ގާސިމް އިބްރާހިމް ގުރުއާން ހިތުދަސް ކުރި ޔޫސުފާ މިއަދު ބައްދަލު ކުރައްވަނީ. --- ފޮޓޯ: މިހާރު
03 ޑިސެމްބަރ 2019 - 19:39
މުސްލިމް ކޮންމެ މަންމައަކާއި ބައްޕައަކު ދުއާ ކުރަންވީ އުމުރުން އެންމެ ހަ އަހަރުގައި ގުރުއާން ހިތުދަސް ކުރި ޔޫސުފް ބިން މާޒިން ފަދަ އަލިގަދަ ތަރިއަކަށްވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫސުފް ދިރިއުޅޭ ގެއަށް މިއަދު ގާސިމް ވަޑައިގެން އެ ކުއްޖާއާ ބައްދަލު ކުރައްވައި، އޭނާ ވަނީ ވިލާ ފައުންޑޭޝަންގެ ފަރާތުން ހާއްސަ ހަދިޔާއެއް ދެއްވައިފަ އެވެ. އަދި ޔޫސުފްގެ ބައްޕަ މާޒިން ހުސެއިނާއި މަންމަ އުންމުހާނީ އިބްރާހިމާ ގާސިމް ވަނީ ބައްދަލު ކުރައްވައިފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ގާސިމް ވިދާޅުވީ ކޮންމެ ދިވެހި މުސްލިމް މަންމައަކާއި ބައްޕައަކު ކީރިތި ﷲ އަށް ދެ އަތް އުފުލަންވީ ޔޫސުފް ފަދަ ތަރިއެއް މިންވަރު ކުރައްވާތޯ ކަމަށެވެ.
"މިއަށް ވުރެ މޮޅު ވަނައެއް ނުލިބޭނެ. އެއީ ގުރުއާން ހިތުދަސް ކުރުން،" ޔޫސުފަށް ހިތްވަރު ދެއްވަމުން ގާސިމް ވިދާޅުވި އެވެ.
ވިލާ ފައުންޑޭޝަންގެ ޗެއާމަން ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި ގޮތުގައި ކޮންމެ ދިވެއްސަކު ވެސް މަސައްކަތްކުރަން ޖެހޭނީ އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ފައިތިލަ ސާބިތު ކުރެވޭތޯ އެވެ. އޭގެ ފަހުގައި، ގާސިމް ވަނީ ޔޫސުފް ގުރުއާން ހިތުދަސްކުރުމަށް މަސައްކަތްކުރި ގޮތުގެ މައުލޫމާތު އޮޅުން ފިލުއްވައިފަ އެވެ.
ގާސިމް އިބްރާހިމް މިއަދު ޔޫސުފާ ބައްދަލުކޮށް ހަދިޔާ ދެއްވަނީ. --- ފޮޓޯ: މިހާރު
ގާސިމް ވިދާޅުވީ އިސްލާމް ދީން އެންމެ ބޮޑަށް ބާރު އަޅާ އެއް ކަމަކީ ކީރިތި ގުރުއާން ކިޔެވުން ކަމަށްވާ އިރު، އެ ފޮތް ހިތުދަސް ކުރަން ގަދައަޅައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ގާސިމް ވަނީ ގުރުއާން ކިޔެވުމުގައި ދެމިހުރުމަށް ޔޫސުފްގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އަދި ޔޫސުފްގެ މަންމަ އާއި ބައްޕަގެ ބުރަ މަސައްކަތަށް ގާސިމް ޝުކުރު ދެންނެވި އެވެ.
ޔޫސުފަށް ލިބިފައި ހުރި ބައެއް ޓްރޮފީތައް
އަމިއްލަ ޕްރީ ސްކޫލް، ދޮންދޫނީގައި ކިޔަވަމުން އަންނަ އުމުރުން ހަ އަހަރުގެ ޔޫސުފް ގުރުއާން ހިތުދަސް ކުރަން ފެށީ ބޭބީ ނާސަރީގަ އެވެ. އެ ގުރޭޑްގައި އެއް ފޮތް ހިތުދަސްކުރިއިރު ނާސަރީގައި ދެ ފޮތް ދަސްކުރި އެވެ. އެލްކޭޖީގައި ފަސް ފޮތް، އޭގެ ފަހުން މިއަހަރު ޔޫކޭޖީގައި 22 ފޮތް ހިތުދަަސްކުރި އެވެ.
ޔޫސުފް، ގުރުއާން ހިތުދަސް ކުރުމާ ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ބައްދަލު ކުރައްވައި ހިތްވަރު ދެއްވައިފަ އެވެ.
ޔޫސުފް ގުރުއާން ހިތުދަސްކުރި ނަމަވެސް ހާފިޒު ކަމުގެ ސަނަދު ލިބޭނީ ގުރުއާނާ ބެހޭ މަރުކަޒުގައި އޮންނަ އެކަމަށް ޚާއްސަ ކޮމެޓީއަކަށް ގުރުއާން އެއްކޮށް ކިޔައިދިނުމުންނެވެ. ޓީވީއެމުން ބޭއްވި އެންމެ އަލި ގަދަ ތަރި ޕްރޮގްރާމުން ޔޫސުފްގެ މަންމަގެ ގުރުއާން ކިޔެވުމުގެ ހުނަރު ފާހަގަވި އެވެ. ޔޫސުފް ގުރުއާން ހިތުދަސްކުރުމަށް އޭނާގެ މަންމަގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިލްމާން
04 December 2019
ޤާސިމަކީ ސިޔާސީ ގޮތުން ކުޑަ ގޮތެއް ހުއްޓަސް، ވަރަށް ހިތްހިޔޮ ބޭފުޅެއް. އިސްލާމް ދީނަށް ވަރަށް ލޯބިކުރާ ރަނގަޅު ބޭފުޅެއް. މިކަމުން ދޭހަވަނީ ޤާސިމް ގެ ހިތުގައި ޤުރުއާނަށް އޮތް ލޯބި. ޝުކުރު ހައްޤު. އަދި ޔޫސުފް އަށް ފަށްފަށުން ޝުކުރު ދަންނަވަން. މައިން ބަފައިންގެ ބުރަ މަސައްކަތް މީ.
ކޮމެންޓްކުރާމީހާ
04 December 2019
'ގައުމީ ލޯބީގާ' ގެ ނަމުގައި ކޮމެންޓު ކޮށްފައިވާ ބޭފުޅާއަށް ދަންނަވައިލަމެވެ. ގާސިމުދެކޭ ރުޅިއަންނަ މީހުންނަށް ގާސިމުކުރާކަމެއް އެއީ ސިޔާސީ ކަމަކަށް ވެދާނެއެވެ. އެއީ އަދި ކިތަންމެ ރަނގަޅުކަމެއްކަމުގައިވީ ނަމަވެސްމެއެވެ.
ފަހީމާއިބުރޭ
04 December 2019
ޔޫސުފްއަށް ސާބަހެވެ. މާތް ﷲ ޔޫސުފް އާއި ޢާއިލާއަށް ހެޔޮ ރަޙުމަތާ ، ތނަވަސްކަމާ އިތުރު ކުރިއެރުން ދެއްވާށި އާމީން. ބައްޕައަކާއި މަންމައަކަށް ތިޔަށްވުރެ ބޮޑު އުފަލެއް ނުލިބޭނެކަން ޔަޤީން . ޝުކުރިއްޔާ ޤާސިމް ، ތިޔަ ދެއްކެވީ ސިޔާސީ ޕާޓީއަކުން ދެއްކެވި ވަރަށް ރީތި ނަމުނާއެކެވެ. ޖުމްހޫރީ ޕާޓީން ތިޔަ ދެއްކެވި ނަމޫނާއަށްޓަކައި އުފާކޮށް ޝުކުރު ދަންނަވަމެވެ. ސިޔާސީ ޕާޓީއަކުން ތިޔައަޅުއްވައިދެއްވީ " އާ " ބިންގަލެކެވެ. މަރުހަބާއެވެ.
ޢިލްމީއަލި
04 December 2019
މިއީ ރައިސް ޔާމިން ގެ ވިސްނުން ފުޅެއް. މިއަދު މުޅި ދިވެހި ރާއްޖެ އާއި އިސްލާމީ އުއްމަތް ކަރުނަ އަޅާ ރޮމުން އެދަނީ އެމަނިފާނު އައް ކޮއްފައި ވާ ނުހައްގު ހުކުމާ ހެދި. ތަރައްގީގެ ބާނީ. ދުނިޔެ ދެކިފައި ނުވާވަރުގެ އިކޮނޮމިސްޓެއް.
ހެޔޮވިސްނުން1
04 December 2019
ރަނގަޅު ކަމެއް އެކަމް ދަރިން ނަށް ޕްރެޝާރ ކުރުމުގެ ބަދަލުގައި ދަރި އުޅެނީ ހެޔޮހާލުގަކަން ކަށަވަރުކޮއް އެ ދަރިފުޅު ބޮޑު ވާން ވާއިރަށް ރަނގަޅު މަތީ ތައުލީމެއް މާމަތިން ފާސް ނުވިޔަސް ހޯދަދީ އާދައިގެ އުފާވެރި ދިރިއުޅުމެއް ދަރިޔައް ކަށަވަރު ކޮއްދިނުމަކީ މާ ހެޔޮކަން ބޮޑު ކަމެއް ޕްރެޝަރު ކުރުމައް ވުރެ
ޖަސްޓް ކިއުރިއަސް
04 December 2019
ﷲމާޝާ ! ކޮން ރަށެއްގެ ކުއްޖެއް?
އުފާ
03 December 2019
އޯ...މީ އަލިގަދަ ތަރީގަ ބައިވެރިވި އުއްމު ހާނީގެ ދަރިފުޅު ދޯ..މާޝާ ﷲ! ލައިކް މަދާ، ލައިކް ސަން!
ޝޮކްތެރަޕީ
03 December 2019
ރިޔާސީ އިންތިހާބަ ތައްޔާރުވަނީދޯ؟؟
ވަހީދު
04 December 2019
އިންތިޚާބު އަދި އޮތީ ކޮންތާކު؟ ހުރިހާ ކަމެއް ސިޔާސީ ނުކޮށްބަލަ
ޜަށުކުއްޖާ
03 December 2019
ޔޫސުފްގެ ކިޔެވުން އޯޑިއޯއެއް ލީނަމަ ވ. ފުރިހަމަވީސް.
ކާފަބޭ2019
03 December 2019
ޤުރްއާން ކުލާސްތަ ކަށް މިހާރު ކުދިންގެންނަގޮތުން ހީވަނީ ކުރާނެއިތުރު ކަމެއްނެތިގެންގެންނަނީ ކަމަށެވެ. ގިނަމައިންބަފައިން ފަތިހުހޭލައިގެންދަރިފުޅުނަގާނީ ކޮންމެވެސް ކުޅިވަރަ ކަށްގެންދަންއޮތިއްޔާއެވެ. މީގެ18 އަހަރު ކުރިން ކިޔަވާދޭންފެށިއިރު ހެނދުނު 7 ޖަހާއިރުފަށާ ކުލާހުގައި 20 ކުދިންތިބިނަމަވެސް މިހާރު ކުދިންނުގެނެވޭތީ 8 ޖަހާއިރަށްބަދަލު ކުރުމުން ގިނަދުވަސްދުުވަހު 10 ކުދިންވެސްނުގެނެވޭ ޒިންމާދާރުވާވީ ހަމަމައިންބަފައިންނޫންތޯ؟
މަހީ
03 December 2019
ރަނގަޅު ވާހަކައެއް. ދަރިފުޅު ޤުރުއާން ކުލާހަށް ނުގެންދެވޭތާގަ، މައިންބަފައިން ފަރުޞ ފަތިސް ނަމާދުވެސް ނުކުރޭ/ދަރިންނަށް ނަމާދުުރަން ބާރުނާޅާ/ނުކުރުވާ. މިހާރު މިފެންނަ މީހުން އުޅޭގޮތް ފެނުނީމަ ވިސްނޭ އަހަރެމެން ކުޑައިރު މަންމަ/ބައްޕަ އަހަރުންނަށް އިސްލާމީ އާދަތައް ދަސްކޮށްދޭން ކުރި މަސައްކަތް. މައިންބަފައިންގެ އިހުމާލުން ޖީލެއް ހަލާކުގެ ތެރެއަށް ވެއްޓިދާނެ. އެމަންޒަރު ވަރަށް ސާފުކޮށް މާލެއިން ފެންނާނެ ޑުރަގްލޯޑުންގެ ޝިކާރައަށް ވަނީ މިފަދަކުދިން.