ޚަބަރު / ގާސިމް ހަސަންގެ މަރު

ގާސިމްގެ މަރުގެ މައްސަލައިގައި ބައެއް ހެކިތައް ސިއްރު ކުރުމުގެ އަމުރު ނެރެފި

އަދުހަމް: ގާސިމްގެ މަރާ ގުޅިގެން އޭނާއަށް ދައުވާކުރާ މައްސަލާގެ ބައެއް ހެކިތައް ސިއްރުކުރަން ވަނީ އަމުރު ނެރެފައި

11 ފެބުރުއަރީ 2020 - 12:04

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިތައް ހާމަނުކޮށް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ކްރިމިނަލް ކޯޓުން މިއަދު ނެރެފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޓެކްސީގައި ދަތުރު ކުރަމުން ދަނިކޮށް، ގާސިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ބުނީ ސިއްރު ހެކިންގެ ބަޔާންތަކާއި ގާސިމަށް ލިބިފައި ހުރި އަނިޔާތަކުގެ ފޮޓޯތައް ސިއްރު ކުރަން އެދިފައިވާނެ ކަމަށެވެ. އެހެންވެ، އެ ލިޔުންތައް ދައުވާ ލިބޭ މީހާ އަށް ހާމަނުކޮށް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދޭން ދައުލަތުން އެދުނެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ، ދައުލަތުން އެދުނު ފަދައިން އެ ލިޔުންތައް ހާމަނުކޮށް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެން ނިންމެވީ ކަމަށާއި އެހެންވެ، މައްސަލައިގެ ލިޔުންތައް އަދުހަމަށް ދޫކުރުމުގައި ވެސް، އެ ލިޔުންތައް ދޫނުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަދުހަމަށް ލިބިގެންވާ ހައްގުތައް ބަޔާންކޮށް ދިނުމަށް ފަހު، ލިޔުންތައް ހަމައަށް ލިބުނުތޯ ގާޒީ ސުވާލު ކުރެއްވި އެވެ.

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރައިލި މައްސަލައިގެ ތުހުމަތު ކުރެވޭ އަދުހަމް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ.

އަދުހަމަށް ދައުލަތުގެ ޚަރަދުގައި ހަމަޖައްސައި ދީފައިވާ ވަކީލާ ވިދާޅުވި ގޮތުގައި، މައްސަލައިގެ ލިޔުންތަކެއް އަދުހަމަށް ވަނީ ލިބިފަ އެވެ. އެކަމަކު، އެ ލިޔުންތައް އޭނާ އަށް ނުލިބޭ ކަމަށް ވަކީލާ ވިދާޅުވި އެވެ. އެހެންވެ، ލިޔުންތައް ފުރިހަމައަށް ހުރިކަން ނުވަތަ ނޫންކަން މި ވަގުތު ދަންނަވަން ނޭނގޭ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ގާޒީ އިސްމާއިލް ވިދާޅުވީ، ލިޔުންތައް ހަމައަށް ލިބުނު ކަން ކަށަވަރު ނުކުރެވޭ ނަމަ އަޑުއެހުން އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންވެ، ގާޒީ ނިންމެވީ އެ ފުރުސަތު ދިނުމަށް ފަހު، އަޑުއެހުން ކުރިއަށް ގެންދިއުމަށެވެ.

ދައުލަތުން ބުނީ އެ މައްސަލައިގައި އަދުހަމާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ދައުލަތުން ހަދާފައިވާ ކަމަށާއި އެހެންވެ، އެ މައްސަލައިގެ އަޑުއެހުންތައް އަވަހަށް ކުރިއަށް ގެންދަން އެދޭ ކަމަށެވެ.

ގާޒީ އިސްމާއިލް ވެސް ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވަވާނެ ކަމަށެވެ.

ފޭރެން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދެވުނު ކަމަށް ބުނެ އަދުހަމް ކުށަށް އިއުތިރާފް ވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ހަމަލާދިނުމަށް ބޭނުންކުރި ވަޅި އާއި އެވަގުތު އަދުހަމް ލައިގެން ހުރި އަންނައުނު ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454