ޖަމީލް: އެމަނިކުފާނު އަހަރު ނިންމާލެއްވީ ބޮޑެތި ޝަކުވާތަކަކުން. --ފޮޓޯ: ނިޝާން އަލީ/މިހާރު
31 ޑިސެމްބަރ 2019 - 12:43
ސިޔާސީ ޕާޓީތަކުގެ ކޯލިޝަނަކުން އުފެއްދި މި ވެރިކަމަކީ، މިހާތަނަށް މި ގައުމުގައި ވުޖޫދުވި އެންމެ ނާގާބިލް ސަރުކާރު ކަަމަށް ވިދާޅުވެ ޝަކުވާ ފުންޏަކުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މި އަހަރު ނިންމަވާލައްވައިފި އެވެ.
މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ނަމަވެސް ވަކި ހިސާބަކުން ޖަމީލް ވަނީ ފެއަށް ޖެހިވަޑައިގެންފަ އެވެ. ދެން ފެނުނީ، އެމަނިކުފާނު އެންމެ ބޮޑު ތުހުމަތުތަކެއް ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅިވަޑައިގެން މި ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ މަންޒަރެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެކި ސިޔާސަތުތަކަށް އަހަރު ތެރޭގައި ވަކިވަކިން ފާޑުވިދާޅުވަމުން ގެންދެވި ޖަމީލް މި އަހަރު ނިންމަވާލެއްވީ ޖުމްލަކޮށް، ސަރުކާރުގައި ހުރި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ހުރިހާ ގޯސްތަކެއް ދައްކަވަމުންނެވެ.
ފާޑުވިދާޅުވާން ފެއްޓެވީ އިގްތިސާދީ ހާލަތުންނެވެ.
ޖަމީލް ވިދާޅުވީ މި އަހަރު ނިމުނު އިރު އިގްތިސާދުގައި ދިރުމެއް ނެތް ކަމަށާއި ވިޔަފާރިތައް މަރުވެ، މީހުން ރޯން ފަށާފައިވާ ކަމަށެވެ. ބޮޑެތި ވައުދުތައް ވީ އިރު އާމްދަނީ އިތުރުކުރާނެ ގޮތްތަކެއް ނުހޯދި، ޓެކުހަށް އެކަނި ބަރޯސާވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މާނައެއް ނެތް ކުދިކުދި ކަންތައްތަކެއް ގުނުން ފިޔަވައި އުފެއްދުންތެރި ވިސްނުމެއް މި ސަރުކާރުގައެއް ނެތެވެ.
"މިއީ، މިހާތަނަށް ވުޖޫދުވި އެންމެ ނާގާބިލް ވެރިކަން. ކުޑަ ގައުމަކަށް ކުޅަދާނަ ނުވާ ވަރަށް ސިޔާސީ މަގާމްތައް އިތުރުކޮށްފި. ބަޖެޓަށް ވުރެ އެތައް ގުނައެއް އިތުރަށް ޚަރަދު ކުރުމަކީ މައްސަލައެއް ކަމަކަށް ނުދެކޭ. ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް،" ޖަމީލް ވިދާޅުވި އެވެ.
"ސިޓީ އަކަށް ޖަވާބު ނުލިބި ރައްޔިތު މީހާ ދާއިމީ އިންތިޒާރެއްގައި ހުންނަން ޖެހިފައި. އެތައް ކޮމިޝަންތަކެއް، ކޮމިޓީތަކެއް އުފެއްދިޔަސް ޚިދުމަތް ފެއިލް ވެފައި. ހައްގުތައް ކަށަވަރު ކޮށްދޭން، ވީ ވައުދުތައް ވީ ބިލާހަކަށް. ހިޔާލު ފާޅުކޮށްފި ނަމަ އަދިވެސް ވަޒީފާ ގެއްލޭ."
ޖަމީލް ވިދާޅުވީ މިނިވަން ކޮމިޝަންތަކުގެ ވެރިން ހަރަކާތްތެރި ވަނީ ކުރިއެކޭ ވެސް އެއްގޮތަށް ސިޔާސީ އެކްޓިވިސްޓުންގެ ގޮތުގައި ކަމަށެވެ. ޝަރުއީ ދާއިރާގައި ބަދަލުވީ ހަމައެކަނި މޫނުތައް ކަމަށާއި ދައުލަތުގެ ވެރިޔަކީ ކޮން ބޭފުޅެއް ކަން ނޭނގޭ ހިސާބަށް ކަންކަން ހިނގައްޖެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ، މިހާތަނަށް ވުޖޫދުވި އެންމެ ނާގާބިލް ވެރިކަން. ކުޑަ ގައުމަކަށް ކުޅަދާނަ ނުވާ ވަރަށް ސިޔާސީ މަގާމްތައް އިތުރުކޮށްފި. ބަޖެޓަށް ވުރެ އެތައް ގުނައެއް އިތުރަށް ޚަރަދު ކުރުމަކީ މައްސަލައެއް ކަމަކަށް ނުދެކޭ. ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް،" ޖަމީލް
"ބަދަލު ދިނުމުގެ ނަމުގައި ކޮރަޕްޝަންގެ ދޮރު ހުޅުވާލާފައި. ދައުލަތުގެ މުދަލުން ޕާޓީ އަށް ކެމްޕެއިން ކޮށްދިނީ އެންމެ އިސް ފަރާތުން. ޓްރާންސްޕޭރެންސީއެއް ނެތި މަޝްރޫއުތައް ދިނުން ވަނީ ސިޔާސަތަކަށް ހަދާފައި. ސަރުކާރު ތެރޭގައި ގޭންގް ހަދައިގެން ކޮރަޕްޝަން ހިންގާ ގްރޫޕެއް އެބައޮތް،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް، މި ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވީ ވެރިކަން ފެށުނުތާ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގަ އެވެ. މިކަމާ ހެދި އިދިކޮޅުން ޖަމީލަށް ފާޑުކިއުން އަމާޒުކުރެ އެވެ.
އެ ތުހުމަތުތަކަށް ޖަމީލް ވިދާޅުވެފައި ވަނީ ވެރިކަން ފެށުމާ އެކު ވެސް މި ސަރުކާރުގެ މިސްރާބު ފެނިވަޑައިގަތީ ގޯސްކޮށް ކަަމަށެވެ. އޭގެ އެއް މިސާލުގެ ގޮތުގައި ޖަމީލް ދައްކަވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެކުގައި ވާދަކުރަން ކޯލިޝަންގެ ލީޑަރުން ވެވަޑައިގަތް ވައުދާ ދެކޮޅަށް އެމްޑީޕީން ނުކުތުމެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދާ އެއްގޮތަށް ކޯލިޝަންގެ ލީޑަރުން ގޮވައިގެން އުޅުއްވާ މަންޒަރު ވެސް ނުފެންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނުގެދަރި
06 January 2020
ހެޔޮ ނުބައި ވަކިނުވާ ޑޮކްތަރެއް އެހެންވެ އެއްވެސް އޮޕަރޭޝަނެއްގައި ބައިވެ އުޅޭތަން ނުފެންނަނީ
ހަސަނު1
05 January 2020
ޖަމީލް ހޭސް އަ ޕޮއިންޓް.. އެކަމަކު މިއީ އެންމެ ނާގާބިލް ސަރުކާރުކަމަށް އެއްބަސް ވެވޭކަށް ނެތް.
ރަށުމީހާ
01 January 2020
ރަގަޅުބަހެއް ވިދާޅުވެވިއްޖެ ނަމަވެސް މާއަވަހަކައް ފެއަށްޖެހުމަކީ ތި ޖަމީލުގެވެސް ނާގަބިލް ކަންގަބޫލް ކުރަންޖެހޭ ހަގީގަތެއް.
މާޅޮސް ޖަމީލު
01 January 2020
ހުސް ކޮސް ގޮވަމުން ދެއުޅިއެއްނުވާ ވާހަކަ ދައްކަމުން ހިނގާ މުރަނގަ މާލިމީ މީ
ާއުނިމާ
01 January 2020
އަސްލުވެސް ވަރަށް ނާޤާބިލް ސަރުކާރެއްމީ، އެއްވެސް ހިންގުންތެރިކަމެއްނެތް! ސިޔާސީ މަޤާމުތަކުގަ ތިއްބެވި ބޭފުޅުންނަށް ބެއަލެވިޔަސް އެކަން ސާބިތުވޭ، ގިނައީ މަޤާމަށް ކުފޫހަމަ ނުވާ ބޭފުޅުން! މިއީ ހަމަ ބަރަވެލި ސަރުކާރު!
ހުސެން...
01 January 2020
މިހަަތަނަށް މިގައުމުގެ ނައިބު ރައީސްކަންކުރި އެންމެ ނާގާބިލު މީހާ ތި ޖަމީލް އަކީ.... މީނަ ދައްކާހާވާހަކައެއް ނޫސް ތަކުގަ ޖަހަން ވޭތަ!!!
ނީރާ
01 January 2020
އެންމެފުރަތަމަ ތިމާގެ ނާޤާބިލްކަމާމެދު ވިސްނާލަމާތޯ. މިފަދަ މީހެއްގެ ކުރިމަތީގައި ޤާބިލް އެކަކުވެސް ނުުހުންނާނެ.
އިހުމާލް
01 January 2020
މިޤައުމު ދުށް އެއްމެ، ތާކުންތާކުނުޖެހޭމ ޑަކުޓަރު
ކޮސް ޖަ މީލު
01 January 2020
ކޯލިޝަންގެ އެއް ޕާޓީގެ އިސްވެރިޔަކަށް ކޮސް ޖަ މީލު އައްޔަން ކުރިތަނުން ނިކުތީ ވެރިކަން ވައްޓާލެވޭތޯ ޔާ މީނާއެކު. އެވަރުންވެސް ލީޑަރުން ގޮވައިގެން ރައީސް އުޅެން ޖެހޭތަ؟
ޙިނި
01 January 2020
މީއަލެ ކިހިނެއް ވެފަ ހިންނަމީހެއްތަ.