ އެވެ.
ނަން އިއްވަން ޖެހިދާނެ ކަމުގެ އިންޒާރު، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވުމުން މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދާއި ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޣައްސާން ވަނީ އަމިއްލަ އަށް މަޖިލިހުގެ ތަޅުމުން ނުކުމެވަޑައިގެންފަ އެވެ.
އެކަމަކު ނަން އިއްވި ބައެއް މެމްބަރުން މަޖިލިހުގެ ތަޅުމަށް އަލުން ވަޑައިގެންނެވި އެވެ. އެގޮތަށް ކަންތައް ކުރެއްވުމުން ނަޝީދު ވަނީ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމާއި އިތުރު ސެކިއުރިޓީ އޮފިސަރެއްގެ އަރިހުން އެ މެމްބަރުންނަށް ނުވެންނެވޭ ގޮތަށް ދޮރުގެ ތަޅުގެ ގޮނބުގައި ހިފަހައްޓަވައިގެން ހުންނެވުމަށް އަމުރު ކުރައްވައިފަ އެވެ. އަދި އެގޮތަށް އެ ބޭފުޅުން އަމަލު ކުރެއްވި އެވެ.
"ސާޖަންޓް އެޓް އާމްސް ކޮށްދެއްވަންވީ ތިބޭފުޅާ ތި ދޮރު ކައިރީގައި އެ ތެރެއިން ތަޅުގައި ހިއްޕަވައިގެން ހުންނަވަންވީ. އެކޮޅުން އެހެން ބޭފުޅަކު ވެސް ތަޅުގައި ހިއްޕަވައިގެން ހުންނެވުން،" ނަޝީދު ވިދާޅުވި އެވެ.
މަޖިލިހުގެ އިއްޔެގެ ޖަލްސާއެކޭ އެއްގޮތަށް މިއަދުގެ ޖަލްސާގައި ވެސް ނަޝީދު ވަނީ އިދިކޮޅު މެމްބަރުންނަށް އިހުތިޖާޖް ކުރެއްވުމުގެ ފުރުސަތު ދެއްވައިފަ އެވެ. މިއަދު އެ މެމްބަރުންގެ ނަން އިއްވެވީ ބައެއް މެމްބަރުންގެ ހެޑްސެޓަށް އަޑު ނީވޭތީ އާއި ވޯޓު ގަޑީގައި ރިޔާސަތުން ދައްކަވާ ވާހަކަތައް ސާފުނުވާތީ އެވެ.
މަޖިލީހުގައި މިއަދު ވޯޓަށް އަހާފައި ވަނީ އިދިކޮޅު މެމްބަރުން ތަޅުމުން ނެރުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިލަދުންމަތި
03 December 2019
ހެހެހެ! މީ ދޯ ވާވަރަކީ! ގައިމު އިއްޔެ ރައީސް ރައީސް ބުނީ އިދިކޮޅު މީހުންގެ އިހުތިޖާޖުގައި ވަރެއްނެތޭ! އެހެންނޫނަސް މުޒާހަރާޔާ އިހުތިޖާޖުން ތަތްތެޅިފަ ތިބިބަޔަކު އެންމެ 4 މީހުން އިހުތިޖާޖުކުރަން ފެށުމުން 2 ދުވަހުވެސް ކެތްނުވިދޯ؟ މަސީހުމެން އެހެންތަ! 20 ސަކަށް މީހުން ވުވުޒެލާއާ ދުންމާރި ފުމެފުމެ މަސް ދެމަސް ވީއިރުވެސް ކެތްކޮށްލި!
ގަޓް ބްރޯ
03 December 2019
އިދިކޮޅު ޕާޓީ ތައް މަޖިލިސް އިންތިޚާބްގަ ރައްޔިޔުންގެ ވޯޓުން ސައިޒް ކުރީ ތިޔަ ދުއްތުރާ ސަރުކާރަށް ޖެހޭނެތީ. ކުރިނ
ޑަމީ
03 December 2019
މީ އެންޑީ ޕީ އަށް މެޖޯރިޓީ ލިބުނީމަ ވާ ގޮތް. ޢެށްވެސް އުޅުމެށް ނުހުރޭ. އަޅުގަނޑު މެން ޕިޕިއެން ވެރިކަމުގަ މަޖްލިސް ދެށްކި ރިވެތި މިސާލް ފަޙުރުވެރިވާން ހަށްގު. އަބްދުލްރަހީމް މެން ނިހާން މެން ފަދަ ބޭބޭފުޅުން ދެށްކެވީ ދިވެހި ދާރިން ފަހުރުވެރިވާން ހަށްގު ރިވެތި މިސާލް!
ނަން ރަނގަޅު
03 December 2019
ޔޫގެ ނަން ވަރަށް ގުޅޭ ތި ކޮމެންޓް
މަންޑޭލާ
03 December 2019
މުޅިރާއްޖެވެސް މުޒާހަރާ ކުރަން ޖެހޭ. ރާއްޖޭގެ ބަޖެޓު ހުސްކޮއްލީ ޕާޓީ މީހުންނަ ބަދަލުދީ.
ޝޮކްތެރަޕީ
03 December 2019
އެމްޑީޕީޔަ އެކަނިތަ މުޒާހަރާ ކުރެވެން ޖެހެނީ. ހައްގުވެސް ލިބެންޖެހެނީ އެމްޑިޕީޔައްތަ ހަމައެކަނި؟؟؟
ނިޔާމް
03 December 2019
ކޮންފަދަ ކަމެއް ތަ ދެން. ރޭގަނޑު މަގުމަތީގަ. ދުވާލު މަޖިލީުހުގައި.
ޖަނީ
03 December 2019
ތީ އަސްލު ޑިމޮކްރަސީ