މެމްބަރު ޖާބިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
06 ފެބުރުއަރީ 2020 - 15:21
މި ސަރުކާރަށް ކުރިއަށް އޮތީ އޮމާން ދުވަސްތަކެއް ކަމަށާއި އޭނާ ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައި ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރޭ ވިދާޅުވެއްޖެ އެވެ.
ޖާބިރާއި ރައީސް އިއްޔެ ބައްދަލު ކުރައްވާފައިވާއިރު ޖާބިރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މި ވަގުތުގެ އާއްމު ހާލަތާއި ސިޔާސީ މަސްރަހާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ވިޔަފާރީގެ ކަންކަމާ ގުޅޭގޮތުން ކާމިޔާބު ވާހަކަތަކެއް ދެކެވުނު ކަމަށް ވެސް ވިދާޅުވި އެވެ.
"ދައުރުގެ ބާކީ ދުވަސްތައް ކުރިއަށްދާނީ އޮމާންކޮށް، އަޅުގަނޑު މިހިރީ ރައީސް ސޯލިހާ އެކު،" ޑީއާރުޕީގެ ލީޑަރު، ޖާބިރުގެ ޓްވީޓްގައިވެ އެވެ.
Raees @ibusolih aa miadhu bahdhaluve gina vaguthu vaahaka dhekevi Raajjeyge mivaguthuge aammu haalathaa siyaasy masrahaa viyafaari aa gulhey gothun vaahaka dhekevunu. Kaamiyaabu vaahaka thakeh! Dhauruge baaky dhuvasthah kuriahdhaany omaankoh, Alhugandu mihiry Raees Solih aa eku!
— Abdulla jabir (@chairmanjabir) February 5, 2020
ޖާބިރު ކުރެއްވި ޓްވީޓް.
މިދިޔަ ދައުރުގައި މަޖިލީހުގެ ޖަލްސާތަކުގައި ބަހުސް ކުރައްވަމުން ޖާބިރު ގެންދެވީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. މި އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓު ފާސް ކުރަން ވެސް ވޯޓް ނުދެއްވަ އެވެ.
ބަޖެޓަށް ވޯޓް ނުދެއްވުމުގެ އިތުރުން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބައެއް ބިލްތަކަށް ވެސް އޭނާ ދެކޮޅު ހެއްދެވި އެވެ. އެގޮތުން އިންކަމް ޓެކުހަށް ނަފްރަތު ކުރާ ކަމަށް ވިދާޅުވެ، އެ ބިލަށް ވެސް ދެކޮޅު ހައްދަވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
08 February 2020
އަދި ކޮބާ! ޔާމީން އާ އަދުރޭ އާ ފިނިފެންމާ ސައީދު ވެސް ހުރީ ހަމަ ތިޔަގޮތަށް. އެކަމަކު ޔާމީނު ޖަލުން ދޫކޮށްލާފަ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނުބަލަންޏާޔޯ!
ފާތުމަަ މިސްކިތް
06 February 2020
ފައްކާ ދިވެއްސެއް
ހަސަނު1
08 February 2020
އަސްލުވެސް... ކެ ކެ ކެ
ލޮލީގެ
06 February 2020
މިދެން ކާކުތަ؟
ޢަލީ ޢާޒިމް
06 February 2020
ސަރުކާރުން 300 މިލިއަން ޑޮލަރުގެ ސޯވަރިން ގެރެނޓީ އެއް ހޯދަން ވެގެން މަޖުލީހުގެ އެހެން ބައެއް މެންބަރުން އަތުއަޅުވައިގެން އުޅޭކަމަށް ވަނީ
ވިސްނާލުމަށް އެދެމޭ
06 February 2020
ފާލުންދައްކަނީ ތިގޮތައްތަ..އޮ މާންކޮށް ސަރުކާރު ކުރިޔަށްއޮތް ދުވަސްތަކުގަ ދަންޏާ އެއީ އަންނަންއޮތް ރާޅު ބޮޑުވީ..ބަނޑުފަށަށް ބީއްސާރާޅު އެތެރެއަށް ދަ މާލާ ހި މޭންވެއްޖެނަ މަ ދެންނަގާ ރާޅު ބިޔަވާނެ..ސުނާ މީގަވެސް ވަނީ ފުރަތަ މަ ހި މޭންވެ މޫދު ލޮނުގަޑު އެއްކޮށް ހިދެނީ އޭގެފަހުން ދެނަކާދެނެ އެހަރަގެން އަންރާޅު އެހެންވީ މަ މިސަރުކާރަށް ބިރުވެރިކަ މެ ޖާބިރު ތިބުނީ..
ނަޝީދު.
06 February 2020
ލާރިކޮޅެއް އަޅާލީތަ؟
ވިބޫ
06 February 2020
އަހަންނަށް އޭނަ ދިން ލާރިކޮޅު އަނބުރާ ދިނީ އޭނައަށް.
އޮޅިގެން
06 February 2020
ބޮނޑިބަތްކޮޅެއްވެސް ނޫން ވަރަށް ބޮޑު ތައްޓެއްގެ ބޮނޑިބަތް ކައިފިކަމަށް ލަފާކުރެވެނީ..
ސަާރާ
06 February 2020
ޖާބިރު އިބޫއާ އެއްކޮޅަށް ހުރުމަކީ އަހަރެމެންނަށް ލިބޭ ބޮޑުފައިދާއެއް. އެހެނީ ޖާބިރަކީ ފެއިލިއަރެއް އެއްވެސް މީހަކު ގަބޫލުކުރާ މީހެއްވެސް ނޫން.
ރަދީފު ބިން ރަފައިދާ
06 February 2020
ކުރީދުވަހު ޖާބިރު ބުނި ތިމަންނާއަކީއޭ އިދިކޮލު ލީޑަރަކީ. އިދިކޮޅު ލީޑަރުން ރައީސް ފައިބުޑަށް ވެއްޓިގަނެގެން އުޅުން ރަނގަޅެއްނޫން. ކަރަޕްޝަން އެހުރީ މެކުހުގާ. ދެން ކިހިނެއް އޮމާންވާނީ.
ކަނބޯ
06 February 2020
ކިހާ އަވަހަކަށް ލަވަ ބަދަލުވެ ބެރުދުންމާރި ތާޅަފިލި މަޖިލިހު ތަޅުމުގައި ގޮއްވަން ފަށާނޭބާ؟