20 ޖެނުއަރީ 2020 - 23:08
މީސްލްސް ވެކްސިންގެ އިތުރު ޑޯޒެއް، މާދަމާ ތުއްތު ކުދިންނަށް ދިނުމަށް ނިންމައިފި އެވެ.
ނައްތާލިކަން އިއުލާނުކޮށްފައިވަނިކޮށް ރާއްޖެ އިން އަލުން ހިމަބިހި ފެނުމާ ގުޅިގެން ސަރުކާރުން ވަނީ، މީސްލްސް ވެކްސިންގެ ޑޯޒް ފުރިހަމަނުކޮށް ތިބި ކުދިންނާއި މީހުންނަށް ވެކްސިން ދޭން ފަށައިފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި މާލޭގައި މާދަމާ ވެކްސިން ދެނީ ހަ މަސް ފުރި 18 މަސް ނުފުރޭ ތުއްތު ކުދިންނަށެވެ. މީސްލްސް ވެކްސިން ނުވަތަ އެމްއާރުއެމްގެ ފުރަތަމަ ޑޯޒް ދެނީ އުމުރުން ނުވަ މަހުގަ އެވެ. އަދި ދެ ވަނަ ޑޯޒް ދެނީ 18 މަހުގަ އެވެ.
އެޗްޕީއޭން ބުނީ މާދަމާ މި ދެނީ، ގައުމީ ވެކްސިން ތާވަލުގައި ހިމެނޭ އެމްއާރުއެމް ވެކްސިންގެ އިތުރަށް ދެވޭ ޑޯޒެއް ކަމަށެވެ. އެއީ ހިމަބިހި ޖެހިއްޖެ ނަމަ އެ ކުދިންނަށް ނުރައްކާ ބޮޑުވާތީ އެވެ.
މާދަމާ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރާއި ދަމަނަވެއްޓާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލުގަ އެވެ. ވެކްސިން ދޭނީ ހެނދުނު ނުވައަކުން ހަވީރު ފަހެއް ޖަހަންދެންނެވެ.
ހިމަބިއްސަށް ސްކްރީން ކުރަން ހާއްސަ މަރުކަޒެއް ހުޅުމާލޭގައި ގާއިމުކޮށްފައިވާއިރު މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހަތަރު މީހަކަށް އެ ބަލި ވަނީ ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
21 January 2020
ސިސްޓަމް ރަނގަޅުކުރޭ
ނޫސްބަލާމީހާ
21 January 2020
ކޮންމެ ކަމެއްވީމަ ފިޔަވަޅު އަޅަން ތިބުމުގެ ބަދަލުގައި ކަމެއް ދިމާވުމުގެ ކުރިން އެކަމަށް ފިޔަވަޅު އެޅުމަކީ އެންމެ ރަނގަޅު ގޮތް. އަމީން ހެލްތާ ހަވާލުވިފަހުން ރިއޭކްޓް ސިޔާސަތުގެ ބަދަލުގައި ޕްރޮއެކްޓިވް ސިޔާސަތެއް އޮންނަނީ. އެހެންވީމަ ހެލްތު މިއަދު މިއޮތީ އެހެން ހުރިހާ ވުޒާރާއަކަށްވުރެ ކުރީގައި. ދުރާލާ ކަންކަން ރާވާ ކަންކަމަށް ފިޔަވަޅު އަޅާ. ޖެންޑާފަދަ ވުޒާރާތަކުންވެސް ހެލްތުގެ މަސައްކަތްތަށް ހިނގާގޮތް ބަލައި އެ ގޮތަށް ކުރިއަށް ދިޔުން ބުއްދިވެރި.
ކޮމެންޓްބަލާމީހާ
21 January 2020
ބައްލަވާ އަމީން ކިހާވަރެއް ދެއްވާތޯ ތި ގޮތަށް ކޮމެންޓްކުރަން؟
ނޫސްބަލާމީހާ
21 January 2020
ހަސަނަށް ހީވާނެ ފާރުބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާނެޔޭ. އަދިކިރިޔާ މި އެނގުނީ މީހުން އަގުދީގެންވެސް ކޮމެންޓު ކުރުވާކަން އަދި ތިބޭފުޅާއަކީވެސް އޭގެ ބޭފުޅެއްކަން. އަޅުގަނޑަކަށް ހިއެއްނުވޭ އަމީންއަށް އެނގޭނެހެން އަޅުގަނޑަކީ މި ދުނިޔޭގައި ހުރި މީހެއްކަންވެސް. ނޫސްބަލާފައި ރަނގަޅު ކަމެއް ފެނިއްޖިއްޔާ ކޮމެންޓުކޮށްލަން. ފަހުން ފަހުން އައިސް އަމީންވަނީ އަޅުގަނޑު ވަރަށް ތާއީދުކުރާ މީހަކަށްވެފައި. ސަބަބަކީ އޭނާ ގެންގުޅުއްވާ ސިޔާސަތު، ކޮށްދޭ ކަންތައްތައް.
ސަލީމާ
21 January 2020
އަމީނުއަކީ ހަމަ ސަތޭކައިގެ މީހެއް
މިންމި
21 January 2020
ރާއްޖޭގެ ޤާނޫނާ ގަވައިދު ތަކަށް ތަބާނުވާ ހަމަ އެންމެ މީހެއްގެ ސަބަބުން، އެތައް ސަތޭކަ ދަރިންނެއް އަލުން މިޖެހުނީ ތަކުލީފު ތަކެއް އުފުލާށެވެ. އެފަދަ މީހުންނަށް ފިޔަވަޅު އަޅާކަށް ނުވޭ ހެއްޔެވެ.
ޑޯޒުހަމަކުރޭ
21 January 2020
އެހެންވީމަ ކުރިން ޗަމެން ޖަހަމުން އައީ މާމަދުންތަ؟ ވަޓް؟
ހޮޓްކިންގ
21 January 2020
ތި ދިނުމުގައިވެސް ހައްދެއް އޮންނާނެދޯ؟ މީސްލްސް ފެތުރެނީއޭ ކިޔާައި ޑަބްލިޔު އެޗްއޯގެ މިންގަނޑާއި ޚިލާފަށް ތިޔަ ދޭކަށް ނުވާނެ. ތީ ކުޅިވަރެއްތަ؟
ޔޫސް
20 January 2020
ދިން ވަރުވެސް ހިތްހަމަ ނުޖެހުނީ. ވަރަށް ވާހަކަ މީ
ޔޫސްޑް
21 January 2020
ތިބައިގަނޑު ނުޖަހާ ތިބެބަލަ