ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. އިދިކޮޅުގެ ހަރަކާތްތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
24 ޑިސެމްބަރ 2019 - 14:25
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ފަހަކަށް އައިސް ބާއްވާ ހަރަކާތްތައް "ވަނދު" ކަމަށް ބުނެ ވާދަވެރިން ދައްކާ ވާހަކަތަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ރައްދު ދެއްވައިފި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް ކުރި ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ޝަރީއަތް ބޭއްވި ދުވަސްވަރު ޔާމީންގެ ދިފާއުގައި އިދިކޮޅު ފަރާތްތަކުން ކޯޓު ކައިރި އަށް އެއްވެ އަޑު އުފުލި އެވެ. ޔާމީން ޖަލަށްލި ފަހުން، ދުވަސްކޮޅެއް ވަންދެން މާލޭގެ މަގުތަކަށް އެއްވެ މުޒާހަރާ ވެސް ކުރި އެވެ.
އެކަމަކު، ފަހުން އައިސް، އިދިކޮޅުގެ ހަރަކާތްތައް ބާއްވަނީ ޕީޕީއެމްގެ އޮފީސް ތެރޭގައި ޖަލްސާއެއްގެ ގޮތުގަ އެވެ. އިދިކޮޅުގެ ހަރަކާތެއް ކާނިވާ ސަރަހައްދުގައި ނުބާއްވާތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެހެންވެ، ވާދަވެރިން ބުނާ ގޮތުން ނަމަ، ޔާމީން މިނިވަން ކުރަން މާ ގިނަ ބަޔަކު މިހާރު ނޫޅެ އެވެ.
ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުގެ ސަފު ބައިބައިކޮށްލުމަށް އެކި ގޮތްގޮތަށް ރޭވިގެން ތަފާތު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތްތަކާ ދޭތެރޭގައި ހުރިހާ ރައްޔިތުން ފާރަވެރިވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ޔާމީނަށް 96،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތް އިރު، ޔާމީން ދިފާއު ކުރައްވަން 96 މީހުން ވެސް މިހާރު ނެތް ކަމަށް ބުނެ، އަމާޒުވާ ފާޑު ކިޔުންތަކަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ ޔާމީން މިނިވަން ކުރަން ފެއްޓެވި މަސައްކަތަށް ހީނަރުކަން ނާންނަ ކަމަށެވެ. އެ މަސައްކަތް ވަރަށް ފޯރި އާއި ޖޯޝުގައި ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެބޭފުޅުންނަށް ފެނިވަޑައިގަންނަވަނީ ހަމައެކަނި 9 އިން ރޭގަނޑު 10:30 އަށް މިތަނުގައި ބާއްވާ ޖަލްސާ. އަޅުގަނޑުމެންގެ ލީޑަޝިޕަކީ އެއްވެސް ގޮތަކަށް ނާގާބިލް ލީޑަޝިޕެއް ނޫން. އެއަށް ވުރެ މާ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާ އެކީގައި މަސައްކަތް ކުރާ ލީޑަޝިޕެއް އޮތީ،" މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރިން ކުރެއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރަނީ ވާދަވެރިންނަށް ނުވިސްނޭ ފަދަ ގޮތަކަށް ކަމަށެވެ. ޕީޕީއެމް/ޕީއެންސީ ޖަހައިގަތުމަށް "މިނިކާ ބާޒުތަކަށް" އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެކި ގޮތްގޮތަށް މަސައްކަތް ކުރާނެ ކަމެއް ނެތް. އެ ފުރުސަތެއް ނެތް. ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވީ ޕީޕީއެމް/ޕީއެންސީ ހިންގަން އެނގޭ ބޭފުޅުން. އަޅުގަނޑުމެންނަށް ފާޑު ކިޔާނެ ކަމެއް ނެތް. ގަޅި އުކާނެ ކަމެއް ނެތް. އެބޭފުޅުން އެއްލާ ގަޅިއަކުން ލިބޭނެ ގެއްލުމެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި މިހާރު ތިއްބެވީ "މާ ހަންބޯ" ބައެކެވެ. އަދި ބުނާހާ އެއްޗަކާ ގުޅިގެން "ފިލައިގެން ނުދާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.
"ޔާމީން އަޅުގަނޑުމެންނަށް ކުރެއްވި ވައުދަކީ، ކުރެއްވި އިލްތިމާސްއަކީ ޔާމީނަށް ފަހަރެއްގައި ދިމާވާ ގޮތަކުން ޖަލުގައި އޮންނަން ޖެހިވަޑައިގަތަސް، ޕީޕީއެމްގެ މައްޗަށް މިނިކާ ބާޒުތަކެއް ގަދަވެގަތުމުގެ ފުރުސަތު ނުދޭށޭ. ވަރަށް ސާބިތުކަމާ އެކީގައި މި ދަންނަވަނީ ޕީޕީއެމް/ޕީއެންސީގެ މައްޗަށް އެއްވެސް މިނިކާ ބާޒަކަށް ގަދައެއް ނުވެވޭނެ،" ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާފީ
26 December 2019
އަދުރޭ މުއްސަނދިވިގޮތް ބުނެދީބަލަ ރެހެންދި ފުލެޓްލިބުނުގޮތް ދޯނިފަހަރުގަތްގޮތް ކާރުގަތްގޮތް ލަދުގަނޭތަ
ފައިނު ބޮޑުދުފާ
26 December 2019
އަދުރޭ އަކީ ސިޔާސަތެއް އެނގޭ މީހެއް ނޫން ސިޔާސަތެއް ކިވި މީހެއް ނޫން އެކަމަކު އަދުރޭ ހަމަ ތެޅެނީ ވިގަނި ހުރަގޭގަ އޮތީމަ ދެން އޮތީ އެތެރޭގަ ކޯޅުން އެހެންނޫނަސް ވިގަނި ހުންނައިރުވެސް އޮންނަނީ ގޭހަރުގަ ކޮންމެވެސް ތަނަކަށް އެއްލި ތެދުވެއްޖެއްޔާ އަތްބައި ހިފައިގެން ގަނޑަކު ފުލު ގަނޑުޖަހަން އަދުރޭ ބިރުން އުޅެނީ އާދަމް އަރާފަނެތީ
ޓިނު
25 December 2019
ޔާމީނު ސަލާމަތްކުރާކަށް އަދުރޭ މަސައްކަތެއް ނުކުރާނެ ؟ އެއީ ފަހަރެއްގައި އިބޫއަށް ވެރިކަން ލިބުނު ގޮތަށް ވެރިކަން ލިބިދާނެކަމުގެ ދަހިވެތިކަމުގައި
@ޓިނު
26 December 2019
މިހާރު އޮތީ އެމީހަކާ އެމީހެއް ވެރިކަމާހެދިގެން އަދުރޭ ވެއްޖެނުން ތިޕާރޓީގެ ވެރިކަން ވިއްކަން ށައިނީއާ އަނިލް ނަވާޒު ކުޅެނީ ވަކިވުމުގެ ކުޅިގަނޑެއް
ދަގަނޑުދަހަނާ
25 December 2019
ހިތާހިތުގެ ގުޅުމާ، ލޮލާ ލޮލުގެ ގުޅުމާ، ފައިސާ އާއި ފައިސާގެ ގުޅުމާ، ލެޔާ ލޭގެ ގުޅުމާ، މިހުންނަނީ މުޅީން ތަފާތު ވައްތަރު ތަކުގެ ގުޅުމެވެ.
ވިސްނަންވެއްޖެ.
25 December 2019
ވަރެއްނެތޭ ތިބުނަނީ އާންމުންނަށް ނުފޮރުއްޕާންކޮށް ވިޔަފާރިތައްހުއްޓުވާ ތަންތަނުގާ ހުޅުނުޖަހާތީތޯ. އެކަމެއް ރައީސްޔާމީނަށް ތާއީދުކުރާ އެއްވެސް މެމްބަރަކުނުކުރާނެ. އެމީހުންނަކީ މިގައުމު ތަރައްގީކުރަން ބޭނުންވާ މީހުން މިގައުމު ފަނާކުރަންބޭނުންވާ ބައެއްނޫން،
ޖޭމް ބަޓަރު
25 December 2019
ރިޔާސީ އިންތިހާބުގައި އިބޫއަށް އެއްލައްކަ ތިރީސްހާސް ވޯޓު މާދަމާ ވޯޓެއް ނަގާބަލަ އިބޫ ވެރިކަމުގައި ބަހަށްޓަން މިހާރު ރުހެނީ ކިތަށް މީހުންތޯ ބަލާލަން ޔަގީން އެއްލައްކަ ތިރީސްހާސް މީހުންގެ ރުހުން ނުލިބޭނެ މީ ނުވަދިހަ ހަހާސް މީހުން ނުފެއްނަ ސަބަބު.....
ސޮސެޖް
24 December 2019
އަހަންނަށްވެސް ހީވަނީ އެކަމަށް މާގިން ބަޔަކު ނޫޅޭހެން. މުޒާހަރާއެއް ކޮއްލެވޭނީވެސް މީހަކު ނުކުންނަ ނަމަތާ. އޮފީސްތެރޭން އަދުރޭގެ ވާހަކަކޮޅެއް އިއްވާލާފަ ނިންމާލީމަ ރަގަޅުވާނެ.
އަދުރެ
24 December 2019
އަދުރޭ ހިސާބު ދަސްކުރަނީ ބޯގުނައިގެން ކަމަށް ވަނީ
ހަހަހަ
25 December 2019
އަދުރެމެޓިކްސް
މަންޑޭލާ
24 December 2019
އަދުރޭމެން ހާސްނުވޭ. މިނޫހަ ކޮމެންޓު ކުރާނެ ތިރީސް ވަރަކަ މީހުން. އެމީހުންނަ މުސަރަވެސް ލިބޭކަމަށް ވަނީ އެމީހުންގެ ކަމަކީ މިގޮތަ ކޮމެންޓްކުރުން. ހައްގެ ބާތިލެ އެމީހުންނަ ނޯންނާނެ.
ނަރެލް
24 December 2019
އަންނި އަކަސް ޔާމިނަކަސް މަ ސަޕޯޓެއްނުކުރަން އެކަމަކު އަންނި ޖަލަށްލުމުން ވޯޓުދިން ލައްކައެއާ މީހުން އަންނި ސަލާމަތްކުރަން ލައްކަ މަސައްކަތްކުރިކަން އެންމެންނަށްއެނގޭ ޔާމިން ޖަލަށްލައިގެން އުޅޭކަންވެސް ނުވެސްއެނގޭ 96 ހާސް މީހުންް ތިކަމާއުޅޭހެން ހާދަހީނުވެޔެ
ކަލޯ އާން
25 December 2019
މަށަށް މިކޮމެންޓަށްގެ އަޅައިދީ 3 ސަފާރީދީ ރިސޯޓެށް ހިބަކޮށްދީ ދުނިޔޭގަ އެންމެ މުއްސަަދި މީހާއަށް ހަދައިދީފި. މިކަމަށް ޓަކާ މަ ށުކުރު ކުރަނީ އަންނި ބެއާ ޔާންޓެ ބެއާ ކާޅުބެއަށް. އަދި ދޮންރިހަބެވެސް ހިމަނަން މި ށުކުރުގަ
ޝޮކްތެރަޕީ
24 December 2019
ރާއްޖޭގެ އުރުރާ ދެކުނުގެ ބަދަރު އިންޑިޔައިން ނަގަން އެއުޅެނީ. އިންޑިޔައަ ދީފިއްޔާ އެމީހުން ރައްޖޭގެ މުސްސަދިކަން ނަގާނެ އަދި ރާއްޖެ އިގްތިސޯދީގޮތުން އޮންނާނީ ބައެއްގެ އަޅުވެތިކަމެއްގަ. ދިވެހިން ބޭނުންވަނީ މިނިވަން ވިޔަފާރިއެއް.