25 މާޗް 2020 - 16:02
ޕްރެސް ކޮންފަރެންސް ނިންމާލައިިފި
އިދިކޮޅު ފަރާތްތަކާ ފޯނުން ވާހަކަ ދައްކަވާ ކަމަށް ވިދާޅުވި. އަދި ވިދާޅުވީ މީގެ ދެ ދުވަހެއް ކުރިން ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ ދެ ކޯލެއް މިސްވެފައިވާ ކަމަށް
މިކަމުގައި ސިޔާސީ އިދިކޮޅު ފަރާތްތަކާ ވާހަކަ ދެއްކެވިންތޯ ސުވާލުކުރުމުން ވިދާޅުވީ މިކަމުގައި ހޯއްދަވަނީ ސިއްހީ ތަޖުރިބާކާރުންގެ ލަފާ ކަމަށް. އަދި އިދިކޮޅު ލީޑަރު މިނިވަން ކުރާނެތޯ ސުވާލުކުރުމުން ވިދާޅުވީ ވަކި މީހަކަށް ވަކި ގޮތެއް ނޯންނާނެ ކަމަށާއި އަމަލުކުރައްވާނީ ގާނޫނުގައި އޮންނަ ގޮތަށް ކަމަށް.
ރައީސްގެ ސިއްހީ ރައްކާތެރިކަމަށް ފިޔަވަޅު އަޅުއްވާފައި ވޭތޯ ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި އެ މަނިކުފާނު ހުންނަވާނީ ރައްޔިތުންނާ އެކުގައި ކަމަށް. ވިދާޅުވީ އެ މަނިކުފާނަށް ވާނީ "ރައްޔިތުންނަށް ވާ ގޮތެއް ކަމަށް"
ކުއްޔަށް އުޅޭ މީހުންނަށް ލުޔެއް ދޭނެތޯ ތަކުރާރުކޮށް އަމާޒުވި ސުވާލުތަކާ ގުޅިގެން ރައީސް ވިދާޅުވީ އެ ޚިޔާލު ބަލައިގަންނަ ކަމަށާއި އެކަމާ ވިސްނަވާނެ ކަމަށް
ރައީސް ވިދާޅުވީ ހާލަތު އެންމެ ގޯސް ވިޔަސް، ކަންތައް ކުރާނެ ގޮތުގެ ޕްލޭން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެބަ އޮތް ކަމަށާއި ހާލަތާ ގުޅޭ ގޮތުން މިހާތަނަށް ތިން ފަހަރަކު ޓެކްނިކަލް ޓީމުން ރިވައިސްކޮށްފައިވާ ކަމަށް. އަދި އައިސީޔޫ ފެސިލިޓީ އާއި އައިސޮލޭޝަނަށް ވެސް ބޭނުންވާ ކެޕޭސިޓީ ތައްޔާރުކުރަމުން އަންނަ ކަމަށް ވިދާޅުވި.
ރައީސް ވިދާޅުވީ މިހާރު އަޅާފައިިވާ ފިޔަވަޅުތަކާއި ރާއްޖެ އޮތް ގޮތުން، ރާއްޖެ އަށް މިކަމުން އަރައިގަންނަން އެހެން ގައުމުތަކަށް ވުރެ ފަސޭހަވާނެ ކަމަށާއި އެކަމަކު އެހެން ގައުމުތަކުގައި ބަލި އުޅޭ ނަމަ ކަންބޮވުން އޮންނާނެ ކަމަށް ރައީސް ވިދާޅުވި
ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތަކާ މެދު ލުއި ގޮތެއް ހޯދަން އަންނަނީ މަޝްވަރާކުރަމުން. އެންމެ ގިނައިން ލޯނު ނަގާފައިވާ ޗައިނާއާ އެކު މަޝްވަރާކުރަން އެދިވަޑައިގެން ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ރައީސް ވިދާޅުވި. އެކަމަކު އަދި ސިޓީއަށް ޖަވާބެއް ނުލިބޭ ކަމަށް ވިދާޅުވި.
ރިސޯޓުތަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ތާރީޚުން ފެށިގެން، 14 ދުވަސް ހަމަވުމުން، އެ ރިސޯޓެއްގެ މުވައްޒަފުންނަށް ރިސޯޓުން ފުރައިގެން އެހެން ތަންތަނަށް ދިއުމުގެ ފުރުޞަތު ދެވޭނެ.
— The President's Office (@presidencymv) March 25, 2020
މިހާތަނަށް ފަންސާހަކަށް ރިސޯޓް ވަނީ އޮޕަރޭޝަން ހުއްޓާލާފައި. އަދި ރާއްޖެ އަށް މީހުން އައުން މަނާކުރުމާ އެކު ހުރިހާ ރިސޯޓެއް ހުއްޓުމަކަށް އަންނާނެ ކަމަށް ވިދާޅުވި. އެކަމަކު މީހުން ވަޒީފާ އިން ވަކި ނުކުރުމަށް ރައީސް އިލްތިމާސްކުރެއްވި.
ރައީސް ވިދާޅުވީ މިއީ ފައިނޭންޝަލް ކްރައިސިސްއެއް ނޫން ކަމަށާއި ބޭންކުތަކުގައި ފައިސާ އެބަހުރި ކަމަށާއި ދިމާވި ކަމެއް ދިމާވެގެން މި އުޅެނީ ބަލިމަޑުކަމަކާ ހެދި ދަތުރުކުރުން ހުއްޓުމަކަށް އައިސްގެން ކަމަށް. އެހެންވެ މިކަން ހައްލުވުމާ އެކު އިކޮނޮމިކް ބޫމް އެއް އަންނާނެ ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވި. އެހާ ހިސާބަށް ކެތްތެރިވުމަށް ރައީސް އެދިވަޑައިގެންނެވި.
ފުރަތަމަ 6 މަސް ދުވަހަށް ފަހު، ލޯނަށް ފައިސާ ދައްކަން ފަށާއިރު، މަހުން މަހަށް ދައްކަންޖެހޭ ފައިސާ، އިތުރު 6 މަސް ދުވަހަށް، 20 އިންސައްތައިން ކުޑަކޮށްދިނުމަށް ވެސް ބޭންކުން ވަނީ ނިންމާފައި.
— The President's Office (@presidencymv) March 25, 2020
ރައީސް ވިދާޅުވީ މިކަމުން އަަރައިގަނެވޭނީ މުޅި ދުނިޔެ ގުޅިގެން މަސައްކަތްކޮށް އެއްބަޔަކު އަނެއް ބަޔަކަށް އެހީވެގެން ކަމަށް
ކޯވިޑް-19އާ ގުޅިގެން ގެއްލުން ލިބޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީ.އެމް.އެލް އާއި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް، ލޯނު ދޫކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުން. އިރާދަކުރެއްވިއްޔާ، މި ލޯނުތަކަށް އެދި ހުށަހެޅުމަށް، އަންނަ ހަފުތާގެ ތެރޭގައި އިޢުލާން ކުރެވޭނެ.
— The President's Office (@presidencymv) March 25, 2020
މިކަމުން އަރައިގަތުމުގައި ބައިވެރިވެ އެހީތެރިވުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ވެސް އޮންނާނެ. ރައީސް ވިދާޅުވީ ރާއްޖެ މިހާރު ވެސް މި އޮތީ ލޮކްޑައުންއެއްގައި ކަމަށް. ރައީސް އެހެން ވިދާޅުވީ މީގެ 24 ގަޑިއިރު ފަހުން ބޭރުން އެއްވެސް މީހަކަށް ރާއްޖެ އަށް ނާދެވޭތީ އާއި ރިސޯޓްތަކުގައި ތިބޭ މީހުންނަށް ވެސް އެހެން ރަށްރަށަށް ދިއުން މަނާވެފައި އޮތުމުން
ޑޮލަރު ޝޯޓޭޖެއް ނެތި ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ދުވަހު ކުރިއަށް ދެވޭނެ. މިއީ މާ ދުރަށް ވިސްނުން ގެންދެވޭ ފަދަ ހާލަތެއް ނޫން. މިއީ އެއްވެސް ބަޔަކު ތައްޔާރުވެ ތިބި ކަމެއް ނޫން. މިއަށް ވުރެ މާ ބޮޑެތި ގައުމުތަކުގެ އިގްތިސާދު ވެސް އެ ދަނީ ފުނޑެމުން.
#Livestream President @ibusolih briefs the local media on the developing situation of #COVID19 in the #Maldives https://t.co/eNNPvErKgo
— The President's Office (@presidencymv) March 25, 2020
މި ދުވަސްވަރު ކުއްޔަށް އުޅޭ މީހުންނަށް ލުއި ދޭން ކުލި ރެގިއުލޭޓް ކުރާނެތޯ ކުރި ސުވާލަށް ރައީސް ވިދާޅުވީ އެކަން އަދި އެގޮތަށް ހަމަޖައްސާފައި ނުވާ ކަމަށާއި ނަމަވެސް އެކަމާ ވިސްނަވާނެ ކަމަށް
ލޯނުތަކަށް ލުއި ދޭން ބީއެމްއެލް ފިޔަވައި އެހެން ބޭންކުތަކުން އެއްބާރުލުން ލިބޭތޯ "މިހާރު" ން ސުވާލުކުރުމުން ރައީސް ވިދާޅުވީ އެމްއެމްއޭ އިން ބޭންކުތަކުގެ މެނޭޖަރުންނާ ބައްދަލުކޮށް ސަރުކާރުން ބޭނުންވާ ގޮތް ހުށަހަޅާފައިވާ ކަމަށް އަދި އެހީތެރިކަން ދޭނެ ކަމަށް
ރައީސްގެ ވާހަކަފުޅަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލައިފި
މިހާރު ކޮންމެ ރަށެއްގައި އިތުރު އެއް މަސް ދުވަހަށްވާ ވަރަށް ކާޑު ހުންނާނެ. އޭޕްރީލް 15ގެ ކުރިން އިތުރު 10 މަސް ދުވަހަށް ވާ ވަރަށް ހަނޑުލާއި ހަކުރު އަދި ފަސް ދުވަހަށް ވާވަރަށް ފުށް ގެންނަން އެސްޓީއޯ އިން ވަނީ ނިންމައިފަ
ވޯލްޑް ބޭންކުން ރާއްޖޭގެ ކޮވިޑް ފަންޑަށް 10 މިލިއަން ޑޮލަރު ވަނީ ދީފައި
ސްޓޫޑެންޓް ލޯނު ދެއްކުން ވެސް ހަ މަސް ދުވަހަށް ފަސްކޮށްފި
ކުރިއަށް އޮތީ ރޯދަ މަސް ކަމަށް ވުމުން، މި ވަގުތު ދަތުރުކުރުމަށް ދަތިވެފައި ވާތީ، އެސްޓީއޯ މެދުވެރިކޮށް، ތަކެތި ހަލާކުނުވެ ލިބޭނެ ގޮތް ހަދައިދޭނެ
މިއަދު އެންމެ ފުރަތަމަވެސް އަޅުގަނޑު ބޭނުންވަނީ، ރާއްޖޭގައި މި ބަލި ފެތުރުނަ ނުދިނުމަށް، ޞިއްޙީ ޚިދުމަތްތެރިން ކުރައްވާ މަސައްކަތަށް، އެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. pic.twitter.com/RY7moWflPR
— The President's Office (@presidencymv) March 25, 2020
އިންޓަނެޓްގެ އަގަށް ވެސް ހެޔޮ ބަދަލެއް ގެނެސް އެކަން ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވެއްޖެ
ލޯނުތަކަށް އެދި ހުށަހެޅުމަށް އަންނަ ހަފުތާގައި އިއުލާނުކުރާނެ
އެޗްޑީއެފްސީގެ ލޯނުަތައް ދެއްކުން ވެސް ވަނީ ފަސްކޮށްފައި. އަދި ބޭންކުތަކުން އިތުރު ލޯނުތައް ވެސް ދޭނެ
ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ހަ މަސް ފަސްކޮށްދޭން ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވި. ފުރަތަމަ ހަ މަސް ފަހުން ދައްކާއިރު އިތުރު 20 ޕަސެންޓް ކުޑަވާނެ
މިހާތަނަށް އަށް މީހަކޮރޯނާވައިރަހަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުނުވެ ތިބި އަށް މީހުންގެ ތެރެއިން އިތުރު ތިން މީހަކު ރަނގަޅުވެއްޖެ ކަމަށް ރައީސް އިއުލާނު ކުރައްވައިފި
އާދީއްތަ ދުވަހުން ފެށިގެން އިތުރު އެއް ހަފުތާ އަށް އޮފީސްތަކާއި ކިޔަވައިދޭ ހުރިހާ ތަނެއް ބަންދުވާނެ. އަދި މި މަހު 27 އިން ފެށިގެން އޮން އެރައިވަލް ވިސާ ވެސް ރާއްޖެ އަށް ނުދޭނެ.
މިއީ ދަތި ކަމަކަށް ވިޔަސް މިއީ އެންމެންގެ ރައްކަލަކަށް އަޅާ ފިޔަވަޅުތައް. އަދި ހާލަތާ ގުޅޭ ފިޔަވަޅުތައް ވެސް އަޅާނެ.
ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަށް ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި
ޖެނުއަރީ 6 އިން ފެށިގެން ރާއްޖޭގައި އަންނަނީ ކޮވިޑް-19 އާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން. މިކަން ކުރަމުން އަންނަނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔަށް. މިކަމުގައި އެންމެ އިހު ބަހާއި ފަހު ބަސް ވެސް ބުނާނީ ސިއްހީ ތަޖުރިބާކާރުން. އެހެންވެ ރައްޔިތުން ވެސް އެގޮތަށް އަމަލުކުރަން އެދިވަޑައިގެންނެވި
ކޮވިޑް-19 އާ ދެކޮޅަށް ސިއްހީ ހިދުމަތްތެރިން ކުރާ މަސައްކަތަށް ރައީސް ޝުކުރު އަދާކުރައްވައި ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވި. އަދި ނޫސްވެރިންގެ މަސައްކަތަށް ވެސް ޝުކުރު އަދާކުރެއްވި
ރައްޔިތުންނާ މި ބައްދަލުކޮށްލީ ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް
ޕްރެސް ކޮންފަރެންސް ފަށައިފި
ކުޑަ އިރުކޮޅެއްގެ ތެރޭގައި ރައީސްގެ ޕްރެސް ކޮންފަރެންސް ފަށާނެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޕްރެސް ކޮންފަރެންސަށް ތައްޔާރުވެފައި
ކޮރޯނާވައިރަސްއާ ގުޅޭ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާއްސަ ނިއުސް ކޮންފަރެންސެއް މިއަދު ހަވީރު ބާއްވަވަން ނިންމަވައިފި އެވެ.
މި ނިއުސް ބްރީފިން އޮންނާނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި މިއަދު ހަވީރު 4:45 ގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިއީ، ރާއްޖެ އިން ކޮވިޑް ބަލީގެ މީހުން ފެނުނު ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބާއްވަވާ ފުރަތަމަ ނިއުސް ބްރީފިން އެވެ. އެކަަމަކު، އެ މަނިކުފާނު ވަނީ މި މަހުގެ 12 ވަނަ ދުވަހު، އެކަމާ ގުޅޭ ގޮތުން ގައުމާ މުޚާތަބު ކުރައްވައިފަ އެވެ. އެއީ، ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށްޓަކައި ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރި ދުވަސް ވެސް މެ އެވެ.
ކޮރޯނާވައިރަހާ ގުޅިގެން، ރައީސް ގައުމާ މުޚާތަބު ކުރެއްވި ދުވަހު ވަނީ އިގްތިސޯދީ ގޮންޖެހުންތަކާއި އެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.
ކޮވިޑް ބައްޔާ ގުޅޭ ގޮތުން، ރައީސް ކޮންމެ ދުވަހަކު މީޑިއާ ބްރީފިން ނުބޭއްވެވި ނަމަވެސް ސަރުކާރުގެ ފަރާތުން ތަރުޖަމާނެއްގެ ގޮތުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވަނީ ހަމަޖައްސައިފަ އެވެ. އޭނާ ގެންދަވަނީ ދުވާލަކު ދެ ފަހަރު ނޫސްވެރިންނާ ބައްދަލުކުރައްވައި ކޮވިޑާ ގުޅޭ މައުލޫމާތު އާންމު ކުރައްވަމުންނެވެ.
ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ފަސް މީހަކު ވަނީ ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)
26 March 2020
ރިސޯޓުތަކުގެ މަސައްކަތްތެރިން އެމީހުންގެ އަމިއްލަ ރަށްތަކަށް ގޮސް އެރަށްރަށުގައި ޓޫރިޒަމްގެ މަސައްކަތް ފަށަންވީ. އެކަކު ޑައިވް ސްކޫލެއް. އަނެކަކު ވޯޓަރ ސްޕޯޓްސް ސެންޓަރެެއް. މިކަމަށް ބޭނުންވާ ފައިސާ ސަރުކާރުން ދޫކުރަންވީ. ރައްޔިތުންގެ އަމިއްލަ ގެސްޓް ހައުސް ހަދާފައި، ގޭގޭގެ ހުސް ކޮޓަރީގައި ގެސްޓުން ބޭތިއްބޭ ގޮތަށް ހުއްދަ ދޭންވީ. އޭރުން މިހާލަތުން އަރައިގަންނައިރު އޮންނާނީ މަސައްކަތްތެރިންގެ އަމިއްލަ ޓޫރިޒަމެއް ފަށަން ތައްޔާރުވެފައި
އޮނަރަބްލް އަފީފު ދީދީ
25 March 2020
އާދޭހާއިއެކު އަހަރުމެންއެދެން އީޔޫގެ ޤައުމުތަކަށާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ރަޝިޔާ، ޗައިނާ، ސައުދީ، ޤަޓަރ، ކުވެއިތު، ސޭޝަލް، ސިންގަޕޯރ، ތައިލަންޑް، މެލޭޝިޔާ، ޖެޕާން، ކޮރެއާ، އަދި ސާކް ޤައުމުތަކުގެ ތެރެއިން އިންޑިޔާއާއި ސްރީލަންކާފިޔަވާ އެއްވެސްޤައުމެއްގެ އޯޑިނެރީޕާސްޕޯޓް ހޮލްޑަރަކަށް އެޑްވާންސް ވީސާ ނަގައިގެން މެނުވީ ރާއްޖެ ނާދެވޭ ގޮތަށް ހަމަޖައްސަވާ. # މިއީ ޤައުމީސަލާމަތާއި ގުޅުން ހުރި ކަމެއް.
ޟިނާ
25 March 2020
މިކަމުން އަރައިގަނެ ވުނީމަ ބޫސްޓެއް އަންނާނެކަމަ ރައިސް އެކޮނަމިސްޓުންނާ ހަވާލާދީފަ ލަފާކުރެއްވިއިރު..... މިނޫހުގަ އޮއި އެހެއް ހަބަރެއްގަ އޮތީ އިނޮކޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް (އޯއީސީޑީ) ން ވަނީ ކޮރޯނާވައިރަހުގެ ސަބަބުން ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް އެތައް އަހަރެއް ނަގާނެ ކަމަށް ލަފާކޮށްފަ އެވެ. ރައިސްގެ ވާހަކަ ދިމާވޭތަ. ކޮންބަޔެއް އިތުރުފުޅު ހައްދަވަނީ
ހިޔާލު
25 March 2020
މީއީ ކޮންމެމީހެއްގެވެސް އަތްމަތި ވަރަށް ދަތި އަދި ކުރިއަށް މިއޮތީ ރޯދަމަސް ތަކަތީގެ އަގު އަތްނުޕޯރާ ހިސާބުގަ މިހާލަތަށް ބަލާފަވީ ނޫންތޯ ކޮންމެމީހެއް ޕެންޝަން ފަންޑުގަ ހުރި ލާރި އެމީހަކަށް ދޭން...
މޫޗީ/މީދޫ
25 March 2020
ރައީސްގެ އިންޓަރވިއު ފެނިފައި ހިތްހަމަޖެހިއްޖެއް. އުއްމީދުކުރަނީ ހުއްޓިފައިވާ އިގްތިސާދު ލިފްޓްކުރަން މަނިކުފާނު އަޅުއްވާނެ ހަރުދަނާ ފިޔަވަޅުތައް ކުރިޔަށް އޮއްދުވަސްތަކުގައި އޭގެ ތަފްސީލް ދެއްވާނެކަމަށް.
ހޯރަފުށީ ޗާލުނަޔާ
25 March 2020
ރައީސް ގެ އެއްމެ ޚާއްސަ ސިފަފުޅުތަކަކީ ޒާތީވެ ނުލެއްވުން، އިތުބާރާ އެކީ ވާހަކަފުޅު ދެއްކެވުން، ފަންނަކާ ގުޅުން ހުންނަކަމެއްގަ ފަންނީ ބޭފުޅުންނައް އިތުބާރު ކުރެއްވުން. ކޯފާ އިސްނުކުރެއްވުން. މަޑުމައިތިރި މިޒާޖުފުޅާއި އަޑުއެއްސެވުމުގެ ގާބިލްކަން. ބޭކާރު ވާހަކަފުޅު ނުދެއްކެވުން. ކޮވިޑުގެ ބަލިން މާތް ﷲ ގެ އިރާދަ ފުޅުން، އަޅުގަނޑުމެން ސަލާމަތް ކުރެއްވުމައް ތިޔަ ކުރައްވާ މަސައްކަތުގަ ބަރަކާތް ލައްވާށި! ޝުކުރިއްޔާ ރައީސް،!
ހޫނު
25 March 2020
ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ލޯނުތަކަށް ފައިސާ ދެއްކުން ފަސްކުރާތީ ވަރަށް ދެރަ! ކީއްވެބާ އިސްލާމީ ރިވެތި އުސޫލާ އެއްގޮތަށް އިސްލާމިކް ބޭންކުން އެތަނަށް ފައިސާ ދައްކަން ޖެހޭ މީހުންނަށް މިގޮތަށް 6 މަހަށް ފަސްކޮށް ނުދެނީ ފައިސާ ދެއްކުން! ވަރަށް ދެރަ ކަމެއް. ރިބާއޭ ކިޔައިގެން ކޮންވެންޝަނަލް ބޭންކުން އެމްއައިބީ އިން ޚިދުމަތް ހޯދުނީމަ ހާލުގަ ޖެހުނު އިރު މި ޖެހުނީ ހިތާމަ!
މަމި
25 March 2020
އަސްލުވެސް ވަރަށް ދެރަކަމެއް. ކައިވެނި ނުކުރެވި ކަމެއް ދިމާވީމަ ޒިންމާ ނަގާނީ ކާކު. އިސްލާމް ދީނުގަ އޮންނަނީ އެފަދަ ކަންކަމުން ދުރުހެލިވުމަށް ކައިވެނިކުރަން. މިއީ ވަރަށް މަތިވެރިކަމެއް. ކައިވެނިކުރަން ކޮންމެހެން ތިބެންޖެހޭ މީހުނާއެކު ތިބެ ކައިވެނި ކުރެވޭނެ އިންތިޒާމު އޮންނަންވާނެ. އެއީ ކޮންމެ މީހެއް 5 ފޫޓު ދުރުގައި ތިބެގެންވިއަސް.
އޙުކކ
25 March 2020
ރޯދަހިފާ ކެތްކޮއްލާ. ފަހުން ރަނގަޅުވާނެ.
99887
25 March 2020
ކައިވެނި ނުކުރެވުނީ ދޯ. ތި ކައިވެންޏާ މެދު އަދި އެއްފަހަރު ވިސްނާލަން ޗާންސެއް އެ ލިބުނި ނަސީބަކުން. ފުރުސަތުގެ ބޭނުން އަވަހަށް ހިފާލާ ހައެ ހައެ
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
25 March 2020
ޝުކުރިއްޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް !!!
ޙަސަން ބެ
25 March 2020
މަނިކުފާނުގެ ވާހަކަ ފުޅު ކިތަންމެހާވެސް ފުރިހަމަ ނަމަވެސް ހިތާމަޔަކީ ވިދާޅުވާ ކަންތައްތައް ހަމަޖެހިގެން ނުދާތީ. ވިޔަފާރިތަކަށް ތިވިދާޅުވާ ލުއިފަސޭހަތައް ދެއްވާނަމޭ އިއުލާނުކުރާތާ ކިހާދުވަހެއްތޯ! އެކަމް އަދިވެސް އުސޫލުހެދުމުގަ، އިއުލާނުކުރާނެ..މިހެން މިއަޑުއިވޭތާ 3 ހަފުތާ ވަނީ، ކޮވިޑުގެ ނުރައްކާ ކުރިމަތިވިތާ 3މަސްވީ،..ތައްޔާރުވާން، ތައްޔާރުކުރާން ވަޤުތުލިބުނު...