އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ކުއްޖާގެ ދޮންބައްޕަގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ މީހާ، ރާއްޖޭގެ މެދުތެރޭ އަތޮޅެއްގެ ރަށަކުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ ހައްޔަރުކުރި އުމުރުން 32 އަހަރުގެ މީހާގެ ބަންދު އިތުރުކޮށްދިނީ އިއްޔެ ކަމަށެވެ.
ގިންސީ ގޯނާގެ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓްކުރުން މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިފަދަ މައްސަލަތަކުގެ ތުހުމަތަށް އެއްތައް ބަޔަކު ހައްޔަރުކޮށް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.