ޚަބަރު / މަސްތުވާތަކެތި

ޑްރަގް އޮޕަރޭޝަންތަކަށް ވަރުގަދަ އާލާތްތަކެއް ގެނެސްފި

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކަށް ހާއްސަކޮށް ފުލުހުން ގެނައި އާލާތެއް ކޮމިޝަނާ ހަމީދު ހިފައިގެން-- ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ބާރުގެ ބޭނުންކޮށްގެން ތަންތަން ވަންނަން ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ފުލުހުން މިއަދު ބޭނުންކުރަން ފަށައިފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައެއް ގެތައް މިހާރު ހަދާފައި ހުންނަނީ ދަގަނޑު ގޭޓްތައް ލައި ސެކިއުރިޓީ ވަރަށް ވަރުގަދަކޮށެވެ. ހުރިހާ ދޮރެއް ބަންދުކޮށްފައި ހުންނަނީ ދަގަނޑު ގޭޓްތަކުންނެވެ. އެއީ ފުލުހުން އެ ތަންތަން ރެއިޑް ކުރާއިރު ވެސް ފަސޭހައިން ނުވަދެވޭނެ ގޮތް ހެދުމަށެވެ. ދޮރުތައް ވައްޓާލާފައި ވަންނަން ހޭދަވާ ވަގުތަކީ މަސްތުވާތަކެތި ފޮރުވަން ލިބޭ ފުރުސަތަކަށް އޮންނަނީ ވެފަ އެވެ.

Masthuvaa thakethee ge haalithah dhagandu dhoruthaku ge fahathugai!

Masthuvaa thakethee ge haalithah dhagandu dhoruthaku ge fahathugai!

The most trusted news source in the Maldives

Mihaaru

މަސްތުވާތަކެތި ވިއްކާ ގެތައް ސެކިއުރިޓީ ވަރުގަދަކޮށް

ފުލުހުން މިއަދު ބޭނުންކުރަން ފެށި އާލާތްތަކުގެ ތެރޭގައި ދޮރު ހުޅުވުމަށާއި ދޮރު ވައްޓާލުމަށް ބޭނުންކުރާ ހައިިޑްރޯލިކް އިކްއިޕްމެންޓަކާއި ފާރުފަދަ ތަންތަން ތޮރުފަން ބޭނުންކުރާ ޒަމާނީ އިކްއިޕްމެންޓްތައް ހިމެނެ އެވެ.

"މިއީ އެންމެ ޒަމާނީ އިކްއިޕްމެންޓް، ދެން ޑްރަގް އޮޕަރޭޝަންތަކުގައި ތަންތަނަށް ވަންނަން ނަގާނީ މަދު ސިކުންތު ކޮޅެއް،" ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކަށް ހާއްސަކޮށް ފުލުހުން ގެނައި އާލާތްތައް-- ފޮޓޯ: ޕޮލިސް

އެތަކެތި ހަވާލުކުރި ހަފްލާގެ ފޮޓޯތަކާއެކު ކުރެއްވި ޓްވީޓެއްގައި ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވީ މިހާރު އުނދަގޫކޮށް މަސައްކަތް ކުރަމުން އަންނަ ފުލުހުންނަށް އާ ތަކެއްޗާއެކު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ހަމީދު ކުރެއްވި ޓްވީޓް---

ސެކިއުރިޓީ ވަރުގަދަކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގެތަކުގައި އެތަކެތި ވިއްކުމާއި ބޭނުން ކުރުމުގެ ފުރުސަތު ވެސް ދެ އެވެ. މަސްތުވާތަކެތީގެ މަރުކަޒުތަކެއްގެ ގޮތުގައި ބެލެވޭ ފަސް ގެއެއް މިހާތަނަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެއީ ގ. ޕެލިކަން، ގ. މެމަރީވިލާ، މއ. ބޯކެޔޮގަސްދޮށުގެ އަދި މ. އެވަރެސްޓްއާގެ އަދި މ. ލޮނުމިދިލިގެ އެވެ.

އެ ގެތަކުން ފުލުހުން ވަނީ މަސްތުވާތަކެއްޗާއެކު ތަކުރާރުކޮށް އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ.

40 ކޮމެންޓް, 140 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 2%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަޒީރާ ކަލޯ

07 March 2020

ތި ޑްރަގް އޮޕަރޭޝަނަކޭ ފޫނެތްފަޔަށް ފެންފުރުމެކޭ ކޮބާތޯ ތަފާތަކީ؟ އިގްތިސާދީ މި ނާޒުކު ދަންޑިވަޅުގަ ނަތީޖާ ނުފެންނަ ކަންތަކަށް ބޭކާރު ޙަރަދު ނުކުރުން ބުއްދިވެރި!!!

The name is already taken The name is available. Register?

ALI NAZIM

07 March 2020

ވަރުގަދަ ސަރވެއިލަންސް ޑްރޯންތަކެއް ގެނެސްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޯޑަރު ރަނގަޅަށް ބައްލަވާކަށް ނުވޭތޯ؟

The name is already taken The name is available. Register?

ޅޮހި

07 March 2020

އިޒްރޭލުން ގެންގުޅެނީ ބުލްޑޯޒަރޭ ކިޔާފަ އަނެއްކާ އެވެސް ގެންނާނީކީ ނޫން. އިސްލާމީ ޝަރީޢަތް ގާއިމް ކޮށްބަލަ، ޚަރަދު ކުޑަވާނެ، ނަތީޖާ ނެރޭނެ. 7 އުޑު މަތިން އެއޮތީ އަންގަވާފަ.

The name is already taken The name is available. Register?

ގޭންގް ހެޑް

06 March 2020

އަލަށް އެތެރެކުރި ތަކެތީގެ މަޢުލޫމާތު މިހާރު ހުންނާނީ އެވެރިންނަށް ލިބިފަ. ޑްރަގު ވިޔަފާރިއަކީ ރިޒޯޓް ހިންގުންފަ ދަ ވިޔަފާރިއެއް. އެއީ މަ ދު ބަޔަކަށް ލައިސަންސް އޮންނަކަމެއް.

The name is already taken The name is available. Register?

ޢަބްދު

05 March 2020

“އެތެރެއިން” ކުށްވެރިންނަށް “އެލާޓް” ދޭ ފަރާތްތައް ދެނެގަނެ އެކަން ހުއްޓުޥޭނީ ކޮންދުވަހަކުންބާ؟

The name is already taken The name is available. Register?

ރަތްލޭ

05 March 2020

ކަލޯ ތި ވައްޓާ ނުލާތި ފައިމަށްޗަށް ، ވަރަށް ބަރުވާނެ.

The name is already taken The name is available. Register?

ހަންނާން

05 March 2020

އާލާތް ގަނެފަ އާލާތްގަނޑުތައް ކަރުގަ އެލުވައިގެން ތިއްބަސް އިޚްލާސްތެރިކަމެއް ނެތް އިންޓަގުރިޓީއެއްނެތް ބަޔަކައް ކޮން ޑުރަގެއް ތޯ ހުއްޓުވޭނީ.

The name is already taken The name is available. Register?

ހޮޅިން

05 March 2020

ތިކަމަށް ބޭނުންވަނީ މޮޅެތި އާލާތެއް އެތެރެ ކުރުމެއް ނޫނޭ! ތި ޑްރަގްސް މިތަނަށް އެތެރެވުން ހުއްޓުވޭތޯ ބަލާބަލަ.

The name is already taken The name is available. Register?

މަށެއްނޫން

05 March 2020

ތިވަރުން އަދި ނުފުދޭ. ގެތައް ޑިމޮލިޝްކުރަން ކުރަން ބޭނުންވާ ސާމާނުވެސް ގެންނަން ޖެހޭ. އަދި ކޮބާ ބިމު އަޑީގަ ހުންނަ ބިންގަރާސްތައް ގޮއްވާލަން ބޭނުންކުރާ ތަކެތިވެސް ގެންނަންޖެހޭނެ.

The name is already taken The name is available. Register?

ޝީޒާ

05 March 2020

އާލާތް ނެތިގެން ތަ މީހާގެ ހަށިގަންޑު ތެރެއިން ފެނުނީމަވެސް ދޫކޮށްލަނީ ޤައުމުގަ ތިބި ބޮޑުން ނާއި ޢިއްޒައްތެރިން ފަހަތުގަ ތިބެގެން ކުރުވާ ކަންތައް ތީ .................................؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454