ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
10 ފެބުރުއަރީ 2020 - 12:22
މާލެއަށް ގާތްގަނޑަކަށް ދިމާވެފައި މިވަނީ ފަލަސްތީނަށް ޖެހިފައިވާ ހާލު ކަމަށް، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހުސެއިން ވިދާޅުވީ ކޯސްޓް ބޮޑު ދަޅެއްގައި ނިދާފައި، ކޯސްޓް ކުޑަ ދަޅެއްގައި ފެން ވަރައިގެން އުޅެން ޖެހޭ ވަރަށް ވުރެ މާލޭ ރައްޔިތުންނަކީ މާ ޝަރަފުވެރި ބައެއް ކަމަށެވެ. އެ ރައްޔިތުންނަށް، ފްލެޓާއި ބިންކޮޅެއް ނުލިބޭތާ އެތައް އަހަރެއް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ މުޅި މާލެ ހިއްކައި، ކޮންމެ ސަރުކާރަކުން ވެސް ހައްގުވެރިންނަށޭ ކިޔާފައި އެ ބިންކޮޅު ހިތުހުރި ގޮތަކަށް، އެމީހަކަށް ފައިދާހުރި ގޮތަކަށް ދުއްވާލަނީ ކަމަށެވެ. އެކަމަކކު މާލެ އަކީ މާލެ މީހުންގެ ރަށެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަނޑު ތޮއްޓާ ހަމައަށް ހިއްކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސް މިތަންތަނުގައި ވަޒަންވެރިކުރުވީ. މާލޭ މީހުން ތިބި ގޮތަށް ތިބީ. ހަމަ ގާތްގަނޑަކަށް މިތަނަށް ދިމާވެފައި މި އޮތީ ފަލަސްތީނަށް ދިމާވެފައިވާ ކަމެއް،" ހުސެއިން ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ހަމަވާއިރު، މާލޭގެ ރައްޔިތުން، "ބިންވެރިކަމުން އުފަލުން ފޮޅޭވަރު ކޮށްލާނެ" ކަމުގެ ޔަގީންކަން، އެމްޑީޕީގެ ޕާލިމަންޓް ގްރޫޕު (ޕީޖީ) ގެ ޑެޕިއުޓީ ލީޑަރުކަން ކުރައްވާ މެމްބަރު ދެއްވި އެވެ.
Israel ge nubainulafaa meehunnaa eh hamayakun miraajjeyge “Raajjetherey Meehun” minekiraatheeve ekama ladhuvethive, kanboduve dheravey. Alhuganduves gaboolukuran maleyga dhiriulhey rayyithunnahves boahiyaavahikan kashavaruvaanjeheyne kamah. Ekamaku thafaathukurun naththaalanjehey pic.twitter.com/KQGznpKtzD
— Yaugoob Abdulla (@Yaugoob181) February 9, 2020
އެކަމަކު ހުސެއިންގެ އެ ވާހަކައާ މެދު، އެމްޑީޕީގެ އެހެން މެމްބަރެއް ކަމަށްވާ ދާންދޫ ދާއިރާގެ ޔައުގޫބު އަބްދުﷲ ވަނީ ރައްދުދެއްވައިފަ އެވެ.
ޔައުގޫބު ކުރެއްވި ޓްވީޓެއްގައި، ހުސެއިންގެ ވާހަކަ ސިފަކުރެއްވީ ރަށްރަށުގެ މީހުން، އިޒުރޭލްގެ ޔަހޫދީންނާ އެއްވަރުކުރި ކަމެއްގެ ގޮތުގަ އެވެ.
"އިޒުރޭލްގެ ނުބައިނުލަފާ މީހުންނާ އެއް ހަމަޔަކުން މިރާއްޖޭގެ 'ރާއްޖެތެރޭ މީހުން' މިނެކިރާތީ އެކަމާ ލަދުވެތިވެ، ކަންބޮޑުވެ، ދެރަވޭ،" ޔައުގޫބު ލިއުއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެކަމަކު ތަފާތުކުރުން ނައްތާލަން ޖެހޭ،" ޔައުގޫބު ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ މާލެއަށް އުފަން، މާލޭ ރައްޔިތުންނަށް މާލެ ސަރަހައްދުން ބިމާއި ފްލެޓް، މާލަހެއް ނުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާނެ ކަމަށެވެ.
"މި އަހަރުގެ ތެރޭގައި ގުޅީފަޅާ ދިމާލުން ހިއްކަން ޖެހޭ ބިމާއި ބްރިޖުގެ މަސައްކަތް ފެށޭނެ ކަމަށް ޔަގީން،" އޭނާ ވިދާޅުވި އެވެ.
އެ ބްރިޖުގެ މަސައްކަތް ނިމުމާ އެކު އެ ސަރަހައްދުން، މާލޭގެ ރައްޔިތުންނަށް ބިން ދިނުމުގެ މަޝްރޫއު މި ސަރުކާރުން ހިންގާނެކަމާ މެދު ޝައްކެއް ނެތް ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރީގެ ސަރުކާރުން "ވެށިފަހި މާލެ" ނަމުގައި ޕްރޮގްރާމެއް ފަށައި، މާލެއިން ކުދިކުދި ބިންކޮޅު ދޫކުރި 200 އަށް ވުރެ ގިނަ މީހުންނަށް ހުޅުމާލެއިން 1،200 އަކަފޫޓުގެ ބިމެއް ދިނެވެ. އެކަމަކު 2012 ގައި އެމްޑީޕީގެ ވެރިކަން ބަދަލުވިއިރު 160 އެއްހާ މީހުންނަށް ބިން ނުދީ އޮތެވެ. އެމީހުންނަށް ވެސް ހުޅުމާލެއިން ބިން ދޭން ޖެހޭ ކަމަށް، އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަތީބް
11 February 2020
މި ޝަރަފުވެރި މީހާގެ ގޭތެރޭގަވެސް އެބުނާ އިޒްރޭލްމީހުން އުޅޭތީ އެކަމާ އުދަގޫވެގެން އެެއުޅެނީ! ެ
ގުދުގުދާ
11 February 2020
ބަރާބަރު ވާހަކައެއް! މާލޭ މީހަކަށް ރާއްޖެތެރެއިން ގޯތި ނުލިބޭ! ސިޓީލާއިރަށް ބުނަނީ ތިޔައީ މިރަށުގެ މީހެއްނޫނޭ! ނުލިބޭނެޔޭ؟!!. އަހަރުމެން ބޮޑުވެގެން އައިއިރު މާލެ ވަނީކިއްކަންފަށާފައި! އެކަމަކު ގޯތިދިނީ ރަށުގެ އަސްލު ރަށްވެހިންނަކަށްނޫން! ފުރާއުމުރުއައިސް މީހަކާ އިދެފައި ބަލާލިއިރު މުޅިމާލެ އޮތީ ފުރިފައި! ހިއްކިތަންވެސްފުރިފައި! މިހާރު އުޅެންޖެހެނީ ބައްޕަގެގޯތި 7 ބަޔަށްބަހައިގެން ލިބުނު150 އަކަފޫޓްތެރޭގައި.
އަސްލުހާލަތު
11 February 2020
މާލޭ މީހުން ކިތަށް ރަށުންތަ ބޮޑެތި ގޯތި ނަގާފަ އެހުރީ ހިލޭ ސާބަހަށް.. ހަނިމާދޫ ލ.ގަން، ތުލުސްދޫ ދިއްފުށި ހިންމަފުށި ބަލާލަބަލަ އަރާފަ.. މާލެއިން ބިންކޮޅެއް ދިންތޯ މާލެ ނޫން މީހަކަށް؟؟ ދެން ހުޅުމާލެ އެއީ މާލެއެއް ނޫން މާލޭ ފަޅުގެ ބައެއް ވެސް ނޫން. ކަލޭމެން މާލެއިން ބިމާ ފުލެޓާ ހޯދާ. ކ އަތޮލުގަ ހުރިއްޔާ ހުރި ރަށަކާ ފަޅެއްގެ ފަހަތަށް 'މާލެ' މިނަން ލައިންގެން ބިން ފޭރެން ނޫޅޭ. ރާއްޖޭގެ އެއްވެސް ރަށެއްގެ ބިންފުރުނީމަ ޖެހިގެން އޮންނަ ރަށާ ފަޅެއް ނުދޭ
އަސްލު އިޒުރޭލު މީހާ
11 February 2020
ތަންދޮރު ބަލާފަ ވާހަކަ ދެއްކުން ރަނގަޅުވާނެ
ސީދި
11 February 2020
ހުސެއިން އެއް އެއްގޮތަކަށްވެސް ދިވެހި ލޮބުވެތިރައްޔިތުންނާ ދިމާލަށް އިޒްރޭލް މީހުންނެކޭ ވިދާޅެއްނުވެ ފަލަސްތީނު މީހުނަށް ވީގޮތް މާލެމީހުނަށް ވެފައޭމިއޮތީ މާނަ އަކީ ފަލަސްތީނުން މީހުންވެސް ބިކަވާން ޖެހުނީ ފައިސާގެބޭނުމުގަ އެމީހުންގެ ދަނޑުބިންތަކާއި ގޯތިތައް ވިކާލީމަ ހާލުގަޖެހުނީ އަސްލުގަ މާލެމީހުންނަށްވެސް ހަމަމިތަޖުރިބާ ކުރަން މިޖެހެނީ،
އެމްސް
11 February 2020
މަޖިލީހުގަވެސް ގިނައި އިޒްރޭލު މީހުންކަމެއް ފަލަސްޠީނުމީހާއަކަށްވެސް ރޭކައެއްނުލި!
ގަމާރު އަދުނު
11 February 2020
މި ގަމާރު މިބުނަނީ ރައްޖޭގަ ރައްތަކުން މާލެ އައިސް މިއުޅެނީ އިޒްރޭލު މީހުންނޭތަ.
ކެނެޑީ
11 February 2020
އަދިކިރިޔާ މަށަށް އެނގުނީ މަމީ އިޒުރޭލު މީހެއްކަން
އަސްލު އިޒުލޭލު މީހާ
11 February 2020
ނަމަނަމަ، ތިޕާޓީއަށް ވޯޓު ހޯދަން އަހަރެމެން އިޒުރޭލު މީހުން ގާތަށް ނާންނާތި. އަހަރެމެން އިޒުރޭލު މީހުންގެ އަސްލު ސިފަ ފެންނަ ހިސާބަށް މިހާރު ތިއާދެވުނީ
އިޒްރޭލް
11 February 2020
ތިބުނާ ޕާޓީގައިވެސް ގިނައީ އިޒްރޭލް މީހުން...
ނަން
11 February 2020
މީ ރާއްޖެތެރޭ މީހެއް. ހަމަ ހަދާނެ އެއްޗެއް ހަދާނީ!
ފޮނިޓައްޕު ހަސަނު
11 February 2020
އަނދުން ހުސެން ކަހަލަ ހަތަރު ކަށިމަތި މާލޭ މީހަކަށް ކަމު ދިޔަ އައްޑު ބައްޑާއަކާއި ކައިވެނި ކުރަން އައްޑުއަތޮޅު ހިތަދޫންއިން 10 އަކަފޫޓްގެ މިމެއް ނަގައި ގަނޑުވެއް އަޅަން.
އަސްލު އިޒުރޭލު މީހާ
11 February 2020
އިހުގެ މާލެ، މިހާރު މިފެންނަ މާލެއަށް ހެދީ ތިޔަ ސިފަކުރާ އިޒުރޭލު މީހުން(ރާއްޖެތެރޭ) ފަލަސްޠީނަށް(މާލެ) އައިމަ ތިޔަ ސިފަކުރާ ފަލަސްޠީނު މީހުން، އިޒުރޭލު މީހުންނަށް ތިމާމެންގެ އަމިއްލަ ގެދޮރު ކުއްޔަށް ދީގެން އުޅެގެންކަން ހަނދާން ނެތުނީތަ؟ ގެދޮރު ބުރިބުރިޔަށް ހަދައިގެން އިޒުރޭލު މީހުންނަށް ބޮޑުއަގުގަ ކުއްޔަށްދޭއިރު ނޭނގެނީތަ؟ ގޭކުދިން އިޒުރޭލު މީހުންނާ ކައިވެނި ކުރުވައިގެން ގެޔަށް ގެންނައިރު ނޭނގެނީތަ؟ ރީތިކޮށް ބުނެބަލަ މިތަނުން ފައިބައިގެން ދާށޭ.