ރައީސް ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވަނީ: އެމަނިކުފާނު ޗުއްޓީ ދަތުރުފުޅެއްގައި މާދަމާ ލަންކާއަށް ވަޑައިގަންނަވާނެ -- ފޮޓޯ/ރައީސް އޮފީސް
30 ޑިސެމްބަރ 2019 - 14:11
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޗުޓީ ދަތުރުފުޅެއްގައި ސްރީ ލަންކާ އަށް މާދަމާ ފުރާވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އާ އަހަރާ ދިމާކޮށް ލަންކާ އަށް ރައީސް ކުރައްވަނީ ހަތަރު ދުވަހުގެ ޗުއްޓީ ދަތުރުފުޅެއް ކަމަށެވެ. އެމަނިކުފާނު އެނބުރި ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅާއި އާއިލާގެ އެހެން ބައެއް ބޭފުޅުން ދިރިއުޅުއްވަނީ ލަންކާގަ އެވެ. މި އަހަރުގެ ބޮޑު އީދު ބަންދުގެ ޗުއްޓީ ވެސް އެމަނިކުފާނު ހޭދަކުރެއްވީ މަންމާފުޅާއި އާއިލާގެ އެހެން ބައެއް ބޭފުޅުންނާ އެކު ލަންކާގަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަަހު، ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމުތަކުގެ ތެރޭގައި ލަންކާ ހިމެނެ އެވެ.
މި ފަހަރުގެ އަހަރީ ޗުއްޓީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަންކާ އަށް ވަޑައިގަންނަވާއިރު، މިއީ އެ ގައުމުގައި ދާދި ފަހުން ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި އާ ސަރުކާރު އައި ފަހުން އެމަނިކުފާނު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެ
31 December 2019
ތިއީކީ އާކަމެއް ނޫނެއްނު، ޗުއްޓީގަ އުޅެނިކޮނޮނެއްނު މި އަހަރު ނިމުނީ، ތީއަބަދު އުޅޭގޮތެއްނު ރައީސެކޭކިޔާފަ ރަތްޔިތުންނައް ފަެިދާހުރި ކޮންކަމެއްތަ ކޮއްދިނީ، ދެފައި އެއްތާކު ނުޖަހާ ރަތްޔިތުންގެ ފައިސާ ތަޅާބުރުވުން ނުންކަމެއް ކަލޭމެންގެ އެބައޮތްތަ، ނާގާބިލު ވެރިން އައިސް ރަތްޔިތުން ބިކަކޮއްލުން، ފަހުޒަމާނުގެ އަލާމާތް
ނަސީދު
31 December 2019
ވާނުވާ ގައި ހުންނަ ރައިސްއެއް ފާޑު ޖަހަނީ
ލެއްގިބަބުރުގެއަލީ
31 December 2019
މީ ގައުމެއްގެ ވެރިޔަކަށް ކަމުދާމީހެއްނޫން މީނާ ރަނގަޅީ ޔޫތު އެނޑް ސްޕޯރޓްސްގެ މަގާމަށް. 2023 ގައި މިކަން ފެންނާނެ. މުޅިން ކުޅިވަރާއި މަޖަލުގަ ރަށްޔިތުން ހަނާވަނީ ތަރަށްގީއަށް ކުރިކަމެއް ނެތް 15 މަސްވާއިރުވެސް.
ލުގުމާން
31 December 2019
ޙުވަަކޮށްފާނަން. ތިޔަ ދަނީ ކުއްޓީ އަކަށް ނޫން. ތިޔަދަނީ ނިއުއިޔާ ފާހަގަ ކުރަން ހުރިހާ އައުވާނުން ގޮވައިގެ
މަންޑޭލާ
31 December 2019
ޤައުމަކަ ކުރި ފައިދާއެއް ނުފެނޭ. ފެންނަން ހުރީ ޔާމިން ފެޝީކަންތަ.
ޝޮކްތެރަޕީ
31 December 2019
ކިހާ ދަތުރެއްތަ މި ކުރަނީ. ދައުލަތުގެ ބަޖެޓްހުސްވަނީ. ރައިސް ޔާމިން ދަތުރުނާޅަ ރާއްޖެ ތަރައްގީކުރީ.
ލެއްގި ކޮމިޝަނަރ
30 December 2019
މިގައުމުގަ ރައީސެއް ހުރިހެން އަޅެހީވޭތަ؟ މަށަށް އިހުސްވަނީ އޮޓޯމޯޑްގަ ގައުމު ހިގާކަން. އެވެސް އަދި ފިނިހަކަ ސްޕީޑްގަ. ޖެހުނުތާކު ސެލްފީނެގުމާ ދުނިޔޭގަ ލެއްވިހާ ކުޅިވަރުތައް ބަލަން ދިއުމަކީ ރައީސުން ކުރާޒާތުގެ ކަންކަމެއްނޫން.
އަލީރާޖާ
30 December 2019
އާއިލާ އާއި މަންމާފުޅާއެކު އުފާވެރި ދަތުރުފުޅަކަށް އެދެން.
ޑިމޮކްރަސީ
30 December 2019
ރަށްޔިތަކަށް އަދި ގައުމަކަށް ކޮށްދޭ އެއްކަމެއްވެސް ނެތް މުޅިން ސެލްފީ އަދި އަރާމް ކުރުމުގައި އަވަދިނެތި ކިހާރަނގަޅު މީ އެބުނާ ތަފާތު އެގެންޑާއަކީ.
ކިއްލިބާޝާ
31 December 2019
ޖަޒީރާގާ އޮންނާނީ އަބަދުވެސް އަރާމު ނޫނީ ހޮޅުއަށީހާ ބައިސާކެނޑުން.
ރާއްޖެ
30 December 2019
އޮޓޯ މޯޑް ގަ ގައުމު އެބަ ހިނގައެވެ.