މީރާ: ޓެކްސް ދެއްކުމުގައި ލުއިތަކެއް ދޭން މީރާއިން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
27 މާޗް 2020 - 12:53
ކޮވިޑް-19 އާ ގުޅިގެން، ޓެކްސް ދެއްކުމުގައި އިންސްޓޯލްމަންޓް އުސޫލުން އިތުރު ލުއިތަކާ އެކު ޓެކްސް ދެއްކޭނެ ގޮތް މޯލްޑިވްސް އިިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިސާދު ދަށްވަމުންދާތީ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން ލޯނުތައް ވެސް އަނބުރާ ދެއްކުން ހަ މަސް ދުވަހުގެ މުއްދަތަށް ފަސް ކޮށްދޭން ބޭންކްތަކުން ވަނީ ނިންމައިފަ އެވެ.
މީރާ އިން ނެރުނު އިއުލާނެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ޓެކްސާއި އެހެނިހެން ފައިސާތައް އިންސްޓޯލްމަންޓް އުސޫލުން ދެއްކުމުގައި އިތުރު ލުއިތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައި ދީފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ތިން މަހަށް ފަސްކޮށް ދީފައިވާ ކަމަށް އެ އިއުލާނުގަައިވެ އެވެ.
މީގެ އިތުރުން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށްޓަކައި ދެމުންދިޔަ ލުއިތައް އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށާއި އަދި އެ މުއްދަތުގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކަން އެދިއްޖެ ނަމަ، އާންމުކޮށް އެކަމަށް އޮންނަ ކޮމިޓްމަންޓް ޕޭމަންޓަށް ވުރެ ކުޑަ އަދަދެއް ދެއްކިޔަސް، އިންސްޓޯލްމަންޓް އެގްރިމެންޓަކަށް އާދެވޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދޭ މުއްދަތަށް ވުރެ ދިގު މުއްދަތެއް ދެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައިވާ ގޮތުން އިންސްޓޯލްމަންޓް އެގްރިމެންޓްތައް މީރާއާ އެކު މިހާރު ހަދާފައިވާ ފަރާތްތަކުން ވެސް އިތުރު އިންސްޓޯލްމަންޓަށް އެދިއްޖެ ނަމަ، އެ ފުރުސަތު އަންނަ ޖޫން މަހުގެ 30 ގެ ނިޔަލަށް ލިބޭނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން ރާއްޖެ އައުން މަދުވުމުން އިގްތިސާދީ ގޮތުން ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. އެގޮތުން ބައެއް ރިސޯޓްތައް ވެސް މިހާރު ދަނީ ބަންދު ކުރަމުންނެވެ. އެހެންވެ، ސަރުކާރުން ވަނީ އިގްތިސާދީ ޕެކޭޖެއް ތައާރަފްކޮށް ކުރިއަށް އޮތް ދެ މަހުގެ ކަރަންޓާއި ފެން ބިލުން ބޮޑު ޑިސްކައުންޓެއް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނުޖަހާ
27 March 2020
ރިސޯޓްތަކުގެ މީހުން ކަޑާ މުސާރަ ކުޑަކުރި މީހުންނަށް ލުއިދޭނި ކަމެއްނެތް.
ހޭބަލިމިތުރު
27 March 2020
ލޯނު 6 މަހައް ލަސްކޮއްދޭ މީހުންޖެހޭ އެލަސްކުރެވުނު 6 މަހުގެ އިންޓަރެސްޓް 6 މަސްފަހުން ދައްކަން މަހަކު ލޯނައް 2 ލައްކަ ދައްކަންޏާ 6 މަސްފަހުން ލޯނުގެއިތުރައް 2 ލައްކަ އިންޓަރެސްޓަެް ދައްކަންޖެހޭ. ގޭގަކުލިދައްކައިގެން އުޅޭމީހުން ކުލިކުޑަކުރަން އެދޭއިރު ސަރުކާރުން ވެރިފަރާތައް 50ލާރިވެސް މާފުކޮއްނުދީ 6 މަހައް ލަސްކޮއްދޭނަމުގަ 13% އިންޓަރެސްޓް އިތުރުކުރަނީ.
އިގްތިސާދުދިރުވޭނީ
27 March 2020
ޓެކްސްތައް ދެއްކުމުގައި ލުއިތަކެއް މީރާ އިން ހަމަޖައްސައި ދިނުން އެއީ ސައިކޮލޮޖިކަލީ ޓެކްސް ދައްކާ މީހުންނަށް ލިބޭނެ ލުޔެއް އެކަމަކު އެއިން އަދި ރާއްޖޭގެ އިގްތިސާދަށް ރަނގަޅު އަސަރެއް ނުކުރާނެ ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ ކަން މިހެން ހުރުމުން ސަރުކާރުން ބަލަންވީ ހުޅުމާލެ އެކެއް އަދި ހުޅުމާލެ ދޭކުން މަދުވެގެން 2000 އަކަފޫޓްގެ 50 ހާސް ގޯތި ނަގާ އެގޯތި ތައް ކުއްޔަށްދޭންވީ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް
ރަށުމީހާ
27 March 2020
މިމަހު ސައިކަލް ފީދައްކަނީކިހެނެއްބާ
ދޮންވެލި
27 March 2020
ބީޕީޓީ ޓެކްސް ބަޔާން ހުށަނޭޅިގެން .ނަގާ ޖޫރިމަނާތައް މައާފް ކޮށް ދީބަލާށެވެ.
ޓެކްސްޕޭޔަރ
27 March 2020
މިޚަބަރު ރަގަޅެއް ނޫން. މި ލުއިދީފަ ވަނީ ޓެކްސް އާއި އެހެނިހެން ފައިސާ ނުދެއްކި ޑީފޯލްޓް ވެފައިވާ ފަރާތް ތަކަށް. މީރާގެ އިއުލާން ރަނގަޅަށް ވިދާޅުވޭ.
ހަސަންބެ.
27 March 2020
ތީހަމަ ބޯލްޑް ހެޑްލައިން ތަކެއް. ތީގެއިން ތަނަކުން ތިކަން އުޅެންޔާމުން ހަކޮޅު ދައްކާނެ. ބޭންކު ލޯނުންވެސް ފަސްކުރަން ޝަރުތު ހަމަވަނީ ލޯނުނަގައިފައި އޮތްމީހުންގެ %7 ވީޔާ. ގިނަ ލޯނުތައް ހުރީ އެއްމަސް ދެމަސް ދެއްކުމުގައި ފަހަތުގައި.
ރިސޯޓުބޯއީ
27 March 2020
މިހާލަތުގައި ގިނަ ރިސޯޓުގެ މުއައްޒަފުންވަނީ ފޮނުވާލައިފަ، މީރާއިން މި ހެދިގޮތުން ކޮންމެރިސޯޓަކުން އެކަމަށް އެދި ފޯމެއްލާންޖެހޭ. މިގޮތަށް ނިންމުމަކީ މިދަނޑިވަޅަށް އެންމެ ރަނގަޅުގޮތް ކަމަށް ނުދެކެން. ރިސޯޓު ހިންގާ ފަރާތްތަކަށް މި ބަލިމަޑުކަމާ ގުޅިގެން ލިބޭ ގެއްލުން ބޮޑު. އެހެންވީމާ އެ ފަރާތްތަކަށް ޝާމިލު ލުޔެއް ދެވިދާނެ. ހާއްސަކޮށް ލޭންޑު ރެންޓު އަދި ޑައިރެކްޓު ޓެކުސް ދެއްކުން ވަކި މުއްދަތަކަށް ފަސްކޮށްދެވިދާނެ.
ޙަބީބު
27 March 2020
ތެކްއުވާލާ ކުރިޔައް މިއޮތް ހަތަރު އަހަރައް މިކަ މުން އަރައިގަނެވޭނީ ލައްކަދުވަހުން ހާއްސަކޮއް ރިސޯޓުތައް ބަންދުކޮއް އަލުން ހުޅުވާ އޮޕަރޭޝަނައް ގެނެސް ކުރަންޖެހޭ މަސަތްކަތް ވަރައްބުރަވާނެ ވީ މާ އެއާޕޯޓު ސާވިސްޗާޖާ ގުރީންޓެކް ޓީޖީއެސްޓީ ކަނޑާލާފަ ޓީޖީއެސްޓީގެ ބާރަޕަސަންޓު މުވައްޒަފުންނައް ދިނުން ރަނގަޅުވާނެ
ނެތޭނެތޭ
27 March 2020
ދައުލަތަށް އާމްދަނީ އެއް ލިބޭނީ މާލެ ސަރަހައްދުގައި ހުރި ފަޅުތައް ދިގު މުއްދަތަކަށް ކުއްޔަށްދީގެން. އެނޫން ގޮތެއް ނެތް މީގައި.