16 ފެބުރުއަރީ 2020 - 18:27
ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަނުން ބުނީ، އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ ބަލަން ނިންމީ މިއަދު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
"އަބްދުﷲ ގާޒީ" ގޮތުގައި، މުޅި ރާއްޖެ އަށް މަޝްހޫރުވި، ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ މުހައްމަދުގެ މައްސަލައެއް ޖޭއެސްސީން ބަލަން ފެށި އިރު، ފަނޑިޔާރުންނާއި ގާޒީން ތިއްބަވާ ވައިބާ ގްރޫޕެއްގައި އޭނާ ދާދި ފަހުން ހިއްސާ ކުރެއްވި ޅެމެއްގެ މައްސަލަ ފެންމަތިވެފައިވާ ކަމަށް އެނގިފައި ވެ އެވެ. އެކަމަކު ޖޭއެސްސީން ބަލަނީ ސީދާ އެ މައްސަލަ ކަމެއް އަދިއެއް ނޭނގެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހުގެ ފަހު ދުވަހު [ފެބްރުއަރީ 8، 2012) ގައި އެމްޑީޕީގެ މެމްބަރުން ނުކުމެ އެކި ރަށްރަށުގައި ހަމަނުޖެހުން ހިންގައި އަދި ދައުލުގެ ބައެއް ތަންތަނުގައި ރޯކުރި ދުވަހަށް އަށް އަހަރު ފުރުމާ ގުޅުވައިގެން ފަނޑިޔާރުންނާއި ގާޒީންގެ ވައިބާ ގުރޫޕަށް އަބްދުﷲ ގާޒީ ޅެމެއް ހިއްސާ ކުރެއްވީ "ހެޕީ ބޮޑު ހުޅު ޑޭ" ޖައްސަވަ އެވެ.
އަބްދުﷲ ގާޒީ އަކީ، ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވަން މަޖުބޫރުވި ސަބަބެއް ކަމަށް އެއް ބަޔަކު ބުނެ އެވެ.
އެއީ، ނަޝީދު އިސްތިއުފާ ދެއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބޭރުން އަބްދުﷲ ގާޒީ ބަންދުކުރުމުން، އެކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ ކުރި މުޒާހަރާތަކާއި އެއްވުންތަކަށް ފަހު، ކުރިމަތިވެވަޑައިގެންނެވި ފިއްތުންތަކާ އެކު އެވެ. ނަޝީދުގެ އިސްތިއުފާއާ އެކު، އެ ދުވަހު އެންމެ ފުރަތަމަ ހިނގި އެއް ކަމަކީ ސިފައިންގެ ތަމްރީން މަރުކަޒު ގިރިފުށީގައި ބަންދުކޮށްފައި ހުންނެވި އަބްދުﷲ ގާޒީ މިނިވަން ކުރުމެވެ.
ނަޝީދުގެ މައްޗަށް 13 އަަހަރުގެ ޖަލު ހުކުމެއް އިއްވީ ވެސް އަބްދުﷲ ގާޒީ، އޭރު ބަންދު ކުރި ކުރުމާ ގުޅުވައިގެން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެންނެވެ. ނަމަވެސް، އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ 2018 ވަނަ އަހަރު ބާތިލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީހާސަރު
17 February 2020
ކަޓަރު ( ތިލަޔަކުން ) ދަތް ކޮށްޓުން.
މުކައްބަ
17 February 2020
ޢަބްދުﷲ ގާޒީ އަކީ، ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިޢުފާ ދެއްވަން މަޖުބޫރުވި ސަބަބު. މިއީ އެއްވެސް އޮޅުމެއް އޮޔް ކަމެއް ނޫން. އެކަން ތަކުރާރު ވަނީބާ! އެހެން ވެއްޖެއްޔާ އިޔާދަވާނެ
މުޙުއްމާ
17 February 2020
ޖޭ.އެސް.ސީ. ގެ ކޮމޮޕޮޝަން ވަރަށް އަވަހަށް ބަދަލުވާން އެބަޖެހޭ. ޔާމީނުގެ ވެރިކަމުގަވެސް އެތަން އޮތީ ޔާމީނު ބޭނުންވާގޮތަށް ފަޑިޔާރުގެ ހިންގޭ ގޮތަށް. މިހާރުވެސް މިއޮތީ އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމަށްވުރެ ބޮޑަށް ނަޝީދުގެ ބަދަލުހިފުމުގެ ކަންތަށް ހިންގާ ތަނެއްގެ ގޮތުގަ. ހީވަނީ ކުރިޔަށްވުރެވެސް މިހާރު ގެއްލުން ބޮޑުހެން.
މުޙުއްމާ
17 February 2020
މިހާރު ހުރިހާ މައްސަލައެއްވެސް ނަޝީދަށް ބެލިދާނެ. އެކަމަކު ނަޝީދު ޢަބުދުﷲ ޤާޡީ ހައްޔަރުކުރި މައްސަލަ ބެލޭނެ ދުވަހެއްވެސް އަދި އައްނާނެ. ނަޝީދުގެ އަމުރަށް މުޅި ރާއްޖޭގަ ހުރި ރައްޔިތުންގެ ޢިމާރާތްތަށް ރޯކޮށްލި މައްސަލަވެސް އަދި ބެލޭނެ ދުވަހެއް އައްނާނެ. ޔާމީނުވެސް ހީނުކުރޭ ދުވަހަކުވެސް ތިމެންނަ ޖަލަށްދާން ޖެހޭނެ ކަމަކަށް. ތަޤްދީރު ނިޔާކުރީ އެގޮތަކަށް ނުން.
ސަޒާ
17 February 2020
އިސްތިއުފާދިން ރައީސާއި ޖޭ އެސް ސީ ގައި ތިއްބެވި އޭނާގެ އައުވާނުންގެ ކިބައިން މިގައު ސަލާމަތް ކުރައްވާނދޭވެ. އެންމެ ފުރަތަމަ މި ގައުމުގައި ބަލަންޖެހޭނީ ނަސީދުގެ ސްލޫކީ މައްސަލަ. މަޖިލީހުގެ ރައީސްކަމުގައި ހުރުގެން ވަރަށް ނާތަހުޒީބީ އަމަލްތަށްދަނީ ހިންގަމުން
ޝޮކްތެރަޕީ
17 February 2020
މިހާރު ކޯޓުތަށް ހީވަނީ އެމްޑީޕީގެ ހަރުގެހެން.
ނުވާ
17 February 2020
ޖޭއެސްސީ އާ މަޖްލިސް މިހާރު އެއޮތް ގޮތުން ތިޔަ ގާޒީއާ ނުބެހި ނުނިންމާނެ އެމީހުންގެ އަސްލު މަސައްކަތެއް.
ދޮންދީދީ
17 February 2020
ބަލަ ފަނޑިޔާރު ަލީ ރަޝީދުގެ ސުލޫކީ މައްސަލަކޮބާ
ތުއްފާޝަނާކިލެގެ
17 February 2020
ޢަބްދުﷲ ޤާޟީއަށް 22 ރޭ 23 ދުވާ ވަންދެން ބަންދުކޮށް، އޭނާގެ އެތައް ޙައްޤުތަކެއް ނިގުޅައިގަތްއިރު، އޭނާގެ ޙައްޤުތައް ހޯދައިދޭން ނުކުޅެދުނު ބައެއް، ދެން ކޮން ސުލޭކެކޭ ކިޔާކަށް، އިންސާނެއްވީމަ ހިތުގައި ހިނގާ ޝުޢޫރުތައް އޮބެހެއްޓޭނީ ވަރަށް މަދު ބަޔަކަށް.
ސަލީމާ
17 February 2020
ކޮންތާކުން މީނަ ފެނުނީ. ނަޝީދުގެ ދުޝްމަނުން އޮތްތާކުން ނެރި މުޅި ދިރިއުޅުން ހަލާކުކޮށްލާ އެބަ. ތިހެން ގޮސް ހުރިހާ އެންމެން އެއްފަރާތް ކުރޭ