ޚަބަރެއް ނުވެގެން، ހޯދަމުން ދިޔަ ލޯންޗު ފެނިއްޖެ

ގދ. ފިޔޯރީން ފުރައިގެން އައްޑޫ ހިތަދު އަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓް ގާޑުން އެ ލޯންޗު ހޯދަން ފަށައިފި އެވެ.


އެމްއެންޑީއެފުން ބުނީ، ފިޔޯރީން ގަނެގެން ހިތަދު އަށް ގެންދާ "މިހޯ ޕެލަސް" ލޯންޗުގެ ޚަބަރެއް ނުވެގެން ސިފައިންނަށް ރިޕޯޓު ލިބުނީ ރޭ 11:33 ހާއިރު ކަމަށެވެ. ހިތަދު އަށް ދާން އެ ލޯންޗު ފުރީ އިއްޔެ އިރުއޮއްސި 6:45 ހާއިރު ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުންޏެވެ.

ލޯންޗު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓް ގާޑް ސްކޮޑަން ވަނީ އެ ލޯންޗު ހޯދުމަށް ހަރަކާތްތެރިވާން ފަށައިފަ އެވެ. އަދި ކޯސްޓް ގާޑް، ދޮށިމޭނާ ލޯންޗުން ދަނީ ހިތަދޫ ކޯއްޓޭ ސަރަހައްދުން ފެށިގެން 14 މޭލު ބޭރުން [ފުވައްމުލަކާ ދެމެދު] ލޯންޗު ފެނޭތޯ ހަރަކާތްތެރިވަމުންނެވެ.

ލޯންޗުގައި ހުރި މީހަކާ ދަންވަރު 12:05 ހާއިރު ގުޅުމަށް ފަހު، ދެއްކި ވާހަކަ ސާފުނުވެ އުޅެނިކޮށް ފޯނުގެ ރޭންޖު ކެނޑިފައިވާ ކަމަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.