މާލެ: މާޗް 19، 2020: ކޮވިޑް-19 ރޯގާ ކޮންޓްރޯލްކުރަން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަޔަކު މާސް އަޅައިގެން ގެއެއްގެ ދޮރުމަތީގައި މަޑުކޮށްލައިގެން ތިބެ ވާހަކަ ދައްކަނީ.-- ފޮޓޯތައް: އަހުމަދު އަވްޝަން /މިހާރު
26 މާޗް 2020 - 21:07
ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވް ވި 13 މީހުންގެ ތެރެއިން އެކަކަކު އަނެއްކާ ވެސް ރަނގަޅުވެ، އެކްޓިވް ކޭސްތަކުގެ އަދަދު ހަތަރަކަށް ދަށް ކުރެވިއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްްވި ޕްރެސްކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވީ ބަލި ޖެހުނު މީހުންގެ ތެރެއިން ނުވަ މީހަކު ރަނގަޅުވެފައިވާ ކަމަށާއި އަނެއް ހަތަރު މީހުންނަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.
ރާއްޖޭން ބަލި ޖެހުނު 13 މީހުންގެ ތެރެއިން ބަލި ރަނގަޅު ވެއްޖެ ކަމަށް ކުރިން އިއުލާން ކޮށްފައިވާ ފަސް މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ތިން މުވައްޒަފަކާއި ބަތަލާ ރިސޯޓަށް އައި ދެ ޓޫރިސްޓެކެވެ. އޭގެ ތެރޭގައި ކުރެއްދޫ އައިލެންޑް ރިސޯޓަށް ޗުއްޓީ އަށް އައިސް ހުއްޓާ، ބަލީގެ އަލާމާތްތަކެއް ފެނިފައި ވަނިކޮށް، ރާއްޖެ އިން ފުރައިގެން ދިޔަ އިޓަލީގެ ޓޫރިސްޓް މީހާ އަށް ފަރުވާ ދިން އެ ރިސޯޓުގެ ޑޮކްޓަރު ހިމެނެ އެވެ.
މިރޭގެ ޕްރެސް ކޮންފަރެންސްގައި އައިޖީއެމްއެޗްގެ ނެޝަނަލް ސެންޓަ ފޯ ރެސްޕިރޭޓަރީ މެޑިސިންގެ ޑރ. މުހައްމަދު އަލީ ވިދާޅުވީ ބަލި ޖެހުނު މީހަކު ރަނގަޅުވުމަކީ ބަލި ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ މެދު ފަރުވާކުޑަކުރަންވީ ސަބަބެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައި އޮތް މިންވަރުގައި މިއޮތީ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ އެހެން ހިދުމަތްތެރިންގެ އިތުރުން އިރުޝާދަށް އަމަލުކުރި ރައްޔިތުންގެ މަސައްކަތުން ކަމަށެވެ.
ރާއްޖޭގައި ހުރި ކޮރޯނާވައިރަހުގެ ކޭސްތައް
"ދެން އަމަލު ނުކުރާ މީހުން ވެސް އަޅުގަނޑަށް އެނގޭ އަޅުގަނޑުމެންގެ މި ނަސޭހަތް އަޑު އަހާނެކަން،" އޭނާ ވިދާޅުވި އެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހަކު ބައްޔަށް އަލުން ނެގެޓިވް ވުުމުން (ބަލި ފަސޭހަވުމުން) މީހުން މަގުތަކަށް ނުކުމެ އުޅޭ މިންވަރު އިތުރުވާ ކަމަށް ފާހަގަ ކުރެއްވޭ ކަމަށެވެ. އެ ބަލި ފެތުރުން ހުއްޓުވަން ކުރާ މަސައްކަތަށް ރާއްޖޭގެ ރައްޔިތުން މިހާރަށް ވުރެ ވެސް ބޮޑަށް އުއްމީދުކުރައްވާ ކަަމަށް ވެސް ވިދާޅުވި އެވެ.
ބަލި ރަނގަޅުވި މީހުންނަށް ފަރުވާ ކުރި ގޮތުގެ ތަފްސީލް ދެއްވަމުން ޑރ.މުހައްމަދު ވިދާޅުވީ ރާއްޖޭގައި އެ ބަލި ޖެހޭ މީހުންނަށް ދެމުން އަޖްނަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބަލައިގެންފައިވާ ބޭސްތައް ކަަމަށެވެ. އެމީހުންނަށް ފަރުވާ ދެމުން އަންނަނީ ޑޮކްޓަރުންގެ ޓީމަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
27 March 2020
ޑޮކްޓަރުން ދައްކަނީ ރަނގަޅު ވާހަކައެއްކަން ދިވެހިން ގަބޫލުކޮށް އެމީހުންނާއި އެކު ސޯޝަލް މީޑިއާގައި ކުރި މަސައްކަތުގެ އަގު މިފެންނަނީ.
އިސްލާހު
27 March 2020
ދުނިޔެ ނުހުއްޓުވޭނެ ކަމށާއި ގައުމު ނުހުއްޓުވޭނެ ކަމަށާ އާންމު ރޯގާއެއް ކަމަށް ސަރުކާރަށް ނިސްބަތްވާ މީހުން ހަރުކޮށް ބުނަމުން ދިޔަ އިރު ޑޮކްޓަރުން ނިކުމެ އިސް ސަފުގައި ބަސް ބުނުމުގެ ހެޔޮ ނަތީޖާ ﷲމި ދެއްކެވީ. ޑޮކްޓަރުންނަށް ޝުކުރު. ﷲ އަށް ޙަމްދު ކުރަން
ަވަޖުދީ
27 March 2020
ސިޔާސީ މީހުންނަކީ ރައްޔިތުން. ރައްޔިތުންގެ ލާބައަށް ކުރަންޖެހޭ ކޮންމެކަމެއް އެމީހުންކުރާނެ. ބުނަންޖެހޭ ވާހަކަވެސް ބުނާނެ. ގައުމު ހުއްޓާލުމަކީވެސް ފަސޭހަކަމެއްނޫން. އެހެނަސް އެކަންވެސް ކުރާހާލަތަށް އައީމަކުރެވޭނެ.
ދުނިޔޭގެ2ވަނަ
27 March 2020
ރާއްޖެމިވަނީ ރިކޯޑެއްހަދާ ރަގަޅުވާ ނިސްބަތް ދުނިޔޭގެ 2ވަނަޔަށް އަރާފައި
އަހުމަދުއަލޯ
26 March 2020
އަދިވެސް ތަންތަނަށް ދުވާ މީހުން ހާދަ ގިނައޭ މާލެގެ މަގުތަކުގަ. ބޯހަލާކު. މީހަކު ރަނގަޅުވުމުގެ މާނައަކީ ބަލި ނުފެތުރުމެއް ނޫން.
ޢައިނޯރައިޓް
27 March 2020
ޢާޢެކޭބޭރަށްނުނިކުމެބަލަ
ޔެސް
26 March 2020
ހަމްދުލިއްލާހި. ރަނގަޅުވާ މީހުން އަނެއްކާވެސް ޕޮޒިޓިވް ވެފައިވާ ކަމަށް ނޫހަކުން ފެނުނު. މިބުނީ ޗައިނާގައި. ތެދެއް ދޮގެއް ނޭނގެ.
އަސްތާ
26 March 2020
އސްތާ ދިވެހިންނޭ ދިވެހިންނޭ މަގުތައް މައްޗައްނިކުމޭ، ތިމާއަށޤވުރެ އިނގޭ އެހެންމީހަކު ނުހުންނާނެކަމަށް ހީކޮށޤ ސަރުކާރާ ޑޮކްޓަރުންބުނާބަހެއް އަހާނެކަމެއްނެއް. ފިސާރިބޯހަރުބައެއް. ފުލުހުންނިކުމެ މިކަންކުރަންވީ.
ރާއްޖެ
26 March 2020
ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ވެސް ޒަރޫރީ ބޭނުމެއް ނެތި ނުދެވޭ ގޮތަށް ހަދައި, އެ ގޮތަށް ދާ މީހުން ވެސް 14 ދުވަސް ވަންދެން ސްކޫލުގައި ނަމަވެސް ކަރަނީނު ނުކޮށް މި މީހުން ޗުއްޓީ ހަދާލަން މި ދާ ދަތުރުތަކެއް ނުހުއްޓުވޭނެ.
ހަމޫ
26 March 2020
ﷲ ހަމްދުކުރަން. އަދި މިކަމުގައި ހެލްތު މިނިސްޓަރާއި އޭނާގެ ޓީމުގެ އިތުރު ކާމިޔާބު މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރަން.
ޥިސްނާ
26 March 2020
ﷲ އަށް ހަ މްދުކުރަން ފުރަތަ މަ ޕޮޒިޓިވްވި އެއިޓަލީ މީހާގެ ކަންތަށް އަވަސް ރަހް މަތެއްގަ އިނގުނުކަން، އެހެންނޫނީ ކަންތަށް ވެގެންދާނެ ގޮތަކާ މެދު ވިސްނާފަ ގައިންހީބިހިނަގާ، ﷲ ގެ ހެޔޮރަހް މަތްފުޅު
ނަޒުމާ
26 March 2020
އަލްހަމްދުލިއްލާހި. ސަރަހައްދުގެ އިތުރުން ދުނިޔޭގެ ފެންވަރުގައިވެސް ރާއްޖެ މިކަމުގައި މި ދައްކަމުންގެންދާ ނަމޫނާއަށް ހެލްތު މިނިސްޓަރާއި އޭނާގެ ޓީމަށް ސާބަސް ހައްގު. ހަގީގަތުގައިވެސް އަމީނު ތަފާތުކަން މަވެސް ގަބޫލުކޮށްފިން.