ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު: ފޯނު ނުދިން މައްސަލާގައި އިއްވާފައިވާ އެއް އަހަރާއި ހަތް މަހުގެ ހުކުމް އޭނާ ވަނީ ތަންފީޒުކުރަން ފަށްޓަވާފައި -- ފޮޓޯ/މިހާރު
12 ޑިސެމްބަރ 2019 - 23:40
ފޯން ނުދިން ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އިއްވި ޖަލު ހުކުމުގެ މައްސަލަ ހައި ކޯޓުން ނުނިމި އޮއްވައި، އެ ހުކުމް ތަންފީޒު ކުރަން މިއަދުން ފެށިގެން ފަށައިފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދޭން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި އެ ތިން ބޭފުޅުންނަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. ފޯނު ނުދިން މައްސަލައިގައި މައުމޫނާއި އަލީ ހަމީދުގެ ހުކުމް ހައި ކޯޓުން ބާތިލް ކުރިޔަސް، އަބްދުﷲ ސައީދުގެ މައްސަލަ ހައި ކޯޓުން އަދި ނުނިންމަ އެވެ.
ފޯނު ނުދިން މައްސަލައިގެ އިތުރުން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއެއް ވެސް ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި އެހެން ދައުވާއެއް ސާބިތު ވެގެން އަބްދުﷲ ސައީދަށް އިތުރު ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އޮތެވެ. އެހެންވެ، ޖުމްލަ ތިން އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަބްދުﷲ ސައީދަށް އޮތެވެ.
އެހެންވެ، އަބްދުﷲ ސައީދުގެ ދެވަނަ ހުކުމް ތަންފީޒުކޮށް މިއަދު ނިމުމާ އެކު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ފޯނު ނުދިން މައްސަލައިގައި އެއް އަހަރާއި ހަތް މަހުގެ ހުކުމް އޮތްކަން އޭނާއަށް އަންގައިފަ އެވެ. ޖަލު ހުކުމެއް އޮތަސް، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އޭނާ ހުންނަވަނީ ގޭ ބަންދުގަ އެވެ.
އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހުގެ ހުކުމެއް ތަންފީޒު ކުރަން ފެއްޓެވިއިރު، އަލީ ހަމީދު ދާދި ފަހުން ވަނީ މިނިވަން ވެފަ އެވެ. ސަބަބަކީ އޭނާގެ މައްޗަށް އޮތީ އެއް އަހަރާއި ހަތް މަހުގެ ހުކުމެއް އެކަނި ކަމަށް ވުމެވެ. އަލީ ހަމީދު ވެސް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހުންނެވީ ގޭ ބަންދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
15 December 2019
މައުމޫނުގެ މަޅީގައި ޖެހިގެން ކެއްސެއް ލިބުނު މީހުންގެ ތެރެއިން އެކަކު.
1828
14 December 2019
މިއީ ކުރިން ރައްޔިތުންނަށް އަދުލު އިންސާފް ހޯދައިދޭން ތިބި މީހުން. މިއަދު މި މީހުން މިއުޅެނީ އިންސާފް ނުލިބިގެން. މިހިރީ ދުނިޔޭގެކަންކަން ހިނގާގޮތް. ދެން އަދި ކޮބާ 'ރާއްޖެތެރޭ' ނިކަމެތި އާއިލާ ތަކުގެ ހާލު؟ އެމީހުންނަށް މިއިން ކޯޓަކުން ދުވަހަކުވެސް އިންސާފް ލިބިދާނެ ތޯ؟ 'އަދުލު އިންސާފް' އަކީ ވަކިބަޔަކަށް ލިބެންޖެހޭ އެއްޗެކޭވެސް ހީވާ ފަހަރު އެބައާދޭ.
ޕޮލިޓިކަލް އެޑްވައިޒަރ
13 December 2019
އެފޯނަކީ ކުއްކޮށްގެން ހޯދާފައިވާ ފޯނަކަށް ނުވާ ހިނދު، އެފޯނު ނުދީގެން ދޮޅުއަހަރުގެ ޖަލު ހުކުމެއް އައުމަކީ އިންސާފެއް ކަމުގައި ނުދެކެން. މިކަން އިސްލާހު ކުރައްވާ.
ޕޮލިޓިކަލް އެޑްވައިޒަރ
13 December 2019
އެމީހެއްގެ އަމިއްލަ ފޯނު ނުދީގެން ކުއްވެރިވެގެން ނުވާނެ. އެއީ އޭނަގެ އަމިއްލަ މުދަލެއް. އޭނަ އަތުން އެހޯދަންޖެހޭނީ އޭނގެ ރުހުމުގަ. މިކަން އިސްލާހު ކުރައްވާ
ޒިންމާ
13 December 2019
އަމިލަޔަށް ހުސް ބޫޅިގައި ބޭނުނީ ދެން ބޫނާނެ ވާހަކައެއް ނެތް.
ހިބަރު ވަދު
13 December 2019
އަބްދުﷲ ސައީދަކީ، އުމުރުދުވަހު ޖަލުގަ ހޭދަކުރަންޖެހޭމީހެއް... މިކަލޭގެ މުޅި ޝަރުއީ ނިޒާމް ހަލާކުއަރުވާލީ
ފޮނިޓައްޕު ހަސަނު
13 December 2019
އެމީހަކު ކުރި ރަނގަޅު ކަމެއް ކޮންމެވެސް ދުވަހަކުން އެމީހަކާއި އަރައި ހަމަ ކުރާނެ، އަދި ހަމަ އެފަދައިން އެމީހަކު ކުރި ނުބައިކަމެއް ވެސް ކޮންމެވެސް ދުވަހަކުން އެމީހަކާއި އަރައި ހަމަކުރާނެ. ސައީދަށް މިހާރު ތިފެންނަނީ އެކަންތައްތައް. ދެންތިބި ބަޔަކުވެސް އެބަޖެހޭ މިހިރަކަންތައްތަކުން އިބްރަތް ލިބިގަންނަން.
އެފޭ
13 December 2019
އެއްޗެކޭ ކިޔާަފަ ދޫކޮއްލަން ލޮބީކުރަން ފެށީ!!!!!!
ފަނި
13 December 2019
ހިބަރު ވަދުގެ އޯޑިއޯ ލީކުވުމާ ގުޅިގެން ފެބްރުއަރީ 1 ގެ ޖަރީމާގަނޑު އެއްކޮށް ކިރިޔާ ފަޅާނޭރީ. އެކަމުގެ ރުޅިގަނޑު ބާލަނީ ކަމަށްވާނީ.
ލުޓޭރު
13 December 2019
ހިބަރު ވަދެއްގަ ޖެހިވަޑައިގެންފި