އުއްތަމަ ފަނޑިޔާރަކަށް އަލަށް އައްޔަން ކުރެއްވި އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ އާ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، އެ ދެ ބޭފުޅުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލު ކުރައްވަނީ: ސުޕްރީމް ކޯޓުން ހުސްވެފައި އޮތް މަގާމަށް ކުރިމަތިލާން ވަަނީ ހުޅުވާލާފައި.---ފޮޓޯ: ރައީސް އޮފީސް
12 ޑިސެމްބަރ 2019 - 10:48
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ، ސުޕްރީމް ކޯޓުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން އަންނަ އަންގާރަ ދުވަހާ ހަމަ އަށް ފުރުސަތު ދީފައިވާ ކަމަށެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ، ފަނޑިޔާރުކަމުގެ މަގާމުން އަބްދުލްޣަނީ މުހައްމަދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިިދިޔަ ބުދަ ދުވަހު ފާސްކުރުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރުު ވެފައިވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ނަމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން ހުށަހެޅުއްވި އެވެ. ނަމަވެސް ރައޫފްއާ ގުޅޭ ތިން ޝަކުވާއެއް އެ ކޮމިޝަނަށް ލިބިފައިވުމުން، އޭނާ އައްޔަންކުރުމާ މެދު ލަފައަކަށް އެރުވުން މަޑުޖައްސާލީ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 70،000ރ. ލިބިވަޑައިގަންނަވާއިރު، ކޮންމެ ފަނޑިޔާރަކަށް ކާރުކޮޅަކާއި ސެކިއުރިޓީ އަދި އެހެނިހެން އިނާޔަތްތައް ވެސް ލިބިވަޑައިގަންނަވާނެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ، އުއްތަމަފަނޑިޔާރުކަމަށް މިދިޔަ އާދިއްތަ ދުވަހު އައްޔަންކުރެއްވި މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއް ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަގުނަސްތަރާނާ
12 December 2019
ކޯޓުތަކުގަ ތިބި ފަނޑިޔާރުންގެ ތެރެއިން ނަޒާހަތްތެރި ފަނޑިޔާރަކު ނެގުން ބުއްދިވެރި!
ރުޅިގަދަ ޒީލަ އުއްތަރަ
12 December 2019
ތިކަން ވެސް ބޮޑު ގުޅަ އަށް ވެއްޖެ އެވެ. ނިކަން ބަލާ ށެވެ. ކުރީ ޒަމާނިގައި އުއްތަމަ ފަނޑިޔާރު މަނިކުފާނު ކަމަކީ ރާއްޖޭގައި އެއިރަކު ހުރި އެއްމެ ބޮޑު ދީނީ ޢިލްމު ވެރިއަކަށް ދައިލަތުން ދޭ މަޤާމެކެވެ. މިހާރު އިގެރޭސި ވިލާތުން ފަސްޓް ޑިގްރީ އެެއް އޮތަސް އެ މަޤާމަށް ޝަރުތު ފުރިހަމަ ވެއެވެ.
މޮހަނުގެ އޮޑި
12 December 2019
"ދަތް ނެތް ސިންގާ އެއް" ހޯދުމަށް ޢިޢުލާނު ކުރިނަމަ
ވެރިކަމާ ބަގުޑި
12 December 2019
އެކި ފަހަރު އެކި ވައްތަރުގެ ޑިއު ޕްރޮސަސް ހެހެ.
ޢާނޡޮ
12 December 2019
ސުޕްރިމް ކޯޓެއް އެބަ އޮތްތަ މިތާ
އެހެން
12 December 2019
އެމްޑީޕީގެ ސުޕްރީމް މީހުންގެ ކޯޓެއް އެބަ ގާއިމުކުރެވޭ.