ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ޒުވާނުންތަކެއް އަޑު އުފުލަނީ: ދެކުނުގެ ރަށަކުން ހައްޔަރުކުރީ 61 އަހަރުގެ ދިވެއްސެއް ކަމަށް ފުލުހުން ބުނި --ފޮޓޯ/އެމްވީކްރައިސިސް
26 މާޗް 2020 - 13:51
ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
އުމުރުން 18 އަހަރު ނުވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ބެލުމަށް ފަހު، އެ މީހާ ހައްޔަރު ކުރީ އިއްޔެ ކަމަށާއި އަދި ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި، އެ ކުއްޖާގެ ވަނަވަރު އެނގިދާނެ ފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނެއް އާންމެއް ނުކުރެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދެކުނުގެ ރަށެއްގެ ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ މަގާމު އަދާކުރަމުން އައި މީހެކެވެ. މީގެ ކުރިން އޭނާ އަށް މިފަދަ މައްސަލައެއްގެ ތުހުމަތު ކުރި ކަން ނޭނގޭ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ގއ. ކަނޑުހުޅުދޫގައި، ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް މިދިޔަ ޖެނުއަރީ މަހު އާންމުވުމަށް ފަހު، މިފަދަ މައްސަލަތަކަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ. ކުޑަކުދިންނާ ގުޅޭ މައްސަލަތައް ބަލަން އެކަށީގެންވާ ވަރަށް ކޭސްވޯކަރުން ނެތް ކަމާއި އެހެން ކަމުން މި ފަދަ މައްސަލަތައް ދޭން ޖެހޭ ސަމާލުކަން ނުދެވޭ ކަން ވެސް ވަނީ އާންމުވެފަ އެވެ. މުޅި ރާއްޖޭގައި ހިނގާ މިފަދަ މައްސަލަތައް ބަލަން ތިބީ އެންމެ 75 ކޭސްވޯކަރުންނެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ސާބިތު ކުރުމުގައި، ކުރިއަށް ވުރެ ފަސޭހަ ގޮތެއް ވެސް ހައި ކޯޓުން ވަނީ މި މަހުގެ 10 ވަނަ ދުވަހު ކަނޑައަޅައިފަ އެވެ. މި ފަދަ މައްސަލަތަކުގައި ކުށް ސާބިތުކުރަން ބޭނުންކުރެވޭނެ އެންމެ އަސާސީ ހެއްކެއްގެ ގޮތުގައި ކުއްޖާގެ ހެކި ބަސް ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. މިފަދަ މައްސަލަތަކުގައި އެކި ފަރާތްތަކާ އެކު ކުޑަކުއްޖާ ދައްކާފައިވާ ވާހަކަތަކަކީ ތަފާތު ހެއްކެއްގެ ގޮތުގައެއް މީގެ ކުރިންނެއް ނުބެލެވެ އެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖެނުއަރީ މަހު އެކަނި ވެސް ކުޑަކުދިންނާ ގުޅޭ 121 މައްސަލައެއް އެ މިނިސްޓްރީ އަށް ހުށަހަޅާފައި ވެ އެވެ. އޭގެ ތެރެއިން 48 އަކީ ކުޑަކުދިންނާ ގުޅޭ ޖިންސީ އަނިޔާގެ މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑާޑާ
27 March 2020
މިދަނޑިވަޅުގަ ކޮރޯނާ ވައިރަހަށް ގޯނާކުރާކަށް ތިމީހާއަކަށްވެސް ނޭގުނުދޯ؟
adam
26 March 2020
ކިހާ ޒިންމާދާރު ވެރިޔެއް ތިޔައީ؟ ތިޔަފަދަ މީހުން އެނބުރި ސަރުކާރުގެ ވަޒީފާއަށް ދިޔަ ދީގެންވެސް ނުވާނެ. ސަބަބަކީ ތިޔަ ސިފަހުންނަ މީހުން ވަޒީފާގެ ނުފޫޒާހުރެ ވަރަށް ގިނަފަހަރަށް ހިންގާ ޖަރީމާތަށް
ހައް ދުންމަތި
26 March 2020
މިފަދަ މައްސަލަތަކުގައި ހައްޔަރުވާމީހުންވެސް އެބަ ދޫކޮށްލާ ދާދިފަހުން މިރަށުން ހައްޔަރުކުރި މީހަކުވެސް މިހާރު ދޫކޮށްލައިފި ކޯޓަށް ގެންދިއުމިން ކުއްޖާ އަށް މަޖުބޫރު ކޮށްފައި އޮތީ ވަކިގޮތަކަށް ވާހަކަ ދައްކަން އެހެންވެ ގާޒީ ނިންމީ ސާބިތުނުވާކަމަށް މިކަން ހިގީ ވެސް ދެކުނުގެ ރަށެއްގައި
ފަންސުރު
27 March 2020
ކޮއެ ތިބުނީ ހަ މަ ތެދެއް!