24 މާޗް 2020 - 23:31
ރާއްޖެއިން ރަޝިއާ އަށް ދިޔަ ތިން ދިވެހިން ނަތީޖާ ވެސް ނެގެޓިވް ވެފައިވާ ކަމަށް ކޮވިޑް-19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ރަޝިއާ އަށް ދިޔަ ތިން މީހުންގެ ނަތީޖާ ވެސް ނެގެޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހުންގެ ނަތީޖާ މީގެ ކުރިން ލިބިފައިވެއެވެ. ނުލިބި ގިނަ ދުވަސްވީ ތިން ވަނަ މީހާގެ ނަތީޖާ އެވެ.
ތިން ވަނަ މީހާ ވެސް މިހާރު ނެގެޓިވްކަން ހާމަކޮށްފައިވާއިރު، ކުރިން ނަތީޖާ ލިބުނު ދެ މީހުންގެ ނަތީޖާ ޑަބަލް ނެގެޓިވްވެފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
މި ތިން މީހުންނަކީ ވެސް ރަޝިއާގައި މަތީ ތައުލީމް ހާސިލްކުރަމުންދާ ތިން ދަރިވަރުންނެވެ. ޗުއްޓީ އަށް ރާއްޖެ އައުމަށް ފަހު އެ މީހުން އެނބުރި ރަޝިއާ އަށް ދިއުމުން އެ މީހުން ބައްޔަށް ޝައްކުކުރެވި ކަރަންޓީންކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
އެ ދަރިވަރުން އެންމެ ފުރަތަމަ ކަރަންޓީން ކުރީ ފަސް ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ދިހަ ދުވަހަށް އިތުރުކުރި އެވެ.
ރަޝިއާއިން މިހާތަނަށް މި ބައްޔަށް 495 މީހުން ޕޮޒިޓިވްވެފައިވާއިރު ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އަދި 472 މީހަކަށް ފަރުވާދެމުން އަންނައިރު 22 މީހުން ވަނީ ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރް
25 March 2020
الْحَمْدُ للَّهِ
ނަރީމާ
25 March 2020
ހެލްތުގެ ހަބަރުތައް ގެނެސްދިނުމުގައި މަބްރޫކުކުރާ މަސައްކަތަށް ޝުކުރު. އަދި މަބްރޫކު އިތުރުން ކޮންމެ ދުވަހަކު ހާލަތު ބަދަލުވަމުންދާ މިދަޑިވަޅުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ހެލްތު މިނިސްޓަރު އަމީންއާއި ޑިރެކްޓަ ޖެނެރަލް ޢޮފް ޕަބްލިކް ހެލްތު މައިމޫނާއަށްވެސް ޝުކުރު. ތި އެންމެ ބޭފުޅުންގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވައި ރާއްޖެ މިކަމުން ސަލާމަތްކުރައްވާށި.
މަބްރޫކަށްސުވާލެއް
24 March 2020
ހެލްތު މިނިސްޓަރު މިކަމަށް ތައްޔާރުވެފައިވާ މިންވަރަށް އެހެން ވުޒާރާތަކުގެ ވެރިންނަށް ތައްޔާރުވެފައި ނުވަނީ ކީއްވެގެންތޯ؟ ހެލްތު މިނިސްޓަރު މިކަމުގައި ކަންކުރާނެ ގޮތުގެ ޕްލޭންހަދާ އެސްއޯޕީތައް ތައްޔާރުކޮށްފި ޖަނަވަރީ މަހުގައި. އެކަމަކު މި މާރިޗު މަސް ނިމޭއިރުވެސް ކޮމިއުނިކޭޝަން މިނިސްޓަރުގެ ނެތް އިންޓަނެޓް އަގުހެޔޮ ކުރާނެގޮތުގެ ޕްލޭނެއް، އިކޮނޮމިކް މިނިސްޓަރުގެ ނެތް ވިޔަފާރިތައް ބަނޑަށް ނުޖެހި ކުރިއަށް ދެވޭނެ ގޮތުގެ ޕްލޭނެއް< ކީއްކުރާ ބައެއްމި؟
ނީރާ
24 March 2020
ފެތުރެމުންމިދާ ކޮވިޑް 19 ގެ ހިތާމަވެރި ދަނޑިވަޅުގައި އަހަރެމެންގެ ހިތަށްވެރިވަމުންދާ ބިރުވެރިކަމަށްވުރެ މުޅިޤައުމު ފަސާދަކުރުމަށް ޗެނަލް 13 އިން ކުރަމުންދާ ހަޑިމުޑުދާރު ކަންކަމުން އުފެދޭ ބިރުވެރިކަން މާބޮޑު. ވީމާ މިހާރުންމިހާރަށް ޗެނަލް 13 ބަންދު ކޮށްދެއްވުން.އެދެން.
ހާނިމް
24 March 2020
ٱلْحَمْدُ لِلَّٰهِ ޔޫއޭއިން ޕޮޒިޓިވްވި މީހާއަށްވެސް އަވަސް ޝިފާ މިންވަރު ކުރައްވާށި! حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ