02 މާޗް 2020 - 13:28
ކޮވިޑް-19 ފެތުރޭތީ ހައްޖާއި އުމްރާ އަށް ވިސާ ދިނުން ސަައުދީ ސަރުކާރުން ވަގުތީ ގޮތުން ހުއްޓާލުމާ ގުޅިގެން ދިވެހި ބައެއް ޖަމާއަތްތަކުގެ އުމްރާ ދަތުރުތައް އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި އެވެ.
ކޮންމެ އަހަރަކު ވެސް މާޗް މަހުގެ ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ދެ އެވެ. އަދި ކޮރޯނާވައިރަހާ ގުޅިގެން ވިސާ ދިނުން މެދުކަނޑާލި އިރު ދިވެހި ގިނަ ޖަމާއަތްތަކަކުން ވަނީ ތައްޔާރީތައް ގާތްގަނޑަށް ނިންމާލައިފަ އެވެ.
Umra ah dhiumuge thayyaareethah madu jassaalan edhefi
The most trusted news source in the Maldives
Mihaaru
އުމްރާގެ ތައްޔާރިތައް މަޑުޖައްސާލަން އެންގުން--
ގިބްލަ ޖަމާއަތުގެ ހަވާލުގައި މި މަހު 5 ގައި 50 މީހުން އުމްރާއަށް ފުރަން އޮތެވެ. އެކަމަކު މިހާރު ވަނީ އެ ދަތުރު، މި އަހަރުގެ ބޮޑު ބަންދާ ދިމާކޮށް، ޑިސެމްބަރަށް ފަސްކޮށްފަ އެވެ.
"އެއްވެސް އިތުރު އަގެއް ނުނަގާ ފަސްކޮށްދިނީ. އެއީ 15 ދުވަހުގެ އުމްރާއެއް. ޑިސެމްބަރު މަހު ދާނީ 18 ދުވަހަށް. އެހެންވީމަ އެންމެން ވެސް ބޭނުންވޭ ޑިސެމްބަރުގައި ދާން،" އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވި އެވެ.
ކުރިން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ޔާމީން ވިދާޅުވި ގޮތުގައި މި މަހު އުމްރާއަށް ދާން ނެގި ޓިކެޓާއި އެކޮމެޑޭޝަންގެ އިތުރުން ވިސާ ފީ ވެސް ޑިސެމްބަރުގެ ދަތުރުގައި ހިމެނޭނެ އެވެ. އެހެންކަމުން އެ ޖަމާއަތަށް މާލީ ގެއްލުމަކާ ކުރިމަތި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިނިން ދެ އޮޕްޝަނެއް. ރިފަންޑް ކުރަން ނޫނީ ޑިސެމްބަރަށް ފަސްކުރަން. މިހާތަނަށް އެންމެން ވެސް ނިންމީ ފަސްކުރަން،" ޔާމީން ވިދާޅުވި އެވެ.
މި މަހު 54 މީހުންނާ އެކު އުމްރާއަށް ދާން ތައްޔާރުވި ތަޒްކިޔާ ޕްރިމިއަމް އުމްރާއިން ވެސް ވަނީ ދަތުރު ފަސްކޮށްފަ އެވެ.
އެ ޖަމާއަތުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ހަލީލް ވިދާޅުވި ގޮތުގައި އުމްރާއަށް ދާނެ ތާރީހެއް ކަނޑައަޅާނީ ސައޫދީން ހުއްދަ ދިނުމުންނެވެ.
ތަޒްކިޔާ އިން މިހާތަނަށް ކުރި ހޭދައިގެ ތެރެއިން އަދި ވަކި ޖަވާބެއް ނުލިބެނީ އޮމާން އެއާއިން ގަތް ޓިކެޓްތަކާ ބެހޭ ގޮތުންނެވެ. ހަމަޖެއްސި ހޮޓަލުގައި ތިބުމާއި ވިސާގެ މުއްދަތު އެހެން ދުވަސް ވަރަކަށް ފަސްކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓިކެޓާ ގުޅޭ ގޮތުން އޮމާން އެއާއިން އަދި ވަކި އެއްޗެއް ނާންގާ. އެކަން ހަމަޖެހިއްޖެ ނަމަ މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުވާނެ،" ހަލީލް ވިދާޅުވި އެވެ.
އުމުރާއަށް މީހުން އެތެރެވުން މަނާކުރަން ސައުދީން ނިންމި ދުވަހު ނަވާ ހައްޖު ޖަމާއަތުގެ ހަވާލުގައި 49 މީހުން އޮތީ އުމުރާއަށް ފުރާ ގޮތަށެވެ. އަދި އެ މީހުންނަށް ހުރަހެއް ނެތި ސައުދީއަށް އެތެރެވެވުނެވެ. އެހެންކަމުން އެއީ އުމުރާއަށް ވިސާ ދިނުން މެދުކަނޑާލި ފަހުން މައްކާއަށް ދިޔަ ދިވެހި ފަހު ގްރޫޕެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
02 March 2020
ދިވެހި ސަރުކާރުން މިކަމުގައި ބަހެއް ބުނާނީ ކޮން ދުވަހަކުން؟ މިބުނީ ކުންފުނިތަކަށް ސަރުކާރުގެ ފަރާތުން ވެދެނީ ކޮން އެއީހެއް ތޯ؟