އަދީބު: އޭނާގެ މައްޗަށް ކުރާ ދެ ދައުވާއެއްގެ ޝަރީއަތް މިއަދު ބާއްވަން ހަމަޖެއްސުމަށް ފަހު ވަނީ ކެންސަލް ކޮށްފައި -- ފޮޓޯ/މިހާރު
26 ޖެނުއަރީ 2020 - 15:01
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދެ ދައުވާއެއްގެ އަޑުއެހުން މިއަދު ބާއްވަން ހަމަޖެއްސުމަށް ފަހު ކެންސަލް ކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ހަތް ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.
އޭގެ ތެރެއިން މަނީ ލޯންޑްރިންގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާގެ ޝަރީއަތް މިއަދު މެންދުރު ބާއްވަން ހަމަޖެއްސުމަށް ފަހު ކެންސަލްކުރީ ދައުލަތުން އެދިގެން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
މިދިޔަ ހަފުތާގައި ވެސް އެހެން ދެ ދައުވާއެއްގެ ޝަރީއަތް ބާއްވަން ހަމަޖެއްސުމަށް ފަހު ވަނީ ކެންސަލް ކޮށްފަ އެވެ. އެ ދުވަހުގެ އަޑުއެހުން ކެންސަލްކުރީ އަދީބުގެ ވަކީލް އެގޮތަށް އެދިވަޑައިގަތުމުންނެވެ.
އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.
ތަފާތު ތިން މައްސަލައެއްގައި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް ކުރިން އިއްވިޔަސް، ފަހުން މަތީ ކޯޓުތަކުން ވަނީ އެ ހުކުމްތައް ބާތިލްކޮށްފަ އެވެ. އެކަމަކު އޭނާއާ ދެކޮޅަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލައެއްގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައި ވަނިކޮށް ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅުއްވި މައްސަލާގައި ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިިއްވި އެވެ. އެ ހުކުމް ތަންފީޒުކޮށް މިހާރު ވަނީ ނިމިފަ އެވެ. އަދީބު މިހާރު ހުންނެވީ ގޭ ބަންދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވާނުވާ
27 January 2020
މިސަރުކާރުގައި އަދީބު ހުންނާނީ ގޭގައި. ޔާމީނު ހުންނާނީ ޖަލުގައި. ޔާމީން ސަރުކާރުގައި އަދީބު ހުންނާނީ ޖަލުގައި. މަންޒަރުން ދޭހަވާ އެއްޗެއް ގަބޫލުކުރަން ބޭނުންނުވާ މީހުން ގިނަވާނީ.
ޟަޖީދު
27 January 2020
ތިކަން ދާނީ ބޯޑުނަގު ލައް މިއޮތީ ސަރުކާރެއް
ތުއްފާށަނާ
26 January 2020
ކޮން ސަކަރާތެއް، ޑީލާ އެއްގޮތަށް އަދިވެސް ސެޓުނުވަނީތަ!
ރޫހީ
26 January 2020
މިވެރިކަން ގެނައީ އެމްއެމްޕީއާރުސީން އަދީބު ނެގި ލާރި ޙަރަދުކޮށްގެން. އެހެންވީމަ މިވެރިކަމުގަ އަދީބުގެ މައްސަލައެއް ނުބެލޭނެ. ވަރަށް ސާފު.
ވިކްޓިމް
26 January 2020
ސަރުކާރު ހޫނު ފެނަށްވެއްޓޭ ކޮންމެ ފަހަރަކު އަދީބު ނެރި ދައްކާލާ އެބަ ރައްޔަތުންނަށް. އެއްކަމެއް ވާ ސަރުކާރެއް ނޫން
ދަރްމެންދްރަ
26 January 2020
ތިޔަކުޅެނީ ގޭމެއް. ނަތީޖާ ވަރަށް ސާފު. މިތިބީ ބަލަން
ނަޝީދު.
26 January 2020
މި ސަރުކާރަކު އަދީބުގެ ޝަރީއަތެއް ނުބޭއްވޭނެ ދެން.
ޔާ!ޔާ
26 January 2020
ކުރެވޭނެ ހަމައެކަނި ކަމަކީ 2މަފިރިންވެގެން ދުވުން. ސްޓިކާ ޖެހުން. ލާދީނީ މީހުންނާ ކުއްކުރާމީހުންނަށް ހިމާޔަތްދިނުން. އަންނަ ދައުރުގަ ހޮވޭނެކަމުގެ ޔަގީންކަންނެތީމަ 10އަހަރަށްވާވަރަށް ސަރުކާރުގެ މުދަލާ ފައިސާ ކައި, ފަހަށް ރައްކާކޮށް އިންވެސްޓްކުރުމުގަ ހޭވައްޓާ. ރާއްޖެ ބައިބައިކޮށް އެއްބައިވަންތަކަން ނެގުން.