ބަންދުގައި ހުއްޓާ ހިތަދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާ ހައްޔަރުކޮށްފި

ވައްކަމުގެ މައްސަލައަކާ ގުޅިގެން ސ. ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓައި ފިލި ދިވެއްސަކު ފުލުހުން މިރޭ ހޯދާ އަލުން ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުއްޓައި ފިލީ 34 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި މީހާއަކީ ވައްކަމުގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަން މާލެ ފޮނުވުމަށް މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއަދު ފިލި އެ މީހާގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.