މާލޭގެ ފިހާރަައެއްގައި ހަކުރު ކިރަން ކައްޓާއަކަށް އަރުވާފައި. ކާޑުގެ ބާވަތްތައް އާދަޔާ ހިލާފަށް ގިނައިން މިއަދު ވިކިފައިވޭ. ފޮޓޯ: ހުސެއިން ޝަޔާހު /މިހާރު
01 އޮކްޓޯބަރ 2016 - 13:50
ކާޑުގެ ބާވަތްތަކާއި އާންމު މުދަލާއި ހިދުމަތްތަކުގެ އަގު އިންތިހާ އަށް އުފުލުމަކީ ސަރުކާރަށް ސަލާން ޖެހުމުގެ ސަގާފަތް އިއާދަވެގެން ދާނެ ކަމެއް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އައި ސަބްސިޑީ މިއަދުން ފެށިގެން ހުއްޓާލައި ހަމައެކަނި ފަގީރުންނަށް ސަބްސިޑީ ދޭން ވަނީ ނިންމާފަ އެވެ. އެހެންވެ، މާލެ އާއި ރަށްރަށުގެ ބައެއް ފިހާރަތަކުން ހަނޑުލާއި ހަކުރު އަދި ފުށް ވަނީ ހުސްވެފަ އެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ހަމައެކަނި ނިކަމެތިންނަށް ދޭން ނިންމިއިރު، ނިކަމެތިންގެ ގޮތުގައި ސަރުކާރުން ބަލާ މިންގަނޑު ހާމަކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، ކާޑު ގަތުމަށް ގިނަ ބަޔަކު ކުރާ ހަރަދު ދެ ގުނަ އިތުރު ވާނެ ކަމަށް އެ ޕާޓީން ގަބޫލުކުރެ އެވެ.
ސަރުކާރުން ކަނޑައަޅާ ފަގީރު ގޭބިސީއަކަށް މަހަކު ގިނަވަގެން ދޭން ނިންމާފައިވާ 240ރ.ގެ ސަބްސިޑީ އަކީ މަސްދުވަހަށް ކާޑު ގަތުމަށް އެންމެ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. އަދި ކާޑުގެ އަގަށް އައި ބަދަލުގެ ސަބަބުން އިންފްލޭޝަން ރޭޓް މައްޗަށް ގޮސް، ރައްޔިތުންގެ ދިރިހުރުމުގެ ހައްގު އަތް ނުފޯރާ ފަށަށް އަރައި އިގްތިސާދީ ގޮތުން އެތައް މައްސަލަތަކާ ކުރިމަތިވާނެ ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.
"ކާޑުގެ ބާވަތްތަކުގެ އަގު އަތްފޯރާ ފަށުގައި ކޮންޓްރޯލް ކުރުމަކީ ދުނިޔޭގެ އެތައް ގައުމެއްގައި ކުރަމުންދާ ކަމެކެވެ. އަސާސީ މުދަލުގެ އަގުތަކަށް ކުއްލިއަކަށް މިހާ ބޮޑު ބަދަލެއް ގެނައުމަކީ ތަހުޒީބީ އެއްވެސް ގައުމަކުން ކުރާނެ ކަމެއް ނޫނެވެ،" ސަރުކާރުގެ ނިންމުން ކުށްވެރިކޮށް އަދާލަތުން ނެރުނު ބަޔާނުގައިވެ އެވެ.
އަދާލަތު ޕާޓީން ބުނި ގޮތުގައި ދުނިޔޭގެ ގައުމުތަކުގައި ކާޑުގެ އަގު ބޮޑު ކުރަނީ ބޮޑު ހާދިސާއެއް، ހަނގުރާމައެއް ނުވަތަ އިގްތިސާދީ ގޮތުން ވަރަށް ބޮޑު މައްސަލައެއް ދިމާވެގެންނެވެ. އަދި ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ ހާލަތާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށް އެ ޕާޓީން ބުންޏެވެ.
އެ ޕާޓީން ބުނީ ދެ ފުށް ފެންނަ ސިޔާސަތެއް ނެތި ކާޑުގެ އަގު އުފުލުމަކީ ފޮރުވިފައި އޮތް ސިޔާސީ އެޖެންޑާއެއް އެކުލެވިގެންވާ ކަމެއް ކަމަށާއި މިކަމުން އިޖުތިމާއީ މައްސަލަތައް އިތުރުވާނެ ކަމަށެވެ.
އަދާލަތު ޕާޓީން ބުނީ ކަރަންޓު ޔުނިޓަކުން ހަތަރު ލާރި ފިއުލް ސާޗާޖުގެ ގޮތުގައި މި މަހުން ފެށިގެން ނަގަން ސްޓެލްކޯ އިން ނިންމުމާއި ޑޮލަރުގެ އަގު ބޮޑުވަމުން ދިއުމަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ފޭލްވެފައިވާ ހެކިތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ އެންމެ އަސާސީ އިގްތިސާދީ މަސްލަހަތުތައް ހިމާޔަތް ކުރަން ނޭނގުމަކީ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމުގެ ފަންވަރާއި ގާބިލްކަން ސަރުކާރުގައި ނެތްކަން ސާބިތުކޮށްދޭ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ މިއަދުން ފެށިގެން ހުއްޓާލުމަށް ފަހު ކޮންޓްރޯލް އަގަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ހަނޑުލާއި ހަކުރު އަދި ފުށުގެ އަގު އެވްރެޖްކޮށް ވަނީ 100 ޕަސެންޓަށް ވުރެ ބޮޑުވެފަ އެވެ.
ސަބްސިޑީ ކަނޑާލުމުން ހަނޑޫ ކިލޯއެއް މިއަދުން ފެށިގެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެ281
02 October 2016
ބޭރުގައުމުތަކުން ބުނޭ ސިޔާސީ ކުށްވެރިން ތިބެގެން ނުވާނެޔޭވެސް ކެރޭނެތޯ މިސަރުކާރަށް
ބޮލަކަށް4000
02 October 2016
ކާޑު އަގު ބޮޑުވުމުން ގޭތެރޭގެ ޒުވާބު އިތުރުވެ ވަރިގިނަވެ ވައްކަން އިތުރުވާނެ 2018 ބަލަން ތިބެ ފުރޮޅޭނެ
އަލީ
02 October 2016
ބޭނުމީ މައުމޫނު ނާއިބަކައް ހުންނަން...ފާރިސް ރައީސްއަކައް...މިގައުމު ހަމައައް އެޅޭނީ އެހެން
ސަބްސިޑީ
01 October 2016
ހެޔޮ ބަދަލުގެނައިމަ ވަަނެެ މިހެން ކުދިންނޭ ހަވީރު ކުމުންދޫއިން ސައިބޮއެގެން ކުޅުދުއްފުށްޓަން ނިދަން ކުދިންނޭ ސަރުކަަރު ހިންގަން ޓެކްސްނަގަންފެށީމަ ދެންވާނީ މިހެން މަގުުކޮށާދިނީމަ ދެން ހިނގާނީ މިގޮތައް އަދިވެސް ގައުމުގަ ތިބި ބޮޑެތިކުދިންބުނާ ގޮތް ހެދޭތޯ ބަލާ ކުދިންނޭ
ފަލަކު
01 October 2016
ބަލަ ބަލަ ނޭގޭތޯ ދުނިޔޭގެ މާލީ އިދާރާ ތަކުގައިތިބީ ގައުމުތަކުގެ ރައްޔިތުން ނިކަމެތި ކުރުމުގެ އިގްތިޞާދު ދަސްކޮށްގެން ތިބި ބަޔެއްކަމެއް. އެހެންވީމާ އެމީހުން ކައިރިން ދަރިވަރުވާ އިކޮނޮމިސްޓްގެ ސިކުނޑީގައިވެސް ހުންނާނީ އެ އެއްޗެއްނޫންތޯ؟ އިސްލާމީ އިކޮނޮމީގައި ޓެކްސް ނަގާނީ މުއްސަނދިންގެ ކިބައިން. ލިބޭނީ ފަގީރުންނަށް. މިސްކީނުންނަށް. ދަތުރުވެރިންނަށް. އަލަށް އިސްލާމްވާ މީހުންނަށް. މީނޫންތޯ އިސްލާމް ދީނުގެ ބިއުޓީ އަކީ. ޔޫރަޕުގެ ޑާޓީއަކީ ޓެކްސް ނަގާނީ ފަގީރުންގެ އަތުން. މިސްކީނުންގެ އަތުން. ދަތުރުވެރިންގެ އަތުން. ލިބޭނީ މުއްސަނދިންނަށް. މިހާރު ވިސްނާލަބަލަ ތަންކޮޅެއް ހަމަޖެހިލައިގެން އިނދެ. ހުޅުމާލޭގެ މަސައްކަތް ފެށީވެސް ރައްޔިތުންގެ ނަމުގައި ލޯން ނަގައިގެން. އެލޯން ދެއްކުމަށް ރައްޔިތުންގެ އަތުން ޓެކްސް ފައިސާ ނަގާ. އަދި ހުޅުމާލޭން ބިން ގަނެވެން އޮތީ މުއްސަނދިންނަށް. މުއްސަދިން ބުނިއަގެއް ދީގެން އަނެއްކާ ރައްޔިތުން އެމީހުންގެ އަތުން ބިންގަންނަން މިޖެހެނީ. އެއްމެ މަހެއްގެ ފައިސާ ނުދެއްކުނަސް މަގުމަތި ކުރުމުގެ ފުރުޞަތު އޮތް. އެކަމަކު ރަށުގެ ގެ ފަޅުކޮށްފާ އައިސް ނުތިބެ ވާކަށްވެސް ނެތް. ނިކަމެތި ރައްޔިތުން. އިއްޒަތްތެރި މެމްބަރުން. ވަރަށް ސަލާމް.
ވަލީމާ
02 October 2016
ޔޫރަޕުގެ ޑާޓީ ޓެކްސް އެންމެ ގިނައިން ނަގަނީ މުއްސަދިންގެ އަތުން. އޮޅުވާނުލުން އެދެން. އެމެރިކާގަ މުއްސަދި %20 ދައްކަނީ ޓެކްސްގެ %84. މީ ޑާޓީ ޓެކްސްނަގާ ގޮތް
ޝުއާއު/ކޮލަމާފުށި
01 October 2016
ބޭނުމަކީ އާންމު ރައްޔިތުން ސަލާން ޖަހަން ސަރުކާރު ފައިބުޑަށް ދިއުން.އެއިރުން ވޯޓް ހޯދަން ފަސޭހަވާނެ.ބޭނުމަކީ އެއީ.ރައްޔިތުންނަށް ވިސްނެންވެއްޖެދޯ.މިހާރު ބޭނުންވަނީ ރައްޔިތުން ފެލައިގެންވެސް ވެރިކަން ދެމެހެއްޓުން.
އަލިބެ281
02 October 2016
ސަރުކާރުގެ އަސްލު މަގުސަދު ތީހަމަ ރަށްޔިތުން ހަނާކޮށްލާ ފަނާކޮށްލުން
އިންސައިޑަރ
01 October 2016
ނުވާނެ. އަދާލަތަށާއި އެމްޑީޕީއަށް އަކަށް ހަމަ ދޮންކަޅުވެސް ނޭގޭނެ. 2018 ގައި ދައުލަތް އަދި މާ މުއްސަދިވާނެ. ހަމަ އޭގެފައިދާ ކުރާނީ ހުރިހާ ރައްޔިތުންނަށް
ޕޯޓަބަލް
01 October 2016
ރިސެލް ކުރަން ނޫނީ ސިމްޕަލް ކޮންސިއުމާސް އަށް ސަބްސިޑީ ދީފަ ރިސޯޓް، ރެސްޓޫރަންޓް ފަދަ ތަންތަނަށް އަގު ބޮޑު ކުރި ނަމަ
ސިންޓެކްސް
01 October 2016
އެންމެ ފަޤީރު ބަޔަކީ މަޖްލިސް މެމްބަރުން، ދެން ފަޤީރުވާނީ ޤާޟީން އޭގެ ފަހުގަ ކެބިނެޓް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ދެން އޭގެ ނައިބުން އެއަށް ފަހު ކޯޑިނޭޓަރުން، ހެޔޮނުވާނެ އެބޭފުޅުންނަށް ތިފައިސާކޮޅު ދެއްވާ، މީ އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ އާދޭސް
އައިއެފް
01 October 2016
މޮޅު އެކޮނޮމިސްޓު ވެރިކަމަށް އައިސް އާނމު ރައްޔިތުން ބަނޑަށް ޖައްސަނީ. ގެސްޓު ހައުސްތައް ހިނގައި ނުގަނެވެނީސް ގުރީން ޓެކުސް ނަގައިފި. ކަރަންޓު އަގުބޮނޑު ކޮށްފި. އެންމެފަހުން ކާޑު އަގުބޮޑުކޮށްފި. މިރައީސާ މެދު ކާފަދަރިން ނަށް ކިޔާދޭނީ ކޮންކަހަލަ ވާހަކައެއް...
އިންސައިޑަރ
01 October 2016
އައިއެފް އަށް އަދި އިނގޭނެ. އެދުވަހަކުން ބުނާނެ ކާފަވެސް ފުރަތަމަކީ އެއްޗިއްސޭ.