މަޖިލީހުުގެ ޖަލްސާއެއް އޮންލައިންކޮށް ކުރިއަށް ގެންދަނީ: އޮންލައިންކޮށް ގެންދާ ޖަލްސާތަކުގެ މައުލޫމާތު ކޮމަންވެލްތާއި އައިޕީޔޫއާ ވަނީ ހިއްސާ ކޮށްފައި -- ފޮޓޯ/މަޖިލިސް
31 މާޗް 2020 - 17:35
އޮންލައިންކޮށް ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާ ބެހޭ މައުލޫމާތު ކޮމަންވެލްތު ޕާލިމެންޓްރީ އެސޯސިއޭޝަނާއި އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އާ މަޖިލީހުން މިއަދު ހިއްސާކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަޖިލީހުގެ ޖަލްސާތައް މި ވަގުތު ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އެގޮތުން މެމްބަރުން ގޭގައި ތިއްބަވައިގެން އޮންލައިންކޮށް މިހާތަނަށް ދެ ޖަލްސާއެއް ބާއްވާފައިވެ އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމަންވެލްތާއި އައިިޕީޔޫއަށް ފޮނުއްވި ސިޓީފުޅުގައި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ފާހަގަކުރައްވައި، އޮންލައިންކޮށް މަޖިލިސް ކުރިއަށް ގެންދަނީ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިޔަސް، މަޖިލީހުގެ އެހީތެރިކަން ސަރުކާރަށް ލިބޭނެ ކަމަށާއި ދާއިރާތަކުގެ ކަންބޮޑުވުންތައް ވެސް އަހައި، ހައްލު ހޯދައިދޭނެ ކަމަށް ވެސް އެ ސިޓީގައި ނަޝީދު ވިދާޅުވެފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން މަޖިލީހުގެ ޖަލްސާތައް މެދުކެނޑުމެއް ނެތިި ކުރިއަށް ދާނެ ކަމަށާއި އޮންލައިންކޮށް ބަހުސް ކުރުމާއި ވޯޓަށް އެހުމާއި އެހެނިހެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ސިޓީގައި ނަޝީދު ފާހަގަ ކުރައްވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ބައެއް މީހުން ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތަކާއި ސްކޫލްތައް ވެސް ވަގުުތީ ގޮތުން ބަންދުކޮށް، ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އަދި ބައެއް ގައުމުތަކުން މީހުން އައުން މަނާ ކުރުމާއި ރިސޯޓްތަކަށް ދަތުރު ކުރުން މަނާ ކުރުން ފަދަ ފިޔަވަޅުތައް ވެސް ވަނީ އަޅައިފަ އެވެ.
ކޮރޯނާވައިރަހަށް ރާއްޖެ އިން 18 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ފަސް މީހަކު ފިޔަވައި ދެން ތިބި އެންމެން މިހާރު ވަނީ ރަނގަޅުވެފަ އެވެ. އެ ބަލި ފެނިގެން މިހާރު ފަރުވާ ދެމުންދާ ފަސް މީހުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެއްސަކު ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަަސަން ކޮއި
01 April 2020
ގައުމުވެސް ކަލޭގެ ތި ވެލްތާއި ހަވާލުކުރަން ވީދޯ.. ކޮމަން ވެލްތޭ.. އަހަރުމެންގެ ރާއްޖޭގެ ވެލްތަކީ އެމީހުންގެ ކޮމަން އެއްޗެއްނޫ.. ތީ ޕަބްލިކް ޕްރޮޕަަރޓީއަކީ އަންނި.. މިގައުމެއް ނޫން.. ތީ ޖިޒީދައްކައިގެން ތިބެންޖެހޭތަނެއ.ް. ޔާމީން ހެދީ ރަގަޅަށް ވަކިވާންވީ.. އަދިވެސް ވަކިވާނަން.. އިރާދަކުރެއްވިއްޔާ..! ކަލޭ ދެން ރޮއިހޭރޭ..
އިންޑިއާވާލާ
01 April 2020
މަށެއް ނުދެނެ ހުރިން އޮންލައިން ކޮށް ޖަލްސާއެއް ބޭއްވުމަކީ މުޅި ދުނިޔެ އަށް އިސްތިހާރު ކުރަން ޖެހޭ ވަރުގެ ކަމެއްހެން. ހީވިތޯއްޗެއް ކަނޑު އަޑީގަ ކެބިނެޓު ބޭއްވުމުން ލިބުނު ކަހަލަ މަޝްހޫރު ކަމެއް މިކަމުން ލިބިދާނެ ކަމަށް. ދެން މަހީހީހީ!
ގޮހޮޑާ
01 April 2020
ޔައުމިއްޔާ ފޮނުވަން ޖެހޭ ތަނެއް ދޯ އެއީ
ފަރުދީ ޒިނަމާ
31 March 2020
މާޗް 15 ވަނަ ދުވަހު އިގިރޭސިވިލާތުން އައިސް ގޭގެ ސެލްފް ކަރަންޓީން ނުވުމުން ދޭހަވަނީ ރައްޔިރުންގެ ރައްކާތެރިކަމާ މެދު ރ.ނަޝީދު ނުވިސްނާ މިންވަރު
މަރުޖާނު
31 March 2020
ކަންދެއްކުމަށް ކުރި ކަމެއްކަން މަމެންނަށް މާކުރިންވެސް އެގިއްޖެ ބުއްޅަބޭ ކުރާ ކަމެއް އެނޫންގޮތަކަށް ނުކުރާނެ އެހެންނާ ފަހެ މިހާތުދެން ކޮން ޖަލްސާއެއްތަ ބާއްވަންވީ ރައްޔިތުން ޚިދުމަތ ލިބިގަންނަ ހުރިހާ އޮފީސްތަކެއް ބަންދު ތިޔަކުރާ ކަމަކުން ރައްޔިތުންނަށްވާނެ ފައިދާއެއް ނޯންނާނެ ދެން ކޮންކަމެއް ފޮނިދައްކަން ތިކުރަނީ
އަޝްރަފު
31 March 2020
ކޮމަންވެލްތައްތަ ރިޕޯޓް ކުރަން ޖެހެނީ މިހާރު؟