އިންތިހާބެއްގައި ވޯޓު ގުނަނީ: ކައުންސިލް އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން ރަޖިސްޓްރީވީ އެންމެ ރިސޯޓެއް
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓޭ އަދަދަށް މިހާތަނަށް މީހުން ރަޖިސްޓްރީވީ އެންމެ ރިސޯޓެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.
ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ 50 މީހުން މިހާތަނަށް ރަޖިސްޓްރީވީ ކްލަބް މެޑް ކަނިފިނޮޅުގައި އެކަނި ކަމަށެވެ. ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައި ވަނީ މަދުވެގެން 50 މީހުން ރަޖިސްޓްރީ ކުރާ ތަންތަނުގަ އެވެ.
މި އަދަދު ހަމަވާ، ގާތްގަނޑަކަށް 53 ރިސޯޓަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. ރިސޯޓްތަކުގައި ވޯޓު ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 27 އެވެ.
Vote foshi behettumah furusathu hulhuvaali 53 resort ge therein vote foshi behattan kanda elhi adhadhah register kohfaivanee “club med kanifinolhu” ekani
— Ahmed Akram (@akram4535) February 24, 2020
Resorteh gai vote foshi behetteynee, 27th ge niyalah 50 meehun e resort eh gai re register kuravvaifi nama.
މި އިންތިޚާބުގައި 540 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ އެވެ. ވޯޓު އޮފިޝަލުންގެ ގޮތުގައި 6،500 އާއި 7،000 އާ ދެމެދުގެ އަދަދަކަށް މީހުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސުން ވަނީ ލަފާކޮށްފަ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކާ އެކު ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދޫކޮށްލައިގެން ބާއްވާ ފުރަތަމަ އިންތިޚާބުގައި ޖުމްލަ 1،900 މީހުން އިންތިޚާބު ކުރާނެ އެވެ. އެއީ، ކައުންސިލްތަކަށް 982 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމެޓީއަށް 930 ކެންޑިޑޭޓުންނެވެ.
މި އިންތިޚާބުގައި އެމްޑީޕީން 877 ގޮނޑި، ޕީޕީއެމުން 673 ގޮނޑި އަށް ވަނީ ކުރިމަތިލައިފި އެވެ. ޖުމްހޫރީ ޕާޓީން 115 އަދި އަދާލަތު ޕާޓީން 30 ގޮނޑިއަށް ކުރިމަތިލި އެވެ. އެކަމަކު އިންތިޚާބުގައި ވާދަކުރާ މީހުންގެ ޖުމްލަ އަދަދެއް އިލެކްޝަންސުން އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ދެއްތޯ
25 February 2020
ވިސްނުމަކީ ނުވަތަ ރޭވުމަކީ ރިސޯޓު މުވައްޒިފުން ރުޅިއައިސްފައި ތިބެ ވޯޓު ލިޔަނުދިނުން
1828
25 February 2020
ރިސޯޓް މުވައްޒަފުންނަށް ޤާނާނު އަސާސީއިން ލިބިދޭ އަސާސީ ހައްޤެއް އަދާކޮށްލަން އަމިއްލަ ރަށަށް ނުދެވޭ. ދެން އަދިކޮބާ މައިންބަފައިންނާއި އަނބިދަރިން ކައިރިއަށް ދިއުން؟
އައްފާރު
24 February 2020
ރިސޯޓް މުއައްޒިފުންނަށް ދޯކާދެންޏާ ވާނީ އެހެން...
އަނީސާ
25 February 2020
އެމްޑީޕީއާއި އިދިކޮޅަށް ރިސޯޓް މުވައްޒަފުން ތިބީމާ ޖެއްސުން ކުރަނީ. އެމްޑީޕީ އިން ރިސޯޓް ބޯއާޒް ދެކެ ވަރަށް ބިރު ގަނޭ
ޢާދު
24 February 2020
ބެސްޓް.ވިސްނޭ މީހުން ތީ