އަނދުން ހުސެއިން: މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައާ ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކަތަކަކުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި. --ފޮޓޯ/މިހާރު
11 ފެބުރުއަރީ 2020 - 15:12
ފަލަސްތީނުގެ ރައްޔިތުންނަށް ޖެހިފައިވާ ހާލު މާލޭގެ ރައްޔިތުންނަށް ޖެހިފައިވާ ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ދެއްކެވި ވާހަކަތަކާ މެދު ނުރުހުންވެ، އޭނާ އަށް ފާޑުކިއުންތައް ބޮޑުވުމުން މިއަދު މާފަށް އެދިވަޑައިގެންފި އެވެ.
އަނދުން ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުން ދިރިއުޅެނީ ރެފިއުޖީންނާ އެއްގޮތަކަށް ކަމަށާއި މާލެ މިހާރު މިއޮތީ ފަލަސްތީނާ އެއް ހާލަތުގައި ކަަމަށް ވިދާޅުވީ މާލޭގެ ރައްޔިތުން ދިރިއުޅޭ ހާލަތު ސިފަކޮށްދޭން ކަމަށެވެ. އެއްވެސް ގޮތަކުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ކުޑައިމީސް ކުރާކަށް ނޫން ކަަމަށް ވިދާޅުވި އެވެ.
"ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް އެ ރައްޔިތުންނަށް ކުޑައިމީސް ބަހެއް ބުނެފައެއް ނުވާނެ. އެހެން ނަމަވެސް އަޅުގަނޑު ދެއްކި ވާހަކަ އޮޅިވަޑައިގެންފައިވާ ބޭފުޅުންގެ އަރިހުން މާފަށް އެދެމެވެ،" އަނދުން ހުސެއިން ވިދާޅުވި އެވެ.
Evves gothakun Male'gai dhiriulhey ehen rahrashuge Rayyithun kudaimees kurumakah nooneve. Seedha gothunves adhi nuseedha gothunves e Rayyithunah kudaimees baheh bunefa eh nuvaane eve.Ehen namaves Alhugandu dhekki vahaka olhivadaigenfaiva beyfulhunge arihun Maaf ah edhemeve.2/2
— Hussain Shaheem (@AndhunHussain) February 11, 2020
އަނދުން ހުސެއިންގެ ޓުވީޓް.
މައްސަލަތަކުން ބަރުވެފައި އޮތް މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ މާލޭގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމުން "ކޯސްޓް ބޮޑު ދަޅެއްގައި ނިދާފައި، ކޯސްޓް ކުޑަ ދަޅެއްގައި ފެން ވަރައިގެން އުޅެން" ޖެހިފައިވާ ކަމަށެވެ. މި ހާލަތަކީ ފަލަސްތީނަށް ޖެހިފައިވާ ހާލު ކަމަށާއި މީގެ ފަހަތުގައި ވަނީ ކޮންމެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން އަތޮޅުތަކުގެ ރައްޔިތުންނަށް ފުރުސަތު ދިނުން ކަމަށް ސިފަވާ ގޮތަށް އޭނާ ވަނީ ވާހަކަ ދައްކަވައިފަ އެވެ.
ހުސެއިން ވިދާޅުވީ މުޅި މާލެ ހިއްކައި، ކޮންމެ ސަރުކާރަކުން ވެސް ހައްގުވެރިންނަށޭ ކިޔާފައި އެ ބިންކޮޅު ހިތުހުރި ގޮތަކަށް، އެ މީހަކަށް ފައިދާހުރި ގޮތަކަށް ދުއްވާލަނީ ކަމަށެވެ. އެކަމަކު މާލެ އަކީ މާލެ މީހުންގެ ރަށެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަނޑު ތޮއްޓާ ހަމައަށް ހިއްކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސް މި ތަންތަނުގައި ވަޒަންވެރިކުރުވީ. މާލޭ މީހުން ތިބި ގޮތަށް ތިބީ. ހަމަ ގާތްގަނޑަކަށް މިތަނަށް ދިމާވެފައި މި އޮތީ ފަލަސްތީނަށް ދިމާވެފައިވާ ކަމެއް،" ހުސެއިން ވިދާޅުވި އެވެ.
އޭނާގެ މި ވާހަކައަކީ ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދެއްވައި ދެއްކެވި ވާހަކައެއްގެ ގޮތުގައި ދެކި ވަރަށް ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ. މާލެ އާއި އަތޮޅުތަކުގެ ފަރަގާއި ތަފާތުކުރުން ނައްތާލަން ޖެހި، އެކަމަށް ވާކާލާތުކުރަމުން އަންނަނިކޮށް އަނދުން ހުސެއިންގެ ދެއްކެވި ވާހަކަ ބަލައިނުގަނެވޭ ކަމަށް ބައެއް މީހުން ސޯޝަލްމީޑިއާގައި ލިއެފައިވެ އެވެ.
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ކުރެއްވި ޓްވީޓެއްގައި، ހުސެއިންގެ ވާހަކަ ސިފަކުރެއްވީ ރަށްރަށުގެ މީހުން، އިޒުރޭލްގެ ޔަހޫދީންނާ އެއްވަރުކުރި ކަމެއްގެ ގޮތުގަ އެވެ.
ހުސެއިންގެ ވާހަކަތަކާ މެދު އެއް ބަޔަކު ހިތްހަމަނުޖެހުނު އިރު، އެއީ މާލޭ ރައްޔިތުންގެ ހައްގުގައި ދައްކަން ޖެހިފައި އޮތް ވާހަކައެއް ކަމަށް ބުނެ ވެސް އެއް ބަޔަކު ޝުއޫރުފާޅުކުރި އެވެ.
ހުސެއިންގެ ވާހަކައަށް، "މިހާރު"ގެ ކިއުންތެރިން އެތައް ސަތޭކަ ކޮމެންޓް ކުރި އެވެ. އޭގެ ތެރެއިން ޖެހި 200 އަށް ވުރެ ގިނަ ކޮމެންޓްގެ ތެރެއިން، ގިނައީ ހިތްހަމަނުޖެހުމުގެ ޝުއޫރުތަކެވެ. އޭގެ ތެރޭގައި އާދައިގެ ރައްޔިތުން އުޅޭ ހާލު ހުސެއިންއަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ބުނި މީހުންނާއި "މިއީ މާލޭ މީހުންގެ ސަރުކާރެއްތޯ؟" ސުވާލުކުރި ކިއުންތެރިން ވެސް ހިމެނެ އެވެ.
"ކިހިނެއްތޯ އަނދުން ހުސެއިންނަށް އެނގޭނީ ރައްޔިތުން އުޅޭ ހާލު؟ އެބޭފުޅާ އަކީ ބޮޑު މަހުޖަނެއް، ބޮޑު މަހުޖަނަކަށް ކިހިނެއްތޯ ނިކަމެތިން ރަމްޒުކޮށް ވާހަކަ ދެއްކޭނީ؟ ކިތައް އާއިލާތޯ ނުކައި މިރޭ ނިދާނީ؟ ކިތައް ބޭފުޅުންތޯ ކަރަންޓް/ފެން ބިލު ނުވަތަ ކުލި ނުދެއްކިގެން އުޅެނީ؟ ކިތައް ބޭފުޅުންތޯ ބަލިވެގެން ބޭސް ގަންނަން ފައިސާ ނެތީ؟ ނަމަވެސް... އަނދުން ހުސެއިން އަމިއްލަ ހަ ބުރި ގޭގައި ބިރިޔާނީ ބައްލަވާފައި ސިންގަޕޫރުން ޑޮކްޓަރަށް ދެއްކީމާ ނިމުނީ ނޫންތޯ...!" ކިއުންތެރިޔަކު ލިއުނެވެ. މި ކޮމެންޓަށް 100 އަށް ވުރެ ގިނަ މީހުން ތާއީދުކުރި އެވެ.
އެހެން ކިއުންތެރިޔަކު ބުނީ އެމްޑީޕީ މެމްބަރުންގެ ވާހަކަ ކުށްވެރި ނުކުރާހާ ހިނދަކު "އަހަރެމެން ގަބޫލުކުރާނީ ސަރުކާރުގެ ތާއީދާ އެކު އަނދުން ހުސެއިން ދައްކާ ވާހަކައެއް" ކަމަށެވެ.
"އަހަރެމެން ރަށު މީހުން ކައިރިއަށް ވޯޓު ހޯދަން އައީ ކީއްވެބާ؟" އޭނާ ސުވާލުކުރި އެވެ.
ހުސެއިންގެ ވާހަކަ އަކީ ގައުމިއްޔަތު ގެއްލިދާނެ ފަދަ ކަމެއް ކަމަށް ވެސް، ބައެއް މީހުން ސިފަކުރި އެވެ. އެގޮތުން އެކަކު ބުނީ "މިކަހަލަ މީހުން މަޖިލީހުގައި ތިބޭ ނަމަ ގައުމިއްޔަތު ގެއްލިދާނެ. ބައިބައިވުން އުފެދޭނެ،" ކަމަށެވެ. ހުސެއިންގެ ވާހަކައަށް ތާއީދުކުރި މީހުން ވެސް ތިއްބެވެ. އެކަމަކު ތާއީދުކުރި ކޮމެންޓްތަކަށް ޑިސްލައިކް ގިނަ އެވެ.
އެއް ކިޔުންތެރިޔަކު ހުސެންގެ ހިތްވަރަށް ސާބަސް ދިނެވެ.
"ތިހެން ބުނަން ކެރޭނީ ވަރަށް މަދު މީހަކަށް! ތީ މި މަޖްލިސްގައި މާލޭ މީހުންނަށް ދިމާވެފައިވާ އެންމެެ ބޮޑު ދަތިކަމަށް ހައްލު ހޯދަން ވަކާލާތު ކުރައްވާ ހަމައެކަނި މެންބަރު! އަޅުގަނޑުމެން މިތިބީ މަނިކުފާނާ އެކު. ބާރަށް ކުރިޔަށް ވަޑައިގަންނަވާ!" އެކަކަކު ހިޔާލު ފާޅުކުރި އެވެ. މާލޭ ރަށްވެހިންނަށް ހުޅުމާލެއިން ބިން ދިނުމާ ގުޅޭ ގޮތުން ބައެއް ކިއުންތެރިން ނެގީ، އެހެން ރަށްރަށުގައި ހިއްކާ ބިން ވެސް ހިލޭ ދޭ ގޮތުގެ މިސާލެވެ. އެގޮތުން އެކަކު ބުނީ "ރައްރަށުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކައިގެން ވިއްކަން ހުޅުވާލީމާ މާލޭގެ ގެދޮރު ނެތް މީހުންނަށް ވެސް ބިން ލިބެން ޖެހޭނެ" ކަމަށެވެ.
"އެރަށްރަށުން ބިން ހުސްވީމާ ރަށު މީހުންނަށް ބިންދޭ އުސޫލުން ހުޅުމާލެއަކީ މާލޭގެ ތޮއްޖެހުން ކުޑަކުރަން މާލޭ މީހުންނަށް ހިއްކައިދިން ބިމެއް!"
ބައެއް މީހުން އަނދުން ހުސެއިންގެ ވަނަން ބޭނުންކޮށްގެން މަޖާ ކޮމެންޓް ވެސް ފޮނުވި އެވެ. އެގޮތުން އެކަކު ބުނީ "އަހަރެން ދެން އަނދުން ނާޅާނެ" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސާ
13 February 2020
ވަރަށްފޫހިވޭ މިއަނދުން ހުސެންދެކެ. މިދެންކާކުތަ؟ ހިތުން މީނާ މީ ތަންދޮރު ދަންނަމީހާ. އަހުރެމެންޏާ ފާޑުފާޑަށް ދިމާކުރާނެ ކަމެއްނެތް.
ހާމަ333
13 February 2020
ފަލަސްތީނުގެ ރައީސް
ރައްޔިތު މީހާގެބަސް
13 February 2020
ކޮންމެވެސް ބޭފުޅުން ކޮޅެއްވެގެން ރާއްޖޭގެ ދެސަރަހައްދެއް މިނިވަން ކުރަން މަސައްކަތް ފައްޓަވައިދެއްވާ އަޅުގަޑުމެން މިތިބީ އެކީގައި މަސައްކަތްކުރަން އިތުރުމާލެ އެއް އުފަންކުރަން ތައްޔާރައް..ސިފައިންވެސް އެހީތެރި ވެދެއްވާ މިކަމަށް...ޗައިކާއާއި އެމެރިކާގެ އެހީގައި އިންޓަނޭސަނަލް ބަދަރާއި އެއަރޕޯޓެއްހެދިދާނެ އަދި 25 ބުރީގެ ހައުސިން ތަކެއް ހެދިދާނެ..
ބެއްޔާ8
13 February 2020
ވަރަށް ޖަޒްބާތީ ވާނެ މިކުދިން. މާ ގިނައިން ހިންދީ ފިލްމު ބަލާތީ ކަމަށް ވެސް ވެދާނެ.
ނަން
12 February 2020
ތިޔަ ކިޔާ ހުޅުމާލޭންވެސް ވިއްކީ .... މާލޭގެ ވަކިބަޔަކަށް ހިލޭދިނީ، އެޔާ އިދިކޮޅަށް ހަނިމާދޫންނާއި ލ.ގަމުން މާލޭގެ ރަށްވެހިންނަށް ހުރީ 5000 އަކަފޫޓުގެ ގޯތިހިލޭދީފައި، އަދިވެސް ގިނަތަންތަން ހުރީ ވަށާފާރުވެސް ނުރާނާ ހަގީގަތަކީމިއީ ދިވެހިރައްޔިތެއްވެއްޖެއްޔާ ހަމަހަމަ ވާންޖެހޭނެ .... އެކަން އަދިވެސް އެގޮތަށް ނުދާތީ ހިތާމަކުރަން ...ރައްޔިތުން ތަމްސީލުކުރުމަށް ތިބޭ އިސް ފަރާތްކުން ވެސް މިކަން ކަމަށް ވިސްނާފައި ވާހަކަދެއްކުން ބުއްދިވެރި......
ސަބްބީސް
12 February 2020
އަދުން ހސެންއަށް ގޮވާލަން މާލޭގަ މާލެ ރައިޔިތުން ކިހާވަރަކައްތޯ ދިރިއުޅެނީ އަދި ރާއްޖެތެރޭ ކިތައް ރައިޔިތުންތޯ ދިރިއުޅެނީ ބަލން އަދި ބޮޑުއަގަށް ގެދޮރު ކުއްޔައް ދީފަ ގޮސް ރާއްޖެން ބޭރުގަ ދިރިއުޅެނީ ކިތައް މާލެ މީހުންތޯބަލަން! މިހާކު ރައިޔުތުން ގުބޯނުހެއްދޭނެ.
ރަތަށް
12 February 2020
ވަރަށް ރަނގަޅު ވާހަކައެއް... އަތޮޅު ތެރެއިން މީހުން އައިސް މާލޭގައި އުޅެން ފެށީ މާލެ މީހުންނާއި އެއްފަދައިން ލިބެން ޖެހޭ އަސާސީ ހައްގުތައް އެމީހުންގެ ރަށުގައި ނުލިބޭތީ ކޮންމެހެން މާލެ ރީތިވެގެން މާލެ ހިތްފަސޭހަވެގެން މާލޭ މީހުންގެ ބިންތައް ފޭރިގަތުމަކަށް ނޫން އަދި އެއްވެސް މާލެ މީހެއްގެ ހައްގަކަށް ވެސް އަރައިގަތުމެއް ނޫން ރާއްޖެތެރޭ މީހުން މާލޭގައި އުޅުމަަކީ. ކޮންމެ ދިވެއްސަކަށް ވެސް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ވަޒަންވެރިވުމުގެ ހައްގު ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ.
އަބުލްކަލާމް
12 February 2020
ރާއްޖެތެރޭގެ އިޒްރޭލުމީހުން މާލެ އައިސް ފައިސާ ނުދިންނަމަ އަނދުން ހުސައިން އޮންނަންވާނީ މަގުމަތީގައި ، ގެ އުޑާ ހަމަޔަށް ނެގުނީ ރާއްޖެތެރޭ އިޒްރޭލުމީހާ މާލޭގައި ދުއްވާ ކާރު ހަދައިދީގެން ނޫންބާ ؟އަނދުން ހުސައިން މާލޭ މީހާ އައްޑޫ އިޒްރޭލު ކުއްޖަކާ އިނީ އެކުއްޖާގެ ބައްޕަގެ ތަނަވަސްކަމަކަށް ނުންބާ ؟
ފިލްޒާ
12 February 2020
އަދުން ހުސޭނަށް ވޯޓުދިން މީހުންގެ ތެރޭގައި، ރަށްވެހިކަން ބަދަލުކުރި "ރާއްޖެތެރޭ" މީހުން ތިބިކަން ދަންނާތި..
އަލީސާ
12 February 2020
މާލެ އުފަންވި މީހުންނަށް ޖެހުނު ރެފިއުޖީ ކަމަކީ އޮތޮޅު ތެރެއިން އައިސް މިތަނުގައި އެމީހުން ރެފިއުޖީއަށް ވުމެއްނޫން. ހުރިހާ ކަމެއް މިތަނަށް ބައްކުރާތީ.
މުޙުއްމާ
12 February 2020
އަދުން ޙުސޭނު ގާތުން އަހާލަން ބޭނުންވާ ސުވާލުތަކެއް އެބަހުރި. ރައީސް ، ނައިބު ރައީސް، ފައިނޭންސް މިނިސްޓަރ، ހެލްތް މިނިސްޓަރ، ޓެކްނޮލަޖީ މިނިސްޓަރ، ޕްލޭނިންގ މިނިސްޓަރ، ޓްރާންސްޕޯރޓް މިނިސްޓަރ، ޖެނޑަރ މިނިސްޓަރ މި ބޭބޭފުޅުންނަކީ އުފަން މާލޭ ބޭފުޅުންތ؟. އަދުން ކައިވެނި ބައްލަވައިގެން އުޅުއްވަނީ މާލޭ ބޭފުޅަކާއިތޯ؟ އައްޑޫސިޓީގެ ހިތަދޫގަ އަދުންގެ ދެ ގޯތި ނެއްތޯ؟ މާލޭގެ ރައްޔިތުންނަ ދިމާވެގެން އުޅޭ ހުރިހާ މައްސަލައަކީ މާލެއަށް ހުރިހާ ލާރިއް އޮއްސުން.
ގުޑުގުޑާ
12 February 2020
ގުދުގުދާއަށް، ނުވާނެ، މަގޭ ޓެކްސްފައިސާއިން އެތަން ހިއްކީ. އެތާ ހުރިހާ ވަސީލަތެއް ގާއިމު ކުރީ...ދެން މާލޭ މީހާއަށް އެކަނި ދިނުމަކީ އިންސާފެއްނޫން. އެހެންނޫނަސް މަ ވެސް ރެޖިސްޓްރީ ނެތް ރަށަކުން ގޯތި ބޭނުމިއްޔާ މަށަށްވެސް ހަމަ ލިބެނީ ތި ޖަވާބު. ތީ ކަލޭ މާލޭ މީހަކަށް ވެގެން ދޭ ޖަވާބެއްނޫން. ކަލޭ ދޭބަލަ ބިން ގަންނަން ކޮންމެ ރަށަކުންވެސް ވިއްކާނެ.