އެމްއޭސީއެލް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލްގައި ހުންނަވައިގެން، އެ ކުންފުނީގެ އެކްޓިން އެމްޑީ މޫސާ ސޯލިހް މީޑިއާއާ ވާހަކަ ދައްކަވަނީ: އާ ސީޕްލޭން ޓާމިނަލްގެ މައްސަލަގަނޑުގައި އޭނާ ވެސް ހުންނަވަނީ ހިމޭނުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
14 ފެބުރުއަރީ 2020 - 09:14
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ދޫކުރުމުގައި، އޭސީސީ އަށް ތުހުމަތު ކުރެވޭ ޖިނާއީ ކަންކަން ތަހުގީގު ކުރުމުގައި އެ ކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލާ މިނިވަން މުއައްސަސާ، އޭސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެމްއޭސީއެލް އިން ހަދާ އާ ސީ ޕްލޭން ޓާމިނަލުގެ ލައުންޖުން ޖާގަ ކުއްޔަށް ދޫކުރަން އޮޕަރޭޓަރުންނާ އެކު، އެ ކުންފުނިން މަޝްވަރާ ކުރަމުން އަންނަނީ މިހާރު ޖާގަ ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްގައި ކަމަށެވެ. އެގޮތުން، އަކަ މީޓަރަކަށް މަހަކު 10.35 ޑޮލަރުގެ ރޭޓުން ދީފި ނަމަ އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުމެއް ދައުލަތަށް ވާނެ ކަމަށް އޭސީސީން ބުންޏެވެ. އަދި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަަމަށް އެ ކޮމިޝަންގެ ބަޔާނުގައި ވެ އެވެ.
Aa Seaplane Terminal dheyn ulhunee dhaulathah gellun vaa gothah, Jinaaee thahugeeg eh fashaifin: ACC
The most trusted news source in the Maldives
Mihaaru
އާ ސީޕްލޭން ޓާމިނަލް ދޭން އުޅެނީ ދައުލަތަށް ގެއްލުންވާ ގޮތަށް: އޭސީސީ
އޭސީސީގެ ބަޔާނާ އެކު، އެމްއޭސީއެލް އިން ރޭ ކުރި ޓުވީޓެއްގައި ބުނީ، އާ ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން ކޮންމެ އިދާރާއަކުން ވިޔަސް ކުރާ ކޮންމެ ތަހުގީގަކަށް އެ ކުންފުނީގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި މިހާތަނަށް ވެސް އެމްއޭސީއެލްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ކަމާ ގުޅޭ އިދާރާތަކަށް ދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެކަމަކު، އެމްއޭސީއެލް އެދުމަކ މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އަޅާފައިވާ އާ ރަންވޭ ބޭނުން ކުރަން ފެށުމަށްޓަކައި ވެސް، އާ ސީޕްލޭންއާ ގުޅޭ ގޮތުން މިހާރު އުފެދިފައިވާ ބޮޑު މައްސަލަގަނޑުގައި ގޮތެއް ނިންމުން އަވަސް ކޮށްދިނުމެވެ. އެއީ، އެއާޕޯޓުގައި ތޮއްޖެހުން ހައްލުކޮށް، އެއާލައިންތަކުން ކުރާ ހޭދަ ކުޑަކުރެވެން އޮތީ އާ ރަންވޭ ބޭނުން ކުރަން ފެށުމުން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް އެންމެ ފައިދާވާނެ ގޮތަކަށް،" އެމްއޭސީއެލްގެ ޓުވީޓުގައި ވެ އެވެ.
We welcome any investigation by any institution on the new seaplane issue.We have always shown our full support to all authorities.We urge a speedy conclusion as VIA needs to open the new runway to save airline cost & pax inconvenience.We always work for the benefit of our nation https://t.co/FePGbzZpUe
— MACL (@MACLmedia) February 13, 2020
އެމްއޭސީއެލްގެ ޓުވީޓް
އެމްއޭސީއެލް އިން ބޮޑު ހޭދައެއް ކޮށްގެން، ހަދާ އާ ސީޕްލޭން ޓާމިނަލް ދޫކުރުމާ ގުޅޭ ގޮތުން ތުހުމަތު ކުރެވޭ ކަންކަމާ މެދު ގޮތެއް ނިންމުން އަވަސް ކުރުމަށް އެ ކުންފުނިން އެދުނަސް އޭސީސީގެ ބަޔާނުގައިވާ ކަންކަމާއި މި މައްސަލައާ ގުޅިގެން މީޑިއާގައި ދެއްކެވޭ ވާހަކަތަކަށް އަދިވެސް އެމްއޭސީއެލް އިން ޖަވާބެއް ނުދެ އެވެ.
ޚާއްސަކޮށް، އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ ބޭނުންވާ މިންވަރުގެ ޖާގައެއް ހޯދަން މިހާ ބޮޑަށް މަސައްކަތް ކުރަނީ ޑިސެމްބަރު 10، 2017 ގައި އެމްއޭސީއެލުން ފޮނުވި ސިޓީއަކަށް ބަލައިގެން ކަމަށް ޓީއެމްއޭ އިން ބުނާއިރު، އެމްއޭސީއެލުން އަދިވެސް އޭގެ ސައްހަ ކަމާ މެދު ވަކި އެއްޗެއް ނުބުނެ އެވެ.
ޓީއެމްއޭ ބޭނުންވާ ވަރުގެ ޖާގަ، އާ ސީޕްލޭން ޓާމިނަލުން ދޭނެކަމުގެ ޔަގީންކަން އެ ސިޓީގައި އެމްއޭސީއެލް އިން ދީފައިވާ ކަމަށް ޓީއެމްއޭ އިން ބުނެ އެވެ. އެހެންވެ، ޓީއެމްއޭ އިން މިހާރު ބަލަނީ އެއީ އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު ވި "އެއްބަސްވުމެއް" ކަމަށެވެ. ބައެއް ހާލަތަތްތަކުގައި "ކޮމިޓްމެންޓެއް" ގެ ގޮތުގަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން، ޓީއެމްއޭގެ އިސް ވެރިން މި ހަފުތާގައި ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ބޭނުންވާ ޖާގަ ދޭނެކަމުގެ ޔަގީންކަން، ޑިސެމްބަރު 10، 2017 ގައި، އެމްއޭސީއެލުން ފޮނުވި ސިޓީއެއްގައި ދީފައިވާ ކަމަށެވެ. ޓީއެމްއޭ އިން މިހާރު ބަލަނީ އެއީ އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ވެވުނު "އެއްބަސްވުމެއް"ގެ ގޮތުގަ އެވެ. ނުވަތަ "ކޮމިޓްމެންޓެއް"ގެ ގޮތުގަ އެވެ.
MACL in fonuvaigen mi ulhenee kon sitee eh?
The most trusted news source in the Maldives
Mihaaru
އެމްއޭސީއެލް އިން ފޮނުވައިގެން މިއުޅެނީ ކޮން ސިޓީއެއް؟
ސިޓީގައި ބުނެފައިވަނީ، ޓީއެމްއޭއިން އާންމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި، އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ޖާގަ، އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުން، 15 އަހަރަށް ކުއްޔަށް ދޭން އެމްއޭސީއެލްގެ ބޯޑުން ނިންމި ކަމަށެވެ. އޭގެ އިތުރުން ކޮންމެ ފަސިންޖަރަކަށް ފަސް ޑޮލަރުުގެ ޗާޖެއް ވެސް، އެމްއޭސީއެލްއަށް ދޭން ޖެހޭ ކަމަށް، ޓީއެމްއޭ އިން ބުނެ އެވެ. އެކަމަކު އެފަދަ އެއްވެސް ނިންމުމެއް އެމްއޭސީއެލްގެ ބޯޑުން ނިންމާފައި ނުވާ ކަމަށް، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު، މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރާއި ޓީއެމްއާ ދެމެދު ބޮޑު ހިޔާލު ތަފާތުވުމަކަށް އެންމެ ފަހުން މި ދިޔައީ، ޓީއެމްއޭ އިން އެ ބުނާ "އެއްބަސްވުމާ" ޚިލާފަށް އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް 5،000 އަކަމީޓަރުގެ ބޮޑު ޖާގައެއް ކުރިއަށް އޮތް ދެ އަހަރަށް އެކަނި ދޭން ސަރުކާރުން ނިންމުމުންނެވެ. އެއީ، މިހާރު ވެސް އެމްއޭސީއެލްއަށް ޓީއެމްއޭ އިން ބިމު ކުލި ދައްކާ ރޭޓެވެ. ކުރިއަށް އޮތް ދެ އަހަރަށް އެކަނި އެގޮތަށް ހެދުމަކީ ސަރުކާރުން ނިންމިޔަސް، އެއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ޓީއެމްއޭ އިން ގަބޫލުކުރެ އެވެ.
އާ ސީޕްލޭން ޓާމިނަލް ދޫކުރުމާ ގުޅޭ ބޮޑު މައްސަލަގަނޑުގެ ތެރެއަށް، އެހެން ސީޕްލޭން ޓާމިނަލް އޮޕަރޭޓަރެއް ކަމަށްވާ މަންޓާ އެއާ އިން ވެސް މިހާރު ވަނީ ވަދެފަ އެވެ.
Seaplane terminal ge massalaige thereah Manta vadhejje
The most trusted news source in the Maldives
Mihaaru
ސީޕްލޭން ޓާމިނަލްގެ މައްސަލައިގެ ތެރެއަށް މަންޓާ ވަދެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ކަމާ ގުޅުން ހުރި އެހެން އިދާރާތަކަށް، ސީޕްލޭންގެ ވިޔަފާރި އަށް ވަރަށް ފަހުން ނުކުތް މަންޓާ އެއާ އިން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ޓީއެމްއޭ އިން ބޭނުން ވަނީ އޭވިއޭޝަން ދާއިރާގެ ވާދަވެރިކަން ނައްތާލައި ކޮންޓްރޯލް ނަގަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފެނުކައްކާބޮލި
14 February 2020
އެއްގޮތަކަށްވެސް އަވަހަށް ނިންމާނެ ކަމެއް ނެތް. ޖީއެމްއާރއަށް އެއަރޕޯޓް ދިންގޮތަށް ބޯޑު ބަދަލުކޮށްފައި އަވަސްއަރުވާލާފައި ދެތިންގަޑިއިރުގެ ތެރޭގައި ކުރިގޮތަށް ކުރާނެ ކަމެއް ނެތް. ހާވަން އޮތް އެއްޗެއް ހާވާފައި ބަލަން އޮތް ތަނެއް ބަލާފައި ކޮންނަން އޮތް ތަނެއް ކޮނެފައި އަޑިބަލާފައި ވެވުނު ދުވަހަކު ކުރޭ. ބޮޑުވެގެންވާ ކޮރަޕްޝަނެއް ތިޔަ ހިންގަނީ. ޖީއެމްއާރއަށް އެއަރޕޯޓް ދިންގޮތަށް ހިންގާ ކަމެއް ތިއީވެސް.
މަގުފުޅާޓިނު
14 February 2020
ޖީއެމްއާރަށް އެއަރޕޯރޓް ދިނީތަ، ވިއްކާލީކީ ނޫންބާ!
ހަމަތެދެއް
14 February 2020
މިގައުމުގަ ގ.ކެނެރީގޭ ނަޝީދު ނުބެހޭކަމެއްނެތް ކިހާބޮޑު ކަމެއްތަ ނުފުރުއްޕާނެއްނު މީނަހިތުން މީނަމީ މިގައުމުގެ ބޮޑުވަޒީރު ދައުލަތް ހިންގަނީމީނަ މީނަ ނުބެހޭކަމެއް އޮވެގެންނުވާނެ އިބްރާހިމް މުޙައްމަދު ޞާލިޙް އަކީ ރަމްޒީ މަގާމެއްގަ ހުންނަވާ ބޭފުޅެއް ބައެއް ދިވެހިންގުނބޯތަކެއްހެން ހައަދާފަ މޮޅުވާހަކައެއް ދައްކާފަ ކޮންމެހެންވެސް އުޅޭނެ ދޮންމީހުންނަށާ އިންޑިއާ މީހުންނަށް މޮޅުގޮތް ހަދާދޭން މީ ގައުމަށްޖެހިފަހުރި
އިއްސޭ
14 February 2020
މިސާލުދިރާގާއި އުރީދޫ ނޫން ބަޔަކައް ދީގެން ނުވާނެ ގޮތައް ވާދަވެރިކަން ނައްތާލާ
ޢަހާނަމަ
14 February 2020
ޢެ މް އޭ ސީ އެލްގެ ބޯރޑަށް އެބަޖެހޭ ބަދަލް ގެންނަން.. އަދި ބޯޑްގެ މެ މްބަރުންނަށް ފިޔަވަޅުވެސް އަޅަން
ނަސީރުއްދީން
14 February 2020
ޓާރ މިނަލް އާއި ލޯންޖް ހިންގަނީ ކިހިނެއް ހެން ހީވަނީ ކުލީ ކޮޓަރި ހިންގާ ގޮތާ މާބޮޑު ތަފާތެއް ނުހުންނާނެ، ތަން އެހެރީ ހަދާ ނި މިފައި އޭނުން ، ޓީއެ މްއޭއެކޭ އެހެން ދިވެއްސެކޭ އެއްގޮތް ވާނީ ޓާރ މިނަލް ހިންގަން ހަވާލު ކޮއްފިއްޔާ ، ކޮބައި ހަ މަހަ މަ ކަން.
މިޝްކު
14 February 2020
ކޭއެތި ގޮހޮރު ފުލަށް ދިޔާމާ ދައުލަތުން ތިކަން ތާހިރު ކުރަން ޖެހޭނީ ހޮޑު ދުއްވާލަން
falcon_autho
14 February 2020
އެހެންތޭ ތިބުނީ. ގައުމަށް ފައިދާ ކުރުމަށްދޯ މުޅި ހުޅުލޭ ފަޅު ޓީއެމް.އެމްއޭ ހިލޭ ދޭން ސިޓީ ފޮނުވީ. ދިވެހިރައްޔިތުންގެ ނަސީބު ގަދަކަމުންހެން މަށަށްހީވަނީ 10.35 ޑޮލަރަށް އަކަމީޓަރެއް ދޭން ބުނީމާވެސް އެއަށް އާއެކޭނުބުނެ އިތުރު ޝަރުޠުތައް ކުރިމަތިކުރީ. ދެން މިހާރު އެއަގަށް މުޅިފަޅު ދިނަސް ރައްޔިތުންނަށް އެނގޭނެތާ މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ގެއްލުން ވަޒަންކުރަން. ސަރުކާރާ ޙަވާލުވީއްސުރެ ޚަޒާނާގައި ހުރިފައިސާ ބަހައި ހުސްކުރުން އޮތީ.
ގިޔާސް
14 February 2020
"ޑިސެމްބަރު 10، 2017 ގައި، އެމްއޭސީއެލުން ޓީއެމްއޭ އަށް ފޮނުވިސިޓީއެއްގައި، 10.35 ޑޮލަރަށް އަކަމީޓަރެއް ދޭނެ ކަމަށް އޮތީ ބުނެފަ" ސުވާލަކީ މީމިހާރަކު ކޮށްގެން އުޅޭ ކަމެއްތޯ، ކޮން ސަރުކާރަކުން ހިންގައިގެން އުޅޭ ޖަރީމާއެއްތޯ!؟
މަރުމޯލު
15 February 2020
ސިޓީ އާއި އެގްރިމެންޓް އެއީ ދެއެއްޗެއް. ރޫހާނީ އެއުޅެނީ އެނުދެވިގެންނު. މިސަރުކާރު ގެނައީ ތި ބަދަލު ކުރާށޭ. ޔާމީނު ހުރެގެން ތަރައްގީ ގެނަޔޭ. ޖަޒީރާވެގެން ތަރައްގީ ވެސް ނުލިބޭތާ ހުރިހާ އެއްޗެއް ކާލަނީ
ބިޔާސް
15 February 2020
އެސިޓީގައި އެވަނީ ބޯޑުން ނިންމާފައި އޮތްގޮތެއް ނޫނޭ އޮޑިޓަރ ޖެނެރަލް ބުނާއިރުވެސް ގިޔާސް ތިޔަ ގަބޫލުކުރަނީ ޓީއެމްއޭއިން ބުނާއެއްޗެއް. އެމީހުން ބައި އެޅީތަ އަނެއްކާ؟
ކަނބިލި
14 February 2020
ގައު މު ހިންގަނީ ބޮޑުވަޒީރު ވީމ މާ ކަންކަ މާ ނުބެހި ނުހުރެވޭނ.ެ އެހެންނޫނަސް ބޮޑުވަޒީރު އަބަދުވެސް އުޅުއްވާނީ ސަ މާލުކަން ހޯދާ ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަހޯދަން.ރައްޔިތުންނަށް ކަ މެއް ނުކޮށްދެވުނަސް އޯކޭނު.
ހައްގުބަސް
14 February 2020
ވައްކަން ހުއްޓުވަން އައި ސަރުކާރު ވައްކަން ޕްރޮމޯޓުކުރަނީ
ޑާޑާ
14 February 2020
10 ޑިސެމްބަރު 2017 ގައި ކޮށްފަ އޮތްކަމެއް ވަގަށްކުރިނަމަވެސް ތެދަށް ކުރިނަމަވެސް.............
ނާފިޒޫ
15 February 2020
2017 ގައި ނިންމާފައި އޮތް ކަމެއް އެގޮތަށް ބާއްވަން ހާދަ ސަޕޯޓެކޭ ތިޔަ ކުރަނީ.. ކަންކަން ހައްލުކުރަން ގެނައި ސަރުކާރެއް ނޫންދޯ މިއީ؟ އޮޑިޓަރޖެނެރަލްގެ ބަހާ އޭސީސީގެ ބަސް މިކަމުގައި ވިކެންޖެހޭ. ކުރިން ނިންމާފައި އޮތް ގޮތުން ގެއްލުންވާނަމަ މިސަރުކާރުން އެކަން ރަގަޅުކުރަންޖެހޭ އެކަން ކުރެވެން އޮއްވާ. އެސަރުކާރު ނުބައިކޮށްފަ ކޮމެންޓެއްކޮށްލައިގެން ތިހެން ލިބޭ ހިތްހަމަޖެހުމަކަށްނޫން މިކަމުގައި ބަލަންވީ.
ޝޮކްތެރަޕީ
14 February 2020
އެމްމެފަހުން ކުއްވެރިވާނީ ރައިސް ޔާމިން. އެމްޑީޕީ ވަރައް މޮޅުވަނެ ޑުރަމާކުޅެން.
ތައްޚާނުބެ
14 February 2020
ޝޮކްތެރަޕީ، މަބުނީ 2017 ގަ ހިންގާފަ އޮތް ޖަރީމާއެއްދޯއޭ..........