07 ޑިސެމްބަރ 2019 - 14:48
ޓެކްސީ ޑުރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި މަރާލާފައި އޮއްވައި ފެނުނު ގާސިމް، 59، ގެ މަރާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް މި ވަގުތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.
ގާސިމް މަރާ ގުޅޭ ގޮތުން އެއްވެސް ތަފްސީލެއް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ. އޭނާގެ އެކުވެރި ބައެއް ޑްރައިވަރުން ގަބޫލު ކުރާގޮތުގައި ގާސިމް މަރާލާފައިވަނީ ފޭރުމަށް ފަހުގަ އެވެ.
Gasim ah evaru kollan jehey sababeh neiy: Rahumaiytherin
The most trusted news source in the Maldives
Mihaaru
ގާސިމް މަރާ ގުޅޭގޮތުން ޑްރަވައިވަރުންގެ ބަސް
ހުޅުމާލޭ ސެންޓްރަލް ޕާކުގެ އުތުރުން އޮންނަ ރީތިގަސް މަގާ ގުޅިފައިވާ ހަނި، އަނދިރި ގޯޅިއެއްގައި، ޒަހަމްތަކަކާ އެކު ގާސިމް އޮތްއިރު ކައިރީގައި އޮތީ ލޭގެ ކޯރެއް ހެދިފަ އެވެ. އެ ހިސާބުގައި އޮތް އޭނާގެ ކާރުގައި ވެސް ލޭ ހުރި ކަމަށް އޭނާގެ އެކުވެރިން ބުންޏެވެ.
ބެލެވޭ ގޮތުގައި ގާސިމަށް ހަމަލާދިނީ ދަތުރެއްގައި އެރި ބައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢިބޫ
08 December 2019
މި ޤައުމުގަ އެއްމެ ކަޑަ މުއަށްސަސާއަކީ ޕޮލިސްކަމަށް ގިނަބަޔަކު ބުނޭ. ގިނަމީހުން ބުނާގޮތުގައި މިހާރުއޮތް އެގްޒެކެތިވް ކޮމިޓީ އޮވެގެން ނުވާނެ އެއްކަމެއްވެސް. ގިނައީ ބަގާވާތުގަ ބައިވެރިވެފަ ތިބިމީހުންނޯ
ވޯލް
08 December 2019
މިހާ ގިނަ ވަގުތު ފާއިތުވިއިރު މީހަކު ހައްޔަރު ނުކުރެވުމަކީ ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ ސަބަބެއް.
އެންދެރި
08 December 2019
ގޭންގް ތައް މައިތިރި ނުކުރެ ވެއެވެ.
މަރު ޑިމޮކުރަޓިކް ޕާރޓީ
08 December 2019
އަންނަ ރިޔާސީ އިންތިހާބުގެ ވައުދަކަށް ވާނެ ތޯއްޗެއް ގާސިމްގެ މަރަށް އިންސާފު ހޯދައި ދިނުން ، މީހުންގެ މަރުގެ ސިޔާސީ ފައިދާ ނެގުމުގެ ހިތި ނަތީޖާ، މިވަރުން ދަންޏާ ބަލި މީހުން ބަލަން ހޮސްޕިޓަލުގައި ވެސް ތިބޭނީ ސިޔާސީ މީހުން ކަންނޭނގެ ދުވަސް ކޮޅަކުން.
މޯޑް
08 December 2019
ފުލުހުންނަކީ އިސްޓިކާޖަހާ ބައެއްގޮތުގަ ސިފަކުރެވެނި މިކަހަލަ ކަންތަން ގިނަވީމަ. މިއަދާ ހަމަޔަށް ވެސް އެ ގަތުލާ މެދު ޗުއްފްވެސް ބުނެނުލުމަކީ ހިތާމަ ހުރިކަމެއް. އަބަދު ކިޔަނި ސީރިޔަސް އޮގަނައިޒޭސަނުން ތަހުގީހު ކުރަނީއޭ. ތީ ތޯ ތިބޭފުޅުންގެ ޒިންމާ އަކީ? ތީ ޒިންމާއިން ރެކެން ކިޔާއެއްޗެއް.
ހަސަންކާރިގެ ހުސްނޫ
07 December 2019
ބައްލަވާ ކޮބާތޯ މަރުކަމިޝަން؟
މުރާސިލް
07 December 2019
ޖަޒީރާ ރާއްޖޭގެ ރައީސް ސޯލިހްގެ މަރުކޮމިޝަން ކޮބާ ހެއްޔެވެ؟ އެކޮމިޝަން ވެސް މަރުވީހެއްޔެވެ؟ ވެރިކަން އަތުޖެހުނީމާ ދެން ކޮން ކޮމިޝަނެއް ހެއްޔެވެ؟ ބޭނުމެއް ނޯންނާނެތާއެވެ. ވަޢުދާއި އަޙުދުތައް، ކީހާ ޅެންތައް މިހާރަކު ހަނދާނެއް ނުހުންނާނެއެވެ..
ހިމް
07 December 2019
އެއްވެސް ކަަމަކުން ކަމަކާނުލާ ހަމަކޮންމެ މީހަކަށްވެސް މިކަލަ ނުރައްކަލެއް ކުރިމަތި ވެދާނެ. މިހާރު މިޤައުމުގަވެސް އަމާންކަމެއް ރައްކާތެރިކަމެއްނެތް. ޔާﷲ މިފަދަ ނުބައި އަނިޔާވެރިންގެ ކިބައިން އަޅަމެން އެންމެން ރައްކާތެރިކޮއްދެއްވާންދޭވެ.
ލަދު
07 December 2019
މަޖިލީހުން މިކަމުގައި އަޑު އުފުލާނެ މީހަކު ނުވި. ޢިންސާނީ ހައްގުވެސް ހައްގުވަނީ ވަކިބަޔަކަށް. މިފަހަރު ތިލަފަތް ޕާޓީ ކޮބާ?
އަޑަފި
07 December 2019
ނޫސްވެރިއެއް އަދި ބްލޮގަރެއް ނޫންވީމާ ވާގޮތް.
އަބްދުﷲ
07 December 2019
މިފަދަ ބޮޑު ހާދިސާއެއް ފަސޭހަކޮށް ދޫކޮށްލެވިގެން ނުވާނެ. މިކަން ކުރިބަޔަކު ހޯދެންޖެހޭނެ. ހޯދޭނެ ގޮތްތައް ހުންނާނެ. މިޖަރީމާ ހިންގިބަޔަކު ނުހޯދިއްޖެނަމަ އެއީ މުޅި ގައުމު ފެއިލް ވުންފަދަ ކަމެއް.