ހައުސިން މިނިސްޓްރީ އަދި ނޭޝަނަލް ޕްލޭނިން މިނިސްޓްރީ ހިންގާ އިމާރާތް: ސަރުކާރު އޮފީސްތަކުގެ ހިދުމަތް ރަނގަޅުކުރަން ވަނީ ފަށާފައި --ފޮޓޯ:ނިޝާން އަލީ/މިހާރު
13 ފެބުރުއަރީ 2020 - 14:10
މާލޭގައި ހިންގާ ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން އާއްމުންނަށް ސީދާ ހިދުމަތްދޭ 54 ކައުންޓަރުތަކާ ގުޅޭ ސްޕޮޓް އޮޑިޓެއް ހަދައި، ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ، އެ 54 ކައުންޓަރުތަކުން ހިދުމަތް ދޭ ގޮތާ ގުޅޭ ސްޕޮޓް އޮޑިޓެއް ހަދާފައިވާ ކަމަށެވެ. އެ އޮޑިޓުން ކައުންޓަރުތަކުން ހިދުމަތް ދިނުމުގައި ހުރި ދަތިތަކާއި ހިދުމަތް ހޯދާ ފަރާތްތަކުން ހިތްހަމަޖެހޭ ގޮތަށް ހިދުމަތް ނުދޭ މައިގަނޑު ސަބަބުތައް ދެނެގަނެ، އެ ތަންތަނުގެ ކައުންޓަރުތަކުން ހިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް ބަލާފައި ވެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، އާއްމުންނަށް ހިދުމަތްދޭ އޮފީސްތަކުގެ ކައުންޓަ ސާވިސް ޒަމާނީ އުސޫލުތަކާ އެއްގޮތަށް ރަނގަޅު ކުރަން ވަރަށް ގިނަ ކަންކަން ފާހަގަކުރެވެ އެވެ. އޮޑިޓުން ފާހަގަވި ކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ތަފްސީލް، ކެބިނެޓާ ހިއްސާކޮށް، ވަޒީރުންގެ ހިޔާލު ހޯދާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
"ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، މި ކަމާބެހޭ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ކުރައްވަންޖެހޭ ކަންކަން މިހާރު ގެންދަވަނީ ކުރައްވަމުން،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ސަރުކާރުގެ އޮފީސްތަކުން ދޭ ހިދުމަތްތައް ލަސްވުމާއި ހިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ޝަކުވާ ކުރަމުންދާތާ އެތައް އަހަރުތަކެއްވެއްޖެ އެވެ. އެ ކަންކަމަށް އަދި ވެސް އެކަށީގެންވާ ހައްލެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރާންސްޕޯޓް
16 February 2020
ޓްރާންސްޕޯޓް އޮތޯރިޓީގެ ކައުންޓަރަށް ރައީސް އޮފީހުން ގޮސް ޗެކްކޮށްބަލަ. މީހަކު ބޯހަލާކުވާނެ. ހިދުމަތް ދިނުން އެހާލަސް. ކައުންޓަރުތަކުގައި މީހުން ހަމައަށް ނުތިބޭނެ. ރީތިބަހަކުން ވާހަކައެއް ނުދައްކާނެ. ބާރަ ޖަހާއިރަށް އެ ދިޔައީ އެންމެން ބްރޭކަށް. މިއީ ރާއްޖޭގެ ތަރައްގީ ނުވި ތަނެއް.
ކުމާރު
14 February 2020
ސަރުކާރު ގިނަތަންތަނުގެ ހިދުމަތް ކަޑަ, ޓުރާންޕޯޓް, ހައުސިން މިނިސްޓްރީ, ޕްލޭނިން މިނިސްޓުރީ, ފައްޔާޒް މިނިސްޓުރީ. ވަކިން ހާއްސަ ކޮށް އެޗުޑީސީ.
ARIF
14 February 2020
މިހާރު އެންމެ ފެންވަރު ދައްކަމަށް ފެންނަ އެއްތަނަކީ އިކޮނޮމިކް މިނިސްޓްރީ، އެތާގެ ދަށުން ހިންގާ ޑިޕާރޓްމަންޓު ތަކުން ރައްޔިތުންނަކީ އެއްވެސް ބަޔަކަށް ނަހަދާ، ހިތުހުރިހާ ގޮތަކަށް އެބުނަނީ މީމިހާރު އޮތްގޮތޭ، މިސަރުކާރު އައީ އޯގާތެރި ސަރުކާރެކޭ ކިޔާ ދަޅަދައްކައިގެން. މިތަނުން އިޒްރޭލް މީހުން ފަލަސްތީނުމީހުނާ ދޭތެރޭ ކަން ކުރާ ގޮތައް ކަންތައް ކުރަނީ. ދެން ނެއް ދާނެ އެއްވެސްތަނެއް،
މުހައްމަދު ބ
14 February 2020
އެއްވެސް ތަނަކުން ފޯނަކަށް ޖަވާބެއް ނުދޭ، ޚިދުމަތް މީގެ 15 އަހަރާ އަޅާ ބަލާއިރު ވަރަށް ކަމަކުނުދޭ، ރައްޔިތެއްގެ އިޙްސާސް އެނގޭ އެެއްވެސް މުއައްސަސާއެއްނެތް. ސީދާ ރައްޔިތުންނާ ވާހަކަ ދައްކައިގެން ނޫނީ ތިއޮޑިޓެް ފުރިހަމަ ވަނީ ކިހިނަކުންތޯ، ތިކަން ތިގޮތައް ކުރަމުން އައިމީހުންގެ ފަރާތުން ތިމަޝްވަރާ ތިހޯދަނީ، މިނިސްޓަރުން ވިޔަސް އެއީ ޚާދިމުން ރައްޔިތުންގެ ސާރވެންޓުން، އެމީހުންނަށް އެ އިހްސާސް ނުވަންޏާ ކަންހައްލެއް ނުވާނެ.
ބޮޑު މީހާ
14 February 2020
ސިވިލް ސާވިސް ގެ ޕާފޯ މެންސް އޯޑިޓެއް ހަދަން އެބަޖެހޭ. އަ މިއްލަ ކުންފުންޏެއްގެ 3 މީހުން އަދާކުރާ ވަޒީފާ އަދާކުރަން ސިވިލް ސާވިސްގެ 15. މީހުން ބޭނުންވޭ. ހިދު މަތް އެހާ ލަސް. ޓެކޮނޮލޮޖީ ޒަ މާނުގަ ކިޔުގަ ޖެހިގެން.
މާކޯ
14 February 2020
ޕޮރޮސީޖާ ދެމެހެއްޓުމަކީ ނޭނގޭކިޔައި ރެކިގަތުންތަ. ސިޓީއަކަށް ޖަވާބެއް ދެވޭކަމަށްނުވުން. ފޯނު ނުނެގުން. މީ ޕޮރިސީޖާއޯ. އަޅެފަހެ މީހަކު ހައިރާންނުވާނެތަ.
ކެކެ
14 February 2020
ކޮންމެ ތނެއްގަވެސް ޕްރޮސިޖަރ ފޮލޯ ކުރަންޖެހޭ.. ކުނިކަހާ މީހާ ރިސެޕްސަންއިން ތަކެއްޗެއް ދުލެއްމުކުރާނެ.. ކެކެ
މާލި
14 February 2020
ފޯނެއް ނުނަގާނެ.ސިޓީއަކަށް ޖަވާބެއް ނުދޭނެ. އިމެލްއެއް ބަލައެއް ނުލާނެ. ސައިބޮއިބޮއިފަ ގެއަށް. ދެން އޮނާނީ ވިހެއުމުގެ ޗުއްޓީ. ހުރިހކަމަކަށް އޮންނާނީ އެއްޖަވާބު. އަޅުގަނޑަކަށް ނޭނގޭ. ހުރިހާކަމަކުން ސަލާމަތަވީ. ޕްލޭނިން މިނިސްޓްރީ އަރައި އޮތްތަނެއް.
ދަންނަ ނުދަންނަ
14 February 2020
މައްސަލަ އޮތްތާ ބާއްވާފައި ކަންކަން ހައްލެއް ނުވާނެ. ފުރަތަމަ ކިޔަވައިދިނުން އިސްލާހުކުރަންވީ. މިހާރު މިދޭ ސެޓުފިކެޓުތަކަކީ ހުސް ކަރުދާސްކޮޅުތަކެއް. އެކަރުދާސްކޮޅު ހިފައިގެން އަންނަ މީހާއަށް ކަމެއް ކުރާކަށް ނޭނގޭ. ރިސެޕްޝަނުން ފެށިގެން ވެރިމީހާއާ ހަމައަށްވެސް އޮތީ މިހެން. ހިފައިގެން އަންނަ ކަރުދާސްކޮޅު ލިބެނީ ފިސާރި ވަރުގަދަ އިމްތިޙާނެއް ހަދައިގެން ފާސްވެގެން ތަންދޮރު އެނގިގެން ކަމަށް ވާނަމަ ތިހެން ނުވާނެ.
ކައްޕި
14 February 2020
ރަނގަޅު ވާހަކައެއް، މި އަންނަ ސިޔާއިސީ މީހުންވެސް ރަނގަޅު ސެޓްފިކެޓް ހިފައިގެން އަންނަ ނަމަ ދޯ؟
ރީއާނު
14 February 2020
މިހާރު އެންމެ ޚިދުމަތްލަސް ވުޒާރާއަކީ އިކޮނޮމިކު މިނިސްޓްރީ، ޑިޕޮސިޓް ރިފަންޑަށް ލައިގެން އުޅޭތާ 5 މަސްދުވަސް އަބަދުވެސް ކިޔާނެ މިވީކު ފިނޭންސަން ފޮނުވާނަމޭ، އެދުވަސް ދުވަހަކުނާދޭ ކޯޓާއަކަށް ލައިގެން އުޅޭތާ 2 މަސްދުވަސް ކިހިނެއް މިވަރުން ވިޔަފާރި ކުރާނީ މިތަނުގެ ވެރިންމިކަންއެގޭބާއޭ!