ޖޭއެސްސީގެ މެމްބަރުންތަކެއް: ޚަރަދު ކުޑަކުރުމުގެ ގޮތުން ފަނޑިޔާރުން ނެގުން މިހާރު ވަނީ މަޑުޖައްސާލާފައި -- ފޮޓޯ/މިހާރު
10 މާޗް 2020 - 14:27
ކޮވިޑް-19 ފެތުރި އިގްތިސާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ގުޅިގެން، ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީން އަންގާފައިވާތީ، ދަށު ކޯޓުތަކަށް ފަނޑިޔާރުން ނެގުން މަޑުޖައްސާލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ވައިރަސް އެތައް ހާސް ބަޔަކަށް ޖެހި އެތައް ބަޔަކު މިހާރު ވަނީ މަރުވެފަ އެވެ. އެކަމާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރަން ފިނޭންސް މިނިސްޓްރީން ކުރިން އޮތީ އަންގައިފަ އެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި ބުނީ ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދަން އެ ކޮމިޝަނުން ކުރި އިއުލާން ބާތިލްކޮށް ފަނޑިޔާރުން ނެގުން މަޑުޖައްސާލީ ކޮވިޑް-19 ފެތުރޭތީ، ޚަރަދު ކުޑަކުރުމުގެ ގޮތުން، އަލަށް މުވަައްޒަފުން ނެގުން މަޑުޖައްސާލަން ފިނޭންސް މިނިސްޓްރީން އަންގާފައިވާތީ އާއި ރާއްޖޭގެ އިގްތިސާދަށް ވެސް އެކަމުގެ އަސަރު ކުރަމުންދާތީ ކަމަށެވެ. އަދި ފަނޑިޔާރުން އައްޔަން ކުރާއިރު، ކޮންމެ ފަނޑިޔާރަކަށް ވެސް އިދާރީ ގޮތުން އެހީވާން އިތުރު މުވައްޒަފުން ނެގުމާއި ޝަރީއަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން އިތުރު ޚަރަދުތައް ކުރަން ޖެހޭ ކަން ވެސް އެ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންވެ، މިވަގުތު ދަށު ކޯޓުތަކަށް ފަނޑިޔާރުން ނެގުން މަޑުޖައްސާލާފައިވާ ކަމަށާއި އެކަމަކު ފަހުގެ ތާރީޚެއްގައި ހާލަތަށް ރިއާޔަތްކޮށް، ފަނޑިޔާރުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
ކޮވިޑް-19 ޖެހިފައިވާ ހުރި ހަ މީހަކު ރާއްޖެއިން ވެސް މިހާރު ވަނީ ފެނިފަ އެވެ. އެހެންވެ، އެ މީހުންނާ ބައްދަލުވި މީހުން ހޯދައި އެ މީހުން ވެސް ކަރަންޓީންކޮށް، މިހާރު ދަނީ އެ ވައިރަސްއަށް ޓެސްޓް ކުރަމުންނެވެ. އެކަމާ ގުޅިގެން ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވެސް ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭން
10 March 2020
ކޯޓުތަކުގަ ކުރަންޖެހޭ މަސައްކަތް ނުކޮށް 24 ގަޑިއިރު ބޭރުގަޔާ ކޮފީ ބޯން ތިބޭ މީހުން ފަޑިޔާރުންގެ މަގާމްތަކަށް ނުނެގުން އެދެން.
ވަތުބަތާނަ
10 March 2020
އެމީހުންގެ ގާތް ކުދިންކޮޅަކަށް ފޯމު ހުށަނޭޅުނީކަމަށްވާނީ1 މީ ޚަރަދަކަށް އެހެން ކަމަކަށް ބަލާބައެއްތަ؟
ޝޮކްތެރަޕީ
10 March 2020
އެމްޑީޕީގެ މީހުން ތިލަނީ މަގާމުތަކަ. ރާއްޖެޓީވީއަށް އަރާ ސިޔާސީ ވާހަކަދައްކާ މީހުން ކޯޓުތަކަށް ތިލަނީ. ކިހިނެ މިވަރުން އަދުލްއިންސާފު ރަގަޅުވާނީ. މިހާރު ކޯޓުތަށް ހީވަނީ އެމްޑީޕީގެ ހަރުގެހެން.
ހަސަނު56066
10 March 2020
ގެޒެޓްސް ބަލާލީމަ ވަަރަށްގިނަ ވަޒީފާތައް ސަރުކާރުން އިއުލާންކޮށްފަ އެބަހުރި. ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަރަދުކުޑަކުރުމުގެ ގޮތުން ބޮޑެތި ފިޔަވަޅު އަޅާފައިވާއިރު ދިވެހި ސަރުކާރުގެ ހަރަދުވަނީ ބޮޑު! މިސާލަކަށް މެޖިސްޓްރޭޓް ކޯޓުތަކަށް ގިނައަދަދަކަށް އެޑެމިން ސްޓާފުން ނަގަން އިއުލާންކުރުން، ރޯޑްޑިވޮލޮޕްމެންޓް ކޯޕަރޭޝަންތަކުގެ ސައިޓުތަކުގެ މަތީމަގާމުތަކަށް ގިނައަދަދަކަށް މީހުންބޭނުންވެގެން އިއުލާންކުރުން، ފެނަކަ ބްރާންޗުތަކަށް ސިޔާސީ މެނޭޖަރުންލުން
އިބިރިހިންބެއްޔާ
10 March 2020
ސަޅި. އަދުލު އިންސާފުގެ މުހިންމުކަމެއް ނެތް. އެކަމަކު ދުވަހު ދެދަޅަޔަށް ސިޔާސީ މީހުން މިނިސްޓްރީތަކަށް އިތުރުކުރުން ހަމަ ކުރިޔަށް - ބާރަށް - ކުރިޔަށް! ނައިބުންނާއި ސްޓޭޓް މިނިސްޓަރުން!
ސަލީމް
10 March 2020
ބަލަން މި ތިބެނީ ބޮޑާވެ ކިބުރުވެރިވެގެން އުޅޭ ނަޝީދުގެ އޭޖެންޓުން ހިސާނު ހުސައިނާއު އިބްރޙީމް ރިފްއަތުއާ ހަސަންލަތީފު ބިމަށް ތިރިވާ ދުވަހެއް
ސަލީމް
10 March 2020
ހަމަ ނުފޫޒު ފޯރުވަން ވެގެން