ޗައިނާ އަށް ރާއްޖޭން އެއް މިލިއަން ދަޅު މަސް ހަދިޔާކުރަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
04 ފެބުރުއަރީ 2020 - 20:22
ކޮރޯނާވައިރަސް ފެތުރި ޗައިނާ އަށް ކުރިމަތިވެފައިވާ ދަތި ހާލުގައި އެ ގައުމަށް އެހީވުމުގެ ގޮތުން ރާއްޖޭން ޗައިނާ އަށް އެއް މިލިއަން ދަޅު މަސް ހަދިޔާކުރަން ނިންމައި، ރަމްޒީ ގޮތުން މި ހަދިޔާ ހަވާލުކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިކަން އިއުލާނުކުރައްވައި ދަޅު މަސް ކޭހެއް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޒަންގް ލިއޮންއާ ހަވާލުކުރައްވައިފަ އެވެ.
މި ދަނޑިވަޅުގައި ޗައިނާ އަށް ވެދެވެން އޮތް ކޮންމެ އެހީއެއް ރާއްޖޭން ދޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ޗައިނާ އިން ރާއްޖެ އަށް އެކި ދާއިރާތަކުން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި 40 އަހަރުތަކުގެ ރާއްޖެ އާއި ޗައިނާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި އެކަމުގެ ފައިދާ ރާއްޖެ އަށް ވަނީ ކޮށްފަ އެވެ.
ޗައިނާ އަށް ރާއްޖޭން އެއް މިލިއަން ދަޅު މަސް ހަދިޔާކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ކ) ވާހަކަ ދައްކަވާއިރު، ޗައިނާ ސަފީރު ޒަންގް ލިއޮން އަޑުއައްސަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
"ފާއިތުވި އަހަރުތަކުގައި ޗައިނާ ވެފައި ވަނީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިއްމު އެއް ބައިވެރިއާ އަށް،" ޝާހިދު ވިދާޅުވި އެވެ.
ސަފީރު ލިއޮން ވިދާޅުވީ މަހަކީ ރާއްޖޭގައި ވަރަށް މުހިންމު ކާނާއެއް ކަމަށާއި އެންމެ މުހިންމު ހަދިޔާ އަކީ އެކުވެރިންނަށް ލިބޭ އެއްޗެއް ކަމަށެވެ. ޗައިނާ އަށް ކުރިމަތިވެފައިވަނީ ވަރަށް ދަތި ހާލަތެއް ކަމަށާއި ރާއްޖޭން މިފަދަ އެހީއެއް ދޭން ނިންމުމުން ޗައިނާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ.
ޗައިނާ އަށް ރާއްޖޭން އެއް މިލިއަން ދަޅު މަސް ހަދިޔާކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ކ) އާއި ޗައިނާ ސަފީރު ޒަންގް ލިއޮން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ވައިރަސް ފެތުރި ޗައިނާގެ ފިހާރަތަކާއި އޮފީސްތަކާއި ފެކްޓަރީތައް ބަންދުކުރަން ޖެހި އާންމު މުދާ ލިބުން ވަނީ ދަތިވެފަ އެވެ. އަދި މި ވަގުތަށް ބޭނުން އެންމެ މުހިންމު ބާވަތްތައް ހުސްވެ ޗައިނާ އިން ވަނީ އެހެން ގައުމުތަކުގެ އެހީ އަށް ވެސް އެދިފަ އެވެ.
ޗައިނާގެ ވޫހާންގައި ފެތުރެން ފެށި ކޮރޯނާވައިރަސް މުޅި ޗައިނާ އަށް ފެތުރި އެކި ގައުމުތަކުން ވެސް މިހާރު ދަނީ އެ ވައިރަސް ހުރި މީހުން ފެންނަމުންނެވެ. މި ވައިރަސް އެރި މީހުންގެ އަދަދު 20,697 އަށް އަރާފައި ވާއިރު 427 މީހަކު ވަނީ މަރުވެފަ އެވެ.
"ފާއިތުވި އަހަރުތަކުގައި ޗައިނާ ވެފައި ވަނީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިއްމު އެއް ބައިވެރިއާ އަށް،" ޝާހިދު
ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު ނަމަވެސް ބަލީގެ ބިރު ބޮޑުވުމާ އެކު ރާއްޖޭން މިހާރު ވަނީ ޗައިނާ އިން ރާއްޖެ އަށް މީހުން އައުން މަނާކޮށްފަ އެވެ. ވައިރަސް ހުރި ކަމަށް ރާއްޖޭން މިހާތަނަށް ޝައްކުވި މީހާގެ ޓެސްޓްތަކުން ދެއްކީ ވައިރަސް ނެތް ކަމަށެވެ. އަދި އިތުރު ހަ މީހެއްގެ ސާމްޕަލް ވެސް ޓެސްޓްކޮށްފައި ވާއިރު އެ ހުރިޙާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވް ވެފަ އެވެ. ވައިރަސް ފެތުރިދާނެ ކަމަށް ތައްޔާރުވެ، ސްކްރީންކުރުމާއި ޝައްކުވާ މީހުން ކަރަންޓީންކުރުމުގެ ވަސީލަތްތައް ރާއްޖޭން ވެސް ވަނީ ގާއިމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަދިޔާ
05 February 2020
މާތްﷲ ހަރާމް ކުރައްވާފައިވާ ތަކެތި ނުކެއުމަށާއި، މާތްﷲ ފޮތާއި އަދި އެކަލާނގެ ރަސޫލާއަށް ޗެލެންޖު ނުކުރުމަށާއި، މުސްލިމުންނަށް އިސްލާމްދީން މަތީގައި ދެމިތިބުމަށް ހުރަސްނޭޅުމަށާއި، އިސްލާމްދީނަށް ގޮވާލުމަކީ، 1 މިލިއަން މަސްދަޅަށްވުރެ އަގުބޮޑު ހަދިޔާ އެއް.
ޗެއަރމަން
05 February 2020
ސާބަސް. ސަދަޤާތަކީ ބަރަކާތާއި ރިޒުޤު އިތުރުވާނެކަމެއް. އަދި މުސީބާތްތައް ދުރުކޮށްދޭނެކަމެއް.
ސާދާސީދާ
05 February 2020
މިފަދަ ހެޔޮ ޢަމަލުތަށް ގިނަކުރުމަކީ އަޅުގަނޑުމެން އެންމެންގެ ރިޒުޤުގައި އިރާދަކުރެއްވިއްޔާ ބަރަކާތް އިތުރުވާނެކަމެއް.
މަންޑޭލާ
05 February 2020
ރާއްޖެގެ ތަރައްގީގެ އެމްމެ ބޮޑު ބައިވެރިއަކީ ޗައިނާ.
ތާރީޚުން
05 February 2020
ޖަޕާން އާއި ގަލްފުގެ ގައުމުތައް.
ޝޮކްތެރަޕީ
05 February 2020
ނަޝީދު ބުނެގެން އިންޑިޔައިން އަސްކަރީ ފިޔަވަޅު އަޅަން އުޅެނިކޮއް. ޗައިނާގެ އިންޒާރައް އިންޑިޔާ ބިރުގަތީ. ޗައިނާއަކީ ރާއްޖެއައް ވަރައް މުހިމްމުޤައުމެ.
ބުއްޅަބެ
05 February 2020
ނަޝީދު ބުނެގެން އިންޑިޔާއިން ފޮޑިއެއްވެސް ނުޖަހާނެ، އަދި ހަމަ އެހެންމެ ޔާމީނުބުނެގް ޗައިނާއިންވެސް ފޮޑިއެއްނުޖަހާނެ. ކިހިނެއްވެގެންތަ ތިއުޅެނީ
ހަދިޔާ
05 February 2020
ވަރަށް ބޮޑު އެކަމު ނުދެވޭނެ ކަހަލަ ހަދިޔާއަކަށްވާނެ ބޭނުންތެރި ނަސޭހަތުގެ ބަސްކޮޅެއް - އަހަރުމެން ކެއިންބުއިމަށް އެންމެ ރައްކާތެރި ގޮތްތައް އަންގަވައި ދެއްވި މާތްﷲ ހަރާންކުރައްވާފައިވާ ތަކެތި ނުކެއުމަށާ ނުބުއިމަށް އަދި އެއަށްވުރެ ރަގަޅު ކަމެއް ކަމަށް އިސްލާމްދީނަށް އެނބުރުމަކީ. އެކަމު މިޒަމާނުގައި އެއް ގައުމުން އަނެއް ގައުމަށް ދީނަށް ގޮވާނުލެވޭނެހެން ހީވަނީ ވަކި ކަހަލަ ކަންކަމަކަށާ އުސޫލުތަކަށް ދުނިޔޭގެ ހިންގުން ސެޓްވެފައިވާތީ.
އޯކޭ
05 February 2020
ހާލުގައި ޖެހިފައިވާ މުސްލިމުންނަށް، ދައުލަތުން އެއްޗެއް ދިގުކޮށްލާކަށް ނުކެރޭ، އެކަން މިކުރާނީ ރައްޔިތުން ފަންޑުރައިޒް ކޮށްގެން.
ފޫހި
05 February 2020
ޝާހިދު މިހާރު ސަރުކާރުގެ ހަނީމޫނު ނިމިއްޖެ. ދެން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މާގިނަ ދަތުރުތައްނުކުރާތި.
ހަކީމް
05 February 2020
ވަރަށް އުފާވެރި ޙަބަރެއް. ކިތަންމެ ކުޑަމިންވަރުންވެސް ދިވެހިންނަށް އެހީއެއް ދެވުނީތީ އުފާކުރަން. މީ ރަހުމަތްތެރި ކަމަކީ. ދާދި އިހައްދުވަހު ދިވެހިންގެ އެތައްބަޔަކަށް ލޮލުގެ ފެނުން ގެނެސްދީ ހިލޭ ލޮލުގެ ކްލިނިކެއް އެހިންގަން ފެށީ.
ފެލިވަރު
05 February 2020
1.4 ބިލިޔަން ދަޅު ދީގެން ޗައިނާ މީހަކަށް ދަޅެއް ވަނީ ވެސް.
މަސްމަހާ
05 February 2020
އެ ބޭނުންޖެހިފައި ތިބޭ މީހުންނަށް ދޭން ދިން އެއްޗެއް އެއީ. އެންމެނަށް ބަހަން ދިން އެއްޗެއް ނޫން އެއީކީ.
ބުއްޅަބެ
05 February 2020
އެބައެއްގެ ފެންވަރުން އެބަޔަކު އެހީވާނީ. މާތްﷲ ބައްލަވާނީ އަދަދަކައްނޫން، ހިތުގެ ނިޔަތަށް.