ރިސޯޓެއް: މުވައްޒަފުން ރިސޯޓްތަކުން ފޭބުމުގެ ހުއްދަ ދިނުމުގައި ލުއިތަކެއް ވަނީ ދީފައި -- ފޮޓޯ: އަގޯޑާ ޑޮޓް ކޮމް
31 މާޗް 2020 - 12:27
ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި، ރިސޯޓްތަކުން މުވައްޒަފުން ފޭބުމާއި ރަށްރަށަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމުގައި ލުއިތަކެއް ލިބޭ ގޮތަށް، ކުރީގެ އެންގުމަށް ބަދަލު ގެނެސްފި އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޓޫރިސްޓުން ރަށްރަށަށް އެރުވުމާއި ރިސޯޓްތަކާއި ރަށްރަށާ ދެމެދު ދަތުރު ކުރުމަކީ މަނާ ކަމެކެވެ. އަދި މުވައްޒަފުންނަށް ރިސޯޓްތަކުން އެހެން ރަށްރަށަށް ދެވޭނީ އެންމެ ފަހު ޓޫރިސްޓު ފުރާތާ 14 ދުވަސް ހަމަވުމުންނެވެ. އެކަމަކު ޓޫރިސްޓުން އެއާޕޯޓަށް ފުރުވުމަށް ދަތުރު ކުރުމުގެ ހުއްދަ މުވައްޒަފުންނަށް އޮވެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ އާންމުކުރި އެންގުމުގައިވާ ގޮތުން ޓޫރިސްޓުން ރިސޯޓުގައި ތިއްބަސް، ރިސޯޓުން ކަނޑައަޅާ ތަނެއްގައި 14 ދުވަސް ވަންދެން ކަރަންޓީންގައި ހޭދަކުރުމަށް ފަހު މުވައްޒަފުންނަށް އެހެން ރަށަކަށް ދެވިދާނެ އެވެ. އެކަމަކު އެ ހާލަތުގެ ރިސޯޓުން ފޭބުމުގެ ހުއްދަ ދެވޭނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު ނަތީޖާ ލިބުމުން ކަމަށް އެ އެންގުމުގައިވެ އެވެ.
މީގެ އިތުރުން އެންމެ ފަހު ޓޫރިސްޓު ރިސޯޓަށް ދިޔަތާ 14 ދުވަސް ހަމަވުމަށް ފަހު އެ މުއްދަތުގައި އެ ބައްޔަށް ޕޮޒިޓިވްވި މީހެއް ނުވަތަ ޝައްކު ކުރެވޭ މީހަކު ރިސޯޓުގައި ނެތް ނަމަ، މުވައްޒަފުންނަށް އެހެން ރަށްރަށަށް ދަތުރު ކުރެވިދާނެ ކަމަށް އެ އެންގުމުގައިވެ އެވެ. އަދި ކުރިން ވެސް އޮތް ގޮތަށް، ފަހު ޓޫރިސްޓް ރިސޯޓުން ފޭބިތާ 14 ދުވަސް ހަމަވުމުން ވެސް އެހެން ތަންތަނަށް ދަތުރު ކުރުމުގެ ހުއްދަ މުވަައްޒަފުންނަށް އޮންނާނެ ކަމަށް އެ އެންގުމުގައިވެ އެވެ.
އެކަމަކު، އެންގުމުގައިވާ ގޮތުން، މުވައްޒަފުންނަށް ރިސޯޓުން ފޭބުމުގެ ހުއްދަ ދެވޭނީ އެޗްޕީއޭ އަށް އެކަން ހުށަހަޅައި، ހުއްދަ ދިނުމުންނެވެ.
ރިސޯޓްތަކުގެ މުވައްޒަފުން ފޭބުމުގައި ލުއިތަކެއް ދިންއިރު، އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން ގެންދިއުމުގެ ހުއްދަ ވެސް ދާދިފަހުން އެޗްޕީއޭ އިން ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ދީފަ އެވެ.
ކޮވިޑް-19 ހުރި 18 މީހަކު ރާއްޖެއިން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 13 މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިސް ރަށްވެ ހީން
01 April 2020
ޕްލީސް. ޑޯންޓް އަންޑަރ އެސްޓިމޭޓް ކޮރޯނާ.
ޒުވާނާ.
01 April 2020
ރިސޯޓު މުވައްޒަފުން އެންމެފަ ހު ފަތުރުވެރިޔާ ފުރާތާރީހ ހުން ފެށިގެން 30 ދުވަސް ރިސޯޓުގަ ހަމަކުރުން ބުއްދިވެރި ސަސްޕެކްޓް ރިސޯޓު މުވައްޒަފުން ހާއްސަކޮއް މިކަން ހުއްޓުމަކައް ގެންނަން ހަދުދާނާ ވާންޖެ ހޭ
ޒުވާނާ.
01 April 2020
ރިސޯޓު މުވައްޒަފުން އެންމެފަ ހު ފަތުރުވެރިޔާ ފުރާތާރީހ ހުން ފެށިގެން 30 ދުވަސް ރިސޯޓުގަ ހަމަކުރުން ބުއްދިވެރި ސަސްޕެކްޓް ރިސޯޓު މުވައްޒަފުން ހާއްސަކޮއް މިކަން ހުއްޓުމަކައް ގެންނަން ހަދުދާނާ ވާންޖެ ހޭ
ސަފްވާން
01 April 2020
14 ލިޔުމުގަ ކިތަންމެ ރީތިކޮއް އޮތަސް އެޗް.ޕީއޭ އިން ބުނަނީ ނުދެވޭނެކަމައް. ގުޅީމަ ދިން ޖަވާބުމީ.ސަޅިދޯ އެއީ އެންމެ ފަހު ގެސްޓު މީހާ ރެސޯޓައް އައި ދުވަހުން ފެށިގެން 14 ވިޔަސް ނުދެވޭނެ ކަމައް ބުނީ
އެސްކޮބާރ
31 March 2020
ދެން ރިސޯޓު މުވައްޒަފުން އަވަސްވެގަންނަންވީ އެމީހުންގެ ރަށަށް ދިއުމަށް. ރަށަށް ގޮސް ކުރެވޭނެ ކަންތައް ވަރަށް ގިނަ. ހެދިކާ ހަދައިގެން ވިއްކުން. މިރުސް ހެއްދުން. ފަޅޯ ހެއްދުން. އިހި ނެގުން، ފަރުމަހަށް ދިއުން. މަސްވެރިކަން. މަސް ހިއްކުން. ލޮނުމަސް އެޅުން. ވަޑާމުގެ މަސައްކަތް، ކުދިންނަށް ކިޔަވާދިނުން، ބޯކޮށާތަނެއް ހިންގުން، އިލެކްޓްރޯނިކްސްގެ މަސައްކަތް، އިމާރާތްކުރުމުގެ މަސައްކަތް، ކަރަންޓު ވަޔަރުކުރުން، ފެހުން، ތައްގަޑު ޖެހުން،
އަކުން ބަކުން
31 March 2020
30 ދެވަހު ކަރަންޓީނުގަ ހުރެފަ ދިޔާމަ ސޭފުވާނީދޯ..
ބޮޑުމީހާ
31 March 2020
އެޗްޕީއޭއިން ނިންމާނީ މުޅި މުޖްތަމައުގެ ރަގަޅަށް
ސިލްސިލާ
31 March 2020
ރާއްޖެ އިން ހަދާ ޓެސްޓް މިހާރު ގަބޫލު ކުރެވޭ ކަށް ނެތް.
ހޫން
01 April 2020
ކީއްވެބާ؟
އިބިރިހިންބެއްޔާ
31 March 2020
ސަޅި. ރާއްޖެއިން ހުރިހާ ޓޫރިސްޓުން ހުސްވުމުން ތިޔަ ގެންނެވީ މޮޅުބަދަލެއް.
ރިސޯޓޭ
31 March 2020
އަހަރުމެން މިތިބި ކެއްލަވާގެން މައްސަލައަކީ ޗުއްޓީ ޖަހައިގެން މިތާ ތިބެން ޖެހޭތީ މީ ވ ވާހަކަ،