ކޮވިޑް-19 ގެ މީހަކު މާލެ އިން ފެނިއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ ތަމްރީނެއް ސިއްހީ އޮފިޝަލުން ހަދަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
31 މާޗް 2020 - 14:14
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭން އެކްޓިވް ކޭސްއެއްގެ ގޮތުގައި ތިބީ ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައި ތިން ދިވެހިން.
ދަރުބާރުގައި ގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އިނގިރޭސި ވިލާތުން އައި މީހުން ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް.
މި މަހު 14-19 އާ ދެމެދު އިނގިރޭސި ވިލާތުން ރާއްޖެ އައި އެންމެންގެ ކޮންޓެކްޓް ޓްރޭސިން ހަދަން ވަނީ ނިންމާފައި
މާލޭގެ ގެއެއްގައި ހުރި މީހެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، އެ ގެ އަށް ވަދެނުކުމެ އުޅުން މިއަދު މަނާކުރީ އޮޅުމަކުން ކަމަށް އެޗްޕީއޭ އިން ބުނެފި.
މާލޭގެ ގެއެއްގައި ހުރި މީހެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، ސިއްހީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގުމަކުން، އެ ގެ އަށް ވަދެނުކުމެ އުޅުން މިއަދު މަނާކޮށްފި އެވެ.
އެ ގެ މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން، ފުލުހުން ކުރަންޖެހޭ ކަންކަމަށް ވެސް މައިމޫނާ ވަނީ އެދިވަޑައިގެންފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި މި މަހުގެ 12 ވަނަ ދުވަހު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، އާންމު ސިއްހަތުގެ ގާނޫގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ.
ހެލްތު މިނިސްޓަރު އަމީނާއި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ މަޝްވަރާއެއްގައި.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 18 މީހަކު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ތިން ދިވެއްސަކު ހިމެނޭއިރު، އެއީ އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީތަކުގައި ބަހައްޓާފައިވާ މީހުންނެވެ. އެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ބައްޔަށް ޝައްކުވާ އަލާމާތްތަކެއް ފެނުމުން ޓެސްޓު ކުރުމުންނެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 18 މީހުންގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެ 13 މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ތުރުކީގެ ޑޮކްޓަރާއި އެ ރިސޯޓުގެ ބިދޭސީ މުވައްޒަފާއި 11 ޓޫރިސްޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނގައޭ ކިޔާ
02 April 2020
ތިކަމެއް ދެން ނުވާނެއެވެ. ޔޫކޭ އިން ގެނައި މީހުން މުޅި "މާލެއަށް" ބިސް އަޅާފިއެވެ.
ޝީނު
01 April 2020
ސިޔާސީ މީހުންގެ ނުފޫޒާ ހެދި މައިމޫނާ އަށް ހިރިނުލެވޭ. މިއީ ދޮގެއްތޯ މައިމޫނާ ކައިރީ އަހާބަލަ. މިސްޓޭކަކަށް ފަހު މިސްޓޭކެއް ހެދެމުން ދަނީ ސިއްހީ ތަޖުރިބާކާރުންގެ މައްޗަށް ސިޔާސީ މީހުންގެ ބަސް ގަދަވެފައިވާތީ. މިކަމުގަ ނުފޮރުވާ ސިޔާސީ މީހުންގެ އުނދަގުލުގެ ވާހަކަ ދެއްކެން އެބަޖެހޭ. ނޫނީ ގައުމު މިއަށްވުރެ ބޮޑު އަނދަވަޅަކަށް ވެއްޓިދާނެ. މިއަށްވުރެ ބޮޑަށް ކޮމެންޓްގަ ލިޔެވޭކަށް ނެތް.
ފައިނަލް
01 April 2020
އިނގިރޭސިވިލާތުގައި ކިޔަވަން ތިބި މުއްސަނދިން މުއްސަނދިންގެ ދަރިންނާއި ސިޔާސީ ގޮތުން ނުފޫޒުގަދަ މީހުން ނުވަތަ އެމީހުންގެ ދަރިން ގެނެވެންދެން ޓްރެވަލް ބޭން ނުކޮށް ކަރަންޓީން ވެސް ނުކޮށް އެޗްޕީއޭއިން ތިބީ ކަމަށް ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް ގަބޫލު ކުރަން މަޖްބޫރުވާ ފަދަ ކަންތައް މި ފެންނަނީ. އެއިރު ވެސް ހިތަށް އެރިއޭ މިމުއްދަތުގައި އައި މީހުން ޓެސްޓު ނުކުރަނީ ކީއްވެ ތޯ... ޔޫކޭއިން އައި މީހުން ޓެސްޓު ކުރަން ފެށީމާ އެ ފެންނަނީ ޕޮޒިޓިވްވާ ތަނ.
ގޮހޮޑާ
01 April 2020
ފިލާވަޅުން ފިލާވަޅު ލިބެމުން މިދަނީ ޝުކުރިއްޔާ
ބަކުރީން
31 March 2020
ހަމަ އެ ފްލައިޓުން އައި މަޖިލީސް ބާރުގަދަ މެންބަރަކުވެސް ޓެސްޓްކުރިތޯ..ނޫނީ ކަރަންޓީނު ކުރިތޯ..
އެސްކޮބާރ
31 March 2020
އެހެންވީމާއޭ ގިނަގިނައިން މުއުމިނާއަށް މި ހަނދާންކޮށްދެނީ ބަލީގެ އަލާމާތްތައް ނުފެންނަ މީހުންވެސް ޓެސްޓުކުރުމަށް. މުއުމިނުންނަށް ގިނަގިނައިން ހަނދާންކޮށްދޭން އަންގަވާފަވަނީ. ސަރުކާރުގެ ޚަރަދުގައި ޓެސްޓު ކިޓްތައް ގަނެގެން ގެނެސް އާބާދީގެ ވީހާވެސް ގިނަމީހުން ޓެސްޓުކުރައްވާ. ބަންގާޅުމީހުން ވެސް ޓެސްޓުކުރައްވާ. ނޭޕާލް މެއިޑުންވެސް ޓެސްޓުކުރައްވާ. އެގޮތަށް ކުރާ ޓެސްޓަކީ ގެއްލެނިވެގެންދާނެ ޓެސްޓުތަކެއް ނޫން
ސިކުނޑި
31 March 2020
މީހަކު ފައްސި ވުމުން ކޮންޓެކްޓް ޓްރޭސް ކުރުމަކީ ބަލި ފަހާ ދުވުން! އެގޮތަށް އަތުވާވަރަށް ވުރެ ހަލުވި ވައިރަސްއެއް ކޮވިޑް އަކީ! ބަލި ފެތުރޭ ގައުމުތަކުން އަންނަ ކޮންމެ މީހަކީ އަލާމާތެއް ފެނުނަސް ނުފެނަސް ބަލި ހުރެދާނެ މީހެއް ގޮތުގައި ބަލަން ޖެހޭ!! މިއަދުގެ ހާލަތަށް ބަލާއިރު އަދި ރާއްޖޭގައި ވައިރަސް އަތުނުވެގެން އުޅެންޖެ ހޭނެކަމަށް ނުދެކެން!!
މުހަންމާ
31 March 2020
މައިމޫނާ އަށް ޝުކުރު އަދާކުރަން. މިކަމުން މުޅިން ސަލާމަތްވާން ބޭނުންނަމަ ލޮކްޑައުން އަކަށް އެބަދާންޖެހޭ. އެހެން ނޫނީ ވަރަށް ނުރައްކާ ހާލަތަކަށް ކުއްލިއަކަށް ދިއުމަކީ އެކަށީގެންވާކަމެއް.
ގަރޫޑާ
31 March 2020
ކޮންޓެކްޓް ޓްރޭސިން އެއީ ހަފްތާ ދެ ހަފްތާ ފަ ހުންވެސް ހެދޭ އެއްޗެއްތޯ؟. ކޮންޓެކްޓްވިމީހާ ކޮންޓެކްޓްވި މީހުނާ އެމީހުންގެ ކޮންޓެކްޓް ކިހިނެއްތޯ ހޯއްދަވަނީ؟. މިފަ ހަރުގެވެސް އަސްލު މައްސަލަޔަކީ ޔޫކޭ އިންއައި މަތިފަޑީގެ ބޭފުޅުން ކަރަންޓީނު ނުކޮއް ދޫކޮއްލުން.
ގެރިގާ
31 March 2020
އެހެންވެ ދޯ ދެ ހަފުތާއިން ސުރެ އެކިޔަނީ ގޭގަ ތިބޭށޭ ބޭރަށް ނުނިކުމެ. މީހުނާ ބައްދަލުކޮށް ނަހަދާށޭ.
ޢޭންޖަލް
31 March 2020
ޝައްކު ވާމީހަކު ހުރި ގެއަކަށް ވަނުން މަނާކުރުން އެއީ އެންމެ ރަނގަޅުގޮތް. ދެންވެސް އެގޮތަށް ކަންކުރަމުން ދާނެ ކަމަށް ހީކުރަން. މަޖްލިސް މެމްބަރުންނަށް ނޫނީ އެހެންވެސް ނުފޫޒު ބޭނުންކޮށްގެން މިކަހަލަ ކަންތައް ހުއްޓުވަން ނޫޅޭނެ ކަމަށްވެސް ހީކުރަން. ގައުމުގެ ރައީސަށް މިވަގުތު ސިއްހީ ދާއިރާގެ ބޭފުޅުންގެ އަޑު އެހޭކަމަށް ވަންޏާ ގައުމުގެ އެހެން މަގާމުތަކުގަ ތިބި މީހުނަށްވެސް އެބޭފުޅުންގެ އަޑުއެހޭނެ. މިކަހަލަ ކަންތަކުންވެސް ބަލިފެތުރޭނެ